ad_banner
ސަޖިދަވެރި އަކުރުތައް (4)

އޒ. އިބްރާހީމް ރަޝީދު މޫސާ

14 އޮކްޓޯބަރު 2026

(2026 އޮކްޓޫބަރު 07ގެ އަދަދާ ގުޅޭ)

މި 6 ސޫރަތް ލިސްޓުން އުނިކޮށްފި ނަމަ ވާނީ ކިހިނެއްހެއްޔެވެ؟

ސޫރަތް

ތަރުތީބީ ވަނަ

އާޔަތްތަކުގެ އަދަދު

ލަފުޒުލްޖަލާލަތި اللَّه

الفاتحة

1

7

2

الفتح

48

29

39

المنافقون

63

11

14

نوح

71

28

7

التكوير

81

29

1

الانفطار

82

19

1

الانشقاق

84

25

1

العلق

96

19

1

النصر

110

3

2

ޖުމުލަ

636

170

68

 

 

 

 

 

 

 

 

 

 

 

 

 

 

 

-    ލަފުޒުލްޖަލާލަތި  (اللَّه) މި ސޫރަތްތަކުގައި ތަކުރާރުވެފައިވަނީ 68 ފަހަރުއެވެ.  އެއީ 34 × 2

-    މި ސޫރަތްތަކުގެ އާޔަތްތަކުގެ އަދަދަކީ  170 އެވެ. އެއީ  34 × 5

-    މި ސޫރަތްތަކުގެ ތަރުތީބީވަނަތަކުގެ ޖުމުލައަކީ 636 އެވެ. އެއީ  114 + 114 + 34 × 6 × 2 އެވެ.

ހުރިހައި އާޔަތްތަކެއް ވެސް މަންޒަރުތަކެއް ވެސް ގުޅިފައި މި ވަނީ 34އާއެވެ.  

މިއަށް ވިސްނާ!

މުޤައްޠަޢާތު އަކުރުތަކުން ފެށޭ އެންމެ ފަހު ސޫރަތަކީ سورة السجدةއެވެ. މި ސޫރަތް ފެށިފައިވަނީ (الم) ންނެވެ.

-    (الم)ގެ އަކުރުތަކަކީ މުޞްޙަފު ފެށޭ ކޮޅުން 30ވަނަ ކަލިމައެވެ.

-    30 އާޔަތް އޮތް އެންމެ ފުރަތަމަ ސޫރަތަކީ سورة السجدة އެވެ.

-    سورة السجدة ން ފަށައިގެން ގުނަން ފަށައިފިނަމަ 30 ވަނަ ސޫރަތަކީ سورة الجمعةއެވެ.

-    ހުކުރުދުވަހު ކުރަން ޖެހޭ ފަރްޟު ސަޖިދަތަކުގެ އަދަދަކީ 30 އެވެ. އެއީ (15 + 15) އެވެ.

-    ހުކުރުދުވަހުގެ ފަތިސްނަމާދުގެ ފުރަތަމަ ރަކްޢަތުގައި سورة السجدة ކިޔެވުމަކީ ސުންނަތްވެގެންވާ ކަމެކެވެ.

-    ހުކުރުދުވަހުގެ ފަރްޟު ފަސްނަމާދުގެ ރަކްޢަތްތަކުގެ  އަދަދަކީ 15 އެވެ. މި  15 ރަކްޢަތުގެ ފުރަތަމަ ރަކްޢަތުގައި ތިލާވަތުގެ ސަޖިދައެއް ވެއެވެ.

-    މި ސަޖިދަ އޮތީ سورة السجدة ގެ 15 ވަނަ އާޔަތުގެ ނިމޭތާނގައެވެ.

-    سورة السجدة ގެ 15ވަނަ އާޔަތުގައި އޮތީ  15  ކަލިމައެވެ. މި އާޔަތަކީ:

إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ  

-    މި އާޔަތަށް ފަހު سورة السجدة ގައި އޮތީ 15 އާޔަތެވެ.

-    ކީރިތި ޤުރްއާނުގައި އޮތީ ތިލާވަތުގެ ސަޖިދައިގެ 15 ސަޖިދައެވެ.

ހަނދާންކުރާށެވެ!

-        ކީރިތި ޤުރްއާނުގައި އޮތް ތިލާވަތުގެ  ސަޖިދައިގެ އަދަދަކީ 15 އެވެ.

-        ފަރްޟު ފަސްނަމާދުގައި ކުރަންޖެހޭ ސަޖިދަތަކުގެ އަދަދަކީ 34 އެވެ.

-        އިބިފިލިން ފެށޭ ސޫރަތްތަކުގެ އަދަދަކީ 15 އެވެ.

-        މި ސޫރަތްތަކުގެ ތަރުތީބުވަނަތަކުގެ ޖުމުލައަކީ 1156 އެވެ.އެއީ 34 × 34

-        މި ސޫރަތްތަކުގައި ލަފުޒުލްޖަލާލަތި (ﷲ) ތަކުރާރުވެފައިވަނީ 68 ފަހަރުއެވެ. އެއީ 34 + 34

-        سورة السجدة ގައި އިބިފިލިޖެހިގެންވާ އަކުރުތަކުގެ އަދަދަކީ 238 އަކުރެވެ. އެއީ 34 × 7

-        ކީރިތި ޤުރްއާނުގެ 15 ވަނަ އާޔަތް: اللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ -  البقرة : 15ގައި އޮތީ 34 އަކުރެވެ.

-        ކީރިތި ޤުރްއާނުގައި ސަޖިދައިގެ ވާހަކަ ފުރަތަމަ ފަހަރަށް އައިސްފައިވަނީ 34 ވަނަ އާޔަތުގައެވެ. އެއީ: وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ - البقرة: 34

-        މި އާޔަތުގައި ލަފުޒު (أَبَى)އަކީ ސޫރަތުގެ ފެށޭކޮޅުން 510 ވަނަ ކަލިމައެވެ. އެއީ 34 × 15

-        މާތްﷲ ސަޖިދަކުރަން އަންގަވައިފައިވަނީ 7 ގުނަވަނެއްގެ  މަތީގައެވެ.

-        ތިލާވަތުގެ ސަޖިދަ ކުރަންޖެހޭ ފުރަތަމަ އާޔަތް އައިސްފައިވަނީ 7 ވަނަ ސޫރަތް ނިމޭ އާޔަތުގައެވެ. އެއީ: إِنَّ الَّذِينَ عِنْدَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَيُسَبِّحُونَهُ وَلَهُ يَسْجُدُونَ  - الأعراف : 206

-        ތިލާވަތުގެ އެންމެ ފަހު ސަޖިދަ އައިސްފައިވަނީ ޤުރްއާނުން ފުރަތަމަ ބާވައިލެއްވި  ސޫރަތުގެ އެންމެ ފަހު އާޔަތުގައެވެ. އެއީ: كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ -العلق :19

-        މި ދެ އާޔަތުގެ އަކުރުތަކުގެ ޖުމުލައަކީ 68 އެވެ. އެއީ 34 + 34

-        މި ދެ އާޔަތުގެ ތަރުތީބު ނަންބަރުތަކުގެ ޖުމުލައަކީ 225 އެވެ. އެއީ  15 × 15 އެވެ. سورة السجدة ގައި ސަޖިދައިގެ އާޔަތުގެ ނަންބަރަކީ 15އެވެ. މި އާޔަތުގެ ކަލިމަތަކުގެ އަދަދަކީ 15އެވެ. މި އާޔަތަކީ : إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ - السجدة: 15

-        سورة السجدةގައިވާ ސަޖިދައިގެ އާޔަތަކީ މި ސޫރަތުގައި އިބިފިލީން ފެށިފައިވާ ފުރަތަމަ އާޔަތެވެ.

-        سورة السجدة ގައި އިބިފިލި ޖެހިގެންވާ އަކުރުތަކުގެ އަދަދަކީ 238 އެވެ. އެއީ 34 × 7

ކީރިތި ޤުރްއާނުގައި ސަޖިދަކުރުމާ އިބިފިލި ގުޅިފައިވަނީ މި މޭރުމުންނެވެ. މި ދެ ކަމަކީ ވެސް ނިކަމެތިކަމެވެ.

-        ކީރިތި ޤުރްއާނުގައި إِبْلِيسގެ ނަން އިބިފިއްޔަށް ފެށެނީ މިހެންވެގެންނެވެ. މިއިން އެނގެނީ އެކަލޭގެ ނިކަމެތިކުރައްވައިފައިވާ މިންވަރެވެ. ﷲއަށް އުރެދުމުގެ ސަބަބުންނެވެ. މާތް ﷲ އަމުރުކރެއްވުމުން އާދަމުގެފާނަށް ސަޖިދަކުރުމާ ދެކޮޅުހެދީތީއެވެ.

މި ޤުރްއާނުގެ މަތިވެރިކަމާ މެދު ރަނގަޅަށް ވިސްނައި ބަލާށެވެ! އެންމެ ކުޑަކުޑަ އިބިފިއްޔަކުން ތިބާ މި ވަނީ އަޖައިބުކޮށްލައިފައެވެ. މި ފިލީގެ ސުމޭކު ގެތުމުގެ ނިޒާމުގެ ސަބަބުންނެވެ. 

އަކުރުތަކާއި ކަލިމަތަކާއި އާޔަތްތަކުގެ ގެތުން މާ ފުރިހަމައެވެ. މި އަކުރުތަކާއި ލަފުޒުތަކާއި އާޔަތްތަކާއި ފިލިތައް ގެތިފައިވާ ސުމޭކު ނިޒާމަކީ ﷲ ނޫން ދެވަނަ ފަރާތަކަށް ގަތައި އަމުނައިލެވޭނެ ކަމެއްނޫނެވެ.

سبحانك ربّي!! އެއްވެސް ވިސްނުމަކަށް މި ނިޒާމު ދެނެގަނެވިދާނެ ހެއްޔެވެ؟ މި ނިޒާމު މޭރުންކުރެވިދާނެހެއްޔެވެ؟ ނޫނެކެވެ! އެއްހާސް ނޫނެކެވެ!!!

(ނިމުނީ)

ކޮމެންޓު