ad_banner
ޝައިޠާނާގެ ކަނީސާ

އަޙުމަދު ފަޔާޒު ޙަސަން

5 ޑިސެންބަރު 2025

ދުނިޔެ ކޮންޓުރޯލުކުރުމަށް ޓަކައި ޔަހޫދީންގެ ސިއްރު ތާރީޚުގެ މައްޗަށް އެންޑްރޫ ކެރިންޓަން ހިޗްކޮކް (2007) ލިޔުއްވައިފައިވާ ފޮތުގެ ތަރުޖަމާ

 

 

 

 

މިއީ އެންޑްރޫ ކެރިންޓަން ހިޗްކޮކް (2007) ލިޔުއްވައިފައިވާ ފޮތެއްގެ ދިވެހި ތަރުޖަމާއެކެވެ.

ކަޅު ކަނޑާއި، ކެސްޕިއަން ކަނޑާ ދެމެދުގައި، އެއްވެސް ކަނޑަކާ ގުޅުމެއް ނެތް ގޮތުގައި އޮތް ޚަޒަރިއާ (Khazaria) ކިޔާ ބިމެއްގައި މީލާދީން 740ގައި މި ޒަމާނުގެ ޔަހޫދީ ނަސްލު އުފަންވިއެވެ. އެއީ އަޞްލު ޔަހޫދީ ނޫން، މިހާރުގެ ޔަހޫދީ ނަސްލެވެ. ޚަޒަރިއާގެ ބިން މިއަދު މައިގަނޑު ގޮތެއްގައި އޮތީ ޖޯރޖިއާ ތެރޭގައެވެ. ނަމަވެސް އެކި ދިމާތަކުން ރަޝިއާއާއި، ޕޯލަންޑާއި، ލިތުއޭނިޔާއާއި، ހަންގެރީ، އަދި ރޮމޭނިއާއާ އެ ޤައުމު ގުޅިފައިއެވެ.

މި ކަން މިހެން ދިމާވި ގޮތަކީ، އެ ދުވަސްވަރު ޚަޒާރިއާ ކިޔާ ޤައުމުގެ އެއް ފަރާތުގައި މުސްލިމުން، އަދި އަނެއް ފަރާތުގައި ނަޞާރާއިންގެ ޤައުމުތައް ހުރުމުގެ ސަބަބުން، އެ މީހުންނަކީ ވަރަށް ބަލިކަށި ހިސާބެއްގައި ތިބި ބައެއް ކަމުގައި ޚަޒާރިއާ މީހުންނަށް ހީވުމެވެ. މިހެންކަމުން، އެމީހުން އަބަދުވެސް ތިބީ މިއިން ކޮންމެވެސް ޤައުމަކުން އައިސްފާނެ ޢުދުވާނީ ޙަމަލާއެއްގެ ބިރުވެރިކަމުގެ ތެރޭގައެވެ. މީގެ އިތުރަށް އެމީހުންނަކީ މިއިން އެއްވެސް ދީނެއްގެ އަހުލުވެރިންނަށް ނުވާހާލުބުދަށް އަޅުކަންކުރާ ޢަޤީދާއެއްގެ ބައެކެވެ. މިހެންކަމުން، ވަށައިގެންވާ ނަސާރާއިން ނުވަތަ މުސްލިމުން، އެމީހުންގެ ދީނަށް ޚަޒާރިއާ މީހުން ބަދަލު ކުރަންވެއްޖެ ހިނދެއްގައި އެޤައުމަށް އަރައިގަތުމުގެ ނުރައްކާ އަބަދުވެސް އޮތެވެ.

އަތުވެދާނެ ޙަމަލާތަކުން ޚަޒާރިއާގެ ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި މީގެތެރެއިން ކޮންމެވެސް އެއް ދީނަކަށް ޚަޒާރިއާގެ ރައްޔިތުން ބަދަލުކުރުމަށް ޚަޒާރިއާގެ ރަސްގެފާނު ބުލަން (Bulan) ޤަޞްދު ކުރެއްވިއެވެ. ނަމަވެސް އެމީހުން އިސްލާމްދީނަށް ބަދަލުވެއްޖެ ނަމަ ނަޞާރާއިންގެ ފަރާތުން ޙަމަލާތައް އައުމުގެ ނުރައްކާ އޮތެވެ. އަދި ނަޞާރާދީނަށް ބަދަލުވެއްޖެނަމަ މުސްލިމުންގެ ކިބައިން ޙަމަލާ އައުމުގެ ނުރައްކާ އޮތެވެ.

އޭނަޔަށް އެހެން ޚިޔާލެއް އައެވެ. އެއީ އެހިސާބުގައި އެހެން ނަސްލެއްގެ ބަޔަކު ތިބުމެވެ. އެ ނަސްލަކީ ޔަހޫދީންނެވެ. މިކަމާއި މުސްލިމުންނާއި ނަސާރާއިން އަޅާނުލާނެތީ އޭނާ ޔަހޫދީދީން ޤަބޫލުކުރިއެވެ.

ރަސްގެފާނު ބުލަން ގެ ޤައުމުގެ މީހުން ޝައުޤުވެރިކަމާއެކު ޔަހޫދީދީނަށް ބަދަލު ވިއެވެ. އަދި ޔަހޫދީންގެ އެންމެ މާތް ފޮތް ކަމުގައިވާ ތަލްމޫދު އެއީ އެމީހުންގެ ދީނީ ފޮތްކަމުގައި ކަނޑައެޅިތަން ދުށުމަށް އޭނާ ދުނިޔޭގައި ދެމިހުންނެވިއެވެ.

ޔަހޫދީދީނަށް ބަދަލުވި ރަސްގެފާނު ބުލަންގެ ޤައުމުގެ އޭސިއާ ނަސްލުގެ މީހުންނަކީ މުޅި ދުނިޔޭގައި އުޅޭ ޔަހޫދީންގެ %90 ކަމުގައި ވިއެވެ. އަދި އެމީހުން އަމިއްލައަށް އެމީހުންގެ އަމިއްލަ ނަފުސަށް އަސްކެނާޒީ ޔަހޫދީންނޭ ކިޔެވެ. ކަންމިހެން ހިނގިއިރު، ޙަޤީޤަތުގައި އެމީހުންނަކީ ޔަހޫދީންނެއްވެސް ނޫނެވެ. ނަމަވެސް، ހަމައެކަނި ޔަހޫދީދީނަށް ބަދަލުވި އޭސިއާ ނަސްލުގެ ދަރިކޮޅެކެވެ. އެމީހުން ޔަހޫދީދީނަށް ބަދަލުވުމުންވެސް އެމީހުންގެ ޚަޒާރީ މާދަރީ ބަސްކަމުގައިވާ ޔިދިސް (Yiddish) ބަހުން ވާހަކަ ދެއްކުމުގައި އެމީހުން ދެމިތިއްބެވެ. އެއީ ޢިބްރާނީ (Hebrew) ބަހާ މުޅީން ތަފާތު ވަކި ބަހެކެވެ.

އެއްހާސް އަހަރުފަހުން ޖަރުމަނުވިލާތުގައި އުފަންވި މާ ބާރުގަދަ މީހެއްގެ ނަސްލުން އައި މީހުންނަށް މިބައިމީހުން ތަބާވިއެވެ. އެމީހާގެ ނަމަކީ ބަވަރ (Bauer) އެވެ. އެއީ ރޮތުސްޗައިލްޑް (Rothschild) ޚާންދާން އުފަންކުރި މީހާއެވެ. 

ނުބައި ސިއްރު ރޭވުންތަކާއި، އޮޅުވާލުމުގެ އުކުޅުތައް ބޭނުންކޮށްގެން މި ޚާންދާނުގެ މީހުން ދުނިޔޭގެ މުއްސަނދިކަން ފޭރިގަތެވެ. އެމީހުންގެ ނުބައި ސިއްރު ރޭވުންތަކާއި، އޮޅުވާލުމުގެ ޙަރަކާތްތަކަށް އެމީހުން ފައިސާ ހޯދަނީ ދުނިޔޭގެ މަނީ ސަޕްލައިގެ (ފައިސާގެ ކޮށާރު) ކޮންޓްރޯލް އަތުލައިގެން، ދުނިޔޭގެ މުއްސަނދިކަން ފޭރިގަނެގެން އެމީހުން އެއްކުރާ މުދާތަކުންނެވެ.

އެމީހުންގެ އުފަން ޙައްޤެއްގެ ގޮތުގައި ފަލަސްތީނުގެ ބިމުގައި އެމީހުންނަށް ޤައުމެއް ލިބިގަތުމަށް ދަޢުވާކުރާންފެށިއެވެ. އަދި 1948 ގައި އެޤައުމު އުފެދުނީއްސުރެ އެޤައުމުގެ ބޮޑުވަޒީރުކަމަށް އަންނަ ކޮންމެ މީހަކީ އަސްކެނާޒީ ޔަހޫދީއެއްކަން ކަށަވަރު ކުރިއެވެ. ޙަޤީޤަތުގައި އަސްކެނާޒީ ޔަހޫދީންގެ އަޞްލު ވަޠަނަކަށްވާ ބިމަކީ އޭގެ 800 މޭލު ދުރުގައި އޮތް ޚަޒާރިއާ އެވެ.

1649 އިން 1698 އަށް

ޚިޔާނާތުގެ ކުށެއްގައި ރަސްގެފާނު ޗާރލްސް 1 ޤަތުލުކުރުމަށް އިނގިރޭސި ބަރުލަމާނުގެ އެއްބާރުލުން އޮލިވަރ ކްރޮމްވެލް (Oliver Cromwell) ހޯދިއެވެ. އެއަށްފަހު އިނގިރޭސިވިލާތަށް ޔަހޫދީން އަލުން އައުމުގެ ހުއްދަ އޮލިވަރ ކްރޮމްވެލް ދިނެވެ. 1290 ގައި ޔަހޫދީން އިނގިރޭސި ވިލާތުން ބޭރުކުރުމަށް އަމުރުކުރެއްވީ ރަސްގެފާނު އެޑްވަރޑް 1 އެވެ. ރަސްގެފާނު އެޑްވަރޑް 1 ގެ މި އަމުރުފުޅުގެ ދަށުން އިނގިރޭސިވިލާތުން ހުރިހާ ޔަހޫދީން އަބަދަށްޓަކައި ބޭރުކުރެވުނެވެ. އަދި 1 ނޮވެމްބަރ 1290 އިން ފެށިގެން އިނގިރޭސިވިލާތުގައި ބާކީ ތިބި ހުރިހާ ޔަހޫދީން ޤަތުލު ކުރުމަށްވެސް އެރަދުން އަމުރު ނެރުއްވިއެވެ. 

އިނގިރޭސިވިލާތަކީ ޔަހޫދީން ބޭރުކުރި ފުރަތަމަ ޤައުމެއްނޫނެވެ. ފާއިތުވި އެއް ހާސް އަހަރު ޔަހޫދީން ބޭރުކުރި ސަރަޙައްދުތަކުގެ ބައިކުޅަބައި ލިސްޓެއް ތިރީގައިވަނީއެވެ. ބައެއްފަހަރު އެތައް ފަހަރެއްގެ މަތިން ބައެއް ތަންތަނުގައި މި ކަން މި މަގަށް ހިނގައިފައިވެއެވެ.

މެއިންޒް

1012

ލިތުއޭނިއާ

1495

ފަރަސްސޭސިވިލާތް

1182

ޕޯޗުގީޒްވިލާތް

1496

މަތީ ބަވޭރިއާ

1276

ނޭޕްލްސް

1496

އިނގިރޭސިވިލާތް

1290

ނަވާއްރޭ

1498

ފަރަންސޭސިވިލާތް

1306

ނިއުރެމްބާރގް

1498

ފަރަންސޭސިވިލާތް

1322

ބްރެންޑެންބާރގް

1510

ސެކްސަނީ

1349

ޕްރަޝިއާ

1510

ހަންގެރީ

1360

ޖެނޯއާ

1515

ބެލްޖިއަމް

1370

ނޭޕްލްސް

1533

ސްލޮވާކިއާ

1380

އިޓަލީވިލާތް

1540

ފަރަންސޭސިވިލާތް

1394

ނޭޕްލްސް

1541

އޮސްޓްރިއާ

1420

ޕްރާގް

1541

ލިޔޯންސް

1420

ޖެނޯއާ

1550

ކޮލޯން

1424

ބަވޭރިއާ

1551

މެއިންޒް

1438

ޕްރާގް

1557

އޮގްސްބާރގް

1438

ޕޭޕަލް ސްޓޭޓްސް

1569

މަތީ ބަވޭރިއާ

1442

ހަންގެރީ

1582

ނެދަރލޭންޑްސް

1444

ހެމްބާރގް

1649

ބްރެންޑެންބާރގް

1446

ވިއެނާ

1669

މެއިންޒް

1462

ސްލޮވާކިއާ

1744

މެއިންޒް

1483

މޮރޭވިއާ

1744

ވޯރސޯ

1483

ބޮހީމިއާ

1744

ސްޕެއިން

1492

މޮސްކޯ

1891

އިޓަލީވިލާތް

1492

 

 

ނަންހިނގައިފައިވާ ޔަހޫދީ މުއައްލިފެއްކަމުގައިވާ ބާނާރޑް ލަޒާރޭ (Bernard Lazare)، 1894ގައި ޝާއިޢުކުރެވުނު "ލަންޓިސްމިޓިސްމެ ސޮން ހިސްޓޮއިރޭ އެޓް ސެސް ކޯސަސް" ކިޔާ ފޮތުގައި މި ގޮތަށް ޤައުމުތަކުން ޔަހޫދީން ބޭރުކުރުމާ މެދު ތިރީގައިވާ ގޮތަށް ލިޔެފައިވެއެވެ.

"މި ޢަދާވާތްތެރިކަން، ނުވަތަ ނުރުހުންތެރިކަން ޔަހޫދީންނާ މެދު ދެއްކިފައިވަނީ އެންމެ ޒަމާނެއްގައި، އެންމެ ރަށެއްގައި ކަމުގައިވާ ނަމަ، މި ނަފުރަތްތެރިކަމުގެ މަދު ސަބަބުތައް ނިއުޅުވައިލުމަކީ ފަސޭހަކަމަކަށް ވާނެއެވެ. ނަމަވެސް މި ނަސްލު ވެފައިވަނީ، އެ ޤައުމެއްގައި އެމީހުން ޤާއިމްވެތިބި ކޮންމެ ޤައުމެއްގެ ރައްޔިތުންގެ ވެސް ނަފުރަތްތެރިކަން އަމާޒުކުރެވިފައިވީ ބަޔެއްކަމުގައެވެ. ޔަހޫދީންގެ ދުޝްމަނުން ނިސްބަތްވީ ވަރަށް ތަފާތު ނަސްލުތަކަށެވެ. ޔަހޫދީންނާ ޢަދާވާތްތެރިވުމުގެ ޢާންމު ސަބަބަކީ ޚުދު ޔަހޫދީންގެ ކިބައިގައި (ނުވަތަ ޔަހޫދީ ޤައުމުގެ ކިބައިގައި) ހުރި ސަބަބެއްކަން ކަށަވަރުވެއެވެ. އެއީ ޔަހޫދީންނާ އިދިކޮޅަށް ހަނގުރާމަކުރި މީހުންގެ ކިބައިގައިވާ ސަބަބުތަކަކުން ހިނގި ކަމެއް ނޫންކަމެވެ."  

"ދަ އެމެރިކަން ހިބްރޫ" (އެމެރިކާގެ ޢިބްރާނީ) މަޖައްލާގައި ޕްރޮފެސަރ ޖެސީ އެޗް. ހޯލްމްސް (Jesse H. Holmes) ތިރީގައިވާ ޝުޢޫރު ފާޅުކޮށްފައިވެއެވެ.

[ޔަހޫދީންނާއި ޔަހޫދީން ނޫން މީހުން އެއްވެގެން އުޅެފައިވާ ދުނިޔޭގެ ގާތްގަނޑަކަށް ހަމަ ކޮންމެ ޤައުމަކުން ވެސް ޔަހޫދީންނާ ދޭތެރޭގައި ނަފުރަތްތެރިކަން އަމާޒުކުރެވިފައިވާކަމީ އިއްތިފާޤެއްކަމުގައެއް ނުބެލެވޭނެއެވެ. މި ފަދަ ކޮންމެ ޙާލަތެއްގައި ވެސް ހިމެނޭ ޢާންމު ޢުންޞުރަކީ ޔަހޫދީންކަމުގައިވީ ހިނދު، މައްސަލައިގެ މޫނު މަތީން ބަލައިލާ އިރު ޤަބޫލުކުރެވެނީ، މި ނަފުރަތްތެރިކަމުގެ ސަބަބު އެކުލެވިފައިވާނީ ޚުދު ޔަހޫދީންގެ ކިބައިގައިކަމާއި، އަދި ޔަހޫދީންނާ މެދު މި ނަފުރަތްތެރިކަން އިޙްސާސްކުރާ، ވަރަށް ބޮޑެތި ފަރަގުތައްހުރި ތަފާތު ޖަމާޢަތްތަކުގެ ކިބައިގައި ނޫންކަމެވެ.]

1688

އިނގިރޭސިވިލާތަށް ޔަހޫދީން އަލުން އެނބުރި އައުން ހުއްދަކުރުމުގެ ސަބަބުން ދިމާވި ޙާލަތު 1931ގައި ޝާއިޢު ކުރެވުނު "އޯލް ދީޒް ތިންގްސް" (މި ހުރިހައި ކަންތައްތަކެއް) މި ފޮތުގައި، އޭ. އެން. ފީލްޑް (A. N. Field) ތިރީގައިވާ ގޮތަށް މި ވާހަކަ ކިޔައިދީފައިވެއެވެ.

[އިނގިރޭސިވިލާތަށް ޔަހޫދީން އެނބުރިއައުން ކްރޮމްވެލް ހުއްދަކުރިތާ 33 އަހަރުފަހުން، ޑަޗް އަމީރަކު [އަމްސްޓަރޑަމް]އިން އިނގިރޭސިވިލާތަށް އައެވެ. އޭނާގެ ފަހަތުން ޔަހޫދީންގެ ބޮޑު ބައިގަނޑެއް، އެ މާލީ މަރުކަޒުން އިނގިރޭސިވިލާތަށް އައެވެ. އަދި އޭނާ އިނގިރޭސި ތަޚުތަށް އިސްވެގަތެވެ. މި ހާދިސާގެ ވަރަށް ޠަބީޢީ ނަތީޖާއެއްކަމުގައިވީ، އިނގިރޭސި ދައުލަތަށް ދަރަނި ދިނުމަށް ޓަކައި ބޭންކް އޮފު އިންގްލެންޑް އުފައްދައި ދައުލަތުގެ ދަރަނި އިފުތިތާޙުކުރެވުމެވެ. އެ ޔަހޫދީ މީހާ އެ ޤައުމަށް އައުމުގެ ކުރީން، އިނގިރޭސިވިލާތުން ދިޔައީ އެ ޤައުމުގެ ހުރިހައި ޚަރަދެއް އެ މީހުންނަށް ލިބޭ އާމްދަނީއަކުން ހަމަޖައްސަމުންނެވެ.]

ނުހަނު ހީލަތްތެރިކަމާ އެކު [ބޭންކް އޮފު އިންގްލެންޑް] މި އަހަރު އުފެއްދުނެވެ. ބޭންކަށް ދެވުނު މި ނަމުގެ ސަބަބުން އެއީ އިނގިރޭސިވިލާތުގެ ސަރުކާރުން ކޮންޓްރޯލްކުރާ ބޭންކެއްކަމަށް ވިސްނައިދެވުނެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ ޔަހޫދީން އުފައްދައިފައިވާ ޕްރައިވެޓް މުއައްސަސާއެކެވެ. 1934ގައި ޝާއިޢުކުރެވުނު [ދަ ބްރޭކްޑައުން އޮފު މަނީ] (ފައިސާގެ ނިޒާމު ރޫޅި ފުނޑުފުނޑުވުން) މި ފޮތުގައި ކްރިސްޓޮފަރ ހޮލިސް (Christopher Hollis) ބޭންކް އޮފު އިންގްލެންޑް އުފެއްދުމުގެ ޙަޤީޤަތް ތިރީގައިވާ ގޮތަށް ކިޔައިދީފައިވެއެވެ.

[1694 ގައި ވިލިއަމް 3ގެ ސަރުކާރު އޮތީ ވަރަށް ބޮޑަށް ފައިސާއަށް ޖެހިފައެވެ. (ވިލިއަމް 3އަކީ ޔަހޫދީންނާ އެކު ހޮލެންޑުން އައި އަމީރެވެ.) ވިލިއަމް ޕެޓަރސަން (William Paterson)ގެ ޤިޔާދަތުގައި ތިބި މުއްސަދީންތަކެއްގެ ޖަމާޢަތަކުން ވިލިއަމްއަށް 000،200،1 ޕައުންޑުގެ ލޯނެއް، %8 ގެ އިންޓަރެސްޓުގައި ދިނުމަށް އެއްބަސްވިއެވެ. ނަމަވެސް، ބޭންކް އޮފު އިންގްލެންޑުގެ ކުންފުންޏާއި، ގަވަރުނަރުންނަށް (މިއީ އެ ޖަމާޢަތަށް އެ މީހުން އަމިއްލައަށް ދީފައިވާ ނަމެވެ)، އެ ކުންފުނީގެ ރައުސްމާލުގެ ފުރިހަމަ އަގާ އެއްވަރަށް ފައިސާގެ ނޫޓު ދޫކުރުމުގެ ޙައްޤު އެ މީހުންނަށް ދިނުން ޝަރުޠުކުރުމާ އެކުގައެވެ. މީގެ މާނައަކީ، ރަނާއި ރިހިން 000،200،1 ޕައުންޑް ހޯދުމާއި، އެ ޢަދަދު 000،400،2 ޕައުންޑަށް (އޭގެ ދެ ގުނައަށް) ބަދަލުކުރުމުގެ ޙައްޤު ބޭންކް އޮފު އިންގްލެންޑަށް ލިބުމެވެ. އެއީ، 000،200،1، ރަނާއި ރިހިން ސަރުކާރަށް ލޯނު ދިނުމަށް ފަހު، އަދި އަނެއް 000،200،1 ޕައުންޑުގެ ފައިސާގެ ނޫޓު ޚުދު އެ މީހުން ބޭނުންކުރުމަށް ޗާޕުކުރުމުގެ ޙައްޤު އެ މީހުންނަށް ލިބުމެވެ.]

ޕެޓަރސަން ބުނި ފަދައިން، ބޭންކަށް މި ދެވުނު އިމްތިޔާޒަކީ ފައިސާ އުފެއްދުމަށް ދެވުނު ޙައްޤެކެވެ. ޢަމަލީ ފެންވަރަށް ބަލާއިރު، ދޭއް، ނުވަތަ ތިން ލައްކަ ޕައުންޑަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާގެ ރިޒާވެއް އެމީހުން ނުބަހައްޓައެވެ. 1696 އާ ހަމައަށް އައިއިރު (މާނައަކީ، ދެ އަހަރު ތެރޭގައި)، އަހަރެމެންނަށް ފެނުނީ އެމީހުން 000،750،1 ޕައުންޑުގެ ފައިސާގެ ނޫޓު އިޤްތިޞާދުގެ ތެރޭގައި އަނބުރަމުންދިޔަ ތަނެވެ. އޭގެ މުޤާބިލުގައި ހުރި ފައިސާގެ ރިޒާވްގެ ޢަދަދަކީ 000،36 ޕައުންޑެވެ. އޭގެ މާނައަކީ، އެ މީހުން އިޤްތިޞާދުގެ ތެރެއަށް ދޫކޮށް، އެއިން އިންޓަރެސްޓް ނަގަމުން ގެންދިޔަ ޢަދަދުގެ ގާތްގަނޑަކަށް އެންމެ %2ގެ ވާގިވެރިކަމާ އެކުގައެވެ.

ބޭންކް އޮފު އިންގްލެންޑް ކޮންޓްރޯލްކުރާ ޔަހޫދީންގެ ނަންތައް ދުވަހަކު ވެސް ހާމައެއް ނުކުރެވެއެވެ. ނަމަވެސް ސާފުކޮށް އެނގޭ ކަމަކީ، މިއަހަރާ ހަމައިން ފެށިގެން ވެސް، ބޭންކް އޮފު އިނގްލެންޑުގެ މައްޗަށް އެ މީހުންގެ އޮތް ކޮންޓްރޯލް މެދުވެރިކޮށް އިނގިރޭސިވިލާތުގެ ޝާހީ ޢާއިލާ އެ މީހުންގެ ކޮންޓްރޯލްގެ ދަށުގައި ލައިފައިވާކަމެވެ.

[އެއް ގޮތަކަށް ވެސް ވުޖޫދުގައި ނެތް އެއްޗަކުން އެ މީހުން އުފައްދާ ފައިސާތަކުން އިންޓަރެސްޓް ނެގުމުގެ މަންފާ ބޭންކަށް ލިބިފައިއެވެ.]

ޕެޓަރސަން ޙަޤީޤަތް ފާޅުކުރުމުގެ ސަބަބުން ފަޤީރެއްގެ ގޮތުގައިހުރެ މަރުވެދާންޖެހުނެވެ. ޔަހޫދީން ނޫން މީހުން ކައިރިނުކުރަން ފެށުނީ މިހިސާބުންކަމަށް ބެލެވެއެވެ.

ބޭންކް އޮފު އިންގްލެންޑުގެ ޙަޔާތުގައި އޭގެ ފަހުން އައި ހަތަރު އަހަރުގައި އިނގިރޭސިވިލާތުގެ މަނީ ސަޕްލައިގެ މައްޗަށް އޮތް ޔަހޫދީންގެ ކޮންޓްރޯލް ދިޔައީ ޙައިރާންވާ ފަދަ ބާރުމިނެއްގައި ކުރިއަރަމުންނެވެ. އެ މީހުން ފައިސާ ޗާޕުކޮށް އިޤްތިޞާދުގެ ތެރެއަށް ނެރުނުލެއް ގިނަކަމުން، ބޭންކް އޮފު އިންގްލެންޑަށް ސަރުކާރުން ދަރައިފައިއޮތް ދަރަނީގެ މިންވަރު ފެށުމުގައި އޮތް 000،250،1 ޕައުންޑުން، އެންމެ ހަތަރު އަހަރުދުވަހުގެ ތެރޭގައި 000،000،16 ޕައުންޑަށް ބަދަލުވެގެން ދިޔައެވެ. އެއީ %280،1 ގެ އިތުރުވުމެކެވެ. (ނުނިމޭ)

ކޮމެންޓު