އިސްމާޢީލު މުބާރަކު
26 ސެޕްޓެންބަރު 2026
)وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ ۙ - އަދި ނަރަކައިގެ ބަނޑޭރީންކަމުގައި، ތިމަންރަސްކަލާނގެ މަލާއިކަތުން މެނުވީ ނުލައްވަމެވެ. އަދި ކާފިރުވި މީހުންނަށް އިމްތިޙާނެއްކަމުގައި މެނުވީ އެ މަލާއިކަތުންގެ ޢަދަދު ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް ޔަޤީންވުމަށާއި، އަދި އީމާންވި މީހުންގެ އީމާންކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި އީމާންވި މީހުން ޝައްކުނުކުރުމަށް ޓަކައެވެ.( (سورة المدثر: 31)
ޝައްކުނުކުރުމަކީ ޔަޤީންކުރުމެވެ. އެހެންކަމުން އެ އަދަދަކީ އަޅުގަނޑުމެން އެއިން ޔަޤީންކަން ލިބިގަންނާން އޮތް ޢަދަދެއްކަން މާތް ﷲ އަޅުގަނޑުމެންނަށް ސާފު ޢިބާރާތުން މި އޮތީ ހާމަކުރައްވައިފައެވެ. އަދި الشجرة ކީރިތި قرانގައި ނަވާރަ ފަހަރަށް ވާރިދުވެފައި އޮތުމުން އެ ކަލިމަ [الشجرة ](ގަސް)އިން ދޭހަވަނީ ބިމުން ފަޅައިގެން ހެދޭ ގަހުގެ މާނައިގައި އެކަނިތޯއެވެ؟
އޭގެ ޖަވާބަށް ދިއުމުގެ ކުރީން 19އިން ޔަޤީންކަން ދޭ އެންމެ އާޔަތެއް އަޅުގަނޑު ފާހަގަކޮށްލާނަމެވެ. ކީރިތި قرٱن ގައިވާ ހުރިހައި އާޔަތެއް 19 އިން ގެއްލި ހުސްވާކަމީ ތިޔަ ހުރިހައި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ކަމެކެވެ. މި މައުޟޫޢުގައި 19 އަޅުގަނޑު މި ގެނައި ސަބަބަކީ [الشجرة ] މި ކަލިމަ 19 ފަހަރަށް ވާރިދުވެފައިވާތީއެވެ. ކީރިތި فرٱن ގެ މޫރިތި އާޔަތްތަކާއި މި ޙަޔަވީ ހަކަތައިގެ މައުޟޫޢާ ގުޅުން ހުރިވަރު ސާބިތުކޮށްދިނުމަށް ޓަކައެވެ.
ބަނީ އިސްރާއީލް ބާގައިގެ މީހުން، ތިމަންމެންގެ ހަމަލޮލަށް މާތް ﷲ ދެއްކެވީމާ ނޫނީ އީމާން ނުވާނެކަމަށް ބުންޏެވެ. )وَإِذْ قُلْتُمْ يَا مُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنتُمْ تَنظُرُونَ - އަދި އޭ މޫސާގެފާނޭވެ! ފާޅުގައި އަހަރެމެން ﷲ ދެކެފުމަށްދާނދެން އަހަރެމެން ކަލޭގެފާނަކަށް އީމާނެއް ނުވާނޫއޭ ތިޔަބައިމީހުން ދެންނެވި ހިނދު، ހަނދުމަކުރާށެވެ! ދެން ތިޔަބައިމީހުން ބަލަބަލައި ތިއްބައި، ހޮނުގުގުރި ތިޔަބައިމީހުންގެ މަރު ހިފައިފިއެވެ.( (سورة البقرة: 55)
ދެން އެ އާޔަތުން ފެށިގެން 19ވަނަ އާޔަތަށް ޢަދަދު ގުނުއްވާށެވެ! ތިބާއަށް ފެނިވަޑައިގަންނަވާނީ މި އާޔަތެވެ. )فَقُلْنَا اضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْيِي اللَّهُ الْمَوْتَىٰ وَيُرِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ - ދެން ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. އޭގެ (އެބަހީ: އެ ކަތިލި ގެރީގެ) އެތިކޮޅަކުން، އެ (މަރުވެފައިވާ) މީހާގެ ގައިގައި ތިޔަބައިމީހުން ޖަހާށެވެ! (ދެން އެއުރެން ޖެހި ހިނދު، އެމީހާ އަލުން ދިރިއްޖެއެވެ.) މަރުވެފައިވާ ތަކެތި، ﷲ އަލުން ދިރުއްވަނީ އެފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދައްކަވަނީވެސް، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަތުމަށްޓަކައެވެ.( ( سورة الْبقرة: 73)
19ވަނަ އާޔަތުގައި އެ އޮތީ ބަނީ އިސްރާއީލް ބާގައިގެ މީހުން ސުވާލުކުރި ކަންތައް ހަމަ ލޮލަށް ދައްކަވައިފައެވެ. އެއީ ﷲ ހަމަ ލޮލަށް ދެއްކެވުމެކެވެ. ލޮލަށް ފެންނަ މީހަކަށް ވެއްޖިއްޔާ ﷲ އެ ކަލިމަ އެއޮތީ ފެންނާންށެވެ. ﷲ ހަމަ ލޮލަށް ދައްކަވައިފައެވެ.
އެހެންކަމުން 19 ވަނައަށް އެ އާޔަތް އޮތުމާއި [الشجرة] މި ލަފްޒު 19 ފަހަރު ކީރިތި قرٱن ގައި ވާރިދުވެފައި އޮތުމާއި އަދި އެ އާޔަތުގައި كَذَٰلِكَ يُحْيِي اللَّهُ الْمَوْتَىٰ (ދިރުންނެތް އެއްޗިއްސަށް، މާތް ﷲ ދިރުން ދެއްވާ ވާހަކަ) އޮތީމާ އެ އޮތީ ވަރަށް ބޮޑަށް މި މައުޟޫޢާ ގުޅިފައެވެ. [شجرة الزقوم] (ޒައްޤޫމު ގަހެއްގެ ވާހަކަ) ވެސް قرٱن ގައި ވެއެވެ. [شجرة الملعونة] (ލައުނަތް ލެއްވިގެންވާ ގަހެއް)ގެ ވާހަކަ ވެސް ކީރިތި قرٱن ގައިވެއެވެ. [شجرة طيبة] އެއީ ކަދުރުރުއްކަމަށާއި [شجرة الملعونة] އެއީ އޮށަނިކަމަށް ހެދީމާ އަޅުގަނޑުމެންނަކަށް ދެކަނޑު ބައްދަލުވީ ހިސާބަކަށް ނުދެވޭނެއެވެ. އެހެން ނުހައްދަވާށެވެ! އަޅުގަނޑާ އެކު، ދެކަނޑު ބައްދަލުވީ ހިސާބަށް ހިންގަވާށެވެ! ޖިސްމާނީ ކަނޑާއި ރޫޙާނީ ކަނޑެވެ. [الشجرة] އެއީ ހަމަ އެކަނި ޖިސްމާނީ ގަހެއްނޫނެވެ. روحاني ގަހެއްވެސްމެއެވެ.
)أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِﷲ، - ރަނގަޅު ބަހެއްގެ މިސާލުޖެއްސެވީ ކޮން ފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލައިފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ މިސާލެވެ.( (سورة ابراهيم: 24) ) تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا ۗ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ - އެ ގަހުގެ ވެރިރަސްކަލާނގެ އިޛުނަފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. ﷲ، މީސްތަކުންނަށް މިސާލުޖައްސަވަނީ، އެއުރެން ހަނދުމަކުރުމަށް ޓަކައެވެ.( (سورة ابراهيم: 25)
وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ اجْتُثَّتْ مِن فَوْقِ الْأَرْضِ مَا لَهَا مِن قَرَارٍ - އަދި ނުބައި ބަހެއްގެ މިސާލަކީ، ބިންމަތީން އުފުރައިލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ މިސާލެވެ. (سورة ابراهيم: 26)
އިސްވެ ދިޔަ އާޔަތް ތަކުގައި މާތް ﷲ އަޅުގަނޑުމެންނަށް އެ ތަޞައްވަރު ކޮށްދެއްކެވީ ޖިސްމާނީ ގަހެއްގެ މިސާލުން ރޫޙާނީ ގަހެކެވެ. މުޅި މި ގައުމުގައި ވެސް މިކަން ހަނދުމަފުޅު ބަހައްޓަވާށެވެ. الشجرة ކީރިތި قرٱن ގައި ވާރިދު ވެފަވަނީ 19 ފަހަރަށެވެ. 19އަކީ ކީރިތި قرٱن ގެ ސިއްރުގެ ޚަޒާނާގެ ތަޅުދަނޑިއެވެ.
ރޫޙާނީ ގަހުގެ ތަޞައްވުރަށް ބަލާ އިރު، ހަށިގަނޑުގެ ގުނަވަންތަކަކީ އެ ރޫޙާނީ ހަށިގަނޑުގެ ބައިތަކެކެވެ. އެހެންކަމުން، ހަށިގަނޑުގައިވާ އެތައް ޓްރިލިއަން ސެލްތަކަކީ ވެސް މި ދެންނެވި ރޫޙާނީ ގަހުގެ ބައިތަކެކެވެ. ބިމުގެ ބާރުތައް މައްޗަށް އަރައި، އުޑުގެ ބާރުތައް ތިރިއަށް ފައިބަނީ މި ގަހުގެ ޒަރީޢާއިންނެވެ. ހަށިގަނޑުން އެއްޗިހި ބޭރުވެ އެތެރެވުމަށް ހުޅުވިފައިވާ ޖިސްމާނީ ހަތް ދޮރު ހުރެއެވެ. ދެލޮލާއި ނޭފަތާއި ދެ ކަންފަތާއި އަނގަ، ދެން ނަޖިސް ބޭރުވާ ދެ ދޮރެވެ. ރޫޙާނީ ހަތް ދޮރު ހުރެއެވެ. މި ތަންތަނަށް އަޅުގަނޑުމެންގެ ބަހުގައި ނަންތަކެއް ނެތް ނަމަވެސް މާ އިހުގެ މީހުން އެކި ސަޤާފަތްތަކުގެ މީހުން އެކި ނަންތައް މި ތަންތަނަށް ކިއައެވެ. މީއީކީ ދީނީ ކަމެއް ނޫނެވެ. ހަށިގަނޑުގެ ޙަޔަވީ ނިޒާމާ ގުޅިފައިވާ ކަމެކެވެ. ސީނުކަރައިގެ މީހުން ހިންދޫންނަށް ވުރެ ކުރީން ބޭސްވެރިކަމަށް މި ކަން ދެނެގަނެފައިވެއެވެ. ހިންދޫން އެ މީހުންގެ ދީނީ ޢަޤީދާގެ ތެރެއަށް މި ނަންތައް ވައްދައި މަސްހުނިކުރީއެވެ. އެއީ ހަށިގަނޑުގައިވާ ޖިސްމާނީ ހަމަތަކާއި ރޫޙާނީ ހަކަތަ ބައްދަލުވާ މަރުކަޒުތަކެވެ. (ޗަކްރާ) ]ޕޮއިންޓްސް[އޭ ބުނުމުން ހިންދޫންގެ ދީނީ އެއްޗެއްކަމަށް ހީވަނީ އެހެންވެއެވެ. މުހިންމީ ނަމެއް ނޫނެވެ .ކަމެވެ! މި ޕޮއިންޓްތަކުގެ މެދުގައި މި ހަކަތަ މައްޗަށާއި ތިރިއަށް ހަށިގަނޑުތެރޭން ދައުރުވަމުންދެއެވެ.
ނުވަތަ މި ގޮތަށް ވިސްނައިލަމާ ހިނގާށެވެ! މުޅި އުމުރުގައި ވެސް ތިބާގެ ހަށިގަނޑު ބޭނުންކުރެވެމުން އައީ އޭގެ އަސްލު ގޮތާ އިދިކޮޅަށްކަމަށް ވެދާނެއެވެ. އެއީ ގޯހެކޭ ނޫނެވެ. ނަމަވެސް އެއީ އޭގެ އިދިކޮޅު ގޮތެވެ. އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވަނީ ހަކަތަ ދައުރުވަނީ ބޭރުން އެތެރެއަށްކަމަށެވެ. އެ ގޮތުން ހަކަތަ ލިބެނީ ކާބޯތަކެތީންކަމަށާއި، ހަށިގަނޑު އަލުން ތާޒާކޮށްދެނީ ނިދީންކަމަށް އަޅުގަނޑުމެން ގަބޫލުކުރަމުއެވެ. ނަމަވެސް، ރޫޙާނީ ގަހުގެ ތަޞައްވުރުގައި ގުނަވަންތަކަކީ އެ ރޫޙާނީ ހަށިގަނޑުގެ ބައިތަކެއްކަމަށްވާ އިރު، ހުރިހައި ހަތާތަކަކީ (ސެލްތަކަކީ) ވެސް އެ ރޫޙާނީ ގަހާ ގުޅިފައިވާ ބައިތަކެކެވެ. ހަށިގަނޑު ތެރޭން ބިމުގެ ބާރުތައް މައްޗަށް އަރައި، އުޑުގެ ބާރުތައް ތިރިއަށް ފައިބަނީއެވެ. (ނުނިމޭ)