ad_banner
ޝައިޠާނީ ކަނީސާ (18)

އަޙުމަދު ފަޔާޒު ޙަސަން

8 ޖުލައި 2026

2026 ޖޫން 29ގައި ޝާއިޢުކުރެވުނު އަދަދާ ގުޅޭ)

"ދޮގު ނަންތައް ބޭނުންކުރުމުގެ ޚާއްޞަ މަކަރާ މެދު ވިސްނައިލާށެވެ. މި ކަމަކީ، ސިއްރުސިއްރުން ފިރުކިގެން ތަންތަނަށް ވަނުމުގެ އަމަލެކެވެ. އެއްވެސް ލަދުޙަޔާއެއް ނެތި މޫނުމައްޗެއްގެ ގޮތުގައި އެ މީހުން ދޮގު ނަމެއް ބޭނުންކޮށްފާނެއެވެ. އެއީ، އެ މީހުންގެ ދޮގު ނަމުގެ ބަދަލުގައި އެ މީހުން އަޞްލު ނަން އޭގެ އަހަރެއް، ނުވަތަ ދެ އަހަރެއް ފަހުން ބޭނުން ކުރެވިއްޖެ ނަމަ، އެއީ އެ މީހުންނަށް ކުރެވޭ އިހާނެތިކަމެއްކަމުގައި ދެކޭ މީހުންނެވެ." 

ބައެއް ޔަހޫދީން އެ މީހުންގެ ނަންތައް އެއް ގޮތަކަށް ވެސް ބަދަލުކުރާން ނުޖެހޭ ސަބަބު ހާމަކުރަމުން އޭނާ ކުރިއަށްދިޔައެވެ. ސަބަބަކީ، އެ މީހުން އިނގިރޭސިވިލާތުގެ މަތީ ފަންތީގެ އަންހެނުންނާ ކައިވެނިކުރުމެވެ. މި ގޮތުން އޭނާ ބަޔާންކުރިއެވެ.

"އެއީ ވަރަށް ފުޅާ ދާއިރާއަކަށް ފެތުރިގެންދިޔަ ކައިވެނިކުރުމުގެ އޮއިވަރެކެވެ. އެއީ އެއް ޒަމާނެއްގައި މި ޤައުމުގެ މަތީ ފަންތީގެ ސަރަޙައްދީ ޢާއިލާތަކެއްގެ މެންބަރުންނާއި، އަދި ޔަހޫދީންގެ ބޮޑެތި ވިޔަފާރި ޢާއިލާތަކުގެ މެންބަރުންނާ ދެމެދުގައި ކުރެވުނު ކައިވެނިތަކެވެ.

މިކަން ފެތުރިފައިވާލެއް ބޮޑުކަމުން، އިނގިރޭސި މަތީ ފަންތީގެ ޢާއިލާތަކުގެ މީހުން އެހެން ޤައުމުތަކަށް ދަތުރުކުރުމުން، އަދި ޔަހޫދީންގެ ލޭ އެ މީހުންގެ ތެރެއަށް ފޭދިފައިނުވާ އެ ޤައުމުތަކުގެ ދެވަނަ ދަރަޖައިގެ މީހުން (ޖެންޓުރީ) އެ ޢާއިލާތަކުގެ މީހުންނާ ދޭތެރޭގައި ދެކެނީ އެއީ ޔަހޫދީން ކަމުގައެވެ."

1924ގައި ޖޯޖިއާގެ ރަށްވެއްސެއްކަމުގައިވާ ޖޯސެފު ސުޓާލިން (Joseph Stalin)، ސޮވިއެޓު ޔޫނިއަންގެ ބޮޑުވަޒީރުކަމުގައި އައްޔަންވިއެވެ. ޖޯސެފު ސުޓާލިންގެ ޙަޤީޤީ ނަމަކީ ޖުގަޝްވިލީ (Djugashvili) އެވެ. މިއީ ޖޯރޖިއާ ބަހުން "ޝްވިލީ" (shvili)ގެ މާނައަކީ، މިވެނި މީހެއްގެ ދަރި އެވެ. އަދި "ޖުގަ" (Djuga)ގެ މާނައަކީ ޔަހޫދީއެވެ. އޭނާގެ ޙަޔާތުގައި ސުޓާލިން ތިން އަނބީން ވެސް ލިބިގަތެވެ. މި ހުރިހައި އެންމެންނަކީ ވެސް ޔަހޫދީންނެވެ. ޔަހޫދީންނާ އިދިކޮޅު ކަންތައްތައް ހިންގާ މީހުން މެރުމަށް ޙުކުމްކުރެވޭ ޤާނޫނެއް ސުޓާލިންގެ ބޮޑުވަޒީރުކަމުގައި ފާސްކުރެވުނެވެ.

"ބިއުރޯ އޮފު އިންވެސްޓިގޭޝަން" (ބީ.އޯ.އައި.)، ފަހުން 1935ގައި "ފެޑެރަލް ބިއުރޯ އޮފު އިންވެސްޓިގޭޝަން" (އެފު.ބީ.އައި.)އަށް ބަދަލުވި އިދާރާގެ ޑިރެކުޓަރުކަމަށް ޖޭ. އެޖަރ ހޫވަރ (J. Edgar Hoover) މެއި 10ގައި އައްޔަން ކުރެވުނެވެ. 1972ގައި އޭނާ މަރުވަންދެން އެ އިދާރާގެ ޑިރެކުޓަރުކަމުގައި އޭނާ ދެމިހުއްޓެވެ. ހޫވަރއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެކެވެ.

"ޔޫ ޖެންޓައިލްސް" (ތިބާ ޔަހޫދީ ނޫން މީހުން) މި ފޮތުގައި މޯރިސް ސެމިއުލް (Maurice Samuel)، އޭނާގެ ޤައުމުގެ މީހުން، ޔަހޫދީންނާ މެދު ތިރީގައިވާ ގޮތަށް ބަޔާން ކޮށްފައިވެއެވެ.

"އަހަރެމެން ޔަހޫދީންނަކީ ކަންކަން ހަލާކުކުރާ މީހުންނެވެ. އަދި އެ ގޮތުގައި އަހަރެމެން ދެމި ތިބޭނަމެވެ. ސަބަބަކީ، އަހަރެމެން ބޭނުންވަނީ އަހަރެމެންގެ އަމިއްލަ ދުނިޔެއެއްކަމުގައިވާތީއެވެ."

1922 އިން ފެށިގެން މޯރިސް ސެމިއުލް މަސައްކަތްކުރީ ދުނިޔޭގެ ޒަޔަނިސްޓު ޙަރަކާތުގެ ލީޑަރު ކަމުގައިވާ ކެއިމް ވައިޒްމަން ގެ ސެކުރެޓަރީ އެއްގެ ގޮތުގައެވެ.

"ދަ ޖުވިޝް ކުރިއަރ" ގެ ޖެނުއަރީ 17 ވަނަ ދުވަހުގެ އަދަދުގައި އޮތެވެ.

"އެމީހުން ދިރިއުޅޭ ޤައުމުތަކުގެ އާދަކާދަތަކާއި، އެމީހުންގެ ބަސް ޔަހޫދީން ބަލައިގެންފާނެއެވެ. ނަމަވެސް އަހުލުވެރި އާބާދީގެ ބައެއްގެ ގޮތުގައި އެމީހުން ދުވަހަކުވެސް ނުވާނެއެވެ."

އޭނާ ލިޔުނު، މި އަހަރު ޝާއިޢުކުރެވުނު "ސީކުރެޓު ސޮސައިޓީޒް އެންޑު ސަބްވާރސިވު މޫވުމަންޓުސް" (ސިއްރު ޖަމާއަތްތަކާއި، ސަރުކާރުތައް ވައްޓާލުމުގައި ޙަރަކާތްތެރިވާ ޖަމާއަތްތައް) މި ފޮތުގައި ނެސްޓަރ ވެބްސްޓަރ، ޔަހޫދީ ދީނާ މެދު ލިޔުނެވެ.

"އެމީހުންނަކީ ޚިޔާރުކުރެވިފައިވާ މީހުންކަމަށާއި، އަދި އާޚިރުގައި އެމީހުން މުޅި ދުނިޔޭގެ ވެރިކަން ކުރާންޖެހޭނެ ކަމަށް ޔަހޫދީންގެ ކިބައިގައިވާ މަފުހޫމަކީ ޙަޤީޤަތުގައި ރައްބާނީ ޔަހޫދީ ދީނުގެ ބިންގަލެވެ. އެދީނުގެ ގޮތްތައް ޔަހޫދީ ދީނުން މިހާރު ނެރެނީ ބައިބަލަށްވުރެ ބޮޑަށް ތަލްމޫދުންނެވެ."

އެޑުމަންޑު ޑި ރޮތުސްޗައިލްޑު، "ދަ ޕެލެސްޓައިން ޖުވިޝް ކޮލޮނައިޒޭޝަން އެސޯސިއޭޝަން" (ޔަހޫދީން ފަލަސްޠީނު އިސްތިޢުމާރު ކުރުމުގެ ޖަމާއަތް)، މިއަހަރު އުފެއްދިއެވެ. މި ޖަމާއަތުން ފަލަސްޠީނުގެ ބިމުން 000،125 އޭކަރުގެ ބިން ގަތެވެ. މިތަނުގައި އެތައް ވިޔަފާރިތަކެއް ޤާއިމް ކުރުމާއިގެން އޭނާ ކުރިއަށްދިޔައެވެ.

ބައިތުލްމަގުދިސްގެ ޝާރޭ ޒެޑެކު ހޮސްޕިޓަލުން ނުކުމެގެން ދަނިކޮށް، ޒަޔަނިސްޓު މީހެއްކަމުގައިވާ އަވުރަހަމް ޓަހޯމީ (Avraham Tahomi)، ޖުލައި 01 ގައި ޑރ. ޔާކޯވު ޔިސްރާއިލް ދެހަން (Yaakov Yisrael Dehan) މަރާލިއެވެ. ޑރ. ޔާކޯވު މަރާލުމުގެ ސަބަބަކީ، އޯރތޮޑޮކުސް ލީޑަރުންތަކެއްގެ ވަފުދަކާއި، ޢުރުދުންގެ ރަސްގެފާނު އަބްދުﷲ އިސްވެ ހުންނަވައިގެން އަރަބި ޒަޢީމުންތަކަކާއެކު ބޭއްވުނު ބައްދަލުވުމެއް އިންތިޒާމް ކުރުމުގައި ޑރ. ޔާކޯވު ޝާމިލު ވެފައިވާތީއެވެ.

1925 ގައި ޖުވިޝް އިންސައިކުލޮޕީޑިއާ ބުނި ގޮތުގައި އަސްކެނާޒީ ޔަހޫދީންނަކީ މުޅި ދުނިޔޭގައިވާ ޔަހޫދީންގެ ތެރެއިން ގާތްގަނޑަކަށް %90 ޔަހޫދީންނެވެ. އެލިޔުމުގައި ވާގޮތުގައި، ޔަހޫދީންގެ ނަސްލު އަޞްލުގައި މިހާރު ތަމްސީލުކުރަނީ ޔަހޫދީންގެ ދުޝްމަން ކަމުގައިވާ ބުނެވޭ އީސޯ (Esau) އެވެ. އެޑޮމް (Edom) ވެސް މިމީހުންނަށް ކިޔައެވެ.

އިނގިރޭސިވިލާތުގެ މުދާ އުފައްދާ މީހެއް ކަމުގައިވާ ވޯލްޓަރ ކުރިކު (Walter Crick) "ނޯރތޭމްޓަން ޑެއިލީ އެކޯ" ކިޔާ ނޫހުގައި މާރޗް 19 ގައި ބުނެފައިވެއެވެ.

"މާލީ ވަސީލަތްތަކުގެ ބޭނުންހިފައިގެން ޔަހޫދީން ކަންކަން ފަނާކޮށްފާނެއެވެ. ޔަހޫދީންނަކީ ބައިނަލްއަގުވާމީ ބަޔެކެވެ. ދަރަންޏަށް ދިނުމާއި މާލީ އެންމެހައި ކަންކަން މި ޤައުމުގައި ވަނީ އިނގިރޭސިންގެ އަތްމައްޗަކު ނޫނެވެ. ނަމަވެސް ޔަހޫދީންގެ އަތުގައެވެ. އެމީހުންގެ ކަންތައް ވެފައިވަނީ އިނގިރޭސި އެމްޕަޔަރަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ނުރައްކާ ކަމުގައެވެ."

ލަންޑަންގެ "މޯރނިންގ ޕޯސްޓު" ދުވަހު ނޫހުގައި ޖޯރޖު ބާނަރޑު ޝޯ (George Bernard Shaw)، ޑިސެމްބަރ 03 ގައި ބުނެފައިވެއެވެ.  

"ޙަޤީޤީ ދުޝްމަނަކީ މިއީއެވެ. އެއީ އިރުމަތިން ވަދެގަނެގެން އުޅޭ މީހާއެވެ. ދުރޫޒް މީހާއެވެ. ބަދަވީ މީހާއެވެ. ނާޖާއިޒު ފައިދާނަގާ އިރުމަތީގެ މީހާއެވެ. އެއްބަހުން ބުނާކަމަށްވާނަމަ، ޔަހޫދީއެވެ."

1926 ގައި "އަންޑަރގްރައުންޑު އިލެކުޓުރިކު ރެއިލްވޭޒް ކޮމްޕެނީ އޮފު ލަންޑަން ލިމިޓެޑު" ހިންގުމަށް "އެން.އެމް. ރޮތުސްޗައިލްޑު އެންޑު ސަންސް" އިން އަލުން ފައިސާ ދިނެވެ. މި ކުންފުންޏަކީ މުޅި ލަންޑަންގެ ބިމު އަޑީގެ ދަތުރުފަތުރުގެ ނިޒާމްގެ، އަޣުލަބިއްޔަތުގެ ޙިއްސާއެއް ލިބިފައިވާ ކުންފުންޏެކެވެ.

ޔަހޫދީއެއް ކަމުގައިވާ ޑޭވިޑު ސާރނޮފު (David Sarnoff) އެމެރިކާގެ ފުރަތަމަ ރޭޑިއޯ ވިއުގަ އާރ.ސީ.އޭ. (RCA) ކުންފުނީގެ ޚިދުމަތެއްގެ ގޮތުގައި ފަށައިގަތެވެ. މީނާ ފަހުން ކުލަ ޓީވީ އުފެއްދުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ. އަދި ކޭބަލް ޓީވީގެ އެންމެ ބޮޑު ތިން ވިއުގައިގެ ތެރޭގައި ހިމެނޭ އެން.ބީ.ސީ. ވެސް މީނާ އުފެއްދިއެވެ.

މިއަހަރު މޯރިސް ޑި ރޮތުސްޗައިލްޑު އަށް ދަރިއަކު ލިބުނެވެ. އޭނާގެ ނަމަކީ އެޑުމަންޑު ޑި ރޮތުސްޗައިލްޑު އެވެ.

1927 ވަނަ އަހަރުގެ އޮކުޓޫބަރ 28 ގައި ނުކުތް "ދަ ޖުވިޝް ޓުރިބިއުން އޮފު ނިޔުޔޯކު" ގެ އަދަދުގައި ލިޔެފައިވާ މަޒުމޫނެއްގައި ވެއެވެ.

"މޭސަންރީގެ ޙަރަކާތް ބިނާވެފައިވަނީ ޔަހޫދީ ދީނުގެ މައްޗަށެވެ. މޭސަނިކު ޝަޢީރާތަކުން ޔަހޫދީދީނުގެ އަޤީދާތައް ނެގީމައި ދެން އެ ނިޒާމުގައި ބާކީ އޮންނާނީ ކޮން އެއްޗެއްހެއްޔެވެ؟"

1928 ގައި ޔަހޫދީއެއް ކަމުގައިވާ ވިލިއަމް އެސް. ޕޭލީ (William S. Paley)، ސީ.ބީ.އެސް. ރޭޑިއޯ ޗެނެލް އުފައްދައި، އެ ރޭޑިއޯ ބައިނަލްއަގުވާމީ ޓީވީ އެމްޕަޔަރަކަށް ބަދަލުކޮށް، ތަރައްޤީ ކުރިއެވެ.

ރޮތުސްޗައިލްޑު ޢާއިލާގެ މިލްކުގައިވާ "ލަ ރެވުއޭ ޑި ޕެރިސް" މަޖައްލާގެ ޖޫން 01 ގެ އަދަދުގެ 572 ވަނަ ޞަފުޙާގައި، ބަރޫކު ލެވީ، ކާރލް މާރކުސް އަށް ފޮނުވައިފައިވާ ސިޓީއެއްގެ ނަކަލު ޝާޢިއުކުރެވުނެވެ. އޭގައި ވެއެވެ.

"ޔަހޫދީންގެ މަސީޙުކަމުގައިވާނީ ޖުމްލަ ގޮތެއްގައި ޚުދު މުޅި ޔަހޫދީ ޤައުމެވެ. އެ ޤައުމު ދުނިޔޭގެ ވެރިކަން ހޯދާނީ އެހެން ނަސްލުތައް ފަނާކޮށްގެންނާއި، ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ފުހެލައިގެންނާއި، ރަސްކަން އެއްކޮށް ނެތިކޮށްގެންނާއި، އަދި އެ ޖުމްހޫރިއްޔަތެއްގެ ހުރިހައި ތަނެއްގައި ޔަހޫދީނަށް ރައްވެހިކަމުގެ ޙައްޤު ލިބިގެންވާ ދުނިޔޭގެ ޖުމްހޫރިއްޔަތެއް ޤާއިމް ކޮށްގެންނެވެ. ދުނިޔޭގެ މި އާ ނިޒާމުގައި އެއްވެސް އިދިކޮޅު ހެދުމެއް ނެތް ގޮތެއްގައި ހުރިހައި ޒަޢީމުންނެއް ކަނޑައަޅައިދޭނީ އިސްރާއީލުގެ ދަރީންނެވެ.

1929 ގައި މާލީ ނިޒާމް ހަލާކުވުމާއި، އިގުތިސާދީ ހީނަރުކަމެއް މިއަހަރުގެ ފަހުކޮޅު ގެނައުމަށް ރޭވިފައި ވާކަމަށް ރޮތުސްޗައިލްޑު ޢާއިލާގެ މީހެއް ކަމުގައިވާ ޕޯލް ވޯބަރގް، އޭނާގެ ރައްޓެހިންނަށް ސިއްރު އިންޒާރެއް ފޮނުވިއެވެ. ވޯލް ސްޓުރީޓު ގެ އެޒަމާނުގެ އެންމެ ބޮޑެތި ވިޔަފާރިވެރީން މާލީ ތަދުޖެހުމުގެ ކުރިން ހިއްސާގެ ބާޒާރުން ނިކުމެ އެމީހުންގެ ހުރިހައި މުދަލެއް ފައިސާއަށް ބަދަލުކުރިއެވެ. އޭގެތެރޭގައި ޖޯން ޑީ. ރޮކެފެލަރ، ޖޭ. ޕީ. މޯރގަން ޖޫނިއަރ؛ ޖޯސެފު ކެނެޑީ، ބާނަރޑު ބަރޫކު، ހިމެނެއެވެ. އަމިއްލަ ސީރަތުގައި، އިގުތިސާދު ވެއްޓުމުގެ ހަމަ ކުޑަ ވަގުތުކޮޅެއް ކުރިން މިގޮތަށް ކަންހިނގުމަކީ އިއްތިފާޤެއް ކަމުގައި ނުބެލެވޭނެކަން ޔަޤީނެވެ.

މިހެންކަމުން، ހުރިހައި ބޭންކަރުންނާއި އެ މީހުންގެ ރައްޓެހިން ދެނެ ތިބި ފަދައިން، މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ފެޑެރަލް ރިޒާވުން މަނީ ސަޕުލައި ދަތިކުރާން ފެށިއެވެ. އޭގެ ފަހުން އޮކުޓޫބަރު 24 ގައި ނިޔުޔޯރކުގެ

ޙިއްސާގެ ބާޒާރު ހުއްޓުމަކަށް އައެވެ. އެއީ ތާރީޚުގައި ކަޅު ބުރާސްފަތީގެ ގޮތުގައި ލިޔެވިގެންދާނެ ދުވަހެވެ. "ދަ ގްރޭޓު ކުރޭޝް 1929"ގައި ޖޯން ކެނެތު ގެލްބްރެއިތު (JohnKennethGalbraith) ބުންޏެވެ.

"ޙިއްސާ ވިއްކުމުގެ ފޯރިގަނޑު އެންމެ ގަދަވެފައިވާ ވަގުތުގައި، މީހުންގެ މެދުގައި ފެތުރިފައިވާ ބިރުވެރިކަމާއި، ތަޅުމުގައި ހިނގަމުންދާ ޙައިވާނީ ކަންތައްތަކުގެ މައްޗަށް އޭނާއަށް ލިބިފައިވާ ބާރު ދެއްކުމަށްޓަކައި، ނިޔުޔޯކުގެ ޙިއްސާގެ ބާޒާރަށް ޒިޔާރަތްކުރާ މީހުން ތިބޭ ތަނަށް ބާނަރޑު ބަރޫކު، ވިންސްޓަން ޗާރޗިލް ގެނައެވެ."

އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ތިރިގޭގެ ބޭންކިންގ އާއި ކަރަންސީއާ ބެހޭ ކޮމެޓީގެ ޗެއާރމަންކަން 1920 އިން 1931 އަށް ކުރި، އަދި ޔަހޫދީ ބޭންކަރުންނަށް ވަރަށް ހަރުކަށިކޮށް ފާޑުކިޔާ މީހެއްކަމުގައިވާ ރިޕަބްލިކަން ޕާރޓީގެ ކޮންގްރެސްމަނެއް ކަމުގައިވާ ލޫއީ ޓީ. މެކުފެޑެން (Louis T. McFadden)، އިގުތިސާދީ މީ ހީނަރުކަމާ ބެހޭގޮތުން ވާހަކަދެއްކިއިރު، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ކޮން ބައެއް ކަމާމެދު ވަރަށް ސާފު ސީދަލަށް ވާހަކަދެއްކިއެވެ.

"އެއީ އެކުސީޑެންޓަކުން ހިނގި ކަމެއްނޫނެވެ. އެއީ ބޮޑު ރޭވުމެކެވެ. އަހަރެމެން އެންމެންގެ ވެރީންކަމުގައި އެމީހުން ފާޅުވުމަށްޓަކައި، މާޔޫސީގެ ޙާލަތެއް އަހަރެމެންގެ ތެރެއަށް ގެނައުމަށް ބައިނަލްއަގުވާމީ ބޭންކަރުން ބޭނުންވީއެވެ."

އިގުތިސާދީ ބޮޑެތި ހީނަރުކަމާއި ތަކެތީގެ އަގުބޮޑުވުމުން ޤައުމު ޙިމާޔަތްކޮށްދޭނެ ކަމުގެ ދަޢުވާތައް ފެޑެރަލް ރިޒާރވު އިން ކުރިއެއްކަމަކު، އެމީހުން ކުރި ކަމަކީ މަނީ ސަޕުލައި އިތުރަށް ދަތިކުރުމެވެ. 1929 އާއި 1933 އާ ދެމުގައި އެ މީހުން މަނީ ސަޕުލައި އިތުރު %33އިން އުނިކުރިއެވެ. ނޮބެލް ޞުލްޙައިގެ އިނާމު ހާސިލުކުރި އިކޮނޮމިސްޓެއްކަމުގައިވާ މިލްޓަން ފުރީޑުމަން (MiltonFriedman) ވެސް، ރޭޑިއޯ އިންޓަރވިއުއެއްގައި 1996ގެ ޖެނުއަރީގައި ތިރީގައިވާ ގޮތަށް ބުނެފައިވެއެވެ.

"ޝައްކެއްވެސް ނެތް ގޮތުގައި އިޤުތިސާދުގެ ތެރޭގައި އެނބުރޭ ފައިސާގެ އަދަދު 1929އިން 1933އަށް މަދުކޮށްގެން ފެޑެރަލް ރިޒާރވުން އިގުތިސާދީ ބޮޑު ހީނަރުކަން (ދަ ގްރޭޓު ޑިޕުރެސަން) ގެނުވީއެވެ."

ޙިއްސާގެ ބާޒާރު އިނދަޖެހުނުތާ މަދު ހަފުތާތަކެއްގެ ތެރޭގައި 03 ބިލިއަން ޑޮލަރުގެ ފައިސާ ޣައިބު ވެގެންދިޔައެވެ. އެއް އަހަރުގެ ތެރޭގައި 40 ބިލިއަން ޑޮލަރުގެ ފައިސާ ޣައިބު ވެގެންދިޔައެވެ. ނަމަވެސް، އެއެއްޗެހި ހަމަ އެހެން ގެއްލިގެން ދިޔައީއެއް ނޫނެވެ. ރޭވިފައިވާ ގޮތަށް، މަދު، އަދި އެއަށްވުރެވެސް މަދު އަތްތަކެއްގައި އެފައިސާ އެއްވެ ޖަމާވީއެވެ. މީގެ އެއް މިސާލަކީ ޖޯން އެފު. ކެނެޑީގެ ބައްޕަ ޖޯސެފު ޕީ. ކެނެޑީއެވެ. 1929 ގައި އޭނާގެ މުއްސަނދިކަމުގައި ހުރީ އެންމެ 04 މިލިއަން ޑޮލަރެވެ. ނަމަވެސް، އެމެރިކާގެ ތާރީޚު ދުށް އެންމެ ބޮޑު އިޤުތިސާދީ ހީނަރުކަމަށް ފަހު، 1935 ގައި އޭނާގެ މުއްސަނދިކަން 100 މިލިއަން ޑޮލަރާ ހަމައަށް އިތުރުވިއެވެ.

އެމެރިކާގެ ކޮންގްރެސްގެ ތިރިގޭގެ (ހައުސް އޮފު ރެޕުރެޒެންޓެޓިވުސް ގެ) ބޭންކިންގއާއި ފައިސާއާ ބެހޭ ކޮމެޓީގެ ޗެއާރމަންކަން 1920އިން 1931އަށް ކުރެއްވި، ރިޕަބްލިކަން ޕާރޓީގެ ލޫއީ މެކުފެޑެން މި ކަމާ ގުޅޭ ގޮތުން ތިރީގައިވާ ގޮތަށް ބުނެފައިވެއެވެ.

"ދުނިޔޭގެ އެއްވަނަ ބޮޑު ހަނގުރާމައަށްފަހު، ޖަރުމަނުވިލާތުގެ ބައިނަލްއަގުވާމީ ބޭންކަރުންގެ އަތަށް ޖަރުމަނުވިލާތް ވެއްޓުނެވެ. އެ ބޭންކަރުން އެ ޤައުމު ގަނެލިއެވެ. އަދި މިހާރު އެ ޤައުމުގެ ހުރިހައި އެއްޗެއް ވަނީ އެމީހުންގެ މިލްކުވެރިކަމުގެ ދަށުގައެވެ. އެމީހުންވަނީ އެ ޤައުމުގެ ޞިނާއަތްތައް ގަނެފައެވެ. އެ ޤައުމުގެ ބިމުގެ ރަހުނުތައް ވަނީ އެބައިމީހުންގެ އަތުގައެވެ. އެ ޤައުމުގެ އުފެއްދުންތެރިކަން ކޮންޓުރޯލުކުރަނީ އެ މީހުންނެވެ. އަދި އެ ޤައުމުގެ އަސާސީ ހުރިހައި ޚިދުމަތެއް ކޮންޓުރޯލުކުރަނީ އެ މީހުންނެވެ. (ނުނިމޭ)

ކޮމެންޓު