އަބާ މުޙަންމަދު
6 ނޮވެންބަރު 2026
އަޅުގަނޑުމެންގެ ތެރޭގައި މިހާރަކަށް އައިސް ކުއްޔަށްދޭ ކޮޓަރިތައް ހުރިހައި ރަށެއްގައި ވެސް ވަރަށް ގިނައިން ހުރެއެވެ. އަގުބޮޑުކޮށް ކުއްޔަށް ދޭ ކޮޓަރިތަކުގައި ތިބޭ މެހުމާނުން ނުކުމެގެންދާ އިރު، އެ ތަނަކަށް ދެވަނަ ފަހަރު އައުމަށް އެ މީހުން ޝައުގުވެރިވާނެ އެއް ކަމަކީ އެ ތަނެއްގެ ސާފުތާހިރުކަމެވެ. ޚާއްޞަކޮށް ފާޚާނާގެ ސާފުތާހިރުކަމެވެ.
މި ދެންނެވި ގޮތަށް ކުއްޔަށް ކޮޓަރި ހިފައިގެން އަންނަ މެހުމާނުންނަށް މަރުޙަބާކިޔާން ތައްޔާރުވާ އިރު، އެންމެ އިސްކަންދޭންޖެހޭނީ ވެސް ފާޚާނާގެ ސާފުތާހިރުކަމަށެވެ. އެއީ އެންމެން ވެސް ފާޚާނާ ބޭނުންކުރާނެތީއާއި، އެ ތަނުގައި ހޭދަކުރާ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެ މާހައުލު ހިތްގައިމުތޯ ބަލާނެތީއެވެ. ފާޚާނާ ހަޑިކޮށް ހުރެއްޖެ ނަމަ އެއީ އެ ގެޔާއި ކޮޓަރިއާ މެދު ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމެކެވެ. ނަމަވެސް، މެހެމާނުންނަށް ހިތްފަސޭހަ ތަނަކަށް ފާޚާނާ ހެދުމަކީ ހަމައެކަނި ރަނގަޅަށް ސާފުކޮށްލުމަށް ވުރެ ބޮޑުކަމެކެވެ.
ފާޚާނާ ވަރަށް ސާފުކޮށް ފެންނާން ހުއްޓަސް، ކުދިކުދި ކަންކަމުގެ ސަބަބުން މެހެމާނުން ހިތްހަމަޖެހޭ މިންވަރަށް ބަދަލުއަންނާނެއެވެ. [މިއީ މެހެމާނުންނަށް އިހުސާސުކުރެވޭ އަދި އަޑުއިވޭ ކަންކަމާ ގުޅޭ ކަމެކެވެ.] ފަރުމާކުރުންތެރިޔާ އަދި ލިޔުންތެރިޔާ ޑެބިޓޯ ވިދާޅުވެއެވެ. [އަމިއްލައަށް ކޮންމެ ދުވަހަކު އެ ތަން ބޭނުންކުރާ އިރު ބައެއް ކަންކަން ދޫކޮށްލެވިދާނެއެވެ. ނަމަވެސް، އާ މެހެމާނަކަށް އެ ކަންކަން ވަގުތުން ފާހަގަވާނެއެވެ.]
މެހުމާނުން ފާޚާނާ ބޭނުންކުރާ އިރު، މެހެމާނުންނަށް ފާހަގަވާ ހަ ކަމަކާއި، އެއިން ކޮންމެ ކަމަކުން ވެސް ރަނގަޅު އެދެވޭ އަސަރެއް ފޯރައިފާނެ ކަންކަން ތިރީގައި ބަޔާންކޮށްލާނަމެވެ.
ސާފުތާހިރުކަމާއި މީރުވަސް
ފާޚާނާއަކަށް ވަންނަ އިރު މީހުންނަށް އެންމެ ފުރަތަމަ ފާހަގަވާނީ އެ ތަނުގެ ސާފުތާހިރުކަމާއި މީރުވަހެވެ. ސާފުކުރާން ފެށުމުގެ ކުރީން، މުޅީން އަލަށް އެ ތަނަށް ވަން މީހެއްގެ ނަޒަރަކުން އެ ތަނަށް ބަލައިލުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.
ތަޅުންގަނޑާއި، ފާޚާނާތައްޓާއި، ރީތިވާން ހުންނަ އަށި ނުވަތަ ކައުންޓަރާއި މޫނުދޮންނަތަށި ފަދަ މުހިންމު ތަންތަން ސާފުކުރުމަށް ޓަކައި އިތުބާރު ހުރި ސާފުކުރާ އެއްޗެއް ބޭނުންކުރާށެވެ. އަދި މޫނުބަލާލޯގަނޑުގައި އެއްވެސް ނިޝާނެއް ނުހުންނަ ވަރަށް ރަނގަޅަށް ފޮހެލާށެވެ. ސާފުކުރާއިރު، އާންމުކޮށް ސަމާލުކަންނުދެވޭ ފާރުގެ ބުޑުތަކާއި، ކަންކަނާއި، އަދި ބޮކި (ލައިޓު) ހަރުކޮށްފައި ހުންނަ ތަންތަނަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.
ފެންނަ ފެނުމަށް ބަލާ ފަދައިން ދުވާ ވަހަށް ވެސް ސަމާލުކަންދޭންޖެހެއެވެ. ފާޚާނާ ސާފުކުރާން ބާރުގަދަ ކެމިކަލެއް ބޭނުންކުރާ ނަމަ، މެހެމާނުން އައުމުގެ ތަންކޮޅެއް ކުރީން (ވަގުތު އޮއްވައި) ފާޚާނާގެ ވައިބަދަލުކޮށްލާން ފަންކާޖަހައިގެން ވަގުތުކޮޅެއް ހޭދަކުރާށެވެ. ކެމިކަލްގެ ވަސް ކަނޑައިދިއުމުން، މާ ބޮޑަށް ނުހިފާ ކަހަލަ ލުއި މީރުވަސް ދުވާ އެއްޗެއް ނުވަތަ ޑިފިއުޒަރެއް ބޭނުންކުރުމުން ވަރަށް ހިތްފަހޭހަވާނެއެވެ.
އަދި ޕާޓީއެއް ބާއްވާ ނަމަ، ހަވީރު ނުވަތަ ރޭގަނޑުގެ ވަގުތުގައި ފާޚާނާއަށް ވަދެލައި، އެތަން ހުރި ނެތްގޮތް ބަލައިލުން މުހިންމެވެ. މި ހެން ހެދުމުން، މެހެމާނުންނަށް ބޭނުންވާ ސާމާނު ހަމައަށް ހުރިކަމާއި، ތަން ސާފުކޮށް ހުރިކަން ޔަގީންކުރެވޭނެއެވެ.
މާ ގިނަ އެއްޗެހި ޖަމާކޮށްފައިހުރުން
ފާޚާނާއަކީ މުހިންމުކޮށް މެހެމާނުންނަށް ޚާއްސަކޮށްފައި ހުންނަ ތަނެއް ކަމުގައި ވީ ނަމަވެސް، (ޚާއްޞަކޮށް ކުދި ގެތަކުގައި ނުވަތަ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ނަމަ) އެއީ އަމިއްލަ ބޭނުންތަކަށް ވެސް ބޭނުންކުރާ ތަނަކަށް ވެދާނެއެވެ. ދަތްއުނގުޅާ ބުރުހާއި، ދަތްއުނގުޅާބޭހާއި، މޫނު ދޮންނަ އެއްޗެހި ފަދަ ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތި ނުފެންނަ ހިސާބަށް ލާށެވެ. ނުވަތަ ވީ އެންމެ ފުރިހަމައަކަށް ތަން ސާފުކޮށް، އެއް ތަނެއްގައި ތަރުތީބުކޮށް ބަހައްޓާށެވެ. މެހުމާނަކަށް ބޭނުންނުވާ އިތުރު ތަކެތި ފާޚާނާ ތެރެއިން ވަގުތީ ގޮތުން ނަގައި ސާފުކުރާށެވެ.
ދޮރުގެ ފުރަގަހުގައި ހުރި ތުވާލިފަދަ ތަކެއްޗާއި ފެންވަރާ ހެދުންތައް ނަގައި، ބޭސްފަދަ އަމިއްލަ ތަކެތި އެހެން ކޮޓަރިއެއްގެ އަލަމާރިއަކަށް ލައި ފޮރުވާށެވެ. ކަންފަތް ސާފުކުރާ ކަފަބުރު ފަދަ އަސާސީ ތަކެތި ރީތި ބިއްލޫރި ފުޅިތަކަކަށް އަޅައިފައި ބެހެއްޓުމުން ތަނުގެ ސިފަ މާބޮޑަށް ފުރިހަމަވާނެއެވެ.
ފަސޭހައިން ލިބެންހުންނަ އަސާސީ ތަކެތި
ފެންވަރު ރަނގަޅު ޓިޝޫ ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ސާފުކޮށް ފެންނާން ހުންނާންޖެހޭނެކަމަށާއި، އަދި ފަސޭހައިން އަތްފޯރާ ފަހަގައަށް ވާންޖެހޭނެކަމަށް ޑެބިޓޯ ފާހަގަކުރައްވައެވެ. [މިއީ މެހެމާނަކަށް ވަގުތުން ހިތްހަމަޖެހުމެއް ގެނެސްދޭނެ އެންމެ މުހިންމު އެއް ކަންތަކެވެ.] އޭނާ ބުނެފައިވެއެވެ. އަދި އަނގަ ތާޒާކުރާ އެއްޗެއްސާއި، ޕެނެޑޯލާއި އެލާޖީ ބޭސް ފަދަ ޚާއްޞަ ތަކެތި ހިމެނޭ ކުޑަ ފޮށްޓެއް (ފަސްޓު އެއިޑު ކިޓެއް ނުވަތަ މެހުމާނުދާރީ ތަބަކެއް) ތައްޔާރުކޮށް ބެހެއްޓުމަށްވެސް އޭނާ ލަފާދެއްވައެވެ. [މިހެން ހެދުމުން، އަސާސީ ތަކެއްޗަށް އެދި މެހެމާނުން ދުވަހަކު ވެސް ސުވާލުކުރާކަށް ނުޖެހޭނެއެވެ.] އޭނާ އިތުރަށް ވިދާޅުވިއެވެ. ވަކިވަކިން ބަންދުކޮށްފައި ހުންނަ މިންޓު ނުވަތަ މައުތުވޮޝް ރީތި ފުޅިއެއް ބެހެއްޓުމަކީވެސް މެހެމާނުންނަށް ވަރަށް ކަމުދާނެ ކަމެކެވެ.
ރީތިވާ ސާމާނު
ފެންވަރު ރަނގަޅު އަތްދޮންނަ ސައިބޯންޏާއި ޝޭންޕޫއާއި ލޯޝަން ވެސް ބަދަލުކޮށް އާކުރާށެވެ! އަދި ޓިޝޫ ކަރުދާހުގެ ބަދަލުގައި، ވަކިވަކިން ހުންނަ (ދޮވެގެން ބޭނުންކުރެވޭ) ކުދި ތުވާޅިކޮޅުކޮޅު ވަކި ތަނެއްގައި ބަހައްޓާން ވިސްނާށެވެ. ފާޚާނާ ސާމާނު ބަހައްޓާއިރު، އާންމުކޮށް ބަހައްޓާ ތަންތަނުގެ ބަދަލުގައި އެހެން ގޮތްގޮތަށް ވިސްނާށެވެ.
ފާޚާނާ ސާމާނުގެ އިތުރަށް، ތުވާއްޔާއި، ފައިފުއްސާއި، ނުވަތަ ފެންވަރާ އިރު އަޅާ ތުވާލި ފަދަ ކޮންމެ ފޮތިގަނޑެއް ވެސް ސާފުކޮށް އަދި އެއްވެސް ތަނެއް ނެތްކަން ޔަގީންކުރާށެވެ. އަލަށް ދޮވެ، އެއްކުލައަކަށް ފެތޭ ގޮތަށް ހުންނަ އަތްދޮންނަ ތުވާލިތަކުގެ ސަބަބުން އަބަދު ވެސް ތަން އިތުރަށް ފުރިހަމަވެ، ހިތްގައިމުވެގެންދެއެވެ.
ރަނގަޅު އަލިކަން
ސާފުތާހިރުކަމާއި ބޭނުންވާ ސާމާނު ހުރުމަކީ މުހިންމު ކަންކަމަށް ވީ ނަމަވެސް، އަލިކަމުގެ ސަބަބުން ތަނުގެ މާހުނަށް ވަރަށް ބޮޑު ބަދަލެއް ގެނެސްދެއެވެ. [ފާރުގައި ހަރުކުރާ ލައިޓުތަކާއި، އަލި ގަދަ އަލި މަޑުކުރެވޭ (ޑިމަރ) ލައިޓުގެ ސަބަބުން ތަނަށް ބޮޑު ބަދަލެއް ގެނެސްދެވިދާނެއެވެ.] ޑެބިޓޯ ވިދާޅުވިއެވެ. އަމިއްލައަށް އަލިކަން ބަދަލުކުރެވޭ ބޮކީގެ ސަބަބުން އެކި ބޭނުންތަކަށް ތަން ތައްޔާރުކުރުމުގެ ފަސޭހަކަން ލިބިދެއެވެ. އަދި މަޑު، އެކި އަލިކަމެއް ހުރުމުން ތަން މާ ބޮޑަށް ހޫނުކަމާއި، ހިތްގައިމު މާޙައުލަކަށް ވެގެންދެއެވެ. ލޯގަނޑުގެ ވަށައިގެން ހަރުކުރާ ބައްތިތަކުގެ އިތުރުން، ލެވިފައި ހުންނަ ޕެންޑަންޓް ބައްތިއެއް ނުވަތަ ކެންޑްލިއަރަކީ ވެސް މީހުންގެ ލޯ ހިތްވަރުކޮށްލާ ފަދަ ޚާއްޞަ ސިފައެއް ގެނެސްދޭނެ އެއްޗެކެވެ.
(މިއީ [މަރްތާސްޓެވާރޓް.ކޮމް] (www.marthastewart.com)ގައި ކޭޓް ޑޮނޯވަން ލިޔެފައިވާ ލިޔުމުގެ އަސްލު މަޢުލޫމާތު ނުގެއްލޭ ގޮތަށް ލިޔެފައިވާ ޚުލާސާ މަގާލެކެވެ.)