އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
21 މޭ 2025
(2025 މޭ 14ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
މާތް ﷲ ނޫރު ސޫރަތުގެ 43ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ((أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَٰرِ - ހަމަކަށަވަރުން، اللَّه، ވިލާ ހިންގަވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ދެން އެ ވިލާތައް އެއްކުރައްވަތެވެ. ދެން މަތިމައްޗަށް ހުންނަ ވިލާތަކެއްކަމުގައި ލައްވަތެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން، ވާރޭ ނުކުމެގެން އަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އުޑުގައިވާ، ފަރުބަދަތައް ފަދަ ބިޔަ ވިލާތަކުން، އެކަލާނގެ ގަނޑުފެން ވެއްސަވަތެވެ. ފަހެ، އެކަލާނގެ އިރާދަކުރައްވާ މީހެއްގައި އެ ޖައްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން އެ، ދުރުކުރައްވަތެވެ. އޭގެ ވިދުވަރުގެ އަލިގަދަކަމުން، ލޯތަކުގެ ފެނުން ގެންދިޔުމާ ގާތްކުރެތެވެ.))
މި އާޔަތުގެ ފުރަތަމަ ދެ ކަލިމައަކީ (أَلَمْ تَرَ) އެވެ. މި ދެ ކަލިމައިގައި ހިމެނޭ
· ا ގެ އަލިފުބާ ތަރުތީބު ވަނައަކީ 1 އެވެ. މި އާޔަތުގައި މި އަކުރު ތަކުރާރުވެފައި ވަނީ 20 ފަހަރުއެވެ.
· ل ގެ އަލިފުބާ ތަރުތީބު ވަނައަކީ 23 އެވެ. މި އާޔަތުގައި މި އަކުރު ތަކުރާރުވެފައި ވަނީ 12 ފަހަރުއެވެ.
· م ގެ އަލިފުބާ ތަރުތީބު ވަނައަކީ 24 އެވެ. މި އާޔަތުގައި މި އަކުރު ތަކުރާރުވެފައި ވަނީ 11 ފަހަރުއެވެ.
· ت ގެ އަލިފުބާ ތަރުތީބު ވަނައަކީ 3 އެވެ. މި އާޔަތުގައި މި އަކުރު ތަކުރާރުވެފައި ވަނީ 2 ފަހަރުއެވެ.
· ر ގެ އަލިފުބާ ތަރުތީބު ވަނައަކީ 10 އެވެ. މި އާޔަތުގައި މި އަކުރު ތަކުރާރުވެފައި ވަނީ 8 ފަހަރުއެވެ.
· (أَلَمْ تَرَ) މި ދެކަލިމައިގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ޖުމްލައަކީ 61 އެވެ.
· (أَلَمْ تَرَ) މި ދެ ކަލިމައިގެ އަކުރުތައް މި އާޔަތުގައި ތަކުރާރުވެފައިވަނީ 53 ފަހަރުއެވެ.
· މި ދެ ޢަދަދުގެ ޖުމްލައަކީ 61 + 53 = 114 އެވެ.
މިއީ ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ޢަދަދެވެ.ދޮގުވެރީން ބުނާނީ ކީކޭހެއްހެއްޔެވެ؟
އިތުރު މިސާލެއް
މި އާޔަތް ފެށިފައިވަނީ (أَلَمْ ) މި ކަލިމައިންނެވެ. މި ކަލިމަ މި އާޔަތުގައި ތަކުރާރުވެފައިވާ މިންވަރަށް ބަލައިލަމާ ހިނގާށެވެ.
· މި އާޔަތުގައި ا ތަކުރާރުވެފައި ވަނީ 20 ފަހަރުއެވެ.
· މި އާޔަތުގައި ل ތަކުރާރުވެފައި ވަނީ 12 ފަހަރުއެވެ.
· މި އާޔަތުގައި م ތަކުރާރުވެފައި ވަނީ 11 ފަހަރުއެވެ.
· މި ތިން އަކުރު ތަކުރާރުވެފައި މި ވަނީ 43 ފަހަރުއެވެ. މި އާޔަތަކީ މި ސޫރަތުގެ 43ވަނަ އާޔަތް ނޫންހެއްޔެވެ؟ މިއީ ހަމަ ކުއްލިއަކަށް ދިމާވި ކަމެއްހެއްޔެވެ؟
އިތުރު މިސާލަކަށް ދަމާހެއްޔެވެ؟
މާތް ﷲގެ ބަސްފުޅު ((أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَٰرِ))
· މި އާޔަތުގައި و ތަކުރާރުވެފައި ވަނީ 3 ފަހަރުއެވެ.
· މި އާޔަތުގައި ى ތަކުރާރުވެފައި ވަނީ 15 ފަހަރުއެވެ.
· މި އާޔަތުގައި ن ތަކުރާރުވެފައި ވަނީ 11 ފަހަރުއެވެ.
· މި އާޔަތުގައި ز ތަކުރާރުވެފައި ވަނީ 2 ފަހަރުއެވެ.
· މި އާޔަތުގައި ل ތަކުރާރުވެފައި ވަނީ 12 ފަހަރުއެވެ.
މިއީ (وَيُنَزِّلُ) މި ކަލިމައިގެ އަކުރުތަކެވެ. މި އަކުރުތައް ތަކުރާރުވެފައި މި ވަނީ 43 ފަހަރުއެވެ. މިއީ މި އާޔަތުގެ ތަރުތީބު ވަނައެވެ.
އަޖައިބުކުރުވަނިވި ދެވަނަ ކަމަކީ މިއީ މި ސޫރަތުގެ 817ވަނަ ކަލިމަ ކަމަށް ވުމެވެ. 817އަކީ 43 × 19
މިއަށް ވުރެ ވެސް އަޖައިބުކަން ބޮޑު ކަމަކީ މި އާޔަތުގައި މި ވާ ކަލިމަ ( وَيُنَزِّلُ ) އަކީ މުޞްޙަފުގެ ކަލިމަތަކުގެ ތަރުތީބުން 45967 ވަނަ ކަލިމައެވެ.އެއީ 43 × 1069އެވެ.
النور ސޫރަތުގެ ކަލިމަތަކުގެ ޢަދަދަކީ 1319އެވެ. 1319އަކީ ފުރަ ޢަދަދުގެ ތަރުތީބުން 215ވަނަ ޢަދަދެވެ. އެއީ 43 × 5އެވެ.
ސުވާލަކީ مُحمَّد صلّى اللَّه عليه وسلّمއަށް ފުރަ ޢަދަދުތަކާ އެކު މި ހައި ފުރިހަމަކޮށް މުޢާމަލާތުކުރައްވާން އެނގިވަޑައިގަތީ ކިހިނެއްހެއްޔެވެ؟
[وَيُنَزِّلُ]އަށް ބަލައިލުން
وَيُنَزِّلُ މި ކަލިމައަށް ބަލައިލަން އެބަ ޖެހެއެވެ.
ކީރިތި ޤުރުއާނުގައި وَيُنَزِّلُ މި ކަލިމައިގެ އަކުރުތައް 43 ފަހަރު އެންމެ ފުރަތަމަ ފަހަރަށް ތަކުރާރުވެފައިވާ އާޔަތަކީ البقرة ސޫރަތުގެ 79ވަނަ އާޔަތެވެ. އެއީ ((فَوَيْلٌ لِّلَّذِينَ يَكْتُبُونَ ٱلْكِتَٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ - ފަހެ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ اللَّه ގެ حضرة ން ބާވައިލެއްވި ފޮތޭ ބުނާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. (އެއުރެން އެކަންކުރަނީ) ކުޑައަގެއް އެއަށް ގަތުމަށް ޓަކައެވެ. ފަހެ، އެއުރެންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން، އެއުރެންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އަދި އެއުރެން ހޯދައިގަންނަ ތަކެތީން ވެސް، އެއުރެންނަށް ގެއްލުމާއި ހަލާކުހުށްޓެވެ. )) އެވެ.
މުޞްޙަފުގެ ތަރުތީބުން މި އާޔަތަކީ 86 ވަނަ އާޔަތެވެ. އެއީ 43 × 2
މި އާޔަތް އައިސްފައިވާ البقرة ސޫރަތަކީ މުޞްޙަފުގެ ސޫރަތްތަކުގެ ތަރުތީބުނ2ް ވަނަ ސޫރަތެވެ.
ދެ އާޔަތަށް ބަލައިލުން
ފުރަތަމަ އާޔަތަކީ النور ސޫރަތުގެ 43 ވަނަ އާޔަތް (( أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَٰرِ )) އެވެ.
ދެވަނަ އާޔަތަކީ البقرة ސޫރަތުގެ 79 ވަނަ އާޔަތް (( فَوَيْلٌ لِّلَّذِينَ يَكْتُبُونَ ٱلْكِتَٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ))އެވެ.
މި ދެ އާޔަތުގެ އަކުރުތަކުގެ ޖުމްލައަކީ 242 އެވެ. އެއީ 11 × 22
މި ދެ އަދަދުގެ ގުޅުމަށް ބަލައިލުމަށް ޓަކައި ކީރިތި ޤުރުއާނުގައި (وَيُنَزِّلُ) ފުރަތަމަފަހަރަށް ވާރިދުވެފައިވާ އާޔަތަށް ދަމާ ހިނގާށެވެ! މި އާޔަތަކީ الأنفال ސޫރަތުގެ 11ވަނަ އާޔަތް ((إِذْ يُغَشِّيكُمُ ٱلنُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ ٱلسَّمَآءِ مَآءً لِّيُطَهِّرَكُم بِهِۦ وَيُذْهِبَ عَنكُمْ رِجْزَ ٱلشَّيْطَٰنِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ ٱلْأَقْدَامَ)) އެވެ.
§ މި އާޔަތުގެ ތަރުތީބީ ވަނައަކީ 11 އެވެ. މި އާޔަތުގައި އޮތީ 22 އަކުރެވެ.
§ وَيُنَزِّلُ މި ކަލިމައިގެ އަކުރުތައް މި އާޔަތުގައި 33 ފަހަރު ތަކުރާރުވެފައި ވެއެވެ. އެއީ 11 + 22އެވެ. 22 = 11 + 11
§ މި އާޔަތުގެ އަކުރުތަކުގެ ޢަދަދަކީ 99އެވެ. އެއީ 11 × 9
އަލުން ބަލައިލުން
النور ސޫރަތުގެ 43ވަނަ އާޔަތް ((أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَٰرِ))އަށް އަލުން ބަލައިލަމާ ހިނގާށެވެ!
· މި އާޔަތުގައި އައިސްފައިވާ ކަލިމަ (وَيُنَزِّلُ) އައިސްފައި ވަނީ މުޞްޙަފުގައި ދެވަނަ އަށެވެ.
· މި އާޔަތުގެ ޢަދަދަކީ 43އެވެ.
· މި އާޔަތުގެ ފުރަތަމަ ކަލިމަ (أَلَمْ) ގެ އަކުރުތައް މި އާޔަތުގައި ތަކުރާރުވެފައި ވަނީ 43 ފަހަރުއެވެ.
· (وَيُنَزِّلُ) މި ކަލިމައިގެ އަކުރުތައް މި އާޔަތުގައި ތަކުރާރުވެފައި ވަނީ 43 ފަހަރުއެވެ.
· النور ސޫރަތުގައި (وَيُنَزِّلُ) މި ކަލިމައަކީ 817 ވަނަ ކަލިމައެވެ.އެއީ 43 × 19
· މުޞްޙަފުގެ ކަލިމަތަކުގެ ތަރުތީބަށް ބަލާއިރު (وَيُنَزِّلُ)ގެ ވަނައަކީ 45967އެވެ. އެއީ 43 × 1069
· (وَيُنَزِّلُ) މި ކަލިމަ އައިސްފައިވާ النور ސޫރަތުގެ ކަލިމަތަކުގެ ޢަދަދަކީ 1319 އެވެ. އެއީ ފުރަ ޢަދަދުގެ ތަރުތީބުގައި 215 ވަނަ ޢަދަދެވެ. އެއީ 43 × 5
ކީރިތި ޤުރުޢަނުގައި (وَيُنَزِّلُ) އެންމެ ފަހުން އައިސްފައިވާ އާޔަތަކީ غافر ސޫރަތުގެ 13 ވަނަ އާޔަތެވެ. އެއީ ((هُوَ ٱلَّذِى يُرِيكُمْ ءَايَٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ - އެކަލާނގެއީ، ތިޔަބައިމީހުންނަށް އެކަލާނގެ (ކުޅަދުންވަންތަކަމުގެ) ހެކިތައް ދައްކަވާ، އަދި އުޑުން ތިޔަބައިމީހުންނަށްޓަކައި رزق (އެބަހީ: އޭގެސަބަބު ކަމުގައިވާ ވާރޭ) ބާވައިލައްވާ ރަސްކަލާނގެއެވެ. އަދި توبة ވެ، رجوع ވާމީހަކު މެނުވީ (އެކަމުން) نصيحة ލިބިއެއް ނުގަނެތެވެ.))
ﷲގެ ބަސްފުޅު ((وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزْقًا )) އަށް ވިސްނައިލަމާތޯއެވެ؟
މި ބަސްފުޅުގައި (رزقًا) މި ކަލިމަ އައިސްފައިވަނީ މި ސޫރަތުގެ ކަލިމަތަކުގެ ތަރުތީބުން 172ވަނަ އަހަރެވެ. އެއީ 43 × 4
(وينزّل) އާ އެއްގޮތަށް (رزقًا) މި ތަރުތީބުގައި އައިސްވުމަކީ ކިހައި ބޮޑު އަޖައިބެއް ހެއްޔެވެ؟
(رزقًا) މި ކަލިމައިގައި ހިމެނޭ އަކުރުތަކަށް ބަލާއިރު
· އަލިފުބާ ތަރުތީބުގައި ر އަކީ 10 ވަނަ އަކުރެވެ.
· އަލިފުބާ ތަރުތީބުގައި ز އަކީ 11 ވަނަ އަކުރެވެ.
· އަލިފުބާ ތަރުތީބުގައި ر އަކީ 10 ވަނަ އަކުރެވެ.
· އަލިފުބާ ތަރުތީބުގައި ق އަކީ 21 ވަނަ އަކުރެވެ.
· އަލިފުބާ ތަރުތީބުގައި ر އަކީ 10 ވަނަ އަކުރެވެ.
· އަލިފުބާ ތަރުތީބުގައި أ އަކީ 1 ވަނަ އަކުރެވެ.
· މި 4 އަކުރުގެ ޖުމްލައަކީ 43 އެވެ.
· (رزقًا) މި ކަލިމަ ތަރުތީބުން 172އަށް އެއީ 43 × 4ކަމަށް ވާތީއެވެ. މި ހަތަރު އަކުރުގެ އަލިފުބާ ތަރުތީބުގެ ޖުމްލައަކީ 43އެވެ. މި ކަލިމައިގެ އަކުރުތަކުގެ ޢަދަދަކީ 4އެވެ.
(ނުނިމޭ)