އޒ. އިބްރާހީމް ރަޝީދު މޫސާ
28 އޮކްޓޯބަރު 2026
(2026 އޮކްޓޫބަރު 21ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
ކީރިތި ޤުރްއާނުގައި 23 ވަނަ އަދަދު ލިބިފައިވާ ފުރަތަމަ އާޔަތަށް ބަލަމާހިނގާށެވެ!އެއީ
وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ - البقرة : 23
މި އާޔަތުގެ ފެށުމަށް (وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا - ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާ މެދު (އެބަހީ: قرآن އާމެދު) ތިޔަބައިމީހުން شك ކަމެއްގައިވަނީ ނަމަ)އަށް ބަލާށެވެ!
އެންމެ ފުރަތަމަ (نَزَّلْنَا - ތިމަންރަސްކަލާނގެ ބާވައިލެއްވި) އައިސްފައި މި ވަނީ މި އާޔަތުގައެވެ.
އެންމެ ފަހު ފަހަރެއްގެ ގޮތުގައި (نزّلنا) އައިސްފައި މި ވަނީ މި އާޔަތުގައެވެ. އެއީ
إِنَّا نَحْنُ نَزَّلْنَا عَلَيْكَ الْقُرْآنَ تَنْزِيلًا - الإنسان : 23
މި އާޔަތުގެ ނަންބަރަކީ ހަމަ 23 އެވެ.
ބަޔާނީ ބަހާއި އަދަދުގެ ބަހުގައި އެއްވެސް އަރާރުމެއް ނެތެވެ. އަހުރެމެންނަށް މި ގޮތަށް ދެތިން ޖުމުލަ ވެސް ނުލިޔެވޭނެތެވެ. މިޢި ﷲގެ ގޮންޖެއްސެވުމެވެ.
ފުރަތަމަ ފަހަރަށް ޤުރްއާނުގައި ލަފުޒު (نزَّلنا) އައިސްފައިވަނީ 23 ވަނަ އާޔަތުގައެވެ.
ފަހު ފަހަރަށް ޤުރްއާނުގައި ލަފުޒު (نزَّلنا) އައިސްފައިވަނީ 23 ވަނަ އާޔަތުގައެވެ.
23 އަކީ ވަޙީގެ އަހަރުތަކުގެ އަދަދެވެ.
ކީރިތި ޤުރްއާނަކީ މިއެވެ. އަކުރާއި ލަފުޒާ އެއްގޮތަށް ވިޔައަކުރާއި އަދަދު ވެސްމެއެވެ.
އެހެން ސުވާލެއް
މި މާތް ޤުރްއާނުގައި ނުކުތާޖެހި 114 އަކުރު ހިމެނޭ އާޔަތެއް އެބަ އޮތްހެއްޔެވެ؟
އެ ފަދަ އެންމެ އާޔަތެއް ވެއެވެ. އެއީ :
وَلَقَدْ أَخَذَ اللَّهُ مِيثَاقَ بَنِي إِسْرَائِيلَ وَبَعَثْنَا مِنْهُمُ اثْنَيْ عَشَرَ نَقِيبًا وَقَالَ اللَّهُ إِنِّي مَعَكُمْ لَئِنْ أَقَمْتُمُ الصَّلَاةَ وَآتَيْتُمُ الزَّكَاةَ وَآمَنْتُمْ بِرُسُلِي وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ اللَّهَ قَرْضًا حَسَنًا لَأُكَفِّرَنَّ عَنْكُمْ سَيِّئَاتِكُمْ وَلَأُدْخِلَنَّكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ فَمَنْ كَفَرَ بَعْدَ ذَلِكَ مِنْكُمْ فَقَدْ ضَلَّ سَوَاءَ السَّبِيلِ - المائدة : 12
ނުކުތާޖެހި 114 އަކުރު ހިމެނޭ ހަމަ އެކަނި އާޔަތަކީ މި އާޔަތެވެ.
ލަފުޒު (وحي)ގެ އަކުރުތައް މި އާޔަތުގައި ތަކުރާރު ވެފައިވާ ގޮތަށް އަލުން ބަލާށެވެ!
|
އަކުރު |
އާޔަތުގައި ތަކުރާރުވުން |
|
و |
10 |
|
ح |
2 |
|
ي |
11 |
|
ޖުމުލަ |
23 |
ލަފުޒު (وحي)ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 23 ފަހަރުއެވެ.
މި އާޔަތް ނިމިފައިވަނީ އިބިފިލިޖެހިގެންވާ اللّامއަކަށެވެ.
އަލިފުބާގެ އަކުރުތަކުގެ ތަރުތީބުގައި އަކުރު اللّام ގެ ތަރުތީބީ ވަނައަކީ 23 އެވެ.
މި އާޔަތުގައި އިބިފިލިޖެހިގެންވާ އަކުރުތަކުގެ އަދަދަކީ ވެސް 23 އެވެ.
މި އާޔަތުގެ އަކުރުތަކުގެ އަދަދަކީ 207 އެވެ. އެއީ 23 × 9 އެވެ.
23 ގުނަ 9 މި އިޝާރަތް ކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟
މި އާޔަތް ނިމިފައިވަނީ (سَوَاءَ السَّبِيلِ) މި ޢިބާރާތުންނެވެ.
މި އާޔަތުގެ ވަނައަކީ 12 އެވެ. މި އާޔަތުގައި (اثْنَيْ عَشَرَ) - ބާރަ – އައިސްފައި ވެއެވެ.
ކީރިތި ޤުރްއާނުގައި (سَوَاءَ السَّبِيلِ) މި ޢިބާރާތުން ނިމިފައިވާ ފުރަތަމަ އާޔަތަކީ
أَمْ تُرِيدُونَ أَنْ تَسْأَلُوا رَسُولَكُمْ كَمَا سُئِلَ مُوسَى مِنْ قَبْلُ وَمَنْ يَتَبَدَّلِ الْكُفْرَ بِالْإِيمَانِ فَقَدْ ضَلَّ سَوَاءَ السَّبِيلِ - البقرة : 108
މި އާޔަތުގެ ވަނައަކީ 108 އެވެ. 108 = 9 × 12
މި އާޔަތުގައި އިބިފިލި ޖެހިގެންވާ އަކުރުތަކުގެ އަދަދަކީ 9 އެވެ.
އުބުފިލިޖެހިގެންވާ އަކުރުތަކުގެ އަދަދަކީ ވެސް 9 އެވެ.
މި އާޔަތުގެ ކަލިމަތަކުގެ އަދަދަކީ 18 އެވެ. އެއީ 9 × 2
ކީރިތި ޤުރްއާނުގެ ސުމޭކީ ގުޅުންތަކަކީ އަޖައިބުން ފުރިގެންވާ ކަންތައްތަކެކެވެ.
حديث ގެ ވިޔައަކުރު
ކީރިތި ޤުރްއާނުގައި ލަފުޒު (حديث) 23 ފަހަރު ތަކުރާރުވެފައި ވެއެވެ.
23 އަކީ ވަޙީގެ އަހަރުތަކުގެ އަދަދެވެ. ކީރިތި ޤުރްއާން ބާވައިލެއްވުމަށް ހޭދަވެގެން ދިޔަ މުއްދަތެވެ.
ނަބިއްޔާ ﷺ ވަޙީގެ ބަސްފުޅުތަކުން މީސްތަކުންނާ 23 އަހަރު ވާހަކަފުޅުދައްކަވަމުން ގެންދެވިއެވެ. ކީރިތި ޤުރްއާނުގެ ފޭރާމުން މި ސުމޭކީ ގެތުންތައް ފެންނަމުންދެއެވެ.
الزُّمَر.. ސޫރަތުގެ 23 ވަނަ އާޔަތަށް ދަމާހިނގާށެވެ! އެއީ
اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُتَشَابِهًا مَثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَى ذِكْرِ اللَّهِ ذَلِكَ هُدَى اللَّهِ يَهْدِي بِهِ مَنْ يَشَاءُ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ - الزُّمَر : 23
މިއީ الزُّمَر ސޫރަތުގައި ލަފުޒުލްޖަލާލަތި ( ﷲ) އިން ފެށުނު ފުރަތަމަ އާޔަތެވެ.
މި އާޔަތުގެ ފެށޭކޮޅުން 23 ވަނަ ކަލިމައަކީ ލަފުޒުލްޖަލާލަތި (ﷲ ) އެވެ.
ލަފުޒުލްޖަލާލަތި ( ﷲ ) ފެށޭ އާޔަތްތަކުގެ ތަރުތީބަށް ބަލާއިރު މިއީ 23ވަނަ އާޔަތެވެ.
މި އާޔަތުގައި ލަފުޒުލްޖަލާލަތި އައިސްފައިވަނީ އުބުފިލީގެ ޙާލަތުގައެވެ.
މި އާޔަތުގައި އުބުފިލިޖެހިގެންވާ އަކުރުތަކުގެ އަދަދަކީ 23އެވެ.
މި އާޔަތް ފެށުނު ބަސްފުޅަކީ (اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ)އެވެ.
أحسن الحديثއަކީ ކީރިތި ޤުރްއާނެވެ. މި ޤުރްއާން ބާވައިލެއްވުނީ 23 އަހަރުގެ ތެރޭގައެވެ.
ވަޙީބަސްފުޅު "أحسن الحديث"ގެ އަހަރުތަކުގެ އަދަދަކީ 23އެވެ.
މި އާޔަތުގެ ވަނައަކީ 23އެވެ.
ލަފުޒު (حديث) ކީރިތި ޤުރްއާނުގައި ތަކުރާރުވެފައިވަނީ 23 ފަހަރުއެވެ.
މި އާޔަތުގެ ފުރަތަމަ ދެ ކަލިމަ (اللَّهُ نَزَّلَ)އަށް ބަލާށެވެ!
މި ދެ ކަލިމަ (اللَّهُ نَزَّلَ)ގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ޖުމުލައަކީ 132އެވެ.
އެއީ މި އާޔަތުގެ އަކުރުތަކުގެ އަދަދެވެ.
ﷲ ޢައްޒަ ވަ ޖައްލަ އެކަލާނގެ މަޢުޞޫމު ފޮތް ކީރިތި ޤުރްއާން ތިން ސިފައަކުން ސިފަކުރައްވައިފައި ވެއެވެ. އެއީ
أَحْسَنَ الْحَدِيثِ - އެންމެ ރިވެތި ބަސްފުޅުތައް .. كِتَابًا مُتَشَابِهًا - (ފުރިހަމަކަމުގައި) އެއް ފަދަވެގެންވާ، .. ذِكْرِ اللَّهِ - اللَّهގެ ޒިކުރު
(أَحْسَنَ الْحَدِيثِ)ގެ އަކުރުތަކުގެ އަލިފުބާ ތަރުތީބަށް ބަލާށެވެ!
|
އަކުރު |
އަލިފުބާ ތަރުތީބު |
|
ا |
1 |
|
ح |
6 |
|
س |
12 |
|
ن |
25 |
|
ا |
1 |
|
ل |
23 |
|
ح |
6 |
|
د |
8 |
|
ي |
28 |
|
ث |
4 |
|
ޖުމުލަ |
114 |
(أَحْسَنَ الْحَدِيثِ) ގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ޖުމުލައަކީ 114.
114އަކީ (أَحْسَنَ الْحَدِيثِ)ގެ ނުވަތަ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ.
ސުމޭކީ މި ޙަޤީޤަތާމެދު ތިބާ ބުނާނީ ކީކޭހެއްޔެވެ؟
އާޔަތް ފެށުނީ (اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ) މި ބަސްފުޅުންނެވެ.
أحسن الحديثއަކީ ކީރިތި ޤުރްއާނެވެ. މި ފޮތް ބާވައިލެއްވުނީ 23 އަހަރުގެ ތެރޭގައެވެ.
މި އާޔަތުގެ ވަނައަކީ 23 އެވެ.
މި އާޔަތް ފެށުނީ މި ސޫރަތުގެ ފެށެކޮޅުން ލަފުޒުލްޖަލަލަތި (ﷲ)ގެ 23 ވަނަ ތަކުރާރުންނެވެ.
ކީރިތި ޤުރްއާނުގައި ލަފުޒު (حديث) ތަކުރާރުވެފައިވަނީ 23 ފަހަރުއެވެ.
މި ތާނގައި މި ވާ ލަފުޒުލްޖަލާލަތި (ﷲ) އަކީ މުޞްޙަފު ފެށޭކޮޅުން ގުނާއިރު 2146ވަނަ ތަކުރާރެވެ.
2146 = 37 × 58
58 އަކީ ލަފުޒުލްޖަލާލަތި (ﷲ)ގެ އަކުރުތައް 37 ފަހަރު ތަކުރާރުވެފައިވާ އާޔަތްތަކުގެ އަދަދެވެ.
( ނުނިމޭ)