ad_banner
ޔޫރަޕުގެ ހަމަނުޖެހުންތައް - މުޒާހަރާކުރާ މައިގަނޑު ސަބަބުތަކަކީ ކޮބާ؟

އަބާ މުޙަންމަދު

20 އޮކްޓޯބަރު 2026

ފްރާންސަކީ މަގުމަތީގެ މުޒާހަރާކުރުމުގެ ދިގު ތާރީޚެއް އޮތް ގައުމެކެވެ. ޢާންމުންގެ މުޒާހަރާތަކުން ގައުމުގެ ސިޔާސަތުތަކަށް އަސަރުކުރުމަކީ އާންމު ކަމެކެވެ. ފަހުގެ ހަމަނުޖެހުންތަކުގެ ސަބަބުން ޢާންމު ޚިދުމަތްތަކާއި، އިގުތިސާދީ ފިއްތުންތަކާއި، ވަޒީފާގެ ފުރުޞަތުތަކާއި އަދި ދިރިއުޅުމުގެ ބޭނުންތަކަށް ހޭދަވާ ޚަރަދުތަކާ މެދު ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ.

ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ފެށުނު ފަހުގެ މުޒާހަރާތަކުން ހާމަވެގެންދިޔައީ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި، ބޯހިޔާވަހިކަން ނުލިބުމާއި، ތައުލީމީ ދާއިރާގެ ގޮންޖެހުންތަކާއި އަދި ވަޒީފާގެ ފުރުޞަތުތައް މަދުވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ނުރުހުން އިންތިހާއަށް ބޮޑުވެފައިވާކަމެވެ. މި މުޒާހަރާތަކުގެ މައިގަނޑު މަރުކަޒަކަށް ފްރާންސް ވެފައިވާއިރު، އިޓަލީއާއި، ބެލްޖިއަމާއި، ޕޯޗުގަލާއި، އިސްޕޭން ފަދަ އަވަށްޓެރި ގައުމުތަކުގައި ވެސް މި ފަދަ ނުރުހުންތައް ވަނީ އެ މީހުންގެ ޢަމަލުން ފާޅުކުރާން ފަށައިފައެވެ.

ކޮންމެ ގައުމެއްގެ ސިޔާސީ އަދި އިގުތިސާދީ ޙާލަތު ތަފާތު ނަމަވެސް، މި މުޒާހަރާތަކުން ދައްކުވައިދެނީ ދިރިއުޅުމުގެ ފެންވަރާއި، އިގުތިސާދީ ނަފުސާނީ ޙާލަތާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސަރުކާރުތަކުން އިޖާބަދިނުމުގެ ޤާބިލުކަމާ މެދު އޮތް ކަންބޮޑުވުންތަކުގެ ބޮޑުކަމެވެ.

ފްރާންސަކީ މަގުމަތީގެ މުޒާހަރާކުރުމުގެ ދިގު ތާރީޚެއް އޮތް ގައުމެކެވެ. ޢާންމުންގެ މުޒާހަރާތަކުން ގައުމުގެ ސިޔާސަތުތަކަށް އަސަރުކުރުމަކީ އާންމު ކަމެކެވެ. ފަހުގެ ހަމަނުޖެހުންތަކުގެ ސަބަބުން ޢާންމު ޚިދުމަތްތަކާއި، އިގުތިސާދީ ފިއްތުންތަކާއި، ވަޒީފާގެ ފުރުޞަތުތަކާއި އަދި ދިރިއުޅުމުގެ ބޭނުންތަކަށް ހޭދަވާ ޚަރަދުތަކާ މެދު ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކުގައި ފެށިފައިވާ މި ހަޅުތާޅުތަކުގެ ސަބަބުން އެ ގައުމުތަކުގެ ސިޔާތަށް ވެސް ނުރައްކާ ވެފައިވާކަމަށް ބައެއް ޚަބަރުތަކުން ބުނެއެވެ. ދައުލަތުގެ މުދަލަށް ގެއްލުންދިނުމާއި އާންމު ތަންތަނުގައި ހުޅުރކުރުން ފަދަ ނާތަހުޒީބު ޢަމަލުތަކުން ވަނީ ފެންނާން ފަށައިފައެވެ. މެދުއިރުމަތީގައި އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން ނުތަނަވަސްކަން އިތުރުވެފައިވާ އިރު، ވިލާތުގައި ވަނީ އެތެރޭގެ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމުގެ އާންމު ޙާލަތަށް ވަރަށް ބޮޑަށް އަސަރުކުރާން ފަށައިފައެވެ.

އެމެރިކާއާއި އިޒުރޭލުން ގަބޫލުކުރާ ގޮތުގައި އެހެން ދޭދޭ ގައުމުތަކުގައި ހަމަނުޖެހުން އިތުރުވުމަކީ އެމެރިކާއާއި އިޒުރޭލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނޭ ކަމެކެވެ. ދޭދެ ޢަރަބި ގައުމުތައް ޖައްސައި ފިތުނަވެރިކުރާން އެ މީހުން މަސައްކަތްކުރަނީ އެހެން ވެގެންނެވެ. ނަމަވެސް ވިލާތުގައި މިހާރު ފެތުރިފައިވާ ހަމަނުޖެހުންތަކަކީ އެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ، ހައްލުކުރާން އުނދަގޫ ޙާލަތެއްގައިވާ ކަމެކެވެ.

(މަޢުލޫމާތު: www.jagranjosh.com)

ކޮމެންޓު