އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
20 ޖުލައި 2026
ބީރު މީހަކީ އަޑުނީވޭ މީހާއެއްނޫނެވެ. އަޑު އިވުމުގެ ބާރު ލިބިފައިވާ ކިތަންމެ ބަޔަކު ހަނުތިބެއެވެ. ލޯކަނު މީހަކީ ފެނުމުގެ ބާރުނެތް މީހާއެއްނޫނެވެ. ލޮލަށް ފެންނަ ކިތަންމެ ބަޔަކު ކަނުވެގެން ތިބެއެވެ. ތިމާއަށް އެނގޭ ކަންކަމުގައްޔާއި ނޭނގޭ ކަންކަމުގައި ފަތުވާދޭ މީހުން އުޅޭ ގޮތަށެވެ. ކޮންމެ ކަމެއްގައި މާ ރަނގަޅުކަމަށް ހެދިގެން އުޅޭ މީހުން ފަދައިންނެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި ކޮންމެ އިންސާނަކަށް ވެސް ނުފެންނަ ދުޝްމަނަކު ވެއެވެ.
ނަފުސަކީ އޭގެ ވަށައިގެން ހިނގަމުންދާ ކަންތައްތައް ނެނގޭ ނަފުސެއް ނަމަ އެއީ ނުބައި ކަންތައްތަކަށް އަމުރުކުރާނެ އެއްޗެކެވެ. ބައެއް ފަހަރަށް އިވޭނެއެވެ. ފެންނާނެއެވެ. އަނެއްބައި ފަހަރަށް ނީވޭނެއެވެ. ނުފެންނާނެއެވެ. ކަމަކަށް ހިތްކިޔާ އިރު އޭގެ ނަތީޖާއަކީ ކޮބައިކަން އެނގޭ ނަފުސު އެ ކަމަށް ރައްކައުތެރިވާނެއެވެ. އަނެއްބައި ފަހަރަށް ނަފުސަކީ ދަޅަތަކަށް ހެއްލޭ އެއްޗެކެވެ. ފެނިގެން އިވިގެން އެ ކަމުގެ ނުބައިކަމުގެ ތެރެއަށް ވެއްޓިގެންދެއެވެ. އެ ކަމުގައި ހެޔޮ ކަމެއް ވާކަން އެނގި އެ ކަން ޙާޞިލުކުރާން މަސައްކަތްކުރާ މީހާއާއި އެ ކަމަށް ޓަކައި މަސައްކަތްނުކުރާ މީހާއާ އެއްވަރެއް ނުވާނެއެވެ. އޭނާ ވަގުތު ފާއިތުވެގެންދާ އިރު ވެސް ހުންނާނީ އުންމީދަށް އަޅުވެތިވެފައެވެ. ޖާހިލުކަމާއި ބިރުގަތުމާއި ދެފުށަށްކެނޑުމަކީ ނަފުސުގެ ކޮނޑަށް ބުރަ ބިލާހެކެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. )ذلِكَ بِأَنَّ اللَّهَ لَمْ يَكُ مُغَيِّرًا نِعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنْفُسِهِمْ وَأَنَّ اللَّهَ سَمِيعٌ عَلِيم - الانفال -53 – އެއީ ބަޔަކުމީހުންނަށް اللَّه ދެއްވައިފައިވާ نعمةއެއް، އެ ބަޔަކުގެ އަމިއްލަ نفسތަކުގައިވާ ކަންތައް އެ ބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާނދެން ހަމަކަށަވަރުން، އެކަލާނގެ ބަދަލެއްނުކުރައްވާނެއެވެ. އަދި ހަމަކަށަވަރުން، اللَّهއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.(
ތާރީޚުގެ ފަތްފުށްތަކުން ފެންނަ ގޮތުގައި ތަފާތު ޒަމާންތަކުގައި އުޅުނު ތަފާތު ގައުމުތަކުން ތަފާތު ދަރުސްތަކާއި ފިލާވަޅުތައް ލިބެއެވެ. ބައެއް ގައުމުތަކުގެ ހިތްތައް އީމާންކަމުން އަލިވެ އުޖާލާވުމުން ފަސާދައިގެ މަގުން އިސްލާޙުގެ މަގަށް ނުކުމެ ބާއްޖަވެރިވިއެވެ. އަނެއްބައި ޤައުމުތަކުގެ މީހުންގެ ހިތްތައް ކުފުރުގެ ސަބަބުން ކަނުވުމުން އެ މީހުންގެ ނިޢުމަތްތައް ނިގުޅައި ގެންނެވިއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. (لَقَدْ كَانَ لِسَبَإٍ فِي مَسْكَنِهِمْ آيَةٌ جَنَّتَانِ عَن يَمِينٍ وَشِمَالٍ كُلُوا مِن رِّزْقِ رَبِّكُمْ وَاشْكُرُوا لَهُ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ& فَأَعْرَضُوا فَأَرْسَلْنَا عَلَيْهِمْ سَيْلَ الْعَرِمِ وَبَدَّلْنَاهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَى أُكُلٍ خَمْطٍ وَأَثْلٍ وَشَيْءٍ مِّن سِدْرٍ قَلِيلٍ & ذَلِكَ جَزَيْنَاهُم بِمَا كَفَرُوا وَهَلْ نُجَازِي إِلَّا الْكَفُورَ& وَجَعَلْنَا بَيْنَهُمْ وَبَيْنَ الْقُرَى الَّتِي بَارَكْنَا فِيهَا قُرًى ظَاهِرَةً وَقَدَّرْنَا فِيهَا السَّيْرَ سِيرُوا فِيهَا لَيَالِيَ وَأَيَّامًا آمِنِينَ& فَقَالُوا رَبَّنَا بَاعِدْ بَيْنَ أَسْفَارِنَا وَظَلَمُوا أَنفُسَهُمْ فَجَعَلْنَاهُمْ أَحَادِيثَ وَمَزَّقْنَاهُمْ كُلَّ مُمَزَّقٍ إِنَّ فِي ذَلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ& وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَاتَّبَعُوهُ إِلَّا فَرِيقًا مِّنَ الْمُؤْمِنِينَ& وَمَا كَانَ لَهُ عَلَيْهِم مِّن سُلْطَانٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِالْآخِرَةِ مِمَّنْ هُوَ مِنْهَا فِي شَكٍّ وَرَبُّكَ عَلَى كُلِّ شَيْءٍ حَفِيظٌ& قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّهِ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ& - (سورة سبأ:15~22) - ހަމަކަށަވަރުން، سبإ ގެ أهل ވެރިން އުޅުނުތާނގައި، އެއުރެންނަށް ކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެއްވިއެވެ. (އެއީ) ދެ ބަގީޗާއެކެވެ. (އެ ރަށުގެ) ކަނާތްފަރާތުންނާއި، ވާތްފަރާތުންނެވެ. (އަންގަވާފަދައެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ދެއްވި رزق ން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް شكرވެރިވާށެވެ! (ތިޔަބައިމީހުންގެ ރަށަކީ) ރަނގަޅު، މޮޅު ރަށެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. (15) ދެން އެއުރެން (އެކަލާނގެ نعمة އަށް) ފުރަގަސްދިނޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު (އެބަހީ: سيل العرِم) ފޮނުއްވީމެވެ. އަދި އެއުރެންގެ ދެ ބަގީޗާގެ ބަދަލުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ އެހެން ދެ ބަގީޗާ ދެއްވީމެވެ. ކާން ނުކެރޭ ފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެތަންމިތާނގައި ވަރަށް މަދު ކުންނާރު ގަސްތަކެއް ހުރި ދެ ބަގީޗާއެވެ. (16) އެ ޖަޒާ އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވީ، އެއުރެން كافرވުމުގެ ސަބަބުންނެވެ. كافرވާ މީހުންނަށް މެނުވީ، ތިމަންރަސްކަލާނގެ އެފަދަ ޖަޒާ ދެއްވަމުހެއްޔެވެ؟ (17) އަދި ތިމަންރަސްކަލާނގެ އެ ރަށްތަކުގައި بركات ލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހައި ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގައި ހިނގައިބިނގައިވެއުޅުން ތިމަންރަސްކަލާނގެ މިންވަރުކުރެއްވީމެވެ. (ތިމަންރަސްކަލާނގެ އެއުރެންނަށް وحىކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ حال، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގައިބިނގައި ދަތުރުފަތުރުކޮށް އުޅޭށެވެ! (18) ފަހެ، އެއުރެން (دعاء ކޮށް) ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ދަތުރުތަކުގެ ދެމެދުތައް މިއަށް ވުރެން ދުރުކުރައްވައިފާނދޭވެ! އަދި އެއުރެން، އެއުރެންގެ އަމިއްލަ نفسތަކަށް އަނިޔާވެރިވޫއެވެ. ދެންފަހެ، އެއުރެންނީ (މީސްތަކުންގެ މެދުގައި) ދެކެވޭ ވާހަކަތަކެއްކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެތަންމިތަނަށް ތިމަންރަސްކަލާނގެ އެއުރެން ވަކިކުރައްވައި ވިއްސިވިހާލިކުރެއްވީމެވެ. ހަމަކަށަވަރުން، އެ ކަމުގައި ބޮޑަށް ކެތްތެރިވެ، ގިނަގިނައިން شكرވެރިވާ ކޮންމެ މީހަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. (19) ހަމަކަށަވަރުން، إبليس، އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، مؤمنންކުރެ ބަޔަކުމެނުވީ، އެ އެންމެން، إبليسއާ تبع ވޫއެވެ. (20) އަދި آخرةއަށް إيمانވާ މީހުންނާއި، آخرةއާ މެދު شكކަމެއްގައިވާ މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެން، އެ ކަން ހާމަކުރެއްވުމަށް ޓަކައި މެނުވީ، އެއުރެންގެ މައްޗަށް އެއްވެސް ބާރެއް، އެ إبليسއަކަށް ލިބިގެނެއް ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗެއްގެ މައްޗަށް މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. (21) ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް شريكކޮށް އުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ذرّއެއްގެ މިންވަރު ވެސް އެއުރެންނަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި އެ ދެ ތާނގައި އެއުރެންނަކަށް ބައިވެރިވުމެއް ވެސްނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެޔަކުން ނުވެތެވެ. )