ad_banner
ނީލަމުގައި ވިއްކާ އަޚުލާޤު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

29 ޖޫން 2026

ލިބޭ [ރުހުން] (likes)އާއި، ބަލާ މީހުން މީހުންގެ އަދަދުން އެއްޗެހީގެ އަގު ވަޒަންކުރެވޭ ޒަމާނެއްގައި، ތެދުވެރިކަމަކީ ވަރަށް ނާދިރު މުދަލެކެވެ. ތެދުވެރި ނިޔަތަކީ އެއިން މުޢާމަލާތުކުރެވޭ ނަގުދެއްނޫނެވެ. މަގުފުރައްދާ އިޢުލާންތަކާއި ޖަރީކޮށްފައިވާ ފުލޯކު ހަގީގަތްތަކާއި ވަގު ސަނަދުތަކުން ފުރިފައިވާ މާހައުލުގެ ސަބަބުން ގިޔަމުތަކުގެ އަގުތައް ވަނީ ވެއްޓިފައެވެ.  

2024ވަނަ އަހަރު «Edelman Trust Barometer»އިން ޝާއިއުކުރި ދިރާސާއެއް ބުނާގޮތުގައި ދުނިޔޭގެ އާބާދީގެ 64 % މީހުން ވިޔަފާރި އިޝްތިހާރުތަކަށް އިތުބާރެއްނުކުރެތެވެ. ދުނިޔޭގައި އުފައްދާ އެއްޗެއްސާ ބެހޭ ގޮތުން މި ތަކެތި އުފައްދާ ފަރާތްތަކުން މި އެއްޗެއްސާ މެދު ސުމޭކު މީޑިއާތަކުގައި ފަތުރާ ޚަބަރުތަކުގެ ތެދުކަމާ މެދު 70 % މީހުން ޝައްކު އުފައްދައެވެ. މި އިޝްތިހާރުތަކާއި މި އެއްޗެހީގެ ރަނގަޅުކަމާ މެދު ޝައްކުކުރަނީ ގައުމުގެ ސިޔާސަތުތަކާ މި ކަންކަމާ ގުޅިފައިވާތީއެވެ.

މަސައްކަތުގެ ވެށްޓަށް ބަލާ އިރުގައި ވެސް ދުނިޔޭގައި ވަޒީފާގެ ކުރިއެރުން ގިނަ ބަޔަކަށް ލިބިފައިވަނީ ތިމާގެފުޅުކަމާއި، ރަށްޓެހިކަމާއި، ގުޅުން ބަދަހިކަމުންނެވެ. ސަނަދަކަށް ތަޖުރިބާއަކަށް ޤާބިލުކަމަކަށް ބަލައިގެނެއްނޫނެވެ. «PwC»[1] ބުނާ ގޮތުގައި، [ގަލްފުގައި މި އިދާރާއިން ކުރި ދިރާސާއެއް ބުނާ ގޮތުގައި އެ ސަރަޙައްދުގައި 46 % މީހުން ޤަބޫލުކުރާ ގޮތުގައި ވަޒީފާގެ ކުރިއެރުން ލިބިފައިވަނީ ގުޅުމުގެ މައްޗަށް ބިނާކޮށެވެ. ޤާބިލުކަމުގެ މައްޗަށް ބަލައިގެނެއްނޫނެވެ.] 

މި މަލަތަކުން އަޚުލާޤީ މަންޒަރު މި ފެންނަނީ  ހުޅުވިފައިވާ ނީލަމެއްގެ ތެރޭގައިވާ ތަނެވެ. ކާމިޔާބު ހޯދުމަށް ޓަކައި ބައެއް މީހުން އެ މީހުންގެ ޒަމީރުތައް ވިއްކައެވެ. މުޖުތަމަޢުގެ ސަމުގާކަމުގައި ވާންޖެހޭ ގިޔަމުތައް މި ވަނީ ހަވާސާކޮށްލައިފައެވެ.

މަގުފުރެއްދުން

މީސްމީޑިޔާގެ ވަސީލަތްތަކާއި ސުމޭކު މަންސަތަކުގައި [މުޢާމަލާތު] މި ވަނީ ބަދަލުވެފައެވެ. ނިޔަތަކީ ވަންހަނާވެގެންވާ އެއްޗެއްނޫނެވެ. ވަގުތުން ދުރަށް ދެއްކޭ ޕުރޮގުރާމުތަކުގައި ސީދާ ކެމެރާތަކުގެ ކުރިމަތީގައި މި ނިޔަތް ހުށައެޅެއެވެ. އިޝްތިހާރަކީ ހަމައެކަނި މުދާ ވިއްކާން ގޮވައިލުމެއްނޫނެވެ. މީގެ އިތުރަށް އެއީ އަމިއްލަ ނަފުސު ރިވެލިކުރުމެއް ވެސްމެއެވެ.

އެތެރެކޮށް ވިއްކުމުގެ ހުއްދަ ނުހޯދައި މުދާ އެތެރެކުރުމާއި މީހުންނަށް އޮޅުވައިލައި މަގުފުރައްދާ ގޮތަށް މުދާތައް އިޝްތިހާރުކުރުމަކީ އާންމު ގޮތެއްގައި ޤާނޫނު މަނާކުރާ ކަމެކެވެ. ކަމާ ބެހޭ ފަރާތްތަކަށް މި ފަދަ ޢަމަލުތަކުގެ ޝަކުވާތައް ވެސް ހުށައެޅެމުންދެއެވެ.

ބޮޑު ސުވާލަކީ ޤާނޫނާއި ގަވައިދުތަކުން އަޚުލާޤީ ސަމުގާ ރަނގަޅަށް ދިސަކުރެވިދާނެހެއްޔެވެ؟ ގަވާއިދާ ޚިލާފަށް މި ކުރެވޭ ކަންކަމަކީ ހަމައެކަނި އިޝްތިހާރުގެ މައިދާނުގައި ހައްދުފަނަޅައިދިޔުމެއްނޫނެވެ. އެހެނަސް އެއީ ތެދުވެރިކަމުގެ މީޔާރު ޝަޚުޞީ މަޞްލަޙަތަށް ބަދަލުވުމެވެ. ފައިދާ ލިބޭނަމަ މަސްއަލައެއް ނެތެވެ. މިއީ ރައުސްމާލީ އުޞޫލެވެ.

މަފުހޫމުތަކަށް ބަދަލުގެނައުން

މި ކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ އަޚުލާޤީ މަފުހޫމުތައް އަލުން ޢިބާރާތްކުރާން ފެށުމެވެ. ދޮގުހެދުން ބަދަލުވެފައި މިވަނީ [މާރުކޭޓަށް ނެރުމުގެ ތޫނުފިލިކަން]އަށެވެ. އިޙުތިރާމުކުރުމަކީ [މީޑިއާއިން ގުޅުން ވާޞިލުކުރުމުގެ ހުނަރުވެރިކަން]އެވެ. އުޞޫލުން ތަނާޒުލުވުމަކީ  އެ މީހުންގެ ގާތުގައި [ވިލުންތެރިކަން]އެވެ. ވަސީލަތަކަށް ނުބަލައި މުދާ ހޯދުމަކީ [ހުޝިޔާރުކަން]އެވެ.

އެހެންކަމުން މިއީ ސުލޫކުގެ މަސްއަލައަކަށް ވުރެ ބޮޑަށް ހޭލުންތެރިކަމުގެ މަސްއަލައެކެވެ. އަޚުލާޤީ ބަސްތެރިކަން ވިސަޑުކުރުމުން ޖަރީމާ މަޤުބޫލު އެއްޗަކަށް ފުރޮޅިގެންދެއެވެ. ބޭނުމަކީ ފައިދާނެގުމެވެ. ޙަޤީޤީ އަގާ މެދު ސުވާލެއްނުކުރާނެތެވެ. އެމީހުން ދަލީލު ދެއްކުމަށް ބުނާނީ [ނުބައި ކަންތައް ގިނަވެގެން ނަޞްރެއް ނުލިބޭނެތެވެ. ނަޞްރު ލިބޭނީ ނުބައި ކަންތައް ހެޔޮ ކަމެއްކަމަށް ވިސްނައިދީގެންނެވެ.]

ކުރީ ޒަމާނުގައި ގިޔަމުތައް ދަރީންގެ ގައިގައި އިންދައި އަށަގަންނުވަނީ ގޭތެރެއިންނާއި މަދުރަސާއިންނާއި މިސްކިތުގެ ހަތަރުފާރުގެ ތެރެއިންނެވެ. މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި އަވަށްޓެރީންނާއި މުދައްރިސުންނާއި ދީނީ އިލްމުވެރީންގެ އަރިހުންނެވެ. މިއަދުގެ ޖީލުތައް ތެދުވެރިކަން އުނގެނުމުގެ ކުރީން ދަސްކުރަނީ [މަޝްހޫރުވުން]އެވެ. މީޑިއާގެ ތަފާތު އޮޅިތަކުންނެވެ. ކޮފީގެ ރަޙުމަތްތެރީންގެ ކިބައިންނެވެ.

އަނބުރައި ހޯދުމުގެ މަގު

ގެއްލެމުން ކަނޑުމަތިއަޅަމުންދާ ގިޔަމުތައް ވަޢުޒާއި ނަސޭހަތަކުން އަނބުރައެއް ނުހޯދޭނެތެވެ. ހޯދޭނީ މި ކަމަށް ޓަކައި ދީނީ - އިޖުތިމާޢީ މަޝްރޫޢެއް އެކަށައަޅައިގެންނެވެ. މަދުރަސާއިން މި ގިޔަމުތައް ޢަމަލީ ގޮތުން އުނގަންނައިދީގެންނެވެ. ނަމޫނާ އެދުރުންތަކެއްގެ އަތްމަތީންނެވެ. ނަޒަރީ ނައްޞުތަކަކުންނެއްނޫނެވެ. ތެދުވެރީންނަށް އިނާމުދޭ މީޑިއާ ވަސީލަތްތައް އުފައްދައިގެންނެވެ. އިގުތިސާދީ މިނިވަންކަމުގެ ނަމުގައި އަދަބުދިނުން ހުއްޓައިލައިގެނެއްނޫނެވެ.  ޝަރީޢަތުގެ އުޞޫލުތަކާއި ޤާނޫނުތައް ތަންފީޒުކޮށްގެންނެވެ.

ދީނީ ދަރުސްތަކާއި ޚުޠުބާތަކުގައި އަމާނަތް ރަނގަޅަށް ދަސްކޮށްދޭން އެބަޖެހެއެވެ. ތެދުވެރިކަމަކީ ފާގަތިކަމެއްނޫންކަން ވިސްނައިދޭން ޖެހެއެވެ. އިންސާނީ ނަސްލު ދެމިއޮތުމަށް ޓަކައި އެއީ ލާޒިމުކަމެއްކަން ބުނެދޭން ޖެހެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ[2] - ފަހެ، ذرّއެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެއެވެ.)) ﷲގެ މި ޤާނޫނުން އެނގެނީ އަމާނަތަކީ ދަމައިކެނޑުމުގެ ގަވައިދަށް ތަބާވާ އެއްޗެއްނޫންކަމެވެ. އެއީ މަޞްލަޙަތެއް ވެސް ނޫނެވެ. ތެދުވެރިކަން ގެއްލިފައިވާ މުޖުތަމަޢަކީ އިޙްތިރާމު ގެއްލިފައިވާ މާހައުލެކެވެ. އަޚުލާޤެއް ނެތި ބިނާއެއް ނުހުންނާނެއެވެ. ނަޒާހަތްތެރިކަން ނުދަންނަ ވެށްޓެއްގައި އިގުތިސާދީ ފާގަތިކަމެއް ނުއޮންނާނެތެވެ. ތެދުވެރިކަމަކީ  ބާޒާރުގައި ވިއްކޭނެ އެއްޗެއްނޫނެވެ. ޢަދުލުވެރި މާރުކޭޓެއް ޤާއިމުކުރެވޭނީ ތެދުވެރިކަމުންނެވެ. 

ގިޔަމުތައް އޭގެ ޙަޤީޤީ މަންޒިލްތަކަށް އެނބުރި ހިނގައްޖެ ނަމަ، ނޫފުއްލޭ ހައި ގިނަ ޤާނޫނުތަކަކަށް ބޭނުމެއް ނުވާނެތެވެ. ބޭނުންވާނީ ފައިދާއިން މިނެނުކިރާ މަޞްލަޙަތުތައް ދަންނަ ޒަމީރުތަކަކަށެވެ. 

 

ބައެއް ލަފުޒުގެ މާނަ:

ހުސިޔާރުކަން       ނ.     (1) ކަންތަކަށް ކުޅަދާނަ. (2) ޗާލާކު. (3) ވިސްނުން ތޫނު.

ނައްޞު          ނ.     ލިޔެވިފައިވާ އަސްލު ގޮތް.

ނަގުދު           ނ.     ފައިސާ

ނަސޭހަތް         ނ.     މީހަކަށް ހެޔޮ މަގެއް ދެއްކުމަށް ޓަކައި އޯގާވެރިކަމާ އެކު އެ މީހަކާ ދައްކާ ވާހަކަ.

ނަޒަރު           ނ.     (1) ފެންނަ ފެނުން. (2) ވިސްނޭ ވިސްނުން.

ނާދިރު           ނއ.    (1) ފެންނަލެއް މަދު. (2) ވުން މަދު. (3) ތަދު.

ނީލަން           ނ.     އަގު މަތިކުރާ ފަރާތަކަށް މުދާ ވިއްކާ ގޮތަށް ކުރާ ވިޔަފާރި. (2) ވިހަލަގޮނޑި. (3) ނީލަންގޮނޑި. (4) ނީލަމް.

ރިވެލިކުރުން       މ.     އަލި ނުވަތަ އަޑު ނުވަތަ ހޫނު ނުވަތަ ފެނުގެ ރާޅުތައް ދަތުރުކުރަމުންދާ ދިއުމުގައި ސަތަހައެއްގައި ޖެހުމުން އައިފަޅިއަށް އަނބުރައި ފޮނުވުން.

ކަނޑުމަތިއެޅުން     މ.     ކަނޑުމަތީގައި އުޅަނދު ވަށައިގެން ނުވަތަ ވަކި ދިމާއަކުން އާދަޔާޚިލާފު ބިރުވެރި ކަންތައްތަކެއް ފެނިގެން އުޅަނދުގެ މިސްރާބު ނޭނގި ދަތުރު އޮޅުން. މި ގޮތަށް ދިމާވެގެން ފަރަށް އުރުން ފަދަ ކަންތައްތައް ދިމާވެފައި ހުރެއެވެ.

އަވަށްޓެރީން       ނ.     ތިމާ ހުންނަ ގޭގެ ކައިރީގައި ވަށައިގެން ހުންނަ ގޭގޭގެ މީހުން.

ވަޢުޒު           ނ.     ދީނީ ނަސޭހަތް (ވައުޒު).

ވިސަޑު          ނ.    އިތުރު އެއްޗެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ގެއްލޭ ގެއްލުން ނުވަތަ އަންނަ ނޭދެވޭ ބަދަލު. pollution

ވެށި            ނ.     (1) ވަށައިގެންވާ ތަން. (2) މާޙައުލު.

މަންޒިލް          ނ.     (1) ދަތުރުވެރިޔާ އޭނާގެ ދަތުރު ނިންމަން ގަސްދުކުރާ ތަން. (2) ދަތުރުވެރީން މަޑުކުރާ ތަން. (3) ހުއްޓި ތިބޭ ތަން.

މަންސަ          ނ.     (1) ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. (2) ޖަލްސާއެއްގައި ޚާއްޞަ ބަޔަކު ތިބެން ހަދާ އިސްޓޭޖު ނުވަތަ އަށި. (3) ބަޔަކާ މުޚާތަބުކުރުމަށް މީހާ އޭގެ ފަހަތުގައި ހުއްޓި ހުންނަ އުސް މޭޒެއް ފަދަ އެތި.

މަފުހޫމު          ނ.     (1) ވިސްނިފައިވާ ގޮތް. (2) ދޭހަވާ ގޮތް. (3) މޭރުންވާ ގޮތް.

މަލަ            ނ.     (1) ދުރުން ފެންނަ ރަށެއްގެ ގަސްކަރަ. (2) އަވަސް. (3) ހަލުވި.

މަންޒަރު          ނ.     (1) އެއްޗެއް ނުވަތަ ތަނެއް ފެންނަ ގޮތް. (2) ތަންތަނުގެ ސިފަ ފެންނަ ގޮތަށް ކުރަހައިފައި ހުންނަ ކުރެހުން.

މީޔާރު           ނ.     (1) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (2) އިޚުތިޔާރުލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (3) އާންމު ހަމަ. (4) މާލީ ނިޒާމުގައި ތަކެތީގެ އަގު ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑު ނުވަތަ އަސާސް.

މުޖުތަމަޢު         ނ.     އެ ތަނެއްގައި ދިރިއުޅޭ އެއް އުޞޫލަކަށް ތަބާވާ، އެއް އާދަކާދަތަކެއް ގެންގުޅޭ މީހުންތަކެއް.

މީޑިއާ           ނ.     ޚަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކަށް ކިޔާ ޖަމާ ނަން.

މީސްމީޑިޔާ        ނ.     ގިނަ ބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.

ފާގަތިކަން         ނ.     (1) އުފާވެރިކަން. (2) ތަނަވަސްކަން. (3) ކުޅަދާނަކަން. (4) މޮޅުކަން.

ފުލޯކު           ނއ.    (1) އަސްލެއް ނެތް. (2) ޚިޔާލީ

ދަމައިކެނޑުން      މ.     (1) އުނގުވިޔަފާރިކުރުން. (2) ފަޅުކެނބުން.

ދިސަ           ނ.     ދުނިޔޭގެ މިސްރާބުތައް. އަސާސީ ހަތަރު ދިސައަކީ އިރު އުތުރު ހުޅަނގު ދެކުނު މިއެވެ. ސާނަވީ ދިސަތަކަކީ އިރުއުތުރު، ހުޅަނގުއުތުރު، ހުޅަނގުދެކުނު، އިރުދެކުނު މިއެވެ. direction

ތަންފީޒުކުރުން      މ.     (1) ޤާނޫނީ ނުވަތަ ޝަރުޢީ ޙުކުމެއްގެ މައްޗަށް ޢަމަލުކުރުން. (2) ވެރިޔެއްގެ އަމުރާ އެއްގޮތަށް ޢަމަލުކުރުން.

ތަނާޒުލުވުން       މ.     މަޤާމަކަށް ހޮވުމަށް މީހެއްގެ ނަން ހުށަހެޅުމުން ހަމަ އެ ވަގުތު އެކަން ޤަބޫލުނުކޮށް އެކަމުން އެ މީހަކު ދުރުވެ ގަތުން.

ގިޔަމު           ނ.     ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ސަމުގާ          ނ.     މިސްރާބު ދައްކައިދޭ އާލަތެއް. އާންމުކޮށް މި ބޭނުންކޮށް އުޅެނީ ދަތުރުފަތުރުކުރުމުގައެވެ. ސަމުގާގެ މިސްރާބު ތަކަކީ، ގަހާ، ފަރުގަދި، ނާސި، ނާގާ، އައްޔޫގު، ގާސިލު، ސިމާގު، ތުރިއްޔާނު، މުރިނގު، ޖައުޒާ، ތީރު، އަގުރަބު، ގަލްބު، ހިމާރިޔަން، ސިއްލި، ސިއްލަވާރި، ސުހައިލު، މިއެވެ. compass

ސިޔާސަތު         ނ.     ފަރުދަކު ނުވަތަ ޖަމާޢަތަކުން ނުވަތަ ސަރުކާރަކުން އެ އުސޫލުތަކަކަށް ތަބަޢަވެ ޢަމަލުކުރާ އުސޫލުތައް. policy

ސުމޭކު          ނއ.    (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. (2) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކާކޮށް ބޭނުންކުރާ. (3) ހިސާބުކުރުމާ ގުޅުން ހުރި. digital

ޝަކުވާ          ނ.     ކަންކަމާމެދު ހިތްހަމަނުޖެހިގެން ދައްކާ ވާހަކަތައް. complaints

ޒަމީރު           ނ.     (1) ހެޔޮކަންތައްތައް ކުރުމަށް އިންސާނާގެ ތަބީޢަތުގައި ހުންނަ ގަދައަޅާ ބާރު. (2) ޟަމީރު. conscience

ޖަރީމާ           ނ.     ބޮޑެތި ކުށް. crime

ޖަރީކުރުން        މ.     ހެދުމާއި ފޮތި ފަދަ އެއްޗެހީގައި ޒީނަތްތެރިކުރުމުގެ ގޮތުން ވިދާ އެއްޗެހިން ކުރެހުން އެޅުން.

 

މަރުޖާ:

[1]  - PricewaterhouseCoopers, a global professional services network

[2]  - الزلزلة: 7

ކޮމެންޓު