އަޙުމަދު ފަޔާޒު ޙަސަން
11 އޭޕްރިލް 2026
2026 އޭޕްރީލް 05ގެ ޢަދަދާ ގުޅޭ)
އަހަރުތަކެއް ފަހުން، ރޮތުސްޗައިލްޑު ޢާއިލާއިން ކޮންޓުރޯލުކުރާ ބޭންކު އޮފު އިންގްލެންޑުން ނެރުނު، ނުރައްކަލަށް އިންޒާރުދީފައިވާ ސަރކިއުލަރެއް ޢާންމުވުމުން، ރައީސް ލިންކަންގެ ދަރަނިނެތް ފައިސާ "ގްރީންބެކު" ހުއްޓުވާންޖެހޭ ސަބަބާ މެދު އިތުރު މަޢުލޫމާތު އަންގައިދިނެވެ.
1863 ގައި ރަޝިއާގެ ޒާރ، އެލެކުޒެންޑަރ 2 އަށް ވެސް ރޮތުސްޗައިލްޑު ޢާއިލާއާ އެކު މައްސަލަތަކެއް ކުރިމަތިވެފައިވާކަން ރައީސް ލިންކަނަށް ފާހަގަކުރެއްވުނެވެ. ސަބަބަކީ، ރަޝިއާގައި މަރުކަޒީ ބޭންކެއް ޤާއިމުކުރާން އެމީހުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް އެ ރަސްގެފާނު އިންކާރުކުރެއްވުމެވެ. މިހެން ކަންތައް ހުރުމާ އެކު، ޒާރގެ އެހީތެރިކަން ރައީސް ލިންކަނަށް ލިބިވަޑައިގަތެވެ.
އިނގިރޭސިވިލާތުން، ނުވަތަ ފަރަންސޭސިވިލާތުން އެމެރިކާގެ އަހުލީ ހަނގުރާމައިގެ ތެރެއަށް އެއްވެސް ސިފައަކުން ޢަމަލީ ގޮތެއްގައި ވަދެ، ދެކުނުގެ އިސްޓޭޓުތަކަށް މަދަދުވެރިވެއްޖެ ނަމަ، އެ ފަދަ ކޮންމެ ޢަމަލެއް ރަޝިއާއިން ދެކޭނީ އެ ޤައުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ އިޢުލާނެއްކަމުގައި ޒާރ އަމުރު ނެރުއްވިއެވެ.
އިޓަލީގެ ހުރިހައި ސަރަޙައްދުތައް އިއްތިޙާދުވުމާ ގުޅިގެން އިޓަލީގެ ނޭޕުލްސްގައި ހުރި ރޮތުސްޗައިލްޑު ޢާއިލާގެ ބޭންކިންގ ވިޔަފާރިކުރާ ގެ "ސީ. އެމް. ޑި ރޮތުސްޗައިލްޑު އެ ފިގްލީ"ގެ ވިޔަފާރި ބަންދުކުރިއެވެ.
"ސްޓޭންޑަރޑު އޮއިލް"ކިޔާ ތެލުގެ ވިޔަފާރިގެއެއް ޤާއިމުކުރުމަށް ޓަކައި އެމެރިކާގައި ދިރިއުޅޭ އެ މީހުންގެ ޢާއިލާގެ މީހެއްކަމުގައިވާ ޖޯން ޑީ. ރޮކެފެލަރ (John D. Rockefeller)، ރޮތުސްޗައިލްޑު ޢާއިލާއިން ބޭނުންކުރިއެވެ. މި ކުންފުނި އުފެއްދުމުގެ މަޤްޞަދަކީ، އެ ކުންފުންޏާ ވާދަކުރާން ހުރި ހުރިހައި ތެލުގެ ކުންފުނިތައް އާޚިރުގައި ގަންނާނެ ކުންފުންޏެއް އުފެއްދުމެވެ.
1864 ގެ ނޮވެމްބަރ 08 ގައި ރައީސް ލިންކަން ދެވަނަ ދައުރަކަށް އަލުން ހޮވިވަޑައިގަތެވެ. އަދި ނޮވެމްބަރ 21ގައި އޭނާގެ ރައްޓެއްސަކަށް ތިރީގައިވާ ޢިބާރާތުން ސިޓީއެއް ފޮނުއްވިއެވެ.
[ޞުލްޙައިގެ ދުވަސްވަރުގައި މި މާލީ ބާރުތައް ޤައުމުތަކުގެ މައްޗަށް ޝިކާރަކުރެއެވެ. އަދި ގިލަންވެރިކަމުގެ ވަގުތުތަކުގައި ޤައުމުތަކުގެ މައްޗަށް އެ މީހުން ނުބައި ސިއްރު ރޭވުންތައް ރާވައެވެ. އެއީ ރަސްކަމަކަށް ވުރެ މާ ޚުދުމުޚުތާރު ބަޔެކެވެ. އަދި އެކެއްގެ ވެރިކަމަށްވުރެ މާ އިހާނެތި ބަޔެކެވެ. އަދި މަރުކަޒީ ސަރުކާރަކަށް ވުރެ މާ އަމިއްލަ އެދުން ބޮޑު ބަޔެއްވެސްމެއެވެ.]
ރޮތުސްޗައިލްޑު ޢާއިލާގެ މީހެއްކަމުގައިވާ، ޑިމޮކުރެޓިކު ޕާރޓީގެ މިހާރުގެ ޤައުމީ ޗެއަރމަން އޮގަސްޓު ބެލްމޮންޓު (August Belmont)، ރައީސް ލިންކަނާ އިދިކޮޅަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތާއީދުކުރީ ޖެނެރަލް ޖޯރޖް މެކުކުލެލަން (George McClellan) އަށެވެ.
1865 ގައި ކޮންގްރެސް އަށް ދެއްވި ތަޤްރީރެއްގައި ރައީސް ލިންކަން ވިދާޅުވިއެވެ.
[އަހުރެންގެ ކުރިމަތީގައި ވަރަށް ބޮޑު ދެ ދުޝްމަނުން އެބަވެއެވެ. އެކަކީ، އަހުރެންގެ ކުރިމަތީގައިވާ ދެކުނުގެ ލަޝްކަރެވެ. އަނެއް ދުޝްމަނަކީ އަހުރެންގެ ފަހަތުގައިވާ މާލީ މުއައްސަސާތަކެވެ. މި ދެ ދުޝްމަނުންގެ ތެރެއިން އަހުރެންގެ އެންމެ ބޮޑު ދުޝްމަނަކީ އަހުރެންގެ ފަހަތުގައިވާ ދުޝްމަނެވެ.]
އޭނާ ދެވަނަ ދައުރަކަށް އިފުތިތާޙުކުރެވުނުތާ ސާޅީސް އެއް ދުވަސް ފަހުން، އޭޕުރިލް މަހުގެ 14ވަނަ ދުވަހު، އަދި އެޕޮމެޓޮކުސް (Appomattox)ގައި ޖެނެރަލް ގްރާންޓު (Grant)ގެ އަތްމައްޗަށް ޖެނެރަލް ލީ (Lee) އަމާންދިންތާ އެންމެ ފަސް ދުވަސް ފަހުން، ރައީސް ލިންކަން ހަށިކޮޅަށް ޖޯން ވިލްކެސް ބޫތު (John Wilkes Booth) ކިޔާ މީހަކު، ބަޑިޖަހައި އަވަހާރަކޮށްލިއެވެ. އެއީ އެމެރިކާގެ އަހުލީ ހަނގުރާމަ ނިމުމުގެ ކުޑަދުވަސްކޮޅެއް ކުރީންނެވެ.
އޭގެ ހަތްދިހަ އެތައް އަހަރެއް ފަހުން، ބޫތުގެ ކާފަ ދަރިފުޅެއް ކަމުގައިވާ އައިޒޯލާ ފޮރެސްޓަރ (Izola Forrester)، އޭނާގެ ކާފައާ ބެހޭ ގޮތުން ލިޔުނު "ދިސް ވަން މޭޑު އެކުޓު" (މި މޮޔަ އެއް ޢަމަލު) މި ފޮތުގައި ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ ކާފަ ލައްވައި މި ކަން ކުރުވީ ޔޫރަޕުގެ ބާރުގަދަ މަޞްލަޙަތުހުރި ފަރާތްތަކުންނެވެ. އަދި، މި ފޮތުގައިވާ ގޮތުގައި އޭނާގެ ކާފަ އެމެރިކާގެ އިދާރާތަކުން ފަހުން މަރައިލީކަމަށް ބުނެވޭ ރިޕޯރޓުތަކާ ޚިލާފަށް، ޙަޤީޤަތުގައި އޭނާގެ ކާފަ ފިލައިގެން ޔޫރަޕަށް ދިޔައީއެވެ. އަދި ޢުމުރުން އޮނަސާޅީސް އަހަރުގައި ކެލައިސްގައި ޠަބީޢީ މަރަކުން އޭނާ މަރުވީއެވެ.
ރައީސް ލިންކަން އަވަހާރަކޮށްލުމުގެ ޒިންމާ އުފުލާންޖެހޭނީ ބައިނަލްއަޤްވާމީ ބޭންކަރުންކަމަށް ތުހުމަތުކޮށް ކެނެޑާގެ ހައުސް އޮފު ކޮމަންސްގައި އޭގެ ހަތްދިހަ އަހަރު ފަހުން، 1934 ވާހަކަދެއްކުނެވެ.
މިކަން ހާމަކުރި މީހަކީ ކެނެޑާގެ އެޓާރނީއެއްކަމުގައިވާ ޖެރަލްޑު ޖީ. މެކުގިއަރ (Gerald G. McGeer) އެވެ.
ސަރުކާރުގެ އަރުޝީފުން އެ ކަމާ ގުޅޭ ރެކޯރޑުތައް ފުހެލެވިފައި ވީނަމަވެސް، އެމެރިކާގެ "ސީކުރެޓު ސާރވިސް"ގެ އޭޖެންޓުން އަތުގައިވާ ޖޯން ވިލްކެސް ބޫތުގެ ޝަރީޢަތުގެ ރެކޯރޑުތަކުން މެކުގިއަރ މި ކަމުގެ ހެކި ހޯދިއެވެ. މި ކަން ހިނގީ ބޫތު މަރުވެއްޖެކަމަށް ކުރެވުނު ތުހުމަތަށް ފަހުގައެވެ. މެކުގިއަރ ދިން ބަޔާނުގައިވާ ގޮތުގައި މި ކަމުން އެނގޭ އެއްޗަކީ ޖޯން ވިލްކެސް ބޫތަކީ ބައިނަލްއަޤްވާމީ ބޭންކަރުންނަށް މަސައްކަތްކޮށްދިން ކުލީ ސިފައެއްކަމެވެ. އޭނާގެ ތަޤްރީރު "ވެންކޫވަރ ސަން" ދުވަހުނޫހުގައި 1934ގެ މެއި 2 ގައި ލިޔެފައިވާ މަޒުމޫނެއްގައި ރިޕޯޓުކުރެވި އޭގައިވެއެވެ.
]އަވަހާރަ ކޮށްލެވިފައިވާ، އަޅުން މިނިވަންކޮށްދެއްވި އެމެރިކާގެ ރައީސް އެބްރަހަމް ލިންކަން އަވަހާރަކޮށްލެވުނީ ބައިނަލްއަޤްވާމީ ބޭންކަރުން ތަމްސީލުކުރާ ޖަމާޢަތެއްގެ ނުބައި ރޭވުންތަކުގެ ސަބަބުންނެވެ. އެމެރިކާގެ ރައީސްގެ ޤައުމީ އަރަންޏާ ބެހޭ އެދުންފުޅުތަކާ މެދު އެބައިމީހުން ބިރުގަތީއެވެ.]
ލިންކަން އެ ދުވަސްވަރު ލިންކަން އަވަހާރަވުމަށް ދުނިޔޭގައި އޮތް ހަމައެކަނި ފަރާތަކީ ރޮތުސްޗައިލްޑުމެންނެވެ.
ވެންކޫވަރ ސަންގައި ޝާއިޢުކުރެވުނު މަޒުމޫނުގައި ޖެރަލްޑު މެކުގިއަރގެ ބަޔާން ވެސް ހިމަނައިފައިވެއެވެ.
[އެމީހުންނަކީ އެއީ ގޯލްޑު ސްޓޭންޑަރޑު ޤާއިމްކުރާން ބޭނުންވި މީހުންނެވެ. އަދި ދުނިޔޭގައިވާ ކޮންމެ ޤައުމެއްގެ ފައިސާއާއި، އަރަނިވެރިކަން މެނޭޖުކުރުމުގެ ޙައްޤު ބޭންކަރުންނަށް އޮތުމަށް ބޭނުންވި މީހުންވެސްމެއެވެ. ލިންކަން ނައްތައިލެވުމުން އެ މީހުންގެ މި ރޭވުމާއިގެން ކުރިއަށްދިއުމުގެ ފުރުޞަތު އެ މީހުންނަށް ފަހިވިއެވެ. އަދި އެ މީހުން މި މަޝްރޫޢާއިގެން އެމެރިކާގައި ކުރިއަށް ދިޔަމެއެވެ. ލިންކަން އަވަހާރަ ކޮށްލެވުނުތާ އަށް އަހަރު ތެރޭގައި، ފައިސާއެއްގެ ގޮތުގައި ރިހި ބޭނުންކުރުން ވަނީ ހުއްޓައިލެވިފައެވެ. އޭގެ ބަދަލުގައި ގޯލްޑު ސްޓޭންޑަރޑުގެ ނިޒާމް އެމެރިކާގައި ޤާއިމްކުރެވުނެވެ. ވަރަށް ޝައުޤުހުރި ގޮތެއްގައި، އެބްރަހަމް ލިންކަނަކީ ކުރިޕުޓޯ ޔަހޫދީއެއްކަމުގައިވާ އޭ. އޭ. ސްޕުރިންގްސް (ކުޕރިޕުޓޯ ޔަހޫދީއަކަށް ވުމުގެ ކުރިން މީނާގެ ނަމަކީ ސްޕުރިންގްސްޓައިން)ގެ ނަޙަލާލު ދަރިއެއްކަމުގައި ވަރަށް ބޮޑަށް ބެލެވިފައިވެއެވެ. ސްޕުރިންގްސް އަކީ ރޮތުސްޗައިލްޑު ޢާއިލާގެ މީހެކެވެ.
ރޮތުސްޗައިލްޑު ޢާއިލާގެ މީހެއް، އަދި ފުރޭންކުފަރޓުގައި ހުންނަ އެ މީހުންގެ ގޭގައި އުފަންވި މީހެއްކަމުގައިވާ ޖޭކަބް ސްކިފު (Jacob Schiff)، ލަންޑަންގައި ހުންނަ ރޮތުސްޗައިލްޑުގެ ބޭންކުގައި ކުރު މުއްދަތެއްގެ ތަމްރީން ޕުރޮގްރާމެއްގައި ބައިވެރިވެފައި، އޭނާގެ ޢުމުރުން އަށާރަ އަހަރުގައި އޭނާ އެމެރިކާއަށް ހިޖުރަކުރިއެވެ. އޭނާ އެމެރިކާއަށް އައި މަޤުޞަދަކީ، އެމެރިކާގެ ބޭންކިންގގެ ވިޔަފާރިގެއެއްގެ ޙިއްޞާ ގަތުމެވެ. އޭނާ އައީ އެ ކަން ކުރާނެ ގޮތުގެ އިރުޝާދާއި އެ ކަމަށް ބޭނުންވާ ފައިސާ ހިފައިގެންނެވެ. މި ކަމުގެ ޙަޤީޤީ މަޤްޞަދަކީ:
1. މަޒުކަޒީ ބޭންކެއް ޤާއިމްކޮށްގެން އެމެރިކާގެ ފައިސާގެ ނިޒާމު ރޮތުސްޗައިލްޑު ޢާއިލާގެ ކޮންޓުރޯލުގެ ދަށަށް ގެނައުން.
2. އިލޫމިނާޓީންގެ އެހީތެރީންގެ ގޮތުގައި އުޅެދޭނެ އެކަށޭނަ މީހުން ކޮންމެވެސް އަގަކަށް ހޯދުން. އަދި މަރުކަޒީ ސަރުކާރުގެ މަތީ މަޤާމްތަކަށާއި، ކޮންގްރެސް އަށާއި، ސުޕުރީމް ކޯޓަށާއި، އަދި މަރުކަޒީ ސަރުކާރުގެ އެކި އިދާރާތަކުން އެ ފަދަ މީހުންނަށް ޖާގަ ހޯދައިދިނުން.
3. ޤައުމުތަކުގައިވާ ބައިމަދު (މައިނޯރިޓީ) އާބާދީތަކުގެ ހަމަނުޖެހުންތައް އުފެއްދުން. ވަކީން ޚާއްޞަކޮށް ދޮން މީހުންނާއި، ކަޅު މީހުންނާ ޖެއްސުން.
4. ނަސާރާދީން އަމާޒަކަށް ހަދައިގެން އެމެރިކާގައި ދީން ނައްތައިލުމަށް ޓަކައި ޚާއްޞަ ޙަރަކާތެއް ޤާއިމްކުރުން.
މި އަހަރު އިނގިރޭސި ބަރުލަމާނުގެ ބަކިންހަމްޝަޔަރގެ އައިލިސްބެރީގެ މެންބަރުކަމުގައި ނަތާނިއެލް ޑި ރޮތުސްޗައިލްޑު ހޮވުނެވެ.
1866 ގައި ހެންރިއެޓު (ޖެއްޓޭ) ރޮތުސްޗައިލްޑު މަރުވިއެވެ.
1868ގެ ނޮވެމްބަރ 15ގައި ޖޭކަބް (ޖޭމްސް) މެޔަރ ރޮތުސްޗައިލްޑު މަރުވިއެވެ. އޭނާ މަރުވީ، ފަރަންސޭސިވިލާތުގެ "ގްރޭންޑު ކުރޫ" (grand cru) މަރުކާގެ އަގުބޮޑު މޭބިސްކަދުރު އުފައްދާ އެންމެ ބޮޑު ހަތަރު މިލްކިއްޔާތު/ބިމުގެ ތެރެއިން އެންމެ އަގުބޮޑު އެއް ބިންކަމުގައިވާ "ޝާޓޯ ލަފީޓު" (Chteau Lafite) ގަތުމަށް ފަހުގައެވެ. މެޔަރ އަމްސްކެލް ރޮތުސްޗައިލްޑުގެ ދަރީންގެ ތެރެއިން އެންމެފަހުން މަރުވި މީހަކީ އޭނާއެވެ. (ނުނިމޭ)