ad_banner
ޔަހޫދީން ދުނިޔޭގެ ވެރިކަންކުރަނީ އިގުތިސާދީ ގޮތުންނެވެ. (ތަރުޖަމާއެއް) (1)

އިސްމާޢީލު މުބާރަކު

18 މޭ 2025

މިއީ ތަރުޖަމާއެކެވެ.

ޤަދީމީ ޒަމާނުން ފެށިގެން ސޫދަށް (ރިބާގެ ގޮތުގައި) މީހުންނަށް ފައިސާގެ ލޯނު ދޫކުރާ ޖެކް ކޯރއާއި ސެމިއުލް ބާނާޑާއި ފްރެންކްފަރޓްގެ ރޮތުޗައިލްޑްސްއާއި ލަންޑަންގެ ބެރިންގ އާއިލާއާއި ބްރަސެލްސްގެ ލަމްބަރޓް އާއިލާއާއި ނިއުޔޯކުގެ މޯގަން އާއިލާއާއި ރޮކްފެލަރ އާއިލާއާ ހަމައަށް ކެޕިޓަލިސްޓުންގެ ސަބަބުން އެތައް ސަތޭކަ މިލިއަން ބައެއްގެ ތަދުބީރަށް ވަރަށް ބޮޑު ނުފޫޒެއް ފޯރައިފައިވެއެވެ.

ފައިސާގެ މުޢާމަލާތުކުރާ މި ޔަހޫދީންނަށް މުއްސަނދިކަން ހޯދައި ޖަމާކުރުމުގެ  ކުޅަދާނަކަން ލިބިފައިވުމުގެ ސަބަބުން އެ މީހުންގެ ފައިސާ ރައްކާކުރުމަށް ޓަކައި ޝާހީ ތާޖުތަކުގެ ވެރީންނަށް ލޯނު ފޯރުކޮށްދޭން ފެށިއެވެ. އެ މީހުންގެ މާލިއްޔަތު ތަރައްޤީކޮށް، ބާރުގަދަ ލަޝްކަރުތައް އުފައްދައި، ހަނގުރާމަތައް ހިންގައި ގަނޑުވަރުތައް ބިނާކުރިއެވެ. އޭގެ އިތުރަށް، އާ ސިނާއަތްތަކަށް ރައުސުލްމާލު ދީގެން، އެ ސިނާއަތްތަކަށް ވަރަށް ބޮޑު އާރަކާއި ބާރެއް ލިބުނެވެ. އަދި އެ މީހުން ވެގެން ދިޔައީ، ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް، ދުނިޔޭގެ އިޤްތިޞާދީ ހަޤީޤީ ލީޑަރުންނަށެވެ. އެ މީހުން ވެގެން ދިޔައީ ބައިނަލްއަޤްވާމީ އިއްތިޙާދުތަކުގެ ވަރުގަދަ ފަންނުވެރީންނަށެވެ. ނުވަތަ މަންޒަރުގެ ފަހަތުގައި ހުރިހައި ތަނެއްގައި ތިބި ވާދަވެރި ފަރާތްތަކުގެ ލީޑަރުންނަށެވެ. މީ ތާރީޚުގެ ތިއޭޓަރެއް ފެންނާން އޮތް ޙަޤީޤަތެކެވެ. 

އެ މީހުން މި ކަން ކުރަމުން ގެންދިޔައީ ނުރައްކަލާ ވެސް ކުރިމަތިލައިގެން ތިބެއެވެ. "ޖީން ޕޮމިއާ" އޭނާގެ ފޮތް [ފައިނޭންސަރސް އެންޑް ބޭންކަރސް ރޫލް ދަ ވޯލްޑް]ގައި ވިދާޅުވަނީ ބައެއް ފަހަރު  ސޫދަށް މީހުންނަށް ފައިސާދޭ ފަރާތްތައް  ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާކަމަށެވެ.

އެ މީހުންގެ ޢަމަލުތައް ބޭޒާރުވެގެންދެއެވެ. އެހެނީ އެ ކަންކަމަކީ ޤާނޫނާ ޚިލާފަށް އަޑިއަޑީން ހިނގާ މުޢާމަލާތްތައްކަމަށްވާތީ އެ އެއްޗެހި ދައުލަތަށް ނެގުމުގެ ނުރައްކާ ވެސް އޮވެއެވެ. އެހެންވިޔަސް ގިނަ ޤައުމުތަކުގެ ލީޑަރުންގެ ކިބައިގައި މި ދެންނެވި ބާރުގަދަ މާލީ އެހީތެރީންގެ ނުފޫޒުން އެއްކިބާވުމުގެ އެދުމެއް ވެސް އަދި ހިތްވަރެއް ނުހުރެއެވެ. ސަބަބަކީ އެ މީހުންގެ އިސްރާފުން އުނިވާ ބައި ބަޖެޓުގައި ފޫބައްދައިދޭން އެހީތެރިވާ ބަޔަކީ އެއީކަމަށް ވާތީއެވެ .

ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުގައި ޑިމޮކްރެޓިކް ދިރިއުޅުން ތަރައްޤީވުމާ އެކު، އަދި ބަރުލަމާނީ ކައުންސިލްތައް ކަތިލުމާ އެކު، (މާލީ ގޮތުން ފައިސާދޭ ވަކިވަކި ފަރުދުންނާއި ބޭންކުތަކުގެ ދައުރުތައް ސިއްރުވެރި ކަމެއްގެ ގޮތުގައި ވެގެން ދިޔައެވެ. އެ ދައުރުތައް ނެތިގެން ނުގޮސް، އެ މީހުންގެ މެކޭނިޒަމްތައް މަޞްނޫޢީކަމަކަށް ބަދަލުވެ، އެ ކަން ކުރާގޮތް މާ ބޮޑަށް ސްމާޓްވެ، އަދި މީހުންނަށް ސުވާލު ވެސް ނުކުރެވޭ، ޙަޤީޤަތް ނޭނގޭކަމަކަށް ވެގެން ދިޔައެވެ. މާލީ ކަންކަން ސިއްރުން ބެލެހެއްޓުމަށް ކުރީން މަރުކަޒީ ކަމާ ބެހޭ ފަރާތްތަކަށް ލިބުނު ފަސޭހަކަން ގެއްލިގެން ދިޔައެވެ. މި ފަދަ އެންމެ ނުފޫޒުގަދަ މާލީ އިދާރާތައް ވަރަށް އަވަހަށް ސަރުކާރުގެ މެޝިނުގެ ނާޒުކު ހިސާބުތަކަށް ވަދެގެން ދިޔައެވެ.

މިހާރު ފައިސާގެ ހަތިޔާރު ހަމައެކަނި ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތަކާއި ހިސާބަކުން ނުނިމެއެވެ.

މާލީ ޖަމިއްޔާގެ މަސައްކަތް އޮންނަނީ އެއް ގައުމެއްގެ ތެރޭގައި ނަމަވެސް އޭގެ ބަދަލުގައި ފުޅާވެ ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް އަދި ބަވަނަ ވެފައިވާ އެއްޗަކަށް ވެފައިވެއެވެ. މި ގަރުނުގެ ދެވަނަ ބައިގައި ބޭންކުތަކަށް ވަރަށް ބޮޑު ބާރެއް ލިބުނެވެ. އެ މީހުންގެ ގޮފިތައް ގާއިމްކޮށް، ފަސް ބައްރުގައި ވަރުގަދަ އިއްތިހާދުތަކެއް ހަދައި، އެ މީހުންގެ ރައުސުލްމާލު ވަރުގަދަކުރުމަށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ބޭނުންކުރާން ފެށިއެވެ. އެ މީހުންގެ ކިބައިގައި މިހާރު އޮތީ އޭގެ މައްޗަށް ބާރު ހިންގާން އުނދަގޫ ނުވަތަ އެއަށް އެއްވެސް މީހަކަށް ބާރު ނުހިންގޭނެ ފަދަ ޑިޓަރެންޓް ފޯސްއެކެވެ.

ޢިތުބާރުކުރެވޭ  ޖަޕާންގެ ޔެން ފަދަ ހާޑް ކަރަންސީ މާކެޓްތައް  ބެލެންސް ކުރުމާއި އޭގެ ސަލާމަތްކަން ވަނީ މިހާރު ނޭވާ ހިފަހައްޓާލަން ޖެހޭ ހިސާބަށް ގޮއްސައެވެ .ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުން މާލީ ނިޒާމްގެ އާ ޒަމާނެއް ފެށިގެން ގޮސްފައިވާއިރު، މީ (ބައިވަރު ޤައުމުތައް އެކުލެވޭ)  މަލްޓިނޭޝަނަލް، (ބައިވަރު ކޮންޓިނެންޓް އެކުލެވޭ) ޓްރާންސްކޮންޓިނެންޓަލް ކުންފުނިތަކާއި [ޔޫރޯއާއި ޑޮލަރ]އާއި [ޕެޓްރޯޑޮލަރ]ގެ ޒަމާނެވެ.

ފާއިތުވި އަހަރުތަކުގައި ބައިނަލްއަގުވާމީ އާ ލަފުޒެއް އުފެދި [ނާކޯ ޑޮލަރު] ދައުރުވަމުން އަންނަ އިރު، އޭގެ މާނައަކީ މަސްތުވާތަކެތީގެ ވިޔަފާރީން ލިބޭ ފައިސާއެވެ. އޭގެ އިތުރަށް މަނީ ލޯންޑަރިންގ (ނުވަތަ ނުހައްގު ފައިސާ ޤާނޫނީ ގޮތުން ހުއްދަ ފައިސާއަށް ބަދަލު ކުރުމުގެ) އޮޕަރޭޝަންތައް ފެށިފައިވާ އިރު، ބައެއް ޤައުމުތަކާއި، ޖަމާޢަތްތަކާ ގުޅިގެން ސިއްރު ޚިދުމަތްތަކާއި، ޝައްކުކުރެވޭ މާލީ މުޢާމަލާތު ހިންގައެވެ. ޤައުމުތަކުގެ އިދާރާތަކުން މި އޮޕަރޭޝަންތަކުގައި ބައިވެރިވެއެވެ.

ހަމައެއާ އެކު، މާލީ އިދާރާތަކުގެ ބާރު ހަނިކުރުމުގެ މަގުސަދުގައި، ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އަންނަ ބައެއް ޤާނޫނުތަކާއި ޤާނޫނުތައް އުފެދިފައިވިޔަސް އެ ކަން ކުރަނީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި އަމިއްލަ ފަރާތެކެވެ. މިސާލަކަށް ފްރާންސްގައި 1981ވަނަ އަހަރު [ކަނާތު ފިޔައިގެ ޕާޓީ] ވެރިކަމަށް އައި އިރު، ރެޑިކަލް އުސޫލުތައް ބޭނުންކުރާން ފެށި އިރު، ލޯނު ދޫކުރުން މުޅިން ގައުމީ ކުރި ނަމަވެސް، [ފައިސާގެ މާލީ ބާރުވެރިކަން] އޮތީ، ބޭންކުތަށެވެ. މާލީ އިދާރާތައް މާ ބާރުގަދައެވެ.

މިއަދުގެ ދުނިޔޭގައި ދެނެގަންނަންޖެހޭ ހަގީގަތަކީ އިރުމައްޗާއި ހުޅަނގާ ދެމެދު ހިނގަމުންދާ ސިޔާސީ ހަނގުރާމަތަކުގައި މާލީ ހަތިޔާރަކީ ގޮތް ނިންމާ ހަތިޔާރުކަމެވެ. މި ގޮތުން މިހާރުގެ ބައިނަލްއަޤްވާމީ ޙާލަތުގައި ވިޔަފާރިއާއި މާލީ ބާރު އެއީ އަސްލު ވަރުގަދަ ހަނގުރާމައެއްގެ ބަދަލުގައި ބޭނުން ކުރާ އެއްޗެކެވެ. މިއީ  އަޞްލު  ފައިދާހުރި އެއް ބަދަލެކެވެ. މިސާލަކަށް މީގެ ހަފުތާއެއް ކުރީން ފެށުނު އިންޑިޔާ - ޕާކިސްތާން ހަނގުރާމަ ތިން ދުވަސް ނުވަނީސް ހުއްޓައިލާން ޖެހުނު އިރު، ޚާއްސަކޮށް ޕާކިސްތާނު އޮތީ ބަނގުރޫޓްވެ ޑިފޯލްޓަކަށް ނުގޮސް ހަމަ ކިރިޔާއެވެ. ހަތިޔާރުގައި ވަރު ހުއްޓަސް، އިޤްތިޞާދީ މައިބަދައިގައި ވަރެއް ނެތެވެ.

ހުރިހާ ޤައުމުތަކެއްގެ ކުރިމަތިލުންތަކުގައި ވެސް ރައުސުލްމާލަކީ އަސާސީ އަމާޒަށް ވާޞިލްވުމަށް ބޭނުންކުރާ އެއްޗެއްކަމުގައިވާ އިރު، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މުއްސަނދި ޤައުމުތަކުން ދޭ ލޯނުތަކަކީ ޕްރެޝަރުގެ ވަސީލަތްތަކެއްކަމުގައި ވެފައި، ނުހައްގު ހަމަހަމަ ނޫން ގުޅުންތައް އުފެދެމުންދެއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި ފައިސާއަކީ، ހުރިހައި ޙާލަތެއްގައި ވެސް، ހަނގުރާމައިގެ މައިބަދައެވެ. ސުލްޙައިގެ ވަސީލަތެވެ. ތަރައްޤީގެ ތަޅުދަނޑިއެވެ. އަދި ބާރުގެ މަޞްދަރެކެވެ. އެންމެ ބޮޑަށް މި ކަން އެނގެނީ ޔަހޫދީންނަށެވެ. އެއްވެސް މުސްލިމް ޤައުމެއް ހަތިޔާރުގެ ގޮތުން ކުރިއަރައިފިއްޔާ ނުވެސް އެނގި ތިއްބައި އިގުތިސާދީ ގޮތުން އަނދަވަޅަކަށް ވައްޓާލައެވެ.

ޔަހޫދީ ޕްރޮޓޮކޯލްތައް

އިންސާނީ ތާރީޚުގައި ވެސް ޔަހޫދީން މަޝްހޫރުވި ފަދައިން ފައިސާއަށް ލޯބިކުރާ އަދި ފައިސާ އެއްކުރުމުގެ މަސައްކަތުގައި މަޝްހޫރުވެފައިވާ އެއްވެސް އެހެން ޤައުމެއް ނެތެވެ. އިންސާނީ ކަރާމާތާ ޢިއްޒަތް އެއީ ފައިސާޔަށްވުރެ މުހިންމު އެއްޗެއްކަމުގައި ދެކެގެން އުޅުނު "ޗައިވަލްރީއޭ" ކިޔުނު ނިޒާމު ޔޫރަޕްގައި އޮތް ޒަމާނުގައި ވެސް ޔަހޫދީން އުޅުނީ އެއާ ދުރުގައެވެ. ގާނޫނާ ޚިލާފު އުސޫލުތަކަށް ތަބާވެ، ފައިސާ އެއްކުރުމަށް ހުރި ޝައުޤުވެރިކަމުގައި ފައިސާޔަށް އަޅުކަންކުރާ ހިސާބަށް އެ މީހުންގެ ކަންކަން ދިއައެވެ.

އެ މީހުންގެ ސައިނަގޯގް ނުވަތަ ފައްޅިތަކުގައި ދީނުގެ ނަމުގައި ރަންވަންލޮޔާއި ރަނާ އެއްކޮށް ވިއްކާ ރަން ގަތުމާ މި ފަދަ ކަންކަން ހިނގަމުން ދިއައެވެ. ޔޫރަޕުގެ  ބައެއް  ތާރީޚީ ފޮތްތަކުގައިވާ ގޮތުން ޔަހޫދީން ޢީސާ ޢަލައިހިއްސަލާމް ހުންނެވި ތަނެއް ރޯމަނުންނަށް ބުނެދީ އެކަލޭގެ ފާނު ރޯމަނުންނަށް ވިއްކައިލީ ރަނުގެ މަދު ފައިސާ ފޮތިކޮޅަކަށްކަމަށް ވެއެވެ. އެ ޙާދިސާގެ ކުރީން ނަސާރާއިންނާއި ޔަހޫދީންނަށް ބަނީ އިސްރާއީލޭ ކިޔުނު ނަމަވެސް އެއަށް ފަހު، އެ ކަން ކުރި މީހުންނަށް ޔަހޫދީންގެ ނަން ﷲ تعلي ދެއްވިއެވެ. 

އަދި ކީރިތި قرأن ގައި މި ފަދައިން ވަޙީކުރައްވައިފައިވެއެވެ. } فآمنت طائفة من بني إسرائيل وكفرت طائفة{ )ދެން إسـرآءيـلގެދަރިންކުރެ جماعةއެއް إيمانވޫއެވެ. އަދި އަނެއް جماعةއެއް كافرވޫއެވެ.) (سورة الصّف:14)

عيسي عليه السلام އަކީ ބަނީ އިސްރާއީލް ބާގައިގެ މީހުންގެ ގާތަށް މާތް ﷲ ފޮނުއްވި ރަސޫލެކެވެ.  ޔަހޫދީންނަކީ عيسي عليه السلام ގެ ރިސާލަތަށް ކާފިރުވި މީހުންނެވެ. އެކަލޭގެފާނަށް ނަޞްރުދީ އީމާންވި މީހުންނަކީ نصاري އިންނެވެ.

ކޮންމެ އަކަސް ފަހަރެއްގައި ފައިސާ އެއްކުރުމަށް ޔަހޫދީން ޝައުގުވެރިވާ ސަބަބަކީ، އެ މީހުންގެ ނަޒަރުގައި، އެ މީހުންގެ އަމާޒަށް ވާސިލުވުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތަކަށް ވާތީ ކަމަށްވެދާނެއެވެ. ދުނިޔެ ކޮންޓްރޯލުކުރާން ބޭނުންވާތީކަމަށް ވެދާނެއެވެ.

ޔަހޫދީން ބިމުގައި ދާއިމަށް ދެމިތިބުމަށް  ލޯބިކުރާކަމުގެ ހަގީގަތް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައި ވެއެވެ.

}وَلَتَجِدَتْهُمْ أَحْرَصَ النَّاسِ عَلَى حَيَاةٍ وَمِنَ الَّذِينَ أَشْرَكُوا يَوَدُّ أَحَدُهُمْ لَوْ يُعَمِّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِ مِنَ الْعَذَابِ أَن يُعَمِّرَ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ{  (އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި شريكކުޅަ މީހުންނަށް ވުރެ ވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކުކަމުގައި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެއުރެން ކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް عمر ދިގުވާނެނަމައޭ ހީކޮށް، އެ ކަމަށް އެދޭނެތެވެ. އެ عمر ދިގުވުން އެއީ، އެ މީހަކު عذابން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެއެވެ. اللَّهއީ އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ.) (سورة البقرة: ٩٦)

ޔަހޫދީން ގަބޫލުކުރަނީ ދުނިޔޭގެ މުއްސަނދިކަމަކީ އެ މީހުންނަށް ނިސްބަތްވާ އެއްޗެއްކަމަށާއި، އެ މީހުން އެ މުއްސަނދިކަން އަނބުރައި ހޯދާން ޖެހޭނެ ކަމަށެވެ. އަދި ދުނިޔޭގެ އިގްތިސާދު ކޮންޓްރޯލް ކުރުމުން އެ މީހުންގެ ރޭވުންތައް ހަރުކަށިކަމާ އެކު، ކާމިޔާބުކަމާ އެކު، ކުރިއަށް ގެންދެވޭނެކަމަށް ވެސް އެ މީހުން ގަބޫލުކުރެއެވެ.

އެއީ [ޞަހްޔޫނިއްޔަތުގެ“ (Zionismގެ) އިސްވެރީންގެ [ޕްރޮޓޮކޯލްސް]ގެ އަށްވަނަ ޕްރޮޓޮކޯލްގައި ބަޔާންކޮށްފައިވާ ކަމެކެވެ. އެ ޕްރޮޓޮކޯލްގައި ވެއެވެ.

އަހަރުމެން ސަރުކާރުތައް ޙިޞާރުކުރާނީ މާލީ އިޤްތިޞާދީ މާހިރުންގެ ބޮޑު ލަޝްކަރަކުންނެވެ. އިގުތިސާދީ ޢިލްމަކީ އަހަރުމެން ކިޔަވައިދޭ މައިގަނޑު މާއްދާކަމުގައި ހަދާންޖެހެނީ މިހެންވެގެންނެވެ. އަހަރުމެންގެ ވަށައިގެން ދިފާޢުގައި ތިބޭނީ އެތައް ހާސް ބޭންކަރުންނާއި، ސިނާޢީ ވެރީންނާއި، މިލިއަނަރުންނެވެ. މިހެން މި ބުނަނީ ފައިސާއިން އަސްލު ހުރިހައި ކަމެއް ނިންމާތީއެވެ. އަދި ނިންމޭނެތީއެވެ.]

ޔަހޫދީން އަބަދުވެސް މަސައްކަތްކުރަނީ އިގިތިސާދީ ދަތިތައް އުފައްދައި، މީހުންނާއި ޤައުމުތަކުގެ މެދުގައި ހަމަނުޖެހުންތައް އުފެއްދުމަށެވެ. އެއީ އެވެރީންގެ އެކާވީސްވަނަ ޕްރޮޓޮކޯލްގައި ބަޔާންކޮށްފައިވާ ކަމެކެވެ. އަހުރެމެން ފައިސާގެ ހިސާބުކިތާބު ބަލަހައްޓާ އިދާރާތަކުން ކޮރަޕްޝަންގެ ފައިދާ ނަގަނީ، އެމީހުންގެ ސަރުކާރުތަކަށް ލޯނު ދީގެން ދިން ފައިސާގެ ދެގުނަ ހޯދުމަށެވެ. ނުވަތަ ތިންގުނަ ފައިސާ ހޯދުމަށް ޓަކައެވެ. 

އެއީ އެ ޤައުމުތަކުން ބޭނުން ނުވިނަމަވެހެވެ. އެ ސަރުކާރުތަކުން މި ފަދަ ލޯނެއް ދޫކުރާކަން ސަރުކާރުން އިއުލާންކުރާ އިރު، ނުވަތަ ބޮންޑުތަކަށް އިންވެސްޓްކުރާން ހުޅުވައިލާ އިރު، ހުޅުވައިލަނީ ވަރަށް ކުޑަ އަގުތަކެއްގައި ޑިސްކައުންޓެއްގައެވެ. ކޮންމެ މީހަކަށް ވެސް އެއަށް ކޮންޓްރިބިއުޓްކުރެވޭނެ ގޮތަކަށެވެ. އެކަމަކު އަހަރުމެންނަށް ފައިސާދައްކާން ޖެހޭ މުއްދަތު އަންނަ އިރު، މި ބޮޑު ދަރަނީގެ ހަގީގަތް ހާމަވެ، މި ދަރަންޏާއި އޭގެ އިންޓަރެސްޓް ދެއްކުމަށް ސަރުކާރަށް މަޖުބޫރުވެއެވެ. އޮންނަނީ އާ ލޯނަކަށް އެދޭން ޖެހިފައެވެ. އެއީ ދައުލަތުގެ ދަރަނި ބާތިލުނުކޮށް، އޭގެ ބަދަލުގައި އިތުރު ދަރަންޏެއް އިތުރުކުރާ ލޯނެކެވެ. ލޯނު ރިސްޓްރަކްޗާރކުރުން ވެސް މިއަށް ކިޔައެވެ. މި ފަދަ ފިޔަވަޅަކުން ސަރުކާރުން ފާޅުގައި ބަނގުރޫޓުވިކަން ގަބޫލުކުރާނެއެވެ. އެ ކަމުން ރައްޔިތުންނަށް ސާފުކޮށް އެ ކަން ސާފުވާނެއެވެ. އެ ފަދަ ޙާލަތުގައި ސަލާމަތްވާނެ ގޮތެއް އޮންނަނީ ހޯދާން ޖެހި މަޖުބޫރީ ޙާލަތަށް ގޮސްފައެވެ. އެއީ  ހަތިޔާރުން ހަނގުރާމަނުކޮށް އަހަރުމެން އެ ޤައުމުތައް އަޅުވެތިކުރާ ގޮތެވެ. (ނުނިމޭ)

ކޮމެންޓު