ad_banner
އެކި ބަސްބަހުން ލަފުޒު ލޯނުކުރުމަކީ ކޮންމެ ބަހަކުން ވެސް ކުރާ އަދި ކުރާންޖެހޭ ކަމެކެވެ. (2)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

14 މާރިޗް 2025

ލޯނު ލަފުަޒު

2025 ފެބްރުވަރީ 24ގައި އަދަދުގެ ބާކީ)

ދެން އަޅުގަނޑު މި ބަލައިލަނީ މެލޭޝިއާބަހާއި އިންޑޮނޭޝިއާ ބަހަށް ޢަރަބިބަހުން ލޯނުކޮށްފައިވާ (ގެންގޮސްފައިވާ) ބައެއް ލަފުޒުތަކަށެވެ. ފާހަގަކޮށްލެއްވުން އެކަށީގެންވާ ފަދައިން "ވަލައު"އާއި "މުމްކިން" ފިޔަވައި ދެން ހުރި ހުރިހައި ލަފުޒުތަކަކީ ހަމަ ޢަރަބި ބަހުން ދިވެހިބަހަށް ވެސް އައިސްފައިވާ ލަފުޒުތަކެކެވެ. ވަލައުއަކީ ހަގީގަތުގައި "ޥަ"އާއި "ލައު" މި ދެ ލަފުޒު ގުޅިގެން އުފެދިފައިވާ ލަފުޒެކެވެ. މި ލަފުޒު ބޭނުންކުރަނީ އެހެންނަމަވެސް، އެކަމަކު ފަދަ މާނައެއްގައެވެ. ދިވެހިބަހަށް މި ލަފުޒު ގެނެސްފައެއް ނެތެވެ. މި ދެ ލަފުޒު ފިޔަވައި މި ލިސްޓުގައި ދެން ހުރި ހުރިހައި ލަފުޒެއް ވެސް ހަމަ އެއް މާނަތަކެއްގައި، ކިޔާ ގޮތުގެ ކުޑަ ތަފާތަކާ އެކު، ދިވެހިބަހަށް ވެސް ވަދެފައިވާކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ.

ޢަރަބި ލަފުޒު        މެލޭބަހާއި          އިންޑޮނޭޝިއާ ބަހަށް ގެނައި ގޮތް

ولوا

ވަލައު

walau

ވަލައު

ممكن

މުމްކިން

mumkin

މުމްކިން

فهم

ފަހުމް

faham/paham

ފަހަމް/ޕަހަމް

فكر

ފިކުރު

fikir/pikir

ފިކިރް/ޕިކިރް

ساعة

ސާޢާ

saat

ސާއަތު

سبب

ސަބަބު

sebab

ސެބަބު

يقين

ޔަޤީން

yakin

ޔަކީން

شكر

ޝުކުރު

syukur

ޝުކުރް

عاشق

ޢާޝިޤު

asyik

އާޝިކް

معاف

މަޢާފު

maaf

މައާފް

خبر

ޚަބަރު

kabar/khabar

ކަބަރް

جواب

ޖަވާބު

jawab

ޖަވާބް

إذن

އިޛުނަ

izin

އިޒިން

جدول

ޖަދްވަލު

jadwal

ޖަދްވަލް

دنيا

ދުންޔާ

dunia

ދުނިއާ

إخلاص

އިޚްލާޞް

ikhlas

އިކްލާސް

علم

ޢިލްމު

ilmu

އިލްމު

دفتر

ދަފްތަރު

daftar

ދަފްތަރް

أصل

އަޞްލު

asli

އަސްލީ

أمن

އަމަން

aman

އަމަން

عالم

ޢާލަމް

alam

އާލަމް

عقل

ޢަޤުލް

akal

އަކަލް

عجائب

ޢަޖާއިބު

ajaib

އަޖައިބް

يعني

ޔަޢުނީ

yakni

ޔަކްނީ

 

މިއީ މެލޭބަހާއި އިންޑޮނޭޝިއާ ބަހަށް ޢަރަބިބަހުން ގެނެސްފައިވާ އެތައް ސަތޭކަ ލަފުޒަކުން މަދު މިންވަރެކެވެ. ދިވެހިރާއްޖެ ފަދައިން އިންޑޮނޭޝިއާއާއި މެލޭޝިއާއަކީ ވެސް އިސްލާމީ ދެ ގައުމުކަމުގައިވާތީ ސާންސްކިރިތު ބަސް ފިޔަވައި ދެން އެންމެ ގިނަ ލަފުޒު ގެނެސްފައިވަނީ ޢަރަބިބަހުންނެވެ. ދިވެހިބަހުގައި ވެސް މި ކަން ހުރީ ހަމަ މި މަގަށެވެ. ވީމާ، ދިވެހިބަހަށް އެހެންބަހަކުން ލަފުޒެއް ވަދެ ދިވެހި އަޑުތަކާ އެއް ގޮތަށް ބޭނުންކުރުމަކީ އަޅުގަނޑުމެން ހައިރާންވާންވީ ކަމެއް ނޫނެވެ. އާދޭހެވެ! އެކި ބަސްބަހުން ލަފުޒު ލޯނުކުރުމަކީ ކޮންމެ ބަހަކުން ވެސް ކުރާ އަދި ކުރާންޖެހޭ ކަމެކެވެ. (ނިމުނީ)

ކޮމެންޓު