އޒ. އިބްރާހީމް ރަޝީދު މޫސާ
18 ނޮވެންބަރު 2026
(2026 ނޮވެންބަރު 11ގެ އަދަދާ ގުޅޭ)
އަޖައިބުން ފުރިގެންވާ ޙަޤީޤަތްތަކެއް
آية الدَّيْنގެ ކޮންމެ އަކުރެއް އައިސްފައިވަނީ އަޖައިބުން ފުރިގެންވާ ސުމޭކު ތިލަފަތަކާ އެއް ގޮތަށް އެމުނިގެންނެވެ. މި އާޔަތް އަލުން ލިޔެލާނަމެވެ.
يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنْتُمْ بِدَيْنٍ إِلَى أَجَلٍ مُسَمًّى فَاكْتُبُوهُ وَلْيَكْتُبْ بَيْنَكُمْ كَاتِبٌ بِالْعَدْلِ وَلَا يَأْبَ كَاتِبٌ أَنْ يَكْتُبَ كَمَا عَلَّمَهُ اللَّهُ فَلْيَكْتُبْ وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ وَلْيَتَّقِ اللَّهَ رَبَّهُ وَلَا يَبْخَسْ مِنْهُ شَيْئًا فَإِنْ كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَنْ يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ وَاسْتَشْهِدُوا شَهِيدَيْنِ منْ رِجَالِكُمْ فَإِنْ لَمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَاءِ أَنْ تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَى وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا وَلَا تَسْأَمُوا أَنْ تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَى أَجَلِهِ ذَلِكُمْ أَقْسَطُ عِنْدَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَى أَلَّا تَرْتَابُوا إِلَّا أَنْ تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا وَأَشْهِدُوا إِذَا تَبَايَعْتُمْ وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ وَإِنْ تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ وَاتَّقُوا اللَّهَ وَيُعَلِّمُكُمُ اللَّهُ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ (282) البقرة.
މި އާޔަތުގައި ފުރަތަމަ ފަހަރަށް އަކުރު الشين އައިސްފައިވަނީ (شَيْئًا) މި ކަލިމައިގައެވެ. އެއީ އާޔަތުގެ ފެށޭކޮޅުން 35 ވަނަ ކަލިމައެވެ.
މި އާޔަތުގައި ދެވަނަ ފަހަރަށް އަކުރު الشين އައިސްފައިވަނީ (وَاسْتَشْهِدُوا) މި ކަލިމައިގައެވެ. އެއީ އާޔަތުގެ ފެށޭކޮޅުން 53 ވަނަ ކަލިމައެވެ.
މި އާޔަތުގައި ތިންވަނަ ފަހަރަށް އަކުރު الشين އައިސްފައިވަނީ (شَهِيدَيْنِ) މި ކަލިމައިގައެވެ. އެއީ އާޔަތުގެ ފެށޭކޮޅުން 54 ވަނަ ކަލިމައެވެ.
މި އާޔަތުގައި ހަތަރުވަނަ ފަހަރަށް އަކުރު الشين އައިސްފައިވަނީ (الشُّهَدَاءِ) މި ކަލިމައިގައެވެ. އެއީ އާޔަތުގެ ފެށޭކޮޅުން 66 ވަނަ ކަލިމައެވެ.
މި އާޔަތުގައި ފަސްވަނަ ފަހަރަށް އަކުރު الشين އައިސްފައިވަނީ (الشُّهَدَاءُ) މި ކަލިމައިގައެވެ. އެއީ އާޔަތުގެ ފެށޭކޮޅުން 75 ވަނަ ކަލިމައެވެ.
މި އާޔަތުގައި ހަވަނަ ފަހަރަށް އަކުރު الشين އައިސްފައިވަނީ (لِلشَّهَادَةِ) މި ކަލިމައިގައެވެ. އެއީ އާޔަތުގެ ފެށޭކޮޅުން 93 ވަނަ ކަލިމައެވެ.
މި އާޔަތުގައި ހަތްވަނަ ފަހަރަށް އަކުރު الشين އައިސްފައިވަނީ (وَأَشْهِدُوا) މި ކަލިމައިގައެވެ. އެއީ އާޔަތުގެ ފެށޭކޮޅުން 109 ވަނަ ކަލިމައެވެ.
މި އާޔަތުގައި އަށްވަނަ ފަހަރަށް އަކުރު الشين އައިސްފައިވަނީ (شَهِيدٌ) މި ކަލިމައިގައެވެ. އެއީ އާޔަތުގެ ފެށޭކޮޅުން 116 ވަނަ ކަލިމައެވެ.
މި އާޔަތުގައި ނުވަވަނަ ފަހަރަށް އަކުރު الشين އައިސްފައިވަނީ (شَيْءٍ) މި ކަލިމައިގައެވެ. އެއީ އާޔަތުގެ ފެށޭކޮޅުން 128 ވަނަ ކަލިމައެވެ.
މިއީ آية الدَّيْن ގައި އަކުރު الشين ތަކުރާރުވެފައިވާ ގޮތެވެ.
މި އާޔަތުގެ ފެށޭކޮޅުން ބަލާއިރު މި ނުވަ ކަލިމަ އޮތް ތަނުގެ ތަރުތީބު ވަނަތަކުގެ ޖުމުލައަކީ 729 އެވެ. އެއީ 9 × 9 × 9 އެވެ.
9 އަކީ آية الدَّيْن ގައި އަކުރު الشين ތަކުރާރުވެފައިވާ އަދަދެވެ.
ހަނދާނުގައި ބަހައްޓާ!
آية الدَّيْنގައި އަކުރު الشين މި ތަކުރާރުވެފައިވަނީ 9 ފަހަރުއެވެ.
މި އާޔަތުގެ ފެށޭކޮޅުން ބަލާއިރު މި ނުވަ ކަލިމަ އޮތް ތަނުގެ ތަރުތީބު ވަނަތަކުގެ ޖުމުލައަކީ 729 އެވެ. އެއީ 9 × 9 × 9 އެވެ.
މުޞްޙަފުގެ ފެށޭކޮޅުން ބަލާއިރު 729 ވަނަ އާޔަތަކީ المائدة ސޫރަތުގެ 60 ވަނަ އާޔަތެވެ. އެއީ :-
قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللَّهِ مَنْ لَعَنَهُ اللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ أُوْلَئِكَ شَرٌّ مَكَانًا وَأَضَلُّ عَنْ سَوَاءِ السَّبِيلِ - المائدة : 60
މި އާޔަތުގައި ވަނީ 27 ކަލިމައެވެ. އެއީ 9 + 9 + 9
ކީރިތި ޤުރްއާނުގެ މި މޮޅު ފަށުވި ސުމޭކު ގެތުމުގެ އަޖައިބުކަމާމެދު ވިސްނައިނުލާނަން ހެއްޔެވެ؟
الشينއާ މެދު އަލުން ވިސްނައިލަމާ!
آية الدَّيْن ގައި އަކުރު الشين ފުރަތަމަ ފަހަރަށް އައިސްފައިވަނީ (شَيْئًا) މި ކަލިމައިގައެވެ.
البقرة ސޫރަތުގެ ފެށޭކޮޅުންނަމަ (شَيْئًا) މި ކަލިމައިގައި ވާ އަކުރު الشين ގެ ތަކުރާރު ވަނައަކީ 156އެވެ.
البقرة ސޫރަތުގެ ނިމޭކޮޅުންނަމަ (شَيْئًا) މި ކަލިމައިގައިވާ އަކުރު الشين ގެ ތަކުރާރު ވަނައަކީ 13އެވެ.
މި ދެ އަދަދުގެ ޖުމުލައަކީ 169އެވެ. އެއީ 13 × 13
13އަކީ އަލިފުބާ އަކުރު ތަރުތީބުގައި އަކުރު الشينގެ ތަރުތީބީ ވަނައެވެ.
އަލުން އަކުރު الشين އަށް ބަލާ!
البقرة ސޫރަތުގެ ފެށޭކޮޅުން ނަމަ (شَيْئًا) މި ކަލިމައިގައި ވާ އަކުރު الشينގެ ތަކުރާރު ވަނައަކީ 156 އެވެ. އެއީ 13 × 12
13 އަކީ އަކުރު الشين ގެ އަލިފުބާ ތަރުތީބުގެ ވަނައެވެ. މި އަކުރު آية الدَّيْنގައި ތަކުރާރުވެފައިވަނީ 9 ފަހަރުއެވެ.
އަލުން ވިސްނައިލާ!
آية الدَّيْن ގައި އައިސްފައިވާ ކަލިމަ (وَاسْتَشْهِدُوا)އަށް ބަލާށެވެ! މި ކަލިމަ ފެށެނީ
(وا) މި ދެ އަކުރުންނެވެ. އަދި ނިމެނީ ވެސް ހަމަ މި ދެ އަކުރުންނެވެ.
އަކުރު الواو އަކީ އަލިފުބާ ތަރުތީބުގައި 27 ވަނަ އަކުރެވެ.
آية الدَّيْن ގައި އަކުރު الألف ތަކުރާރުވެފައިވަނީ 108 ފަހަރުއެވެ. އެއީ 27 × 4
27 = 9 + 9 + 9
(وَاسْتَشْهِدُوا) އައިސްފައިވަނީ (بِالْعَدْلِ) މި ކަލިމައާ ގުޅިގެންނެވެ.
(بِالْعَدْلِ) މި ކަލިމައަކީ آية الدَّيْن ފެށޭކޮޅުން 52 ވަނަ ކަލިމައެވެ.
(بِالْعَدْلِ) މި ކަލިމައިގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުތަކުގެ ޖުމުލައަކީ 52 އެވެ.
(بِالْعَدْلِ) މި ކަލިމައިގެ އެންމެ ފަހު އަކުރު اللّام ގެ ތަރްތީބަކީ އާޔަތުގެ ފެށޭކޮޅުން ނަމަ 208 އެވެ. އެއީ 52 × 4 އެވެ.
البقرة ސޫރަތުގެ ފެށޭކޮޅުން ގުނައިފިނަމަ (بِالْعَدْلِ) މި ކަލިމައިގެ ވަނައަކީ 5928 އެވެ. އެއީ 52 × 114
114އަކީ ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ.
آية الدَّيْنގައި (بِالْعَدْلِ) މި ކަލިމައިގެ އަކުރުތައް ތަކުރާރުވެފައިވަނީ 228 ފަހަރުއެވެ. 228 = 2 × 114
2 އެއީ البقرة ސޫރަތުގެ މުޞްޙަފު ތަރުތީބު ވަނައެވެ. 114 އަކީ ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ. ތިބާ ކީރިތި ޤުރްއާނުގެ ސުމޭކު ފޭރާމުގެ މި ހުރިހައި ޙަޤީޤަތްތައް ދޮގުކޮށް ޖާހިލުންގެ ފުލޯކުތަކާއި ވަހުމުތައް ތެދުކުރާނަން ހެއްޔެވެ؟ މި ޤުރްއާނުގެ ފޭރާން މި ގޮތަށް ހުރިހާ ވަށަލަތަކަކާއި ނާރެސްތަކެއް ގުޅި ލައިމެހޭ ގޮތަށް އެކުލަވައިލެއްވީ މުޙައްމަދުގެފާނޭ ބުނާނަންހެއްޔެވެ؟
އަރަބި ބަހުގެ އަލިފުބާގެ އަކުރުތައް މި ގޮތަށް ތަރުތީބުކުރެވުނީ ކައު ރަސޫލާއަށް ފަހު 8 ދަހަރު ފަހުންނެވެ.
ކީރިތި ރަސޫލާގެ މައްޗަށް މި ޤުރްއާން ބާވައިލެއްވުނީ އެއް ފަހަރަކާއެއް ނޫނެވެ. އެހެނަސް 23 އަހަރުގެ ދިގު މުއްދަތެއްގެ ތެރޭގައެވެ ޙާދިސާތަކާއި، ކަން ހިނގަމުންދާ ގޮތާ މުނާސަބުކޮށެވެ. މީހުން ކުރާ ސުވާލުތަކަށް ދެވޭ ޖަވާބުތައް ވެސް ހިމެނިގެންނެވެ.
(ނިމުނީ)
ބައެއް ލަފުޒުގެ މާނަ:
ނާރެސް ނ. ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓި އޮތުމަށް ޓަކައި މެދުގައި އޮންނަ ކޮންމެ އެއްޗެއް.
ވަހުމު ނ. (1)ޝައްކު. (2) ވަސްވާސް. (3) ސިކުނޑީގައިވާ ނުބައި ޚިޔާލުތައް އުފެއްދުމުގެ ބާރު.
ފުލޯކު ނއ. (1) ޚިޔާލީ. (2) އަސްލެއް ނެތް.
ދަހަރު ނ. ދިހަ އަހަރުގެ މުއްދަތު decade
ސުމޭކު ނ. (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. (2) ހިސާބުކުރުމާ ގުޅުން ހުރި. (3) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކާކޮށް ބޭނުންކުރާ. digital