ad_banner
آية الدَيْن (ދަރަންޏާ ބެހޭ އާޔަތް) (1)

އޒ. އިބްރާހީމް ރަޝީދު މޫސާ

11 ނޮވެންބަރު 2026

آية الدَّيْن (ދަރަންޏާ ބެހޭ އާޔަތް) އަކީ ކީރިތި ޤުރްއާނުގެ އެންމެ ދިގު އާޔަތެވެ. މި އާޔަތުގައި 129 ކަލިމައާއި 551 އަކުރު ވެއެވެ.

ކީރިތި ޤުރްއާނުގެ  ސޫރަތްތަކުގެ ތެރެއިން  33 ސޫރަތެއްގެ ކަލިމަތައް މި އާޔަތުގެ ކަލިމަތަކަށް ވުރެ މަދެވެ.

ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ތެރެއިން 33 ސޫރަތެއްގެ އަކުރުތައް މި އާޔަތުގެ އަކުރުތަކަށް ވުރެ މަދެވެ.

ކީރިތި ޤުރްއާނުގެ އެންމެ ދިގު އާޔަތް އައިސްފައި މި ވަނީ ކީރިތި ޤުރްއާނުގެ އެންމެ ދިގު ސޫރަތުގައެވެ.

މި ފަރުދާގައި އަޅުގަނޑުމެން ބަލައިލާނީ މި އާޔަތުގެ ޚާއްޞަ ސިފަތަކަށާއި ގެތުމަށެވެ. ދަރަންޏާ ބެހޭ އާޔަތަކީ :-

)يَأ يُّهَا الَّذِينَ آمَنُوا إِذَا تَدَايَنْتُمْ بِدَيْنٍ إِلَى أَجَلٍ مُسَمًّى فَاكْتُبُوهُ وَلْيَكْتُبْ بَيْنَكُمْ كَاتِبٌ بِالْعَدْلِ وَلَا يَأْبَ كَاتِبٌ أَنْ يَكْتُبَ كَمَا عَلَّمَهُ اللَّهُ فَلْيَكْتُبْ وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ وَلْيَتَّقِ اللَّهَ رَبَّهُ وَلَا يَبْخَسْ مِنْهُ شَيْئًا فَإِنْ كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَنْ يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ وَاسْتَشْهِدُوا شَهِيدَيْنِ منْ رِجَالِكُمْ فَإِنْ لَمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَاءِ أَنْ تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَى وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا وَلَا تَسْأَمُوا أَنْ تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَى أَجَلِهِ ذَلِكُمْ أَقْسَطُ عِنْدَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَى أَلَّا تَرْتَابُوا إِلَّا أَنْ تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا وَأَشْهِدُوا إِذَا تَبَايَعْتُمْ وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ وَإِنْ تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ وَاتَّقُوا اللَّهَ وَيُعَلِّمُكُمُ اللَّهُ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ ( (البقرة : 282)

ކީރިތި ޤުރްއާނުގައި އަކުރު الألف  އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 108 ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި އަކުރު الباء އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 23 ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި އަކުރު التاء އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 30  ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި އަކުރު  الدال  އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 17 ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި އަކުރު السين އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 9 ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި އަކުރު الشين އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 9 ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި އަކުރު العين އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 14 ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި އަކުރު الكاف  އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 23 ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި އަކުރު اللّام  އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 66 ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި އަކުރު الهاء އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 30 ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި އަކުރު الواو އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 40 ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި އަކުރު الياء އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ. އެއީ 42 ފަހަރުއެވެ.

ކީރިތި ޤުރްއާނުގައި މި 12 އަކުރު އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި އާޔަތުގައެވެ.

މި 12 އަކުރު آية الدَّيْنގައި ތަކުރާރުވެފައިވާ ޖުމުލަ އަދަދަކީ 411 އެވެ. އެއީ 282 + 129

 282 އަކީ  މި އާޔަތުގެ ތަރުތީބީ ވަނައެވެ.

129 އަކީ މި އާޔަތުގައި ހިމެނޭ ކަލިމަތަކުގެ އަދަދެވެ.

މި ސުމޭކު ޙަޤީޤަތްތައް ތިބާ އިންކާރުކުރާނީ ކިހިނެއްހެއްޔެވެ؟

މި ޙަޤީޤަތްތަކާމެދު ވިސްނައިލާ!

آية الدَّيْنގައި މި އަކުރުތައް ތަކުރާރުވެފައިވަނީ 411 ފަހަރުއެވެ.

މި އަކުރުތަކުގެ އަލިފުބާ ތަރުތީބުތަކުގެ ޖުމުލައަކީ 183އެވެ.

މި ދެ އަދަދުގެ ޖުމުލައަކީ 594 އެވެ. އެއީ 99 × 6

99 އަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ އެންމެ ރިވެތި އިސްމުފުޅުތަކުގެ އަދަދެވެ.

6 އަކީ މި އާޔަތުގައި ލަފުޒުލްޖަލާލަތި (ﷲ) ތަކުރާރުވެފައިވާ އަދަދެވެ.

އަލުން ވިސްނައިލާ!

البقرة ސޫރަތަކީ ކީރިތި ޤުރްއާނުގެ އެންމެ ދިގު ސޫރަތެވެ.

ﷲ ތަޢާލާގެ އިސްމުފުޅުތައް އެންމެ ގިނައިން ތަކުރާރުވެފައިވަނީ البقرة ސޫރަތުގައެވެ.

آية الدَّيْن އައިސްފައިވާ البقرة ސޫރަތަކީ ކީރިތި ޤުރްއާނުގެ އެންމެ ދިގު ސޫރަތެވެ.  

މި އާޔަތުގެ ނަންބަރަކީ 282އެވެ. ﷲގެ ނަންފުޅުތައް މި ސޫރަތުގައި 282 ފަހަރު ތަކުރާރުވެފައިވެއެވެ.

އިތުރަށް ވިސްނަމާ! 

آية الدَّيْنގެ ނަންބަރަކީ 282 އެވެ. އެއީ 6 × 47

آية الدَّيْن ގައި ﷲގެ އިސްމުފުޅުތައް ތަކުރާރުވެފައިވަނީ 6 ފަހަރުއެވެ.

47 އަކީ الإخلاص ސޫރަތުގެ އަކުރުތަކުގެ އަދަދެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ الواحد الأحدގެ ސިފަފުޅުން ސިފަކުރައްވައިފައިވަނީ ހަމައެކަނި މި ސޫރަތުގައެވެ.

سبحانه! އަޖައިބުކުރުވަނިވި ސުމޭކު ގުޅުންތަކެކެވެ.

 އެންމެ ދިގު އާޔަތާއި އެންމެ ކުރު ސޫރަތް

އެންމެ ދިގު އާޔަތަކީ آية الدَّيْن އެވެ. މި އާޔަތުގެ ކަލިމަތަކުގެ އަދަދަކީ 129 އެވެ. 129 = 43 × 3

43 އަކީ الكوثر ސޫރަތުގެ އަކުރުތަކުގެ އަދަދެވެ. އެއީ ކީރިތި ޤުރްއާނުގެ އެންމެ ކުރު ސޫރަތެވެ.

3 އަކީ الكوثر ސޫރަތުގެ އާޔަތްތަކުގެ އަދަދެވެ.

سبحانك ربّي! މި ބޮޑު ތަފާތަށް ނިކަން ބަލައިބަލާށެވެ!

آية الدَّيْن އަކީ ކީރިތި ޤުރްއާނުގެ އެންމެ ދިގު އާޔަތެވެ.

سورة الكوثرއަކީ ކީރިތި ޤުރްއާނުގެ އެންމެ ކުރު ސޫރަތެވެ.

سورة الكوثرގެ ކޮންމެ އަކުރަކަށް آية الدَّيْن ގައި ތިން ކަލިމަ ވެއެވެ.

سورة الكوثر ފެށެނީ الألف މި އަކުރުންނެވެ.

މި އަކުރު آية الدَّيْنގައި 108 ފަހަރު ތަކުރާރުވެފައި ވެއެވެ.

އަޖައިބުވެ ހައިރާންކުރުވަނިވި ކަމަކީ 108އަކީ މުޞްޙަފުގައި سورة الكوثرގެ ތަރުތީބީ ވަނަކަމުގައި ވުމެވެ.

سورة الكوثر ބުނާ އެއްޗަކަށް ބަލައިލަމާ ހިނގާށެވެ! އެ ސޫރަތަކީ :-

)إِنَّا أَعْطَيْنَاكَ الْكَوْثَرَ (1) فَصَلِّ لِرَبِّكَ وَانْحَرْ (2) إِنَّ شَانِئَكَ هُوَ الْأَبْتَرُ (3) - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގިނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި كوثرއޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربانކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.( (سورة الكوثر)

آية الدَّيْنގައި އަކުރު الألف ތަކުރާރުވެފައިވަނީ 108 ފަހަރުއެވެ.

آية الدَّيْن ގައި އަކުރު اللّام ތަކުރާރުވެފައިވަނީ 66 ފަހަރުއެވެ.

آية الدَّيْن ގައި އަކުރު الكاف ތަކުރާރުވެފައިވަނީ 23 ފަހަރުއެވެ.

آية الدَّيْن ގައި އަކުރު الواو ތަކުރާރުވެފައިވަނީ 40 ފަހަރުއެވެ.

آية الدَّيْنގައި އަކުރު الثاء އައިސްފައެއް ނުވެތެވެ.

آية الدَّيْنގައި އަކުރު الراء ތަކުރާރުވެފައިވަނީ 15 ފަހަރުއެވެ.

މިއީ ލަފުޒު (الكوثر)ގެ އަކުރުތަކެވެ. މި އަކުރުތައް آية الدَّيْن ގައި ތަކުރާރުވެފައި މި ވަނީ 252

252 = 4 × 63

4 އަކީ ކީރިތި ޤުރްއާނުގައި مُحمَّد ގެފާނުގެ ނަންފުޅު ތަކުރާރުވެފައިވާ އަދަދެވެ.

63 އަކީ مُحمَّد صلى الله عليه وسلّمގެ ޢުމުރުފުޅެވެ.

الكوثر ސޫރަތަކީ اللَّه عزّ وجلّ އެކަލާނގެ ރަސޫލާ އަދި އަޅާ مُحمَّد صلى الله عليه وسلّم އަށް ދެއްވި ބުޝްރާއެކެވެ. އުފާވެރި ޚަބަރެކެވެ.  

މި ސުމޭކު ޙަޤީޤަތާ މެދު  ތިބާ ބުނާނީ ކީކޭހެއްޔެވެ؟

(ނުނިމޭ)

ކޮމެންޓު