އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
8 ޖުލައި 2026
(2026 ޖުލައި 1ވަނަ އަދަދާ ގުޅޭ)
ފަށުވި ތަރާނާއެއް
- އަލިފުބާ ތަރުތީބުގައި التاءގެ ވަނައަކީ 3އެވެ. މި ހަތް ކަލިމައިގައި މި އަކުރު ތަކުރާރު ވެފައިވަނީ 2 ފަހަރުއެވެ.
- އަލިފުބާ ތަރުތީބުގައި الحاء ގެ ވަނައަކީ 6 އެވެ. މި ހަތް ކަލިމައިގައި މިއަކުރު ތަކުރާރުވެފައިވަނީ ދެފަހަރުއެވެ.
- އަލިފުބާ ތަރުތީބުގައި الراء ގެ ވަނައަކީ 10 އެވެ. މި ހަތް ކަލިމައިގައި މިއަކުރު ތަކުރާރުވެފައިވަނީ ދެފަހަރުއެވެ.
- އަލިފުބާ ތަރުތީބުގައި السين ގެ ވަނައަކީ 12 އެވެ. މި ހަތް ކަލިމައިގައި މިއަކުރު ތަކުރާރުވެފައިވަނީ ދެފަހަރުއެވެ.
- އަލިފުބާ ތަރުތީބުގައި العين ގެ ވަނައަކީ 18 އެވެ. މި ހަތް ކަލިމައިގައި މިއަކުރު ތަކުރާރުވެފައިވަނީ ދެފަހަރުއެވެ.
- މި ފަސް އަކުރު އެންމެ ފަހު ހަތް ކަލިމައިގައި ތަކުރާރުވެފައި މިވަނީ ދެފަހަރުއެވެ.
- މިފަސް އަކުރުގެ އަލިފުބާ ތަރުތީބުގެ ވަނަތަކުގެ ޖުމުލައަކީ 49 އެވެ. އެއީ 7 × 7
އިތުރު ތަރާނާއެއް
- އަލިފުބާ ތަރުތީބުގައި الميمގެ ވަނައަކީ 24އެވެ. މި ހަތް ކަލިމައިގައި މި އަކުރު ތަކުރާރުވެފައިވަނީ 5 ފަހަރުއެވެ.
- އަލިފުބާ ތަރުތީބުގައި النونގެ ވަނައަކީ 25 އެވެ. މި ހަތް ކަލިމައިގައި މި އަކުރު ތަކުރާރުވެފައިވަނީ 5 ފަހަރުއެވެ.
- މި ދެ އަކުރުގެ އަލިފުބާ ތަރުތީބުގެ ވަނަތަކުގެ ޖުމުލައަކީ 49 އެވެ. އެއީ 7 × 7
ހަތްވަންތަ ކަމަށް ނިމުމެއް ނެތް
سورة الفاتحةގެ ހަތް އާޔަތް ނިމެނީ ހަތް ކަލިމައިންނެވެ. މި ކަލިމަތަކުގެ އަކުރުތަކުގެ ޖުމުލައަކީ 46އެވެ.
މި ހަތް ކަލިމައިގައި ހިމެނޭ އަކުރުތަކުގެ ތެރޭގައި ދެފަހަރަށް ތަކުރާރުވެފައިވާ ފަސް އަކުރެއް ވެއެވެ.އަދި ފަސް ފަހަރު ތަކުރާރުވެފައިވާ ދެ އަކުރެއް ވެއެވެ.
މިހަތް ކަލިމައިގައި އެ ފަސް އަކުރު ތަކުރާރުވެފައި މި ވަނީ 10 ފަހަރުއެވެ. އަދި މި ދެ އަކުރު ތަކުރާރުވެފައި މި ވަނީ 10 ފަހަރުއެވެ.
އެއިން ކޮންމެ އަކުރެއް ދެ ފަހަރު ތަކުރާރުވެފައިވާ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ޖުމުލައަކީ 49އެވެ.
އެއިން ކޮންމެ އަކުރެއް ފަސް ފަހަރު ތަކުރާރުވެފައިވާ އަކުރުތަކުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައަކީ 49އެވެ.
މިއަކުރުތަކުގެ ޖުމްލައަކީ 5 + 2 = 7
7ގެ ގެތުންތަކެއް ނޫންހެއްޔެވެ. މާތް ﷲ އަންގަވަނީ ސޫރަތުލްފާތިޙާއަކީ އައްސަބްޢުއް މަޘާނީ (ތަކުރާރުކުރެވޭ ހަތެއް)
ނާދިރު ތަފާސްހިސާބެއް
މުޤައްޠަޢާތު އަކުރުތަކުން ފެށިފައިވާ ސޫރަތްތައް ތަފާސްކޮށްލާނަމެވެ. އަހުރެމެންނަށް ތަފާތު 14 ޞީޣާއެއް ލިބޭނެތެވެ.
ބަލާށެވެ!
- މުޤައްޠަޢާތު އަކުރުތަކުގެ އަދަދަކީ 14 އެވެ. އެއީ 14 ސޫރަތެކެވެ.
|
ސ |
މުޤައްޠަޢާތު އަކުރުތައް |
މުޤައްޠަޢާތު އަކުރުތަކުން ފެށިފައިވާ ސޫރަތްތަކުގެ އަދަދު |
سورة الفاتحةގައި މި އަކުރުތައް ތަކުރާރުވެފައިވާ އަދަދު |
ފަރަގު |
|
1 |
الم |
6 |
63 |
57 |
|
2 |
المص |
1 |
65 |
64 |
|
3 |
الر |
5 |
56 |
51 |
|
4 |
المر |
1 |
71 |
70 |
|
5 |
كهيعص |
1 |
30 |
29 |
|
6 |
طه |
1 |
7 |
6 |
|
7 |
طسم |
2 |
20 |
18 |
|
8 |
طس |
1 |
5 |
4 |
|
9 |
يس |
1 |
17 |
16 |
|
10 |
ص |
1 |
2 |
1 |
|
11 |
حم |
6 |
20 |
14 |
|
12 |
حم عسق |
1 |
30 |
29 |
|
13 |
ق |
1 |
1 |
0 |
|
14 |
ن |
1 |
11 |
10 |
|
ޖުމުލަ |
29 |
398 |
369 |
|
ރައްބާނީ ތިލަފަތް
މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މިއިން އެނގެނީ سورة الفاتحةގެ އަކުރުތަކުގެ އަދަދަކީ 143 ކަމެވެ.މިއިން އަކުރެއް މަދުވިޔަސް އިތުރުވިޔަސް އަދި އޮތް ތަން ބަދަލުވިޔަސް މި ތިލަފަތުގެ ތަވާޒުނު ގެއްލިގެންދާނެއެވެ. މިއީ ކީރިތި ޤުރްއާނުގެ ތަފާސްހިސާބުގެ އިޢުޖާޒެއް ( ނުކުޅެއްދުން ) ނޫން ހެއްޔެވެ؟
އެންމެ ކުރު އެންމެ ދިގު
ސޫރަތުލްފާތިޙާ (السبع المثاني)ގެ ކަލިމަތަކުގެ އަކުރުތަކުގެ އަދަދާ އެއްގޮތަށް މި އާޔަތްތައް އެއްކޮށް ބަލާށެވެ! މި ސޫރަތުގައި 7 ސައިޒެއްގެ ކަލިމަތަކެއް ވެއެވެ. އެންމެ ކުރު ކަލިމައިގައި އޮތީ 2 އަކުރެވެ. އެންމެ ދިގު ކަލިމައިގައި އޮތީ 8 އަކުރެވެ.
|
1 |
2 އަކުރުގެ ކަލިމަ |
رَبِّ |
|
2 |
3 އަކުރުގެ ކަލިމަތައް |
بِسْمِ – لِلَّهِ – يَوْمِ – غَيْرِ - وَلَا |
|
3 |
4 އަކުރުގެ ކަލިމަތައް |
اللَّهِ – مَالِكِ – إِيَّاكَ – نَعْبُدُ - صِرَاطَ |
|
4 |
5 އަކުރުގެ ކަލިމަތައް |
الْحَمْدُ – الدِّينِ – وَإِيَّاكَ – اهدِنَا – الَّذِينَ – أَنْعَمْتَ – عَلَيْهِمْ - عَلَيْهِمْ |
|
5 |
6 އަކުރުގެ ކަލިމަތައް |
الرَّحْمَنِ – الرَّحِيمِ – الرَّحْمَنِ – الرَّحِيمِ – نَسْتَعِينُ - الصِّرَاطَ |
|
6 |
7 އަކުރުގެ ކަލިމަތައް |
الْمَغْضُوبِ - الضَّالِّينَ |
|
7 |
8 އަކުރުގެ ކލިމަތައް |
الْعَالَمِينَ - الْمُسْتَقِيمَ |
- سورة الفاتحة ގެ އެންމެ ކުރު ކަލިމައަކީ "رب" އެވެ. މިއީ 2 އަކުރުގެ ކަލިމައެކެވެ. މިއީ ސޫރަތް ފެށޭކޮޅުން 7 ވަނަ ކަލިމައެވެ.
- އެންމެ ދިގު ކަލިމައިގައި އޮތީ 8 އަކުރެވެ. މި ސޫރަތުގައި 8 އަކުރުގެ ދެ ކަލިމައެއް ވެއެވެ. އެއީ الْعَالَمِينَ އާއި الْمُسْتَقِيمَ އެވެ. ފުރަތަމަ ކަލިމަ އައިސްފައިވަނީ ދެވަނަ އާޔަތުގައެވެ.އެއީ މި ސޫރަތް ފެށޭކޮޅުން 8 ވަނަ ކަލިމައެވެ. ދެވަނަ ކަލިމައަކީ 6 ވަނަ އާޔަތް ނިމޭ ކަލިމައެވެ.މިއީ ފެށޭކޮޅުން 20ވަނަ ކަލިމައެވެ.
- މި ދެ ކަލިމައިގެ ތަރުތީބީވަނަތައް 8 + 20 =28 އެވެ. 28 = 7 × 4
އަކުރުތަކުގެ ނުކުތާތައް
سورة الفاتحة ގައި ނުކުތާ ނެތް 7 ކަލިމަ ވެއެވެ.މި ހަތް ކަލިމައިގައި 7 އިބިފިލި ވެއެވެ.މި ކަލިމަތަކުގެ އަކުރުތަކުގެ ޖުމުލައަކީ 29 އެވެ. ސޫރަތުލްފާތިޙާ ގައި އޮތީ ޖުމުލަ 29 ކަލިމައެވެ.ވީމާ ސޫރަތުލްފާތިޙާގައި ނުކުތާނެތް އަކުރުތަކުގެ އަދަދަކީ 114 އެވެ.
ނުކުތާ ނެތް ކަލިމަތަކަށް ބަލައިލަމާހިނގާށެވެ!
بِسْمِ اللَّهِ2 الرَّحْمَنِ الرَّحِيمِ (1) الْحَمْدُ5 لِلَّهِ6 رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ11 يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهدِنَا الصِّرَاطَ19 الْمُسْتَقِيمَ (6) صِرَاطَ21 الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا28 الضَّالِّينَ (7)
ނުކުތާނެތް 7 ކަލިމައިގެ ވަޅުތަކުގެ ޖުމުލައަކީ 92އެވެ. އެއީ 23 × 4
އެވެ. ނުކުތާ ހުރި ކަލިމަތަކުގެ އަދަދަކީ 22 އެވެ.ކުރީގެ އަދަދަށް މި އަދަދު އެއްކޮށްފިނަމަ ޖުމުލައަކަށް ވާނީ 114 އެވެ. މިއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ.
سورة الفاتحةގައި ނުކުތާނެތް ކަލިމަތަކުގެ އަދަދަކީ 7އެވެ. ނުކުތާހުރި ކަލިމަތަކުގެ އަދަދަކީ 22އެވެ. މި ދެ އަދަދު އެއް އަދަދަކަށް ލިޔެލަމާ ހިނގާށެވެ! އޭރުން ލިބޭނީ 227އެވެ.
227އަކީ ފުރައަދަދެކެވެ. މިއީ ފުރައަދަދުގެ ލިސްޓުގައި 49ވަނަ އަދަދެވެ. އެއީ 7 × 7
މި އަދަދު އަނެއް ކޮޅަށް އަނބުރާލާށެވެ. އޭރުން ލިބޭނީ 722އެވެ. އެއީ 19 × 19 + 19 × 19
19އަކީ ބިސްމީގެ އަކުރުތަކުގެ އަދަދެވެ. ބިސްމި (البسملة)އަކީ ކީރިތި ޤުރްއާނުގެ ފުރަތަމަ އާޔަތެވެ.
(ނުނިމޭ)