އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
16 ޖުލައި 2025
(2025 ޖުލައި 9ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
މި ފަސް އާޔަތަށް ބަލާ!
1- }وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ إِنَّكُمْ إِذًا مِثْلُهُمْ إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا{ - (النساء: 140)
2- }قَالَ يَا قَوْمِ أَرَأَيْتُمْ إِنْ كُنْتُ عَلَى بَيِّنَةٍ مِنْ رَبِّي وَرَزَقَنِي مِنْهُ رِزْقًا حَسَنًا وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَى مَا أَنْهَاكُمْ عَنْهُ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ{ - (هود: 88)
3- }مَا جَعَلَ اللَّهُ لِرَجُلٍ مِنْ قَلْبَيْنِ فِي جَوْفِهِ وَمَا جَعَلَ أَزْوَاجَكُمُ اللَّائِي تُظَاهِرُونَ مِنْهُنَّ أُمَّهَاتِكُمْ وَمَا جَعَلَ أَدْعِيَاءَكُمْ أَبْنَاءَكُمْ ذَلِكُمْ قَوْلُكُمْ بِأَفْوَاهِكُمْ وَاللَّهُ يَقُولُ الْحَقَّ وَهُوَ يَهْدِي السَّبِيلَ{ - (الأحزاب: 4)
4- }النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَى بِبَعْضٍ فِي كِتَابِ اللَّهِ مِنَ الْمُؤْمِنِينَ وَالْمُهَاجِرِينَ إِلَّا أَنْ تَفْعَلُوا إِلَى أَوْلِيَائِكُمْ مَعْرُوفًا كَانَ ذَلِكَ فِي الْكِتَابِ مَسْطُورًا{ - (الأحزاب: 6)
5- }فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا ذَوَيْ عَدْلٍ مِنْكُمْ وَأَقِيمُوا الشَّهَادَةَ لِلَّهِ ذَلِكُمْ يُوعَظُ بِهِ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا{ - (الطلاق: 2)
- ފުރަތަމަ އާޔަތުގައި (الهدهد) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައި ވަނީ 60 ފަހަރުއެވެ.
- ދެވަނަ އާޔަތުގައި (الهدهد) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައި ވަނީ 60 ފަހަރުއެވެ.
- ތިން ވަނަ އާޔަތުގައި (الهدهد) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައި ވަނީ 60 ފަހަރުއެވެ.
- ހަތަރު ވަނަ އާޔަތުގައި (الهدهد) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައި ވަނީ 60 ފަހަރުއެވެ.
- ފަސް ވަނަ އާޔަތުގައި (الهدهد) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައި ވަނީ 60 ފަހަރުއެވެ.
- މި ފަސް އާޔަތުގެ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ 240އެވެ. އެއީ 60 × 4 އެވެ.
- މި އާޔަތްތަކުގެ އަކުރުތަކުގެ ޖުމްލައަކީ 676 އެވެ. އެއީ 26 × 26 އެވެ.
- ހުދުހުދު އޭތީގެ ވާހަކަކޮޅު ނިންމައިލި އާޔަތުގެ ވަނަ އަކީ 26 އެވެ.
ކީރިތި ޤުރްއާނުގައި (الهدهد) މި ކަލިމަ ވާރިދުވެފައިވާ ހަމައެކަނި އާޔަތަކީ النمل ސޫރަތުގެ 20ވަނަ އާޔަތެވެ. އެއީ }وَتَفَقَّدَ الطَّيْرَ فَقَالَ مَا لِيَ لَا أَرَى الْهُدْهُدَ أَمْ كَانَ مِنَ الْغَائِبِينَ{އެވެ.
ލަފުޒު (الهدهد) މި އާޔަތުގައި ތަކުރާރުވެފައިވާ ގޮތަށް ބަލައިލަމާހިނގާށެވެ!
- ا ތަކުރާރުވެފައިވަނީ 10 ފަހަރުއެވެ.
- ل ތަކުރާރުވެފައިވަނީ 6 ފަހަރުއެވެ.
- هـ ތަކުރާރުވެފައިވަނީ 4 ފަހަރުއެވެ.
- د ތަކުރާރުވެފައިވަނީ 6 ފަހަރުއެވެ.
- ވީމާ، މި އާޔަތުގައި (الهدهد) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 26 ފަހަރުއެވެ.
އިތުރަށް ކަށަވަރުކޮށްލުން
މި އަންނަ ދެ އާޔާތަށް ބަލައިލާށެވެ!
1- }وَإِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَى نِسَاءِ الْعَالَمِينَ{ - (آل عمران: 42)
2- }ثُمَّ كَانَ عَاقِبَةَ الَّذِينَ أَسَاؤُوا السُّوأَى أَنْ كَذَّبُوا بِآيَاتِ اللَّهِ وَكَانُوا بِهَا يَسْتَهْزِئُونَ{ - (الروم: 10)
- ފުރަތަމަ އާޔަތުގައި އޮތީ 60 އަކުރެވެ.
- ދެވަނަ އާޔަތުގައި އޮތީ 60 އަކުރެވެ.
- ފުރަތަމަ އާޔަތުގައި އޮތީ 13 ކަލިމައެވެ.
- ދެވަނަ އާޔަތުގައި އޮތީ 13 ކަލިމައެވެ.
- މި ދެ އާޔަތުގެ ކަލިމަތަކުގެ ޖުމަލައަކީ 26 އެވެ.
- ފުރަތަމަ އާޔަތުގައި (الهدهد) ލަފުޒުގެ އަކުރުތައް ތަކުރާރުވެފައިވަނީ 26 ފަހަރުއެވެ.
- ދެވަނަ އާޔަތުގައި (الهدهد) ލަފުޒުގެ އަކުރުތައް ތަކުރާރުވެފައިވަނީ 26 ފަހަރުއެވެ.
- މި ދެ އާޔަތުގެ ތަރުތީބީ ވަނައިގެ ޖުމުލައަކީ 42+ 10= 52 މިއީ 26 + 26 އެވެ. ޤުރްއާނުގެ ވިޔައަކުރުގެ މޭސްތިރިކަމާ މެދު، ނިކަން ނިކަން ވިސްނަމާހިނގާށެވެ!
ހުދުހުދުގެ ވާހަކައިގައި ހިމެނެނީ 60 ކަލިމައެވެ.
(مُحمَّد رسول الله) މި ޖުމްލައިގެ އަކުރުތަކަށް ބަލައިލަމާހިނގާށެވެ!
- (مُحمَّد) މި ކަލިމައިގައި މި އޮތި (م ح د) މި ތިން އަކުރެވެ. މި ތިން އަކުރު الهدهدގެ ވާހަކައިގައި 30 ފަހަރު ތަކުރާރުވެފައިވެއެވެ.
- (رسول) މި ލަފުޒުގައި އޮތީ (ر س و ل) 4 އަކުރެވެ. މި 4 އަކުރު الهدهد ވާހަކައިގައި 62 ފަހަރު ތަކުރާރުވެފައިވެއެވެ.
- (الله) މި ލަފުޒުގައި ހިމެނެނީ 3 އަކުރު (ا ل ه) އެވެ. الهدهد ވާހަކައިގައި މި އަކުރުތައް 82 ފަހަރު ތަކުރާރުވެފައިވެއެވެ.
- (مُحمَّد رسول الله) މި ޖުމްލައިގެ އަކުރުތައް الهدهدގެ ވާހަކައިގައި ތަކުރާރުވެފައި މި ވަނީ 174 ފަހަރުއެވެ. އެއީ 60 + 114އެވެ. 114އަކީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ޢަދަދެވެ.
އަލުން ހިސާބުކޮށްލަމާ ހިނގާށެވެ!
- (مُحمَّد رسول الله) މި ޖުމުލައިގައި (الله) މި ލަފުޒާއި (رسول) މި ލަފުޒުގައި ލާމު ތަކުރާރުވެފައި ވެއެވެ.
- މި ލަފުޒުގައި م 21 ފަހަރު ތަކުރާރުވެފައިވެއެވެ.
- މި ލަފުޒުގައި ح 2 ފަހަރު ތަކުރާރުވެފައިވެއެވެ.
- މި ލަފުޒުގައި د 7 ފަހަރު ތަކުރާރުވެފައިވެއެވެ.
- މި ލަފުޒުގައި ر 6 ފަހަރު ތަކުރާރުވެފައިވެއެވެ.
- މި ލަފުޒުގައި س 6 ފަހަރު ތަކުރާރުވެފައިވެއެވެ.
- މި ލަފުޒުގައި و 20 ފަހަރު ތަކުރާރުވެފައިވެއެވެ.
- މި ލަފުޒުގައި ل 30 ފަހަރު ތަކުރާރުވެފައިވެއެވެ.
- މި ލަފުޒުގައި ا 37 ފަހަރު ތަކުރާރުވެފައިވެއެވެ.
- މި ލަފުޒުގައި هـ 15 ފަހަރު ތަކުރާރުވެފައިވެއެވެ.
- އެހެންވީމާ الهدهد ގެ ވާހަކައިގައި މި އަކުރުތައް ތަކުރާރުވެފައި މި ވަނީ 144 ފަހަރުއެވެ. އެއީ 12 × 12 އެވެ،
- 12 އަކީ (مُحمَّد رسول الله) މި ޖުމްލައިގެ އަކުރުތަކުގެ ޢަދަދެވެ.
- 12 އަކީ (لا إله إلا الله) މި ޖުމްލައިގެ އަކުރުތަކުގެ ޢަދަދެވެ.
- އެއީ ކީރިތި ޤުރްއާނުގައި (مُحمَّد) މި ނަންފުޅު ފުރަތަމަ ފަހަރަށް ވާރިދުވި އާޔަތެވެ. މި އާޔަތަކީ }وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ أَفَإِنْ مَاتَ أَوْ قُتِلَ انْقَلَبْتُمْ عَلَى أَعْقَابِكُمْ وَمَنْ يَنْقَلِبْ عَلَى عَقِبَيْهِ فَلَنْ يَضُرَّ اللَّهَ شَيْئًا وَسَيَجْزِي اللَّهُ الشَّاكِرِينَ{ - (آل عمران: 144)
- މި އާޔަތުގެ ވަނައަކީ 144 އެވެ. އެއީ 12 × 12 އެވެ.
- މި އާޔަތުގައި (سبـأ) މި ލަފުޒުގެ އަކުރުތައް 24 ފަހަރު ތަކުރާރުވެފައި ވެއެވެ.
- މި އާޔަތުގައި (النمل) މި ލަފުޒުގެ އަކުރުތައް 48 ފަހަރު ތަކުރަރުވެފައިވެއެވެ. އެއީ 12 + 12 + 12 + 12 އެވެ.
- މި އާޔަތުގެ ކަލިމަތަކުގެ ޢަދަދަކީ 27އެވެ. الهدهد ގެ ވާހަކަ އައިސްފައިވާ ސޫރަތުގެ ތަރްތީބީ ވަނައަކީ 27އެވެ.
- މި ސޫރަތުގައި ލަފުޒުލްޖަލާލަތި (ﷲ ) ތަކުރާރުވެފައި ވަނީ 27 ފަހަރުއެވެ.
- مُحمَّد ސޫރަތުގައި ވެސް ލަފުޒުލްޖަލާލަތި (ﷲ) ތަކުރާރުވެފައިވަނީ 27 ފަހަރުއެވެ.
- މި އާޔަތް ފެށިފައިވަނީ و އިންނެވެ. و އަކީ އަލިފުބާ ގެ އަކުރުތަކުގެ ތަރްތީބުން 27ވަނަ އަކުރެވެ.
- އަޖައިބުވަނިވި ކަންތައްތަކުގެ ތެރޭގައި މި އާޔަތް النمل ސޫރަތުގެ 27ވަނަ އާޔަތްކަމުގައި ވުން ވެއެވެ. އެއީ މި ސޫރަތުގެ އާޔަތްތަކުގެ ތެރެއިން و މި އަކުރު ނެތް އާޔަތެވެ.
ނިންމައިލުން
މީގެ ތިން ހާސް އަހަރު ކުރީން ސަބައުގެ ރަނިކަމަނާ ބަލްޤީސް ސުލައިމާނުގެފާނު އަރިހަށް ވަޑައިގެން އެ ކަމަނާގެ އިސްލާންކަން އިޢުލާންކުރެއްވި ބަސްފުޅަކީ }رَبِّ إِنِّي ظَلَمْتُ نَفْسِي وَأَسْلَمْتُ مَعَ سُلَيْمَانَ لِلَّهِ رَبِّ الْعَالَمِينَ – (النمل: 44) – މާނައަކީ: އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفسއަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمانގެފާނުގެ އަރިހުގައިވެ، عالمތަކުގެ ވެރި اللَّهއަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ.{
އެ ކަމަނާއަށް ޙައްޤުމަގު އެނގިވަޑައިގަތުމުން އިތުރު ޖަދަލުތަކެއްނުކުރައްވައެވެ. ބޮޑާވެވަޑައެއްނުގަންނަވައެވެ. ދެކޮޅުވެރިކަމެއް ނުދައްކަވައެވެ. ﷲ ތަޢާލާގެ ސިންގާސަނާގެ މަތިވެރިކަން ފެނިވަޑައިގަތުމުން ޙައްޤަށް ތަބާވެވަޑައިގަތީއެވެ.
މި ޤުރްއާނަށް ފާޑުކިޔައި މި ޤުރްއާން ދޮގުކުރާ މީހުން އެމީހުންގެ އަމިއްލަ ނަފުސަށް އަނިޔާވެރިވުމުގައި ދެމިތިބޭނީ ކިހާ ދުވަހަކު ބާވައެވެ! މި ފަދަ ޤުރްއާނެއް ހެދިދާނެއޭ ކިޔައިގެން އުޅޭ މީހުން މި ފަދަ ޤުރްއާނެއް ނުހެދޭނެކަމަށް އެއްބަސްވާނީ ކޮން އިރަކުން ބާވައެވެ!
ހުދުހުދަކީ ސުލައިމާނުގެފާނު ސަބައުގެ ރަނިކަމަނާގެ އަރިހަށް ފޮނުއްވި ޚާއްޞަ މަންދޫބެވެ. ހުދުހުދުގެ ސަބަބުން އެ ކަމަނާއާއި އެ ކަމަނާގެ ގައުމުގެ އެންމެން އިސްލާންވިއެވެ.
މިއަދު ހުދުހުދު މި ވަނީ ތިޔަބައިމީހުންގެ ގާތަށް އައިސްފައެވެ.
ސުލައިމާނުގެފާނަށް މާތް ﷲ ހުދުހުދުގެ ބަސް ދަސްކޮށްދެއްވިއެވެ. އޭއްޗާ މުޚާޠަބުކުރައްވައި އެކަލޭގެފާނުގެ މެސެޖުތައް ސަބައުއަށް ފޮނުއްވިއެވެ.
މިއަދު ހުދުހުދު ތިޔަބައިމީހުންގެ ގާތަށް އައިސްފައި މި ވަނީ ތިޔަބައިމީހުން ދަންނަ ޢަދަދު ބަހުރުވައިގެ މެސެޖުތަކާއިގެންނެވެ.
ފުރުޞަތު ނަގައިނުލާށެވެ! ޝައްކެތްނެތް ގޮތުގައި މިއީ ﷲގެ ފޮތެވެ. މި ފޮތާއިގެން އަހުރެމެންގެ ގާތަށް ވަޑައިގަތް އެކަލާނގެ ރަސޫލާ މުޙައްމަދު eއެވެ. (ނިމުނީ)
މަރުޖާތައް
1- القرآن الكريم برواية حفص عن عاصم (وكلماته بحسب قواعد الإملاء الحديثة)
2- أحمد، يوسف الحاج (2007)؛ موسوعة الإعجاز العلمي في القرآن الكريم والسنة المطهرة؛ دمشق: مكتبة ابن حجر
3- الطبري، محمد بن جرير (1405 هـ)؛ جامع البيان عن تأويل آي القرآن (تفسير الطبري)؛ بيروت: دار الفكر
4- القرطبي، أبو عبداللَّه مُحمَّد (1988)؛ الجامع لأحكام القرآن (تفسير القرطبي)؛ بيروت: دار الكتب العلميّة.