ad_banner
އިސްލާމްދީން: އަސާސްތަކާއި މާތް ސިފަތައް

ޑރ. މޫސާ އަންވަރު ޙަސަން

14 ނޮވެންބަރު 2026

އަޅުގަނޑުމެން މިހާރު ދިރިއުޅެމުންދާ 21ވަނަ ގަރުނަކީ އިގުތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ގޮތުން ތަފާތު ފިކުރުތަކާއި ނަޒަރިއްޔާތައް ޢަމަލީ ގޮތުން ތަންފީޒުކުރެވެމުންދާ ޒަމާނެކެވެ. އިރުމަތީގެ ގައުމުތަކާއި އިސްލާމީ އުންމަތުގެ ބައެއް ފަރާތްތައް މި އުސޫލުތަކަށް އާޝޯޚުވެ، ހޭބޯނާރައި އެ ކަންކަމުގެ ފަހަތުން ދުވާން ފެށިއެވެ. މީގެ މައިގަނޑު ސަބަބަކީ، އަމިއްލަ ވަންތަކަމާއި ސަގާފީ ބަހާތައް ބަލިކަށިވެ، ތައުލީމީ ނިޒާމު ކަންފަތިވެފައި އޮތް ދަނޑިވަޅެއްގައި، ބޭރުގެ މި ފިކުރުތައް ބޮޑެތި ބާރުތަކެއްގެ ގޮތުގައި އަޅުގަނޑުމެންގެ މުޖުތަމައަށް ތައާރަފުވުމެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، އަމިއްލަ ފިކުރީ އަސާސެއް ނެތް، ބައެއް މީހުން އެ ފިކުރުތަކުގެ މަސްތުގައި ޖެހުނެވެ. އެއީ އެ މީހުންގެ މާތްވެގެންވާ ތާރީޚާއި، މުއްސަނދި ތަމައްދުނު ނުވަތަ ހަޟާރަތާ އޮތް ގުޅުން ކެނޑިފައިވާ މީހުންނެވެ. އަދި އިންސާނާގެ އުނިސިފަތައް ނައްތައިލައި، އޭނާގެ ދަރަޖަ މަތިވެރިކުރުމަށް ޓަކައި ދީންތަކުން ގެނެސްދީފައިވާ މަތިވެރި އުނގަންނައިދިނުންތައް ހަނދާންނައްތައިލި މީހުންނެވެ.

ޒަމާނީ އިގުތިސާދީ ނިޒާމުތަކާއި އާ ގާނޫނުތަކުގެ ސަބަބުން ދީނުގެ ބޭނުންތެރިކަން ކެނޑިއްޖެކަމަށް ބުނެ އަޑުއުފުލި ފަރާތްތަކުން ދީނާ މެދު ދުށީ ވަރަށް ހަނި ނަޒަރަކުންނެވެ. އެ މީހުން ދީން މާނަކުރީ ހަމަ އެކަނި ހަރުކަށި ބައެއް ޢިލްމުވެރީންގެ ފިކުރުތަކުގެ ތެރެއިންނެވެ. ދިރިއުޅުން ތަރައްގީކޮށް، ކުރިއަށްދާން އޮތް ހަގީގީ މަގަކީ ދީންކަމުގައެއް އެ މީހުން ގަބޫލެއްނުކުރެއެވެ. ފަރުދުންނާއި ޖަމާއަތުގެ ދިރިއުޅުން އަލިކޮށްދޭ ބައްތިއެއްގެ ގޮތުގައި ނުވަތަ ނަފްސުތައް ތާހިރުކޮށްދޭ ވަސީލަތެއްގެ ގޮތުގައި ދީނެއް ނުދެކެއެވެ. އަދި ޖާހިލުކަމާއި، ފަގީރުކަމާއި، އިސްރާފާއި، އަނިޔާވެރިކަމާ ދެކޮޅަށް އުފުލޭ ހައްގުގެ އަޑެއްގެ ގޮތުގައ ިވެސް ދީން ބަލައެއްނުގަނެއެވެ.

މިފަދަ މީހުންގެ ނަޒަރުގައި ދީނަކީ ހަމަ އެކަނި އަޅުކަމުގެ ހަރަކާތްތަކެކެވެ. ނަމާދުކުރުމާއި، ރޯދަހިފުމާއި، ޒިކުރުކުރުން ފަދަ ކަންކަމަކީ ދީންކަމަށް އެ މީހުން ބުނާ އިރު، އެއީ ދީނުގެ އެއްބައިކަން އެ މީހުން ހަނދާންނައްތައިލައެވެ. މުޅި ދީނަކީ އެއީ އެކަންޏެއް ނޫނެވެ. އިސްލާމްދީނަކީ ވެރީންނާއި ރައްޔިތުންނާއި، ޤާޟީންނާއި ކަމޭދުންނާއި، އަދި އިންސާނުންނާއި މުޅި ދިރިއުޅުމުގެ ނިޒާމު ތަރުތީބުކޮށްދޭ ފުރިހަމަ އުސޫލެކެވެ.

ހަގީގަތުގައި ދީނަކީ އެންމެހައި މީހުންނަށް ފައިދާކޮށްދޭ، މުޖުތަމައު އިސްލާހުކުރާން ގޮވައިލާ މަތިވެރި ދައުވަތެކެވެ. އެއީ ކޮންމެ އިންސާނަކަށްމެ ޝަރަފުވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު އޮތްކަން ކަށަވަރުކޮށްދީ، އުންމަތުގެ އުންމީދުތައް ހާސިލުކޮށްދޭ ސީދާ މަގެވެ. 

މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ﷲއަށް ވާ އީމާނަކީ (އީމާންކަމަކީ)، އިންސާނިއްޔަތާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމާ ވަކިކުރެވޭނެ ކަމެއްނޫނެވެ. ﷲއަށް އީމާންވުމަކީ އަދުލުވެރިކަމާއި، ހެޔޮކަމާއި، ލޯތްބާއި، ހަމަހަމަކަމަށް އީމާންވުމެވެ. އިންސާނާގެ ގަދަރު އުފުލައި، އޭނާއަށް އިހުތިރާމުކުރުމަކީ އިސްލާމްދީނުގެ އަސާސެކެވެ. ކީރިތި ގުރުއާނުގައި ﷲ ތައާލާ ވަހީކުރައްވައިފައިވަނީ: ﴿وَلَقَدْ كَرَّمْنَا بَنِي آدَمَ﴾ މި ފަދައިންނެވެ. މާނައީ: [އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާދަމުގެދަރީން މާތްކުރެއްވީމެވެ.]

އިންސާނާ ނިކަމެތިވެ، މަގުއޮޅި، އެއްވެސް މަގުސަދެއް ނެތް މަޚުލޫގެއްގެ ގޮތުގައި އުޅޭ ނަމަ، މި މާތްކުރުމުގެ ބޭނުމެއް ނޯންނާނެއެވެ. މުޙައްމަދު صلى الله عليه وسلم ފޮނުއްވުނީ މަތިވެރި އަޚުލާގީ ސިފަތައް ފުރިހަމަކުރެއްވުމަށް ޓަކައެވެ. އެކަލޭގެފާނު ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ މާތް އަޚުލާގީ ސިފަތައް ފުރިހަމަކުރެއްވުމަށް ޓަކައެވެ.] 

ހުޅަނގުގެ ބައެއް ފިކުރުތަކަށް ބަލާ އިރު، އެ މީހުންގެ ހަޟާރަތު ބިނާވެފައިވަނީ އަމިއްލަ އެދުމާއި މާއްދީ އުފާފާގަތިކަމުގެ މައްޗަށެވެ. އެ މީހުންގެ ކައިރީގައި މިނިވަންކަމާއި ސުލްޙައަކީ އަނެކާގެ ހައްގުތަކަށް އަރައިގަނެގެން ނަމަވެސް، އަމިއްލަ މަންފާ ހާސިލުކުރުމެވެ. ނިކަމެތީންގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ބާރުވެރިކަން ހޯދުމެވެ. މިއީ އަޚުލާގީ ގޮތުން ބަލިކަށިވެފައިވާ ފިކުރުތަކެކެވެ.

ޙަޤީޤީ ކުރިއެރުމާއި ކާމިޔާބީ އޮތީ އަޅުގަނޑުމެންގެ އިސްލާމީ ހަޟާރަތުގެ މުއްސަނދި ޚަޒާނާތަކުން ފިލާވަޅު ލިބިގަނެގެންނެވެ. އަޅުގަނޑުމެންގެ ދީނީ އަސާސްތައް ފުރިހަމައަށް ދަސްކޮށް، އިންސާނިއްޔަތަށް ޓަކައި އެ އުސޫލުތައް ކުރިއަށް ނެރެފި ނަމަ، ދުނިޔެއަށް ކުރިމަތިވެފައިވާ އަޚުލާގީ އަދި އިޖުތިމާއީ ހީނަރުކަމުން ސަލާމަތްވުމުގެ ފުރުސަތު އެބަ އޮތެވެ.

 

ދެތިން ލަފުޒެއްގެ މާނަ:

ޙަޟާރަތް    ނ.     ރަނގަޅު ފެންވަރެއްގެ ދިރިއުޅުމަކަށް ވާޞިލުވުމަށް ޓަކައި އިންސާނާ އުފައްދާ އުފެއްދުންތަކާއި ހޯދާ ހޯދުންތަކާއި ވިސްނާ ވިސްނުންތަކާއި ޤުދުރަތީ މުއްސަނދިކަން ބޭނުންކުރުމަށް ޓަކައި ކުރާ މަސައްކަތްތައް. civilization

ހީނަރު      ނ.     އަނަރޫފަ.

ކަމޭދު      ނ.     މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ ނުވަތަ ލިބިގަންނަ މީހާ. customer/client

ކޮމެންޓު