ad_banner
الفاتحة ސޫރަތުގެ އަކުރުތަކުގެ ފަރުމާ (6)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

15 ޖުލައި 2026

(2026 ޖުލައި 08ގެ އަދަދާ ގުޅޭ)

އިތުރަށް ވިސްނާން

سورة الفاتحة ގައި މުޤައްޠަޢާތުގެ ހުރިހާ އަކުރުތަކެއް ހިމެނެއެވެ. މިއަކުރުތަކުގެ  އަދަދަކީ 14  އެވެ. އެއީ  7 × 2އެވެ.

މި ސޫރަތުގައި މުޤައްޠަޢާތު ނޫން އަކުރުތަކުން 7 އަކުރެއް ހިމެނެއެވެ. އަދި އަލިފުބާގެ އަކުރުތަކުން 7 އަކުރެއް ނުހިމެނިވެއެވެ.

އަކުރު

އަލުފުބާ ތަރުތީބު

 ތަފުސީލު

ث

4

މުރައްކަބު އަދަދެއް

ج

5

 

 

ފުރައަދަދުތަކެއް

خ

7

ز

11

ش

13

ظ

17

ف

20

މުރައްކަބު އަދަދެއް

 

 

 

 

 

 

 

 

 

 

ފުރަތަމަ އަކުރަކީ މުރައްކަބު އަދަދެކެވެ.

މިއަދަދާ ވިދިގެން އައި ފަސް އަކުރަކީ ފުރައަދަދުތަކެކެވެ.

އެއާ ވިދިގެން އައި އެންމެ ފަހު އަދަދަކީ މުރައްކަބު އަދަދެކެވެ.

-      ޙަޤީޤަތަށް ބަލާ އިރު، ފުރައަދަދު 7ގެ ވަނައަކީ 4އެވެ.

-      ފުރައަދަދު 71  ގެ  ވަނައަކީ 20 އެވެ.

-      ވީމާ 7 + 71 = 78  މިއީ ޤުރްއާނުގައި އައިސްފައިވާ މުޤައްޠަޢާތު އަކުރުތަކުގެ  ޖުމުލައެވެ.

  الباءގެ ތަރާނާ

سورة الفاتحة ފެށިފައިވަނީ الباءއިންނެވެ. މި ސޫރަތުގައި ހަތަރު ކަލިމައެއްގައި މިއަކުރު އައިސްފައިވެއެވެ. އެއީ :-

بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ (2) الرَّحْمَنِ الرَّحِيْمِ (3) مَالِكِ يَوْمِ الدِّيْنِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْنُ (5) اِهدِنَا الصِّرَاطَ الْمُسْتَقِيْمَ (6) صِرَاطَ الَّذِيْنَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّالِّيْنَ (7)

 މި ހަތަރު ކަލިމައަކީ : بسمربنعبدالمغضوب

މިސޫރަތުގައި މި ކަލިމަތަކުގެ ތަރުތީބަކީ : 1 – 7 – 15 – 26 އެވެ.

بِسْمِ1 اللَّهِ الرَّحْمَنِ الرَّحِيْمِ (1) الْحَمْدُ لِلَّهِ رَبِّ7 الْعَالَمِيْنَ (2) الرَّحْمَنِ الرَّحِيْمِ (3) مَالِكِ يَوْمِ الدِّيْنِ (4) إِيَّاكَ نَعْبُدُ15 وَإِيَّاكَ نَسْتَعِيْنُ (5) اهدِنَا الصِّرَاطَ الْمُسْتَقِيْمَ (6) صِرَاطَ الَّذِيْنَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوْبِ26 عَلَيْهِمْ وَلَا الضَّالِّيْنَ (7)

 މި ކލިމަތަކުގެ ވަޅުތަކުގެ ޖުމުލައަކީ 1 + 7 + 15 + 26 = 49 މި އަދަދު = 7 × 7

ހައިރާންކުރަނިވި އެތުރުމެއް

سورة الفاتحةގައި الباء ވާރިދުވެފައިވަނީ ވަރށް ހައިރާންކުރުވަނިވި އެތުރުމެއްގައެވެ.ބަލާށެވެ!

بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ (2) الرَّحْمَنِ الرَّحِيْمِ (3) مَالِكِ يَوْمِ الدِّيْنِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْنُ (5) اِهدِنَا الصِّرَاطَ الْمُسْتَقِيْمَ (6) صِرَاطَ الَّذِيْنَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّالِّيْنَ (7)

-    ފުރަތަމަފަހަރު އައިސްފައި މި ވަނީ (بِسْمِ) މި ކަލިމައިގެ ފުރަތަމަ އަކުރުގެ ގޮތުގައެވެ.

-    ދެވަނަފަހަރު އައިސްފައި މި ވަނީ (رَبِّ) މ ކަލިމައިގެ ދެވަނަ އަކުރުގެ ގޮތުގައެވެ.

-    ތިންވަނަ ފަހަރަށް އައިސްފައި މިވަނީ (نَعْبُدُ) މި ކަލިމައިގައި ތިންވަނައަކުރުގެ ގޮތުގައެވެ.

-    ހަތަރުވަނަ ފަހަރަށް އަދި އެންމެ ފަހު ފަހަރަށް އައިސްފައި މިވަނީ (الْمَغْضُوبِ) މި ކަލިމައިގައި 7 ވަނަ އަކުރުގެ ގޮތުގައެވެ.

-    7އަކީ ފުރައަދަދެކެވެ. މި އަދަދަކީ ފުރައަދަދު ލިސްޓުގެ 4ވަނަ އަދަދެވެ.

-    ހަތަރުވަނައަށް އައިސްފައިވާ މި އަކުރުގެ ވަނައަކީ އާޔަތުގެ ނިމޭކޮޅުން 16އެވެ. އެއީ  4 × 4  އެވެ. އާޔަތުގެ ފެށޭކޮޅުންނަމަ އެއީ 29ވަނަ އަކުރެވެ.

ވިސްނާށެވެ!

الباءއަކީ އަލިފުބާ ތަރުތީބުން 2 ވަނަ އަކުރެވެ. سورة الفاتحةގައި މި އަކުރު އައިސްފައިވަނީ ސޫރަތުގެ ފެށޭ ކޮޅުން 128ވަނައަށެވެ. އެއީ = 2 × 2 × 2 × 2 × 2 × 2 × 2 އެވެ. އެބަހީ الفاتحةގެ އާޔަތްތަކާ އެއް ވަރަށް 2 އާ 2 އާ ގުނަކޮށްފައެވެ.

 الباء އޮތް ތަން

-      އަލިފުބާ ތަރުތީބުން الباء އަކީ 2 ވަނައަކުރެވެ. سورة الفاتحة ގައި މި އަކުރު 4 ތަނެއްގައި އައިސްފައި ވެއެވެ. އެއީ 2 × 2 އެވެ.

މި އަކުރު އޮތް ތަނަށް ރަނގަޅަށް ބަލައިލަމާ ހިނގާށެވެ!

-    ފުރަތަމަ ތަނަކީ ސޫރަތް ފެށޭކޮޅުން 1 ވަނަ އަކުރެވެ.

-    ދެވަނަ ތަނަކީ ސޫރަތް ފެށޭކޮޅުން 29 ވަނަ އަކުރެވެ.

-    ތިންވަނަ ތަނަކީ ސޫރަތް ފެށޭކޮޅުން 68 ވަނަ އަކުރެވެ.

-    ހަތަރުވަނަ ތަނަކީ ސޫރަތް ފެށޭކޮޅުން 128 ވަނއަކުރެވެ.

-    މި ސޫރަތުގައި މި އަކުރު އޮތް ތަންތަނުގެ ޖުމުލައަކީ  226 އެވެ. އެއީ 113 × 2 އެވެ. 2 އަކީ ސޫރަތުގެ ތަރުތީބު ބަޔާންކޮށްދޭ އެންމެ ކުޑަ ފުރައަދަދެވެ.113 އަކީ ޤުރްއާނުގެ ސޫރަތްތަކުގެ އަދަދު ބަޔާންކޮށްދޭ އެންމެ ބޮޑު ފުރައަދަދެވެ. މި އަދަދަށް الباء ގެ އަލިފުބާ ތަރުތީބީ ވަނަ އެއްކޮށްފިނަމަ ޖުމުލަ ވަނީ 228 އަށެވެ. އެއީ 114 × 2 އެވެ. 114 އަކީ ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ. 

ސޫރަތުގެ ނިމޭ ކޮޅުން الباءގެ ތަރުތީބު

-      ސޫރަތުގެ ނިމޭކޮޅުން ބަލާ ނަމަ، ފުރަތަމަ الباءގެ ތަރުތީބީ ވަނައަކީ 143އެވެ.

-      ސޫރަތުގެ ނިމޭކޮޅުން ބަލައިފި ނަމަ ދެވަނަ الباءގެ ތަރުތީބީ ވަނައަކީ 115އެވެ.

-      ސޫރަތުގެ ނިމޭ ކޮޅުން ބަލާ ނަމަ، ތިންވަނަ الباء ގެ ތަރުތީބީ ވަނައަކީ 76 އެވެ.

-      ސޫރަތުގެ ނިމޭ ކޮޅުން ބަލާ ނަމަ،  ހަތަރުވަނަ  الباءގެ ތަރުތީބީ ވަނައަކީ 16 އެވެ.

-      ޖުމުލައަކީ 350 އެވެ. އެއީ  7 × 7 × 7 + 7

 الميم އިން ނިމޭ 7 ކަލިމަ

السبع المثاني ސޫރަތަށް ބަލައިފިނަމަ މި ސޫރަތުގައި الميم (މި) އަކުރަށް ނިމޭ 7 ކަލިމަ އޮތް ތަން ފެންނާނެއެވެ. މި ކަން ފާހަގަކޮށްފައިވާ ގޮތަށް ބަލާށެވެ!

بِسْمِ1 اللَّهِ الرَّحْمَنِ الرَّحِيْمِ4 (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ (2) الرَّحْمَنِ الرَّحِيْمِ10 (3) مَالِكِ يَوْمِ12 الدِّيْنِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْنُ (5) اِهدِنَا الصِّرَاطَ الْمُسْتَقِيْمَ20 (6) صِرَاطَ الَّذِيْنَ أَنْعَمْتَ عَلَيْهِمْ24 غَيْرِ الْمَغْضُوبِ عَلَيْهِمْ27 وَلَا الضَّالِّيْنَ (7)

މި ކަލިމަތަކުގެ ޖުމުލައަކީ : 1 + 4 + 10 + 12 + 20 + 24 + 27 = 98

އެއީ 7 × 7 × 2 އެވެ.

މި ސޫރަތުގައި الميم (މި) އަކުރަށް  ނުނިމޭ ދެ އާޔަތެއް ވެއެވެ. އެއީ 2ވަނަ އާޔަތާއި 5ވަނަ އާޔަތެވެ. މި ދެ އާޔަތުގެ ތަރުތީބީ ވަނައިގެ ޖުމުލައަކީ 2 + 5 = 7 އެވެ.

މި ހިސާބުން އަދި ނިންމައިލެވޭކަށް ނެތެވެ.

السبع المثاني ސޫރަތުގައި الميم (މި) އަކުރު އޮތް ކިތައް ކަލިމަ އެބަ އޮތް ހެއްޔެވެ؟

14 ކަލިމައެވެ. އެއީ  7 × 2 އެވެ.

ހަތެއްގެ ތަރާނާއަކީ މީމަށް ޚާއްޞަކަމެއްނޫނެވެ. މި ސޫރަތުގައި ވާރިދުވެފައިވާ ހުރިހައި އަކުރުތަކަކުން ވެސް  މި ތަރާނާ ފެނެއެވެ. މި ސޫރަތުގައި އޮތީ 21އަކުރެވެ. އެއީ 7 × 3 އެވެ.

އިތުރު މިސާލަކަށް النون ނަގާނަމެވެ. السبع المثاني ސޫރަތުގައި النونއަށް ނިމޭ 7 ކަލިމައެއް ވެއެވެ. ބަލާށެވެ!

بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ (1)  الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ (2)  الرَّحْمَنِ الرَّحِيْمِ (3)  مَالِكِ يَوْمِ الدِّيْنِ (4)  إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْنُ (5)  اِهدِنَا الصِّرَاطَ الْمُسْتَقِيمَ (6)  صِرَاطَ الَّذِيْنَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّالِّيْنَ (7)

سورة الفاتحة  ނުވަތަ السبع المثاني ސޫރަތުގައި الميم އަށް ނިމިފައިވަނީ 7 ކަލިމައެކެވެ. އަދި النون އަށް ނިމިފައިވަނީ ވެސް 7 ކަލިމައެކެވެ.

الميمއަކީ އަލިފުބާ ތަރުތީބުގައި 24ވަނަ އަކުރެވެ. النونއަކީ 25 ވަނަ އަކުރެވެ.

 މި ދެ އަކުރުގެ އަލިފުބާ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ  24 + 25 = 49  = 7 × 7

 ހަމަ އެކަނި އާޔަތް سورة الفاتحةގެ ހަތް އާޔަތުގެ ތެރޭގައި النون ށް ނުނިމޭ ހަމައެކަނި އާޔަތަކީ اهدِنَا الصِّرَاطَ الْمُسْتَقِيْمَ (6) އެވެ.

މި އާޔަތުގައި އޮތީ 19 އަކުރެވެ. މި އާޔަތުގެ ވަނައަކީ 6އެވެ. ވީމާ ޖުމުލައަކީ 25އެވެ. އަލިފުބާގެ އަކުރުތަކުގައި النونގެ ވަނައަކީ 25އެވެ.

މިއާޔަތުގައި އޮތީ 3 ކަލިމައެވެ. 19 އަކުރެވެ. އާޔަތުގެ ވަނައަކީ 6އެވެ. ވީމާ ޖުމުލައަކީ 28އެވެ. މިއީ އަލިފުބާ އަކުރުތަކުގެ ޢަދަދެވެ. އަދި އެއީ 7 × 4  އެވެ.

 (ނިމުނީ)

ކޮމެންޓު