ad_banner
އިސްލާމީ ޔުނިވަރސިޓީގައި އާ ކޯސްތަކެއް! ޖުލައި 30ގެ ނިޔަލަށް ބައިވެރިވެވޭނެ.

އަބާ މުޙަންމަދު

16 ޖުލައި 2026

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދުވެލި އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ހަލުވިވަމުންނެވެ. އެ ޔުނވަރސިޓީގެ ޒުވާން ގާބިލު އިދާރިއްޔަތުގައި ތިއްބެވި ޢީލްމީ ބޭފުޅުންގެ ކަށަވެތިކަމުގެ ސަބަބުންނެވެ. މި ޔުނިވަރސިޓީއިން ކުރައްވާ ބުރަ މަސައްކަތްތަކުގެ ވާހަކަ ދޭތެރެދޭތެރެއިން [ފަރަގު]ގައި ގެނެސްދެވެނީ އެ ޔުނިވަރސިޓީއަށް އަދާކުރެވޭ ތަޝައްކުރެއްގެ ބޮޑުކަމުންނެވެ.

އަނެއްކާ މި ވަނީ އާ ފިޔަވަޅެއް އެ ޔުނިވަރސިޓީއިން އަޅުއްވައިފައެވެ. އިތުރު ތިން ކޯހެއް ފަރުމާކުރައްވައި ތަޢާރަފުކުރެއްވީއެވެ. އަދި އެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުވައިވެސްލެއްވީއެވެ. (އައިޔޫއެމް)އިން އާ ތިން ކޯސް ތައާރަފްކޮށް، ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވައިލައްވައިފައެވެ.

އިސްލާމީ ޔުނިވަރސިޓީއިން އަލަށް ތައާރަފުކުރެއްވި ތިން ކޯހަކީ [މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ބޭންކް އިން ފައިނޭސިންގ]އާއި، [މާސްޓާސް އޮފް ސައިންސް އިން އިންފޯމޭޝަން ސިސްޓަމްސް އެންޑް ޑާޓާ ސައިން]އާއި [އެޑްވާންސް ސެޓްފިކެޓް އިން ސުންނާ ސްޓަޑީޒް]އެވެ.

މި ތިން ކޯހުގައި ވެސް ބައިވެރިވުމުގެ ފުރުސަތު އޮންލައިނުކޮށް ވެސް ވަނީ ހުޅުވައިލައްވައިފައެވެ. ކޯސްތަކުގެ ކިޔެވުން ކުރިއަށް ގެންދަވާނީ އޮފީސްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ވެސް ދަތިނުވާނެ ގޮތަކަށް ހަވީރާއި ރޭގަނޑުގެ އިރާކޮޅުގެ ވަގުތުތަކުގައެވެ. ކޮންމެ ކޯހެއްގައިވެސް 20 ފުރުސަތު ހުޅުވައިލައިފައިވާނެކަމަށާއި ނަމަވެސް އިމްތިޙާނުހަދާން ކުލިއްޔާއަށް ހާޒިރުވާންޖެހޭނެކަމަށް އިސްލާމީ ޔުނިވަރސިޓީއިން ހާމަކުރައްވައެވެ.

އޭގެ އިތުރަށް އެޑްވާންސް ސެޓްފިކެޓް އިން ސުންނާހ ސްޓަޑީޒް ކޯހަކީ [ރާއްޖޭގައި ސުންނަތުގެ ދާއިރާއިން ކިޔަވާން ބޭނުންވާ ދަރިވަރުންނަށް އެ ކަމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޔުނިވަރސިޓީގެ ފަރާތުން ތައާރަފުކުރާ ކޯހެއް]ކަމަށާއި މި ކޯހުގައި އުނގަންނައިދޭނީ ރަސޫލާ(ޞ)ގެ ސުންނަތާ ގުޅޭ އެކިއެކި މާއްދާތަކުންކަމަށް އެނގިފައިވެއެވެ. މި ފަދަ މާއްދާތަކުގެ ތެރޭގައި ކީރިތި ރަސޫލާގެ ސިޔަރަތާއި ސުންނަތާ ގުޅުން ހުރި އެކި ފޮތްތަކާއި އެ ފޮތްތަކަށް މައުލޫމާތު އައިސްފައިވާ ގޮތާއި އަދި ސުންނަތާ ގުޅޭ ކަންކަމުގައި އަމަލުކުރާގެ ގޮތާއި، ސުންނަތާ މެދު ކަންކުރާނެ ގޮތާއި ސުންނަތް ދިފާއުކުރާނެ ގޮތް ވެސް އުނގަންނައިދެއްވާނެއެވެ. މީގެ އިތުރަށް ސުންނަތް ކިޔަވާ އިރު، އެހީއެއްގެ ގޮތުން އަރަބި ބަސް ވެސް އުނގަންނައިދޭން ވަނީ ހަމަޖައްސަވައިފައެވެ.

ބައިވެރީން ހާޒިރުވެގެން ކިޔަވައިދޭން ނިންމަވައިފައިވަނީ އައިޔޫއެމްގެ މައި ކެންޕަހުގައެވެ. ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލްގެ ތިން ފާސް އޮންނާންޖެހެއެވެ.

މާލޭގައި ހުންނަ އެ ޔުނިވަރސިޓީގެ މައި ކެންޕަހުގެ އިތުރަށް، ޅ. ނައިފަރާއި، ތިނަދޫ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީއާއި، އައްޑޫ މީދޫ އާއި އައްޑޫ މަރަދޫފޭދޫ ކެންޕަސްތަކުގައި ވެސް ކިޔަވައިދިނުން ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ކޯސްތައް ފަރުމާކުރެވިފައި މި ވަނީ ބޮޑެތި ހުރިހައި ސިޓީތަކެއް ޝާމިލުވާ ގޮތަށެވެ.

ކޯސްތަކުގައި ބައިވެރިވާން ވެސް ވަރަށް ފަސޭހައެވެ. ކޯހަށް ވަންނާން އެދޭ ފޯމު ފުރިހަމަ ކޮށްފައި އައިޑީކާޑުގެ ސާފު ކޮޕީއަކާއި ޕާސްޕޯޓު ސައިޒުގެ ފޮޓޯ ހުށައެޅީމާ އެ ނިމުނީއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅު ނަމަ ވެސް މަޑުކުރައްވާނެކަމެއް ނެތެވެ. އެ ޔުނިވަރުސިޓީގެ އީމޭލު އެޑުރެހަށް މޭލުކޮށްގެންނާއި އަވަހަށް ގުޅޭ ނަންބަރު (ހޮޓުލައިން) 1405އާ ގުޅައިލުމުން ވެސް ހުރިހައި ކޯސްތަކާ ބެހޭ ހުރިހައި މައުލޫމާތެއް ލިބޭނެއެވެ. އެކަމަކު އެއް ކަމެއް ހަނދާންބަހައްޓާން ޖެހޭނެއެވެ. މިއިން ކޯހެއްގައި ބައިވެރިވާން އެދޭ ނަމަ، 2026 ޖުލައި 30ގެ ނިޔަލަށް ނުވަތަ އޭގެ ކުރީން ފޯމު ހުށައަޅާން ޖެހޭނެއެވެ.

މި ކޯސްތަކާ ގުޅޭ މަޢުލޫމާތު އާންމުކުރެއްވީ އިއްޔެ އެ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖުމަންޓް ސްޓަޑީޒްގެ ޑީން ޑރ. މުހައްމަދު ޒާހިރާއި، ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނަގެ ޑީން މުހައްމަދު މަންސޫރާއި، އެކަޑަމިކް އެފެއާޒްގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ވަހީދާއި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ބިން ސަޢީދު ޤަސިމެވެ.

(ފޮޓޯތައް: އިސްލާމީ ޔުނިވަރސިޓީގެ އެފުބީ ސަފުހާއިން)

 

ކޮމެންޓު