ad_banner
ޤިޔާމަތްދުވަހުން ރަނގަޅު އެކުވެރިޔާގެ ފައިދާ ކުރާނެ!

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

24 ޖުލައި 2026

ރަޙުމަތްތެރީންނަކީ ޖަމާޢަތެއްގެ ކުރިއެރުމާއި ފަސްޖެހުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރާ ބަޔެކެވެ. ހިތްހަމަޖެހުމާއި ނުތަނަވަސްކަން ގެނެސް ދިނުމުގައި އެމީހުންގެ އަތް ވަރަށް ދިގެވެ. މީހުންގެ ޙަޔާތާއި ވިސްނުމާއި ފިކުރުގައި ރަޙުމަތްތެރީންގެ އަސަރު ވަރަށް ބޮޑެވެ.

އަޅުގަނޑުމެންގެ ޙަޔާތަށް މި ފަދަ ވަރުގަދަ ތާސީރެއް ފޯރުވާ ރަޙުމަތްތެރީން އިޚުތިޔާރުކުރުމުގައި އިސްލާމްދީން އަޅުގަނޑުމެންނަށް މަތިވެރި އިރުޝާދުތަކެއް ދީފައިވެއެވެ. ރަޙުމަތްތެރިކަމުގެ ވަރުގަދަ ގުޅުން އުފެދި ބޮޑުވެފައިވަނީ އިޚުލާޞްތެރިކަމާއި މަތިވެރި މަޤުޞަދެއްގައި ނަމަ، އެއީ މާތް އެ ކަމުގައި ބަރަކާތްލައްވަވާނެ ގުޅުމެކެވެ. އެއީ ދޯދިޔާ ނުބައި ގުޅުމެއްކަމުގައިވާ ނަމަ، އޭގެ ނުބައިކަން މާތް އެ ފަރާތަކަށް ރައްދުކުރައްވާނެއެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ. ((الأخِلاَّءُ يَوْمَئِذٍ بَعْضُهُم لِبَعْضٍ عَدو إِلاَّ المُتَّقِين [1]ރަޙުމަތްތެރީންނަކީ އެ ދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ހަތުރުވެރި ބަޔެކެވެ. ތަޤުވާވެރީން ފިޔަވައެވެ.))

އެކުވެރިޔާއަކީ އޭނާއާ އެކުގައި އުޅުމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކޮށްދޭ މީހެކެވެ. ތެދުވެރި ތަޤުވާވެރި އެކުވެރީން ހޯދާން އިސްލާމްދީން ގޮވައިލައެވެ. އެއީ ދީން އެ ކަމަށް ބާރުއަޅާ ކަމެކެވެ. މި ފަދަ އެކުވެރިކަން ޤާއިމުކޮށް ﷲއަށް ޓަކައި އެ ކަން ދަމަހައްޓާން ދީން ގޮވައިލައެވެ. ކައު ރަސޫލާ r  ޙަދީސްކުރެއްވިއެވެ. ((إنَّ المتحابِّينَ في اللهِ على منابرَ من نورٍ يومَ القيامةِ [2]– ހަމަކަށަވަރުން ﷲގެ ވަޖްހުފުޅަށް ޓަކައި ދުނިޔޭގައި އެކަކު އަނެކަކު ދެކެ ލޯބިވި މީހުން ޤިޔާމަތްދުވަހުން ތިބޭނީ އަލިވެގެންވާ މިނންބަރުތަކެއްގެ މަތީގައެވެ.)) ލޮބުވެތި ނަބިއްޔާ rގެ އެހެން ބަސްފުޅެއްގައިވެއެވެ. (( إنَّ من عبادِ اللهِ عبادًا ليسوا بأنبياءَ يغبِطُهم الأنبياءُ والشُّهداءُ، قيل: من هم لعلَّنا نُحِبُّهم؟ قال: هم قومٌ تحابُّوا بنورِ اللهِ من غيرِ أرحامٍ ولا أنسابٍ، وجوهُهم نورٌ على منابرَ من نورٍ لا يخافون إذا خاف النّاسُ، ولا يحزنون إذا حزِن النّاسُ [3]-  ހަމަކަށަވަރުން ގެ އަޅުންގެ ތެރޭގައި ހިމެނޭ އަޅުންތަކެއް ވެއެވެ. އެއީ ނަބީބޭކަލުންނެއް ނޫނެވެ.  ގެ ޙަޟުރަތުގައި ޤިޔާމަތްދުވަހުން އެމީހުންނަށް ލިބިފައިވާ މަތިވެރި މަޤާމު ލިބުމަށް  ނަބީބޭކަލުންނާއި ޝަހީދުން ވެސް އެދޭނެއެވެ. ދެންނެވުނެވެ.އޭ ގެ ރަސޫލާއެވެ. އެއީ ކޮންބަޔެއްތޯއެވެ. އަޅުގަނޑުމެން ވެސް އެމީހުންދެކެ ލޯބިވުމަށް ޓަކައެވެ. ޙަދީސްކުރެއްވިއެވެ. އެއީ މާތްގެ ވަޖްހަފުޅަށްޓަކައި އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވި ބަޔެކެވެ. އެ މީހުންގެ މެދުގައި އޮތް ރަޙިމުގެ ގުޅުމަކާއި ނަސަބުގެ ތިމާގެކަމަކާ ނުލައެވެ. ޤިޔާމަތް ދުވަހުން މީސްތަކުން ބިރުގަންނަ ވަގުތު އެ މީހުން ބިރެއް ނުގަންނާނެތެވެ. އަދި މީސްތަކުން ހިތާމަކުރާ އިރު، އެ މީހުން ހިތާމައެއް ވެސް ނުމެކުރާނެތެވެ.))

ރަނގަޅު އެކުވެރިޔާއަކީ ޤިޔާމަތްދުވަހުން އޭނާގެ އެކުވެރިޔާއަށް އެހީތެރިވާނެ މީހެކެވެ. ޤިޔާމަތްދުވަހު ހިސާބުބެލުމުގެ މައިދާނުގައި ބައެއް އެކުވެރީން ޢަދާވަތްތެރިކަން އިޢުލާންކުރާ ވަގުތު ރަނގަޅު އެކުވެރިޔާގެ ސަބަބުން އުފާވެރިކަން ލިބޭނެއެވެ. އޭނާގެ އެކުވެރިޔާގެ އަތުގައި ހިފައިގެން ސުވަރުގެއަށް ވަންނާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (الْأَخِلَّاء يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ {67} يَا عِبَادِ لَا خَوْفٌ عَلَيْكُمُ الْيَوْمَ وَلَا أَنتُمْ تَحْزَنُونَ {68} الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ {69} ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ [4]– މާނައީ : އެކުވެރީން އެ ދުވަހުން އެއް ބަޔަކު އަނެއްބަޔަކަށް ވާހުށީ دشمنންކަމުގައެވެ. تقوىވެރީން މެނުވީއެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަކަށް މިއަދަކު އެއްވެސް ބިރެއް ނެތެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައި ވެސް ތިޔަބައިމީހުން ނުވަމުއެވެ. އުފާވެރިކަމުން ފުރިގެންވާ حال، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އަނބީން ސުވަރުގެ ވަންނާށެވެ!)

ރަނގަޅު ޞާލި އެކުވެރީންނާ އެކުގައި އުޅުނު މީހުން ސުވަރުގެ ވައްދަވާނެކަމުގެ ހެޔޮ ޚަބަރު މި އާޔަތްތަކުގައި ތަޢާލާ މި ވަނީ  ދެއްވައިފައެވެ. މުފައްސިރުން ވިދާޅުވާ ގޮތުގައި (ادْخُلُوا الْجَنَّةَ أَنْتُمْ وَأَزْوَاجُكُمْ تُحْبَرُونَ) މި އާޔަތުގައިވާ ލަފުޒު [أَزْوَاجُكُمْ]ގެ މާނަތަކުގެ ތެރޭގައި އެކުވެރީން ވެސް ހިމެނެއެވެ. އެންމެ ރަނގަޅު އެކުވެރިއަކީ އަނބިމީހާއެވެ. މާތް މީހަކަށް ދެއްވާ އެންމެ ބޮޑު އެއް ނިޢުމަތަކީ ޞާލި އަނބިމިހާއެވެ. އޭނާ އޭނާގެ ފިރިމީހާއަށް އަށް ކިޔަމަންގަތުމަށް އެހީތެރިވާނެއެވެ. ސުވަރުގެ ލިބެނިވި ޞާލި ޢަމަލުތައް ކުރުމަށް ނަސޭހަތްތެރިވާނެއެވެ. ތަޢާލާއާ ބައްދަލުވާ ދުވަހު އެ އަނބިމީހާ އޭނާގެ ފިރިމީހާއަށް ޝަފާޢަތްތެރިވާނެއެވެ.

 އެކުވެރިޔާގެ ޝަފާޢަތް ލިބޭނެކަމުގެ ނައްޞުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި މި ދަންނަވާ ނައްޞުތައް ވެއެވެ.

ޝަފާޢަތުގެ ޝަރުޠުތައް

ޤިޔާމަތްދުވަހުން ލިބޭ ޝަފާޢަތަކީ މުޠުލަޤު ޝަފާޢަތެއްނޫނެވެ. އެއީ ޝަރުޠުތަކެއްގެ މަތީން މާތް ދެއްވާ ޝަފާޢަތެކެވެ. މި ޝަރުޠުތަކުގެ ތެރޭގައި މި އަންނަ ޝަރުޠުތައް ހިމެނެއެވެ.

1.     އިސްލާމްކަން: މާތް މުޝްރިކުންނަށް ޝަފާޢަތެއް ނުދައްވާނެތެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (وَأَنْذِرْهُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ كَاظِمِينَ مَا لِلظَّالِمِينَ مِنْ ‌حَمِيمٍ ‌وَلَا شَفِيعٍ يُطَاعُ[5] - ކައިރިވަމުންއަންނަ ދުވަހާ މެދު، ކަލޭގެފާނު އެއުރެންނަށް إنذارކުރައްވާށެވެ! މޮޅިޔާއި، ހިތާމައިން ފުރިގެންވާ حال، ހިތްތައް ކަރުތެރެޔަށް އަރައިގެން އަންނަހިނދެވެ. (އެ ދުވަހުން) އަނިޔާވެރީންނަކަށް رحمةތެރިޔަކު ނުވަތަ ކިޔަމަންގަނެވޭ شفاعةތެރިޔަކު ވެސް ނުވެއެވެ.)

2.     އިލާހީ ރުހިވޮޑިގަތުން: މާތް ﷲ ވަޙީކުރެއްވިއެވެ. (وَكَمْ مِنْ مَلَكٍ فِي السَّمَاوَاتِ لَا ‌تُغْنِي ‌شَفَاعَتُهُمْ شَيْئًا إِلَّا مِنْ بَعْدِ أَنْ يَأْذَنَ اللَّهُ لِمَنْ يَشَاءُ وَيَرْضَى[6] - އަދި اللَّه އިރާދަކުރައްވާ މީހަކަށް އެކަލާނގެ إذن ދެއްވައި ރުހިވޮޑިގަތުމަށް ފަހުގައި މެނުވީ، އެއުރެންގެ شفاعةން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް ملائكةން އުޑުތަކުގައި ވޭހެއްޔެވެ؟)

3.     އިލާހީ އިޒުނަފުޅު: މާތް ﷲ Y ވަޙީކުރެއްވިއެވެ. (اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي ‌يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ [7]- اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إلهއަކު ނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ.)

މާތް ރަޙުމަތްލެއްވި އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. ފިޔަވައި އެހެން އެއްވެސް ފަރާތެއް، އެއްވެސް އެއްޗެއްގެ މިލްކުވެރި ފަރާތެއްކަމުގައެއް ނުވެތެވެ.  އަދި އެކަލާނގެއަށް އެއްވެސް އެއްޗެއްގައި އަދި އެއްވެސް ކަމެއްގައި ބައިވެރިއަކު ނުވެތެވެ. އެއްވެސް ކަމެއްގައި އެހީތެރިވާ ފަރާތެއް ކަމުގައި އެހެން އެއްވެސް ފަރާތެއް ނުވެތެވެ. އެކަލާނގެ އިޒުނަފުޅު ދެއްވި މީހަކަށް މެނުވީ ޝަފާޢަތްތެރިއެއް ނުވެވޭނެތެވެ. ޝަފާޢަތްތެރިވާ މީހާއަށް އެ ކަންކުރުމުގެ ހުއްދަ އެކަލާނގެ ދެއްވުމުން މެނުވީ ޝަފާޢަތްތެރިއެއް ނުވެވޭނެތެވެ. އަދި އޭނާ ޝަފާޢަތްތެރިވާ މީހާއަށް މި ޝަފާޢަތް ލިބޭނީ ވެސް ޢައްޒަ ވަ ޖައްލަ އެ ކަމަށް ހުއްދްދެއްވެމުންނެވެ.[8]

ޝަފާޢަތް ދެއްވާ ބައެއް މީހުން:-

1.     ޞިރާޠުމަގުން ވެއްޓި ނަރަކައަށް ދާ މުއުމިނުންނަށް ޝަފާޢަތްތެރިވުން: ޝަފާޢަތާ ބެހޭ ޙަދީސުގައި އައިސްފައިވެއެވެ. ((أنه يشفعُ يومَ القيامةِ لكثيرٍ من العصاةِ من أمتِه الذين دخلوا النارَ بذنوبِهم، عدَّةَ شفاعاتٍ، فيحدُّ اللهُ له حدًّا في كلِّ شفاعةٍ، فيخرجُهُم من النارِ، وتشفعُ الملائكةُ، والأنبياءُ والصالحون والأفراطُ بعد إذنِه سبحانه لهم ويبقى في النارِ بقيةٌ من العصاةِ لم تشملْهُم الشَّفاعةُ، فيخرجُهم اللهُ سبحانه من النّارِ بفضلِه ورحمتِه، ولا يبقى في النّارِ إلا الكفّارُ[9] - އެބައިމީހުންގެ ކުށްފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަ އެކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން އެތައް ބަޔަކަށް ރަސޫލާ r އެތައް ޝަފާޢަތްތަކަކުން ޝަފާޢަތްތެރިވެވަޑައިގަންނަވާނެއެވެ. މާތް މިއިން ކޮންމެ ޝަފާޢަތަކަށް އިމެއް ކަނޑައަޅުއްވަވައެވެ. ފަހެ، އެބައިމީހުން ނަރަކައިން ބޭރަށް ނުކުންނާނެއެވެ. އަދި ސުބްޙާނަހޫ ވަ ތަޢާލާގެ އިޒުނަފުޅާ ލައިގެން މަލާއިކަތުންނާއި ނަބީބޭކަލުންނާއި ޞާލިންނާއި  ޅަފަތުގައި ދުނިޔެ ދޫކުރި ކުދީން ޝަފާޢަތްތެރިވާނެއެވެ. އެ ވަގުތު ނަރަކައިގައި ތިބޭނީ މި ޝަފާޢަތުގައި ޝާމިލުނުވި އުރެދުންތެރީންނެވެ. ފަހެ އެކަލާނގެ ދަރުމަވަންތަކަމާއި ރަޙުމަތްފުޅުން ދެން ތިބި މީހުން ނަރަކައިން ނެރުއްވާނެއެވެ. ކާފިރުން މެނުވީ އެހެން ބަޔަކު ނަރަކައިގައެއް ނުތިބޭނެތެވެ.))

2.     ސުވަރުގެއިން ނުފެނުނު މުއުމިނުންގެ އެކުވެރީންނަށް ޝަފާޢަތް ލެއްވުން: ނަރަކައިގެ އަހުލުވެރީންގެ ޙާލު ބަޔާންކުރައްވައި މާތް ވަޙީކުރެއްވިއެވެ. (وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ ﴿٩٩﴾‏ فَمَا لَنَا مِن شَٰفِعِينَ ﴿١٠٠﴾‏ وَلَا صَدِيقٍ حَمِيمٍ [10]- އަދި ތިމަންމެން މަގުފުރެއްދީ، ކުށްވެރީން ފިޔަވައި އެހެން ބަޔެއްނޫނެވެ. ފަހެ، ތިމަންމެންނަށް އެއްވެސް شفاعةތެރިޔަކު ނުވެއެވެ. އަދި ގާތް رحمةތެރިޔަކު ވެސް ނުވެއެވެ.) މާތް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ޤިޔާމަތްދުވަހުން މުއުމިނު އަޅާ ފާފަކޮށްފައިވާ މުއުމިނުންނަށް ޝަފާޢަތްތެރިވާނެއެވެ. رسول الله صلى الله عليه وسلم  ޙަދީސްކުރެއްވިއެވެ. ((إِنَّ الرَّجُلَ لَيَقُولُ فِي الجَنَّةِ : ما فَعَلَ صَدِيقي فُلان ؟ وصَديقُه في الجحيم ، فَيَقُولُ الله تعالى : أخْرِجُوا لَهُ صَدِيقَهُ إلى الجَنَّة[11] -  ހަމަކަށަވަރުން މީހާ ސުވަރުގޭގައި ބުނާނެއެވެ.އަހުރެންގެ މިވެނި އެކުވެރިޔާއަށް ވީ ކިހިނެއް ބާވައެވެ؟ އޭނާގެ އެކުވެރިޔާ ވަނީ ޖަޙީމުގައެވެ. ފަހެ ތަޢާލާ ވަޙީކުރައްވާނެއެވެ. އޭނާގެ އެކުވެރިޔާ އޭނާއަށް ޓަކައި ނަރަކައިން ނެރެ ސުވަރުގެއަށް ވައްދާށެވެ!))

މާތް ރުއްސުންލެއްވި ޢަލީ ބުނު އަބީ ޠާލިބުގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އަޚުން ގިނަކުރާށެވެ! ފަހެ ހަމަކަށަވަރުން އެބައިމީހުންނަކީ ދުނިޔެއާއި އާޚިރަތުގެ ހަތިޔާރެވެ.[12] މުޤާތިލު ވިދާޅުވިއެވެ: ތިޔަބައިމީހުން މުއުމިނުންނާ ރަޙުމަތްތެރިވެ އެކުވެރިވުން ގިނަކުރާށެވެ! ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން މުއުމިނުން ޝަފާޢަތްތެރިވާނެއެވެ. [13]

3.     ލޯބިވާ މީހުންގެ ޝައުޤުވެރިކަމުގެ ސަބަބުން ސުވަރުގޭގައި ބައްދަލުވެ ދަރަޖަ އުފުއްލިގެން ދިޔުން: ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ( لو أنَّ عَبدَينِ تحابَّا في اللَّهِ ، واحدٌ في المشرقِ، وآخرُ في المغربِ لجمعَ اللَّهُ تعالى بينَهما يومَ القيامَةِ يقولُ هذا الَّذي كُنتَ تحبُّهُ فيَّ[14] - ގެ ވަޖްހުފުޅަށް ޓަކައި ދެ  އަޅަކު އެކަކު އަނެކަކު ދެކެ ލޯބިވެ ، އެކަކު މަޝްރިޤުގައި އަނެކަކު މަޣުރިބު އުޅުނަސް އެ ދެ މީހުން ޤިޔާމަތްދުވަހުން ތަޢާލާ ޖަމާކުރައްވާނެއެވެ. އަދި ވަޙީކުރައްވާނެއެވެ. މިއީ ތިބާ ތިމަންރަސްކަލާނގެ ވަޖްހުފުޅަށް ޓަކައި ލޯބިވި މީހާއެވެ.))  ރަސޫލާ r ގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ فَيَشْتَاقُ الإِخْوَانُ بَعْضُهُمْ إِلى بَعْضٍ فَيَسِيرُ ‌سَرِيرُ ‌هذَا ‌إِلى ‌سَرِيرِ هذَا وسَرِيرُ هذَا إِلى سَرِير هذَا حَتَّى يَجْتِمَعَا جَمِيعاً فَيَتكِئُ هَذا وَيَتكِئُ هذَا، فَيَقُولُ أحَدُهُمَا لِصَاحِبِهِ: أَتَعْلَمُ مَتَى غَفَرَ اللهُ لَنَا؟ فَيَقُولُ صَاحِبُهُ: نَعَمْ يَوْمَ كُنَّا في مَوْضِعِ كَذَا وَكذَا فَدَعَوْنَا اللهَ فَغَفَرَ لَنَا [15]- ސުވަރުގޭގެ އަހްލުވެރީން ސުވަރުގެ ވަނުމަށް ފަހު ދަންނައެވެ. އެ އަޚުންތައް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކުރުމަށް ޝައުޤުވެރިވެ އެކެއްގެ އެނދު ކައިރިން އަނެކެއްގެ އެނދު ކައިރިއަށް ދާނެއެވެ. އެ އެންމެން އެއްތަނަކަށް ޖަމާވެ އެކަކު އަނެކަކުގެ ކޮނޑުގައި އަތް ލާނެއެވެ.ފަހެ، އޭގެ ތެރެއިން އެކަކު އޭނާގެ އެކުވރިޔާއަށް ބުނާނެއެވެ.އަހުރެމެންނަށް ފާފަފުއްސަވާދެއްވި ދުވަސް ތިބާއަށް އެނގޭހެއްޔެވެ؟ އޭނާގެ އެކުވެރިޔާ ބުނާނެއެވެ. އާއެކެވެ. އެއީ އަހުރެމެން މިވެނި ތަނެއްގައި ތބެ އަށް ދުޢާކުރި ދުވަހެވެ. ފަހެ އެކަލާނގެ އަހުރެމެންނަށް ފާފަފުއްސަވާދެއްވިއެވެ.))

ގެ ވަޖްހުފުޅަށްޓަކައި ލޯބިވާ މީހަކީ މާތް ރަނގަޅަށް ދަންނަ މީހެއްކަމުގައި ވާންޖެހޭނެއެވެ. އެކަލާނގެ އަމުރުފުޅަށް ރަނގަޅަށް ކިޔަމަންގަންނަ މީހެއްކަމުގައި ވާންޖެހޭނެއެވެ. މީހަކު ދެކެ ލޯބިވާ ނަމަ، ނުވަތަ ނަފުރަތްތެރިވާ ނަމަ ލޯބިވާން ޖެހޭނީ ނުވަތަ ނަފުރަތްތެރިވާން ޖެހޭނީ ގެ ވަޖްހުފުޅަށް ޓަކައެވެ.

މީހެއްގެ ފަރާތުން ލިބިދާނެ ފައިދާއަކަށް ޓަކައި ނުވަތަ މީހެއްގެ ގައިގައި ހުރި މޮޅުކަމަކަށް ޓަކައި އެ  މީހަކު ދެކެ ލޯބިވުމަކީ އެހެން ބާވަތެއްގެ ރަޙުމަތްތެރި ކަމެކެވެ. ގެ ވަޖްހުފުޅަށް ޓަކައި މީހަކު ލޯބިވާ ލޯބިވުމުގެ ނަތީޖާ ފެންނާނީ އެ ކަމުގައި ހުރި އިޚުލާޞްތެރި ކަމެއްގެ ސަބަބުންނެވެ. މި ގޮތަށް އިޚުލާޞްތެރި ލޯތްބަކުން އަށް ޓަކައި ލޯބިވާ ދެ މީހުންނަށް ހުރި މަތިވެރި މަޤާމު ބަޔާންކޮށްދެއްވައި ރަސޫލުﷲގެފާނު ޙަދީސްކުރެއްވިއެވެ. ((ما مِن رَجُلينِ تحابّا في الله بظهرِ الغيبِ إلا كان أحبُّهُما إلى اللهِ أشدَّهما حُبّاً لصاحبِه[16] - ﷲގެ ވަޖްހުފުޅަށްޓަކައި އެކަކު އަނެކަކު ނެތްތާނގައި ދެ މީހަކު އެކަކު އަނެކަކު ދެކެ ލޯބިވި ނަމަ، އޭގެ ތެރެއިން އޭނާގެ ރަޙުމަތްތެރިޔާ ދެކެ ބޮޑަށް ލޯބިވި މީހާ މާތްގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ.))

މާތްއަށް ޓަކައި ލޯބިވާ ދެ އެކުވެރީން ތިބޭނީ ގެ ޙިމާޔަތާއި ރައްކައުތެރިކަމުގެ ދަށުގައެވެ. ރަސޫލުގެފާނު ޙަދީސްކުރެއްވިއެވެ. މާތް ވަޙީކުރެއްވިއެވެ.  ((قَد حَقَّتْ مَحَبَّى لِلَّذِين يَتحابُّون من أجْلَى[17]  - ތިމަންރަސްކަލާނގެ ވަޖްހުފުޅަށް ޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާ މީހުންނަށް ތިމަންރަސްކަލނާގެ ރުހިވޮޑިގަތުން ޙައްޤުވެގެން ވެއެވެ.))

 

މަރުޖާ:

[1]  - الزخرف: 67

[2]  -  أخرجه الترمذي (٢٣٩٠)، وأحمد (٢٢٠٨٠)، ومالك (٣٥٠٧)

[3]  - أخرجه النسائي في ((السنن الكبرى)) (١١١٧٢)، وابن حبان (٥٧٣)، وأبو أحمد الحاكم في ((الفوائد)) (٤٤)

[4]  - الزخرف : 67 - 70

[5]  - غافر: 18

[6]  - النجم: 26

[7] - البقرة: 255

[8]  - مجموع الفتاوى (13/ 205). 

[9]   - أخرجه البخاري (٦٥٧٣)، ومسلم (١٨٢)، وأحمد (١١١٢٧)

[10]  - الشعراء : 99 - 101

[11]  -  أخرجه الواحدي بإسناده في الوسيط (٣/ ٣٥٧)، والثعلبي في الكشف والبيان (٧/ ١٧٢) بإسناده أيضاً، عن جابر بن عبد الله رضي الله عنهما، وذكره البغوي في معالم التزيل (٦/ ١٢٠)، ولم يخرجه أحد من أصحاب الكتب التسعة

[12]  - تفسير القرطبي (13/ 116). 

[13] -    تفسير مقاتل بن سليمان (3/ 271). 

[14]  - أخرجه البيهقي في ((شعب الإيمان)) (9022)، وابن عساكر في ((تاريخ دمشق)) (73/377) 

[15]  -  أخرجه ابن أبي الدنيا في ((صفة الجنة)) (٢٤٢)، والبزار (٦٦٦٨)، والعقيلي في ((الضعفاء الكبير)) (٢/١٠٣

[16]  - أخرجه الطبراني في المعجم الأوسط (2/21/2/5412) (6/134/5275

[17]  - أخرجه أحمد (19438)، وعبد بن حميد في ((المسند)) (304)، والطبراني في ((المعجم الأوسط)) (9080) 

ކޮމެންޓު