ad_banner
"ރޫސީ – ޔޫކްރޭނު ހަނގުރާމަ ހުއްޓައިލާން އެއްބަސްވެއްޖެ" - ޓުރަންޕު

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

12 އޮކްޓޯބަރު 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު އިއުލާންކޮށްފައިވަނީ، ޔުކްރޭނާއި ރަޝިޔާގެ ހަކަތައިގެ ބިނާރަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ތެލާއި ހަކަތައިގެ އަގުތަކަށް ބޮޑުބާރެއް ކުރިމަތިވުމާ ގުޅިގެން، އެ ދެ ގައުމުގެ މެދުގައި [ހަކަތައިގެ ހަނގުރާމަ ހުއްޓައިލުމަކަށް] (އެނަރޖީ ސީޒްފަޔަރ) އެއްބަސްވެފައިވާކަމަށެވެ.

މީސްމީޑިއާގައި ޓުރަންޕު އިއްޔެ (އާދީއްތަ ދުވަހު) ލިޔެފައިވާ ގޮތުގައި، [މި ހިނދުން ފެށިގެން ރަޝިޔާއާއި ޔުކްރޭނާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ހަކަތައިގެ ހަނގުރާމަ ހުއްޓައިލުމެއް (އެނަރޖީ ސީޒްފަޔަރ)އެއް ވަނީ އިއުލާންކުރެވިފައެވެ. ދެ ފަރާތުން ވެސް މި ކަމަށް އެއްބަސްވެފައިވެއެވެ.] އަދި [މި ކަމާ [އެއްވެސް ފަރާތަކުން] ޚިލާފުނުވާށެވެ! މި ކަމަށް ސަމާލުކަން ދިނީތީ ހުރިހައި ޝުކުރެއް ހައްގުވަނީ ވެސް ރައީސް ޑޮނަލްޑް ޖޭ. ޓުރަންޕަށް]ކަމަށް ވެސް އޭނާ ލިޔެފައިވެއެވެ.

އެކްސިއޯސް (Axios)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށާއި މިއީ އޭނާއަށް [އާ ޚަބަރެއް]ކަމަށް ޔުކްރޭނުގެ ރައީސް ވޮލޮކޮމީރް ޒެލެންސްކީ ބުންޏެވެ.

ނަމަވެސް، ޓެލެގްރާމްގައި ޒެލެންސްކީ ކުރި މެސެޖެއްގައި އޭނާ ވަނީ މި އެއްބަސްވުމަށް ޔުކްރޭނުން ތާއިދުކުރާނެކަން ކަށަވަރުކޮށްދީފައެވެ. [ޔުކްރޭނުން މި ހަނގުރާމަ ހުއްޓައިލާން ތާއިދުކުރެއެވެ. އަދި ރަޝިޔާއިން ވެސް މި ކަމަށް ތާއިދުކުރުމަކީ މުހިންމު ކަމެކެވެ. އަހަރެމެން މި ތިބީ އެމެރިކާގެ ފަރާތުން ތަފުސީލުތައް ލިބޭނެ ދުވަހަކަށް ބަލަބަލައެވެ." ޒެލެންސްކީ ލިޔެފައިވެއެވެ.

ރަޝިޔާގެ ރައީސް ވުލިޑިމީރް] ޕުޓިން، މި ހަނގުރާމަ ފުރިހަމައަށް ހުއްޓައިލާނެކަން އިޢުލާނުކުރާތާ 60 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވަވާނެ ކަމަށް ޒެލެންސްކީ ކުރީން ވަނީ ބުނެފައެވެ.

 

ލަފުޒެއްގެ މާނަ:

ބިނާރު     ނ.    ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.

ކޮމެންޓު