ad_banner
"ޔޫކުރޭނުގެ ޤުދުރަތީ މުއްސަނދިކަމުގެ ކޮންޓުރޯލު އެމެރިކާއިން ވަރަށް އަވަހަށް ހޯދާނެ." - މީޑިއާ

އަބާ މުޙަންމަދު

29 މާރިޗް 2025

ޓުރަންޕު (ކ)އާއި ޒެލެންސްކީ: ޔޫކުރޭނުގެ ގުދުރަތީ މުއްސަނދިކަމުގެ ކޮންޓުރޯލު އެމެރިކާއަށް ލިބިދޭ އެއްބަސްވުމުގައި ދެގައުމުން ވަރަށް އަވަހަށް ސޮއިކުރާނެކަމަށް ހުޅަނގުގެ ބައެއް މީޑިއާތައް ބުނެއެވެ.

ޔޫކުރޭނާއި ރޫސީ ހަނގުރާމައިގައި އެމެރިކާއިން ޔޫކުރޭނަށް ކުރި ޚަރަދު، އިންޓަރެސްޓާ އެކު، ދިނުމާއި ޔޫކްރޭނުގެ ޤުދުރަތީ ވަސީލަތްތަކުގެ ކޮންޓުރޯލް އެމެރިކާއަށް ދޭގޮތަށް ހުށަހެޅި އެއްބަސްވުން ނިހާއީ ނުވަނީސް އެ ޑީލު ބޭޒާރުވުމަކީ ޓުރަންޕަށް ވެސް ލިބުނު ސިހުމެކެވެ. ވަރަށް ސިއްރުން ހަދާން އުޅުނު ޑީލެއް މުޅީން ނިހާއި ނުވަނީސް ހާމަވުމަކީ ނުރަނގަޅު ސިގުނަލެވެ.

ޔުކުރޭނުން ޚަބަރު ލިބުނު ގޮތުގައި އަގުދެއްކުމުގެ މައްސަލައަށް އެއްބަސް ވިޔަސް ހުށަހެޅިފައިވާ އެ އެއްބަސްވުމުގައި ސޮއިކުރައްވާން ޒެލެންސްކީ ޖެހިލުންވެވަޑައިގަނެއެވެ. ސަބަބަކީ އޭނާ ދެކޭ ގޮތުގައި އެ ގައުމުގެ އިގުތިސާދަށް އެ ކަމުގެ ނޭދެވޭ އަސަރު ފޯރާނެތީއެވެ. ނަމަވެސް އެމެރިކާއާ އެކު މަޝްވަރާތައް ކުރިއަށް ދާކަމަށް ވެއެވެ. އަނެއްކޮޅުން ޓުރަންޕު ބާރުއަޅަމުން ގެންދަނީ ޔޫކުރޭނުގައިވާ ގުދުރަތީ މައުދަންތަކުގެ މުއްސަނދިކަމުގެ ކޮންޓުރޯލު އެމެރިކާއަށް ދޭށެވެ.

އެމެރިކާގެ އެންމެ ބޮޑު ވިޔަފާރިއަކީ ހަނގުރާމައިގެ ހަތިޔާރު އުފެއްދުންކަމަށް ވާތީ، ދުނިޔޭގެ އެކި ގައުމުތަކުގެ މެދުގައި ހަމަނުޖެހުން އުފައްދައި ކުރިމަތިލުމަކަށް ގެންދިޔުމަކީ ތާރީޚަށް ބާ އިރު، އެމެރިކާގެ ސިޔާސަތެކެވެ. އަދި މި ސިޔާސަތުގެ ދަށުން ހަނގުރާމަކުރާ ގައުމުތަކަށް އެހީވުމުގެ ނަމުގައި ދަރަންޏަށް ބައިވަރު ހަތިޔާރު ފޯރުކޮށްދީ އޭގެ އަގު އެ ގައުމަކުން ހޯދައެވެ. އަދި ދަތިހާލުގައި އޮއްވައި އެ ގައުމެއްގެ ގުދުތަރީ މުއްސަނދިކަމުގެ މައްޗަށް ގަދަވެގަނެ ކޮންޓުރޯލު ހޯދުމަކީ ވެސް އެބައިމީހުންގެ ސިޔާސަތެކެވެ.

ސޫރިއާގެ އަހުލީ ހަނގުރާމައަކީ ވެސް މި ފަދަ މިސާލެކެވެ. މިއަދު ސޫރިއާގެ ތެޔޮވަޅުތަކުގެ ކޮންޓުރޯލު އޮތީ އެމެރިކާގެ އަތުގައެވެ.

ޔޫކުރޭނާ އެކު ސޮއިކުރާން މި އުޅޭ އެއްބަސްވުމުގައި ވެސް ވަރަށް އަވަހަށް ސޮއިކޮށް ޔޫކުރޭނުގެ ގުދުރަތީ މުއްސަނދިކަމުގެ ކޮންޓުރޯލު އެމެރިކާއަށް ލިބިދޭ އެއްބަސްވުމުގައި ދެގައުމުން ވަރަށް އަވަހަށް ސޮއިކުރާނެކަމަށް ހުޅަނގުގެ ބައެއް މީޑިއާތައް ބުނެއެވެ.

ކޮމެންޓު