ad_banner
ޝައިޠާނާގެ ކަނީސާ (17)

އަޙުމަދު ފަޔާޒު ޙަސަން

29 ޖޫން 2026

2026 ޖޫން 02ގައި ޝާއިޢުކުރެވުނު ޢަދަދާ ގުޅޭ)

ރިޕޯޓުކުރެވިފައިވާ ގޮތުގައި ރޮތުސްޗައިލްޑު ޢާއިލާގެ މީހުން ރަޝިއާ މީހުންދެކެ ރުޅިއަންނަނީ އެ ޤައުމުގެ ތެރޭގައި އެ މީހުން މަރުކަޒީ ބޭންކެއް ޤާއިމްކުރުމުގެ ހުއްދަ ދިނުމަށް ތައްޔާރުވެ ނުތިބުމުގެ ސަބަބުންނެވެ. މިހެންކަމުން، ޢާންމު މީހާގެ ފައިދާއަށް އިންޤިލާބެއް ގެނައުމަށް ޓަކައި ބާރުއެޅުމަށް ރޮތުސްޗައިލްޑު ޢާއިލާއިން ޔަހޫދީ ޖާސޫސުންގެ ޖަމާޢަތްތައް އެއްކޮށްގެން، އެ މީހުން ރަޝިއާއަށް ފޮނުވިއެވެ. ޔަޤީނުން ވެސް، މީގެތެރެއިން ކުރީގައި ހުރި ޔަހޫދީ އެއް ޖާސޫސް ކަމުގައިވާ ލިއޮން ޓުރޮޓުސްކީ (Leon Trotsky)، ވިއެނާގައި ހުރި ދުވަސްވަރު ބެރޮން ރޮތުސްޗައިލްޑާ އެކު ރާޒުވާ ކުޅޭން ވެސް އުޅުނެވެ. 

އަސްކެނާޒީ ކުރިޕުޓޯ ޔަހޫދީންގެ ޒަމާންވީ އޮޅުވައިލުމުގެ އާދަކާދައިގެ މަތީން މި ފަދަ ޔަހޫދީ ޖާސޫސުންނަށް ވަނީ ރަޝިއާ ވައްތަރުގެ ނަންތައް ދެވިފައެވެ. މިސާލަކަށް ދަންނަވާ ނަމަ، ޓުރޮޓުސްކީ އަކީ ފުރަތަމަ ޖަމާޢަތުގެ ކުރިއަށް ހުރި މެންބަރެކެވެ. އޭނާގެ އަޞްލު ނަމަކީ ބްރޮންސްޓައިން އެވެ. ރަޝިއާގެ ހުރިހައި ސަރަޙައްދެއްގައި ހަމެނުޖެހުމާއި ބަޣާވާތް އުފެއްދުމަށްޓަކައި މި ޖަމާޢަތްތައް ފޮނުވުނެވެ. 

"ދަ ޖުވިޝް ޕޯސްޓު އިންޓަރނޭޝަނަލް އެޑިޝަން" 1991ގެ ޖެނުއަރީ 24އިން ނިމުނު ހަފުތާގެ ޢަދަދުގައި ވުލަޑިމިއަރ ލެނިން (Vladimir Lenin) އަކީ ޔަހޫދީއެއްކަން ކަށަވަރު ކޮށްދީފައިވެއެވެ. އޭނައަކީ ކުރިޕުޓޯ ޔަހޫދީއެކެވެ. އަދި އޭނާގެ އުފަން ނަމަކީ ވުލަޑިމިއަރ އިލިޗް އުލްޔަނޯވު (Vladimir Ilych Ulyanov) އެވެ.

ރޮތުސްޗައިލްޑު ޢާއިލާއިން ފައިސާދީގެން މަސައްކަތްކުރި މި ޔަހޫދީ ބޯލްޝެވިކުން ދުނިޔޭގެ ތާރީޚުގައި ލިޔެވިފައިވަނީ، ސޮވިއެޓު ޔޫނިއަނުން ކޮންޓުރޯލްކުރާ ސަރަޙައްދުގައި 60 މިލިއަން ނަޞާރާއިންނާއި، ޔަހޫދީ ނޫން މީހުން މެރި ބަޔެއްގެ ގޮތުގައެވެ.

"ގުލަގް އާރކިޕެލާގޯ"ގެ ދެވަނަ ވޮލިއުމްގައި މަޝްހޫރު ލިޔުންތެރިޔާ އެލެކުޒެންޑަރ ސޮލްޒެނިޓުސިން (Aleksandr Solzhenitsyn) ކަށަވަރު ކޮށްދީފައިވާ ގޮތުގައި، އެތައް މިލިއަން ނަޞާރާއިންނާއި، ޔަހޫދީ ނޫން މީހުން މަރުވީ، ޔަހޫދީން އުފައްދައި ހިންގި ސޮވިއެޓު ކޮންސެންޓުރޭޝަން ކޭމްޕު ނިޒާމުގައެވެ. މި ފޮތުގެ 79ވަނަ ޞަފުޙާގައި، މި ކޭމްޕުތައް ހިންގި ހަ މީހުންގެ ނަންތައް ވެސް އޭނާ ގެނެސްފައިވެއެވެ. އެއީ ދުނިޔޭގެ ތާރީޚުގައި އުފެއްދުނު މީހުން މަރާ ބޮޑުވެގެންވީ މެޝިނެކެވެ. މި ހަ މީހުންނަކީ ވެސް ޔަހޫދީންނެވެ. 1970ގައި ސޮލްޒެނިޓުސިނަށް އަދަބިއްޔާތުގެ ރޮނގުން ނޮބެލް އިނާމު ދެވުނެވެ.

"ލަންޑަން ގްލޯބް" ނޫހުގެ ޖޯރޖު ޕިޓަރ-ވިލްސަން (George Pitter-Wilson) މި އަހަރުގެ އޭޕުރިލް މަހު ލިޔުނު މަޒުމޫނެއްގައި ބޯލްޝެވިޒަމާ ބެހޭ ގޮތުން ބުންޏެވެ.

"ބޯލްޝެވިޒަމްގެ މަޤްޞަދަކީ ދުނިޔޭގެ ނަޞާރާ ޤައުމުތަކުގެ މިލްކިއްޔާތު އެއްކޮށް ނެއްތުމެވެ. އެއީ، އެ މީހުންގެ އަތުގައި އެއްވެސް ރައުސްމާލެއް ނެތިއްޖައުމަށް ދާންދެނެވެ. އަދި ހުރިހައި ޔަހޫދީންގެ ގުޅިފައިވާ މުށުތެރޭގައި މުޅި ދުނިޔެ ހިފަހައްޓައި، އެ މީހުން ޚިޔާރުކުރާ ތަނެއްގައި އެމީހުން ވެރިކަން ކުރުމުގެ ފުރުޞަތު ހޯދުމެވެ." 

ޖުލައި 23ގައި، ސްކޮޓުލަންޑު ޔާޑު (އިނގިރޭސިވިލާތުގެ ފުލުހުންގެ މައި އިދާރާ) އިން އެމެރިކާގެ ޚާރިޖީ ވަޒީރަށް ތިރީގައި ވާގޮތަށް ރިޕޯޓުކޮށްފައި ވެއެވެ.

"ބޯލްޝެވިޒަމަކީ ޔަހޫދީން ކޮންޓުރޯލްކުރާ ބައިނަލްއަޤްވާމީ ޙަރަކާތެއްކަމުގެ ސާބިތު ހެކި މިހާރު ފެންނާން އެބަހުއްޓެވެ. ގުޅިގެން ފިޔަވަޅުތައް އެޅުމާ މެދު، އެމެރިކާއާއި، ފަރަންސޭސިވިލާތާއި، ރަޝިއާއާއި، އިނގިރޭސިވިލާތުގައި ތިބި މި ޙަރަކާތުގެ ލީޑަރުންގެ މެދުގައި ދަނީ މުވާޞަލާތުކުރެވެމުންނެވެ."

އޮސްޓުރޭލިއާގެ ބޮޑުވަޒީރު ބިލީ ހިއުސް (Billy Hughes) ޖޫން 19ގައި ވިދާޅުވިކަމަށް "ސަޓަރޑޭ އިވުނިންގ ޕޯސްޓު" ނޫހުގައި ވެއެވެ.

"މޮންޓެފިއޮރޭ ޢާއިލާގެ މީހުންވަނީ އޮސްޓުރޭލިއާއަކީ އެ މީހުންގެ އަމިއްލަ ތަނެއްގެ ގޮތުގައި ހަދައިފައެވެ. ޓެސްމޭނިއާއިން ފެށިގެން ނިޔު ސައުތު ވޭލްސާ ހަމައަށް، އެ މީހުންނަށް ބޮޑުވެގެންވާ ޖިޒީއެއް ދައްކާންނުޖެހޭ ރަނުގެ ދަނޑެއް، އަދި ކަންބަޅި ހުއިހައްޕާ ބިމެއް ނެތެވެ. އެންޓިޕޯޑިއަން ކޮންޓިނެންޓުގެ (އޮސްޓުރޭލިއާގެ) ޙަޤީޤީ މިލްކުވެރީންނަކީ އެ މީހުންނެވެ. އަހަރެމެންގެ ހުރިހައި މުއްސަނދިކަމެއް ވަނީ ޖަރުމަނުވިލާތުގެ ޔަހޫދީންގެ އަތުގައި ކަމަށްވާ ނަމަ، އަހަރެމެންނަކީ ތަނަވަސް ބަޔެއްކަމުގައި ވުމުގެ ހެވަކީ ކޮބައިހެއްޔެވެ؟

ދުނިޔޭގެ ރަނުގެ ދުވަހުންދުވަހުގެ އަގު ހަމަޖެއްސުމުގެ ދާއިމީ ދައުރެއް ވަނީ "އެން.އެމް. ރޮތުސްޗައިލްޑު އެންޑު ސަންސް" ކުންފުންޏަށް ދެވިފައެވެ. މި ކަން ހިނގަނީ ސިޓީ އޮފު ލަންޑަންގެ އޮފީސްތަކުގައެވެ. ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 11 ޖަހާއިރުއެވެ. އަދި 2004އާ ހަމަޔަށް މި ކަން ހިނގަމުން ގޮސްފައިވަނީ ހަމަ އެއް ކޮޓަރިއެއްގައެވެ.

1920 ވަނައަހަރުގެ ފެބްރުއަރީ 8 ގައި ނުކުތް "އިލަސްޓުރޭޓަޑު ސަންޑޭ ހެރަލްޑު"ގެ ފަސްވަނަ ޞަފުޙާގައި އޮތް ލިޔުމެއް ހާމަކުރި ގޮތުން ވިންސްޓަން ޗާރޗިލްގެ މަންމަ ޖެނީ (ޖެކޮބްސަން)އަކީ ޔަހޫދީ އަންހެނެކެވެ. މިހެންކަމުން، އިސްރާއީލުގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން އޭނާއަކީ ޔަހޫދީއެކެވެ. އޭގައި އިތުރަށް އޮތެވެ.

"ބައެއް މީހުން ޔަހޫދީން ދެކެ ލޯބިވެއެވެ. އަދި އަނެއް ބައެއް މީހުން އެމީހުން ދެކެ ލޯތްބެއް ނުވެއެވެ. ނަމަވެސް، އެމީހުންނަކީ، އެއްވެސް ސުވާލެއްނެތި، ދުނިޔޭގެ ބިންމައްޗަށް ދުވަހަކު ވެސް ފާޅުވި އެންމެ ގަދަފަދަ، އެންމެ ހައިބަވެތި، އަދި އެންމެ އާދަޔާޚިލާފު ނަސްލުކަމުގައި އެއްވެސް ވިސްނުންހުރި މީހަކަށް ޝައްކެއް ނުކުރެވޭނެއެވެ.''

"ސުޕާޓަކަސް (Spartacus)ގެ ދުވަހުން ފެށިގެން އައިސް، ވައިސޯޕުޓާއި، ކާރލް މާރކުސްއާ ހަމައަށް، އަދި ޓުރޮޓުސްކީ (ރަޝިއާގައި)އާއި ބެލާ ކުން (Bela Kun) (ކުރިޕުޓޯ ޔަހޫދީއަކަށް މީނާ ވުމުގެ ކުރީގެ ނަމަކީ ކޯހެން) (ހަންގޭރީގައި)އާއި، ރޯޒާ ލަގްޒެމްބާރގް (ޖަރުމަނުވިލާތުގައި)އާއި، އެމާ ގޯލްޑުމަން (އެމެރިކާގައި)އާ ހަމައަށް ވެސް، މުޅި ދުނިޔޭގެ ފެންވަރުގައި ހުރިހައި ޙަޟާރަތްތަކެއް ފުނޑުފުނޑުކޮށް، އެއްލައިލުމަށް، އަދި ހުއްޓުންއަރައިފައިވާ ތަރައްޤީއާއި، ޙަސަދަވެރި ނުނިޔަތްލުމާއި، އަދި ނާމުމްކިން ހަމަހަމަކަމުގެ މައްޗަށް މުޖުތަމަޢު އަލުން އެކުލަވައިލުމަށް ކުރެވޭ މަސައްކަތް އަންނަނީ ފުޅާވެ، ކުރިއަރަމުންނެވެ.''

"ފަރަންސޭސި އިންޤިލާބުގެ ހިތާމަވެރި މުޞީބާތުގައި ރަނގަޅަށް އެނގޭން ހުރި ދައުރެއް އެ މީހުން އަދާކުރިއެވެ. ނަވާރަވަނަ ޤަރުނުގެ ތެރޭގައި ހިންގުނު ސަރުކާރުތައް ވައްޓައިލުމުގެ ކޮންމެ ޙަރަކާތެއްގެ އެންމެ މައިގަނޑު ދައުރު އަދާކޮށްފައިވަނީ ވެސް ހަމަ އެމީހުންނެވެ. އަދި ޢަމަލީ ގޮތުން ބަލައިފި ނަމަ، އެ މީހުން މިހާރު އެ ވަނީ އެއޮއް ބޮޑު ރަޝިއަން އެމްޕަޔަރުގެ އެއްވެސް ވާދަވެރިކަމެއް ނެތް މިލްކުވެރީންކަމުގައި ވެފައެވެ.

"ބޯލްޝެވިޒަމް އުފެއްދުމުގައި، އަދި ރަޝިއާގެ އިންޤިލާބު ގެނައުމުގައި ބައިނަލްއަޤްވާމީ، އަދި ބޮޑު މިންވަރަކަށް އިލްޙާދީ ޔަހޫދީން ކުޅެފައިވާ ދައުރު ބޮޑުކޮށްގެން ދެއްކުމުގެ ބޭނުމެއް ނެތެވެ. ހަމަށަވަރުން ވެސް އެކަމުގައި އެ މީހުންގެ ދައުރަކީ އެއީ ބޮޑުވެގެންވާ ދައުރެކެވެ."

"ދި އެމެރިކަން ހިބްރޫ" ކިޔާ ހަފުތާ މަޖައްލާގެ ސެޕުޓެންބަރު 10ގެ ޢަދަދުގައި ބަޔާން ކޮށްފައިވެއެވެ.

"ރަޝިއާގައި ގެނެވުނު ބޯލްޝެވިސްޓު އިންޤިލާބަކީ ޔަހޫދީ ސިކުނޑިތަކުގެ މަސައްކަތެކެވެ. އެއީ ޔަހޫދީންގެ ކިބައިގައިވާ ހިތްހަމަނުޖެހުމާއި، ޔަހޫދީންގެ ރޭވުމުން ގެނައި އިންޤިލާބެކެވެ. އެ އިންޤިލާބުގެ އަމާޒަކީ ދުނިޔޭގައި މުޅިން އާ ނިޒާމެއް އުފައްދައި، ޤާއިމްކުރުމެވެ."

 

މިއަހަރު ޝާއިޢުކުރެވުނު ފޮތެއްކަމުގައިވާ "ދަ ކޯޒް އޮފު ވަރލްޑު އަންރެސްޓު" (ދުނިޔޭގައިވާ ހަމަނުޖެހުމުގެ އަޞްލު ސަބަބު) މި ފޮތަށް އެޗް. އޭ. ގްވިން (H. A. Gwynne) ލިޔުނު ތަޢާރުފެއްގައި އޭނާ ބުނެފައިވެއެވެ.

"ކުރީ ޒަމާނުގެ ތާރީޚުގައި ރަސްރަސްކަލުންނާއި، އަމީރުންނާއި، ގަވަރުނަރުންނާ ތިބީ، މީސްތަކުންނާއި، އެމީހުންގެ ނާޖާއިޒު ފައިދާ ނަގާ މީހުންނާ ދެމެދުގައި ހުރަހެއްގެ ގޮތުގައެވެ. ގާތްގަނޑަކަށް ބުނާ ނަމަ، މީސްތަކުންނަށް އަނިޔާ ލިބުމުން ޤާއިމްވެފައިވާ (ސަރުކާރުގެ) ނިޒާމުގެ ފަރާތުން އެއްކިބާކުރެއެވެ. ނަމަވެސް މިއަދު މި ވަނީ އެ ހުރިހައި ކަމެއް ބަދަލުވެ އެކޮޅުކޮޅުންޖެހިފައެވެ. އަހަރެމެން މިހާރު އުޅެމުން މިދާ ޒަމާން، ހީވާ ގޮތުގައި ތާރީޚުގައި އެނގޭނީ މީސްތަކުންގެ ނާޖާއިޒު ފައިދާ ނެގެވުނު ޒަމާނުގެ ގޮތުގައެވެ.''

މި ފޮތުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައިގަނޑު ޚުލާޞާއަކީ، މައިގަނޑު ގޮތެއްގައި ޔަހޫދީންގެ ނުބައި ރޭވުންތަކެއް އެތައް ޤަރުނަކުއްސުރެ ވުޖޫދުގައި ވާކަމެވެ. މި ނުބައި ރޭވުމުގެ މަޤްޞަދުކަމުގައި ވެފައިވަނީ، އަދި މިހާރު ވެސް ވަނީ، އިންޤިލާބުތައް ގެނައުމާއި، ކޮމިއުނިޒަމް ފެތުރުމާއި، އަދި ހުރިހައި ތަނެއްގައި ވެސް ޙުކޫމަތު ނެއްތުމެވެ. އެ މީހުން އުންމީދުކުރަނީ މި ވަސީލަތްތަކުން އެ މީހުން ބޭނުންވާ ފަދަ ދުނިޔޭގެ ވެރިކަމެއްގެ ވެރިކަން ކޮންމެވެސް ކަހަލަ ޚުދުމުޚްތާރު ވެރިކަމެއްގެ ނިޒާމު ޤާއިމްކޮށްގެން އެ މީހުންނަށް ޙާޞިލުކުރެވިދާނެކަމަށެވެ.

ހަމަ މިއަހަރު "ދަ ޕުރޮޓޮކޯލްސް އޮފު ދަ ލާރނަޑު އެލްޑާރޒް އޮފު ޒަޔަން" (ޒަޔަންގެ ދަންނަ ދުވަސްވީ އެދުރުންގެ ބަޔާން) އިނގިރޭސިވިލާތުގައި ޝާއިޢު ކުރެވުނެވެ. މި ލިޔުން ފުރަތަމަ ބޭއްވުނީ ބްރިޓިޝް މިއުޒިއަމް ގައި 1905ގައެވެ. މުޅި ދުނިޔޭގެ ވެރިކަން ޔަހޫދީންގެ އަތްމައްޗަށް ގެންނާނެ ގޮތުގެ ތަފުޞީލީ ކުރެހުންތައް މި ލިޔުމުގައި ގެނެސްފައިވެއެވެ. އަދި 1897ގައި ސްވިޓުޒަރލޭންޑުގެ ބޭސްލްގައި ބޭއްވުނު ވަރލްޑު ޒަޔަނިސްޓު ކޮންގްރެސްގެ ފުރަތަމަ ޖަލްސާގެ ޔައުމިއްޔާ އެކުލެވިފައިވަނީ މި ލިޔުމުންކަމަށް ބުނެވެއެވެ.

މި ލިޔުމަކީ "ޔަހޫދީންނާ އިދިކޮޅު" ލިޔުމެއްކަމުގައި އެންމެ ފުރަތަމަ ވެސް ޔަހޫދީން ކަނޑައެޅިއެވެ. އެ މީހުން ބުނާގޮތުގައި އެއީ ހަދައިފައިވާ ލިޔުމެކެވެ. މުޅި ދުނިޔޭގެ ވެރިކަން އެ މީހުންގެ އަތްމައްޗަށް ގެނައުމަށް ރާވައިފައިވާ މި މަޝްރޫޢަކީ ޙަޤީޤަތެއްތޯ ނުވަތަ ނޫންތޯ ދެނެގަނެވޭނެ ހަމައެކަނި މިންގަނޑަކީ، ފެންނާން ހުރި ހެކިތަކުގެ މައްޗަށް ބަލައިފައި ޔަހޫދީން މުޅި ދުނިޔޭގެ ވެރިކަމުގެ މައްޗަށް އަތްގަދަކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ. ނުވަތަ އެ އަމާޒަށް ވާޞިލުވުމަށް ސާފު ގޮތެއްގައި މަސައްކަތްކޮށްފައިވޭތޯ ބެލުމެވެ. ގިނަ ހެކި ފެންނާން އެބަހުއްޓެވެ. 1921 ގައި ހެންރީ ފޯޑު (Henry Ford)، "ޕުރޮޓޮކޯލްސް"އާ ބެހޭ ގޮތުން ބުންޏެވެ.

"ޕުރޮޓޮކޯލްސް އާ ބެހޭގޮތުން އަހުރެން ބުނަން ބޭނުންވާ ހަމައެކަނި ވާހަކައަކީ، ކަން ހިނގަމުންދާ ގޮތާއި، އެ ލިޔުމުގައިވާ އެއްޗަކާ މުޅިން ކެނޑިފެތޭކަމަށެވެ. އެ ލިޔުމުގެ މިހާރުގެ ޢުމުރަކީ ސޯޅަ އަހަރެވެ. އަދި މިއަދާ ހަމައަށް ދުނިޔޭގައި ކަންވެ ހިނގައިފައިވާ ގޮތާ، އެ ލިޔުމުގައިވާ އެއްޗަކާ މުޅީން އެއްގޮތްކަމެވެ. އަދި މިހާރު ހިނގަމުންދާ ކަންތައްތައްވެސް މުޅީން އެއްގޮތެވެ."

1921ގައި ނަންހިނގައިފައިވާ މުއައްރިޚު ނެސްޓާ ވެބްސްޓަރ (Nesta Webster)، ލިޔެ އަދި ޝާއިޢުކުރެވުނު "ވަރލްޑު ރިވޮލިއުޝަން އޯރ ދަ ޕުލޮޓު އެގެއިންސްޓު ސިވިލިޒޭޝަން" (ދުނިޔޭގެ އިންޤިލާބު، ނުވަތަ ޙަޟާރަތާ އިދިކޮޅަށް ހިންގޭ ރޭވުން) މި ފޮތުގައި ޔަހޫދީންނާ މެދު އޭނާ ބުންޏެވެ.

"އެންމެ ކުރީ ޒަމާނުއްސުރެ ވެސް ޔަހޫދީން މަޝްހޫރުވެފައިވަނީ އެ މީހުން ދިރިއުޅޭ މުޖުތަމަޢުތަކުގެ މީހުންގެ ނާޖާއިޒު ފައިދާ ނަގާ ބަޔެއްގެ ގޮތުގައެވެ. މީގެ އިތުރަށްވެސް، އެމީހުންނަކީ ޝުކުރު ނުކުރާ ބައެއްކަން އެމީހުން ކެނޑިނޭޅި ދާއިމީ ގޮތެއްގައި ދައްކައިދީފައިވެއެވެ. ކޮންމެ ދައުލަތެއްގައި ވެސް ޔަހޫދީން އަބަދު ވެސް ވެފައިވަނީ ބާޣީ ބަޔެއް ކަމުގައެވެ. އެމީހުން "ކައުންސިލް އޮން ފޮރިން ރިލޭޝަންސް" ކިޔާ ޖަމާޢަތް އުފެއްދިއެވެ. ޙަޤީޤަތުގައި، މި ޖަމާޢަތް އުފެއްދުމަށް އެއްބަސްވެވިފައިވަނީ ޕެރިސްގެ ހޮޓެލް މެޖެސްޓިކުގައި 1919ގެ މެއި 30ގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

"އަސާސީ ގޮތެއްގައި ބުނާނަމަ، ކޮންގްރެސްގެ ނުވަތަ ސެނެޓުގެ މެންބަރުކަމަށް، ނުވަތަ ރައީސްކަމަށް ވާދަކުރާ ކޮންމެ މީހަކަށް ބޭނުންވާނެ ރައުސްމާލު ލިއްބައިދޭނެ ހުރިހައި އެންމެންނަކީ މި ޖަމާޢަތުގެ މެންބަރުންނެވެ.''

[މިޖަމާޢަތުގެ ފުރަތަމަ ވަޒީފާއަކީ ނޫސްވެރިކަމުގެ ދާއިރާ އެ މީހުންގެ އަތްދަށަށް ގެނައުމެވެ. މި މަސައްކަތް ޙަވާލުކުރެވުނީ ޖޯން ޑީ. ރޮކެފެލަރ އާއެވެ. މި މަޤްޞަދު ޙާޞިލުކުރުމަށް ޓަކައި އޭނާ "ލައިފު"، އަދި "ޓައިމް" ފަދަ އެތަކެއް ޤައުމީ ނޫސްމަޖައްލާތައް ޤާއިމްކުރިއެވެ. އަދި މުޅި ޤައުމުގެ ތެރޭގައިވާ އެތައް ނޫސްތަކެއް ގަނެ، ނޫސްމަޖައްލާތަކުގެ ސިލްސިލާއެއް ޤާއިމްކުރިއެވެ. އޭގެތެރޭގައި "ވޮޝިންޓަން ޕޯސްޓު"، "ނިޔުސްވީކު" އަދި "ދަ ވީކުލީ" ފަދަ އެތައް ނޫސްތަކާއި މަޖައްލާތައް ހިމެނެއެވެ.

"ނޫސްވެރިކަން ކޮންޓުރޯލުކުރުމުގެ އަސާސީ މަގުސަދަކީ، ޢާންމު ރައްޔިތުންގެ ސިކުނޑިތައް ވަކި ގޮތަކަށް ބައްޓަންކުރުމަށް ބޭނުންކުރެވޭ އާލަތެއްގެ ގޮތުގައި ނޫސްވެރިކަން ބޭނުންކުރުމެވެ.

"ރޭޑިއޯއާއި، ޓެލެވިޒަނާއި، މޯޝަން ޕިކުޗަރ އިންޑަސްޓުރީ (ފިލްމީ ދާއިރާ)ގެ ކޮންޓުރޯލް ހޯދުމަށް ވެސް "ސީ. އެފު. އާރ." ބޭނުންވިއެވެ. މި މަސައްކަތްވަނީ ބައިނަލްއަޤްވާމީ ބޭންކަރުންކަމުގައިވާ "ކޫން ލިއޮބް"، "ގޯލްޑުމަން ސަކުސް"، "ވޯރބަރގްސް"އާއި "ލީމަން ބްރަދާރޒް" ފަދަ ކުންފުނިތަކުގެ މެދުގައި ބަހައިލެވުނެވެ. މި މައުޟޫގައި ޔަހޫދީ އިންސައިކުލޮޕީޑިއާ "ޖުޑައިކާ" ގައި އޮތެވެ.

"ޔުނައިޓެޑު އާރޓިސްޓުސް" ފިޔަވައި ހޮލީވުޑުގެ ފިލްމް އުފައްދާ ބޮޑެތި ހުރިހައި ކުންފުންޏެއް ވުޖޫދަށް ގެނެސް، ކޮންޓުރޯލްކުރަނީ ޔަހޫދީންނެވެ."

އަދި އެންމެ ފަހުން، މަދުރަސާތަކުގައި ކިޔަވައިދެވޭ އެއްޗެއް ކަނޑައަޅައި، ކޮންޓުރޯލްކުރުމުގައި ވެސް "ސީ. އެފު. އާރ." ބޭނުންވެއެވެ. މިކަން ކުރުމާ މަތިކުރެވިފައިވާ ބަޔަކީ "ކާރނެގީ" ޢާއިލާއެވެ.

އޭރު ޖަރުމަނުވިލާތުގައި ޙަރަކާތްތެރި ވަމުންދިޔަ ސިޔާސީ ޒަޔަނިޒަމްގެ މުފައްކިރެއް ކަމުގައިވާ ޖޭކަބް ކުލަޓުޒްކިން (Jacob Klatzkin)، ޖަރުމަނުވިލާތުގައި ހުރެގެން ޖަރުމަނުވިލާތުގައި ދިރިއުޅޭ ޔަހޫދީންގެ ޙާލަތު ބަލިކަށިކޮށް، އެމީހުން ފަލަސްޠީނުގެ ބިމަށް ހިޖުރަކުރުމަށް ބާރުއެޅުމުގެގޮތުން ދިން ބަޔާނެއްގައި ހާމަކުރިއެވެ.

"އަހަރެމެން ޔަހޫދީންނަކީ ބީރައްޓެހި ބަޔަކީމުއެވެ. އަހަރެމެންނަކީ ތިބާމެންގެ މެދުގައި ދިރިއުޅޭ ބޭރުގެ ބަޔަކީމުއެވެ. އަދި އަހަރެމެން ބޭނުންވަނީ އެ ގޮތުގައި ދެމިތިބުމަށެވެ. އެއްވެސް ޔަހޫދީއަކީ ވަފާތެރި ޖަރުމަނު މީހަކަށް ނުވާނެއެވެ. އެމީހާގެ މާދަރީ ވަޠަންކަމުގައި ބޭރުގެ ބިމަކާ މެދު ދެކޭ ކޮންމެ މީހަކީ ޔަހޫދީންނަށް ޚިޔާނާތްތެރިވެއްޖެ މީހެކެވެ."

 

1919 ވަނަ އަހަރު، އެމެރިކާގެ ރައީސް ތިއޯޑޯރ ރޫޒަވެލްޓު (Theodore Roosevelt)، ވިދާޅުވިކަމަށް މާރިޗު 27ވަނަ ދުވަހުގެ ނިޔުޔޯކު ޓައިމްސްގައި އޮތެވެ.

"އެމެރިކާގެ ގިނަ ނޫސްތައް ކޮންޓުރޯލްކުރަނީ މި ބައިނަލްއަޤްވާމީ ބޭންކަރުންނާއި، "ރޮކެފެލަރ" އާއި "ސްޓޭންޑަރޑު" ތެލުގެ މަޞްލަޙަތު ހުރިފަރާތްތަކުންނެވެ. މި ނޫސްތަކުގެ ކޮލަމްތައް އެމީހުން ބޭނުންކުރަނީ ސަރުކާރުގެ މަތީ ފެންވަރުގެ މުއައްޒަފުން އެމީހުންނަށް އަޅުވެތިކުރުމަށް، ނުވަތަ އެމީހުން އަންގާ ގޮތްތަކަށް ޢަމަލުކުރުމަށް އިންކާރުކުރާ މަސްއޫލުވެރީން އެމީހުންގެ މަޤާމްތަކުން ބޭރުކުރުމަށެވެ. މި ނުފެންނަ ސަރުކާރު އެކުލެވިގެންވަނީ މިގޮތުން ނުފޫޒުހިންގާ ބާރުހުރި ކޮރަޕުޓު ކުދިކުދި ޖަމާޢަތްތަކުންނެވެ."

"ތިއޯޑޯރ ރޫޒަވެލްޓު ދެއްވައިފައިވާ އިންޒާރަކީ މިހާރަށް ވަރަށް ހާޒިރު އިންޒާރެކެވެ. ފަހެ، އަހަރެމެންގެ ޖުމްހޫރިއްޔަތަށް ކުރިމަތިވެފައިވާ ޙަޤީޤީ ނުރައްކަލަކީ، މާރިދު ބޯވައެއް ފަދައިން އޭގެ ނަޖިސް ހަށިގަނޑު އެކުގައި ސަހަރުތަކަށާއި، ސްޓޭޓުތަކަށާއި، އަދި މުޅި ޤައުމަށް ފަތުރާލާފައިވާ ނުފެންނަ ސަރުކާރެވެ. އޭގެ ދިގު ފައިތަކުން އޭތި ވަނީ ސަރުކާރުގެ އެންމެ މަތީ ފެންވަރުގެ ހިންގުންތެރީންނަށާއި، ޤާނޫނު ހަދާ މަޖިލިސްތަކަށާއި، އަހަރެމެންގެ މަދުރަސާތަކަށާއި، އަހަރެމެންގެ ފަނޑިޔާރު ގެތަކަށާއި، އަހަރެމެންގެ ނޫސްތަކަށާއި، އަދި ރައްޔިތުންގެ ޙިމާޔަތަށްޓަކައި އުފައްދާފައިވާ ކޮންމެ އިދާރާއެއްގެ މައްޗަށް ފަތުރައި، އެ ހުރިހައި މުއައްސަސާއެއް އަތްދަށުލާފައެވެ.''

"ޢަމަލީ ފެންވަރުން ބަލާއިރު، މައި ސިޔާސީ ދެ ޕާރޓީވެސް ކޮންޓުރޯލްކުރަނީ ހަމަ މިބައިމީހުންނެވެ. މިބައިމީހުންނަކީ، ޕާރޓީތަކުގެ ސިޔާސަތުތައް ލިޔެ، ސިޔާސީ ލީޑަރުން އެމީހުންގެ ހަތިޔާރުގެ ގޮތުގައި ބޭނުންކުރާ ބައެކެވެ. މި ޤައުމުގައިވާ ގިނަ ނޫސްތަކާއި މަޖައްލާތައް ކޮންޓުރޯލްކުރަނީ މި ބައިނަލްއަޤްވާމީ ބޭންކަރުންނާއި، "ރޮކެފެލަރ" އަދި "ސްޓޭންޑަރޑު" ތެލުގެ މަޞްލަޙަތުތަކުގެ ވެރީންނެވެ."

އޭނާ ލިޔުނު، އަދި މިއަހަރު ޝާއިޢުކުރެވުނު "ދަ ޖޫޒް" (ޔަހޫދީން) މި ފޮތުގައި ނަންހިނގައިފައިވާ މުއައްރިޚު ހިލޭރީ ބެލޮކު (Hilaire Belloc)  ބުނެފައިވެއެވެ.  (ނުނިމޭ)

ކޮމެންޓު