ad_banner
މިނިވަންކަމަށް ޓަކައި އަބަދު ވެސް މަސައްކަތްކުރާން ޖެހެއެވެ.

އިސްމާޢީލު މުބާރަކު

14 ފެބްރުވަރީ 2026

ދިވެހިރާއްޖެއާއި މޮރިޝަސް ފެންނަ ކުރެހުމެއް

ޤައުމުތައް އެއް ޤައުމާއި އަނެއް ޤައުމު އެންމެ ގިނައިން ހަނގުރާމަ ނުހިއްޓި ހިނގައިފައި ހުރީ  މައްސަލަ ޖެހިފައިވާ ސަރަޙައްދުތަކުގެ މައްސަލައިގައެވެ. މި ގޮތުން، ސާބިޔާގެ ކްރިސްޓިއަނުންނާއި އަލްބޭނިޔާގެ މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކަށް ސަރަޙައްދު ކަށަވަރުކުރުމަށް  1988 އިން 1990ގެ އަހަރުތަކުގައި ކުރި ހަނގުރާމައިގައި ނޭޓޯ އެ ދެމެދަށް ވަދެ ކޮސޮވޯގެ މިނިވަންކަން ކަށަވަރުކުރެވުނެވެ. 

ދާދި ފަހުން އަޒަރް ބައިޖާނާއި އާރްމީނިޔާގެ މައްސަލަޖެހިފާވާ ސަރަޙައްދު ނަގާނޯ ކަރަބާޚުން  އާރްމީނިޔާގެ ރައްޔިތުން ފައިބައި ގެދޮރު ދޫކޮށް އެ ސަރަޙައްދު ވަނީ އަޒަރުބައިޖާންއަށް ދީފައެވެ.  ތައިލޭންޑާއި ކެމްބޯޑިޔާގެ މައްސަލަޖެހިފައިވާ ސަރަޙައްދުގެ މައްސަލައިގައި ތައިލޭންޑްގެ ވައިގެ ސިފައިން ދާދި ފަހުން ކެމްބޯޑިޔާގެ އެ ސަރަޙައްދަށް  އެފް 16 މަރުކާގެ ބޯޓްތަކުން ވަރުގަދަ ޙަމަލާތަކެއްދިނެވެ. އަދި ކެމްބޯޑިޔާއިން ބޮޑުބަޑިތަކުން ވަރަށް ގަދަޔަށް ޙަމަލާދިނެވެ. އިންޑިޔާ އާއި ޗައިނާގެ މައްސަލަ ޖެހިފައިވާ ކަރްޤީލްގައި ދެޤައުމުގެ މެދުގައި ދޭތެރެ ދޭތެރެއިން ޙަމަލާ ބަދަލުކޮށް މީހުން މަރުވަމުންދެއެވެ. ޕާކިސްތާނާއި އިންޑިޔާއިން ހަމަ މި ގޮތަށް ކަޝްމީރުގައި ހަނގުރާމަ ހިންގައެވެ. 

އަޅުގަނޑުމެން ބޮޑުތަކުރުފާނު ވާހަކައިން ފަޚުރު ލިބިގަނެގެން ރާއްޖޭގެ ދެކޮޅުން ދެބައި ވީއްލިގެން ދިޔަ އިރު ވެސް މިތިބީ އެ ފަޚުރުގެ މަތީގައެވެ. ޙަޤީޤީ ހިތްވަރު ނެރޭންވީ ވަގުތު މި އޮތީ ޖެހިފައެވެ.  މޮރިސަސްއާއި ދިވެހިރާއްޖެ މި އޮތީ  ކަނޑުގެ މައްސަލައިގައި (ޑިސްޕިއުޓެޑް ޓެރިޓަރީ އެއް) އުފަންކޮށްގެންނެވެ. މިއަދު ދިވެހީންނަށް މިއޮތީ ބޮޑުތަކުރުފާނުގެ ޖިހާދު މޮރިސަސްއާ ހިސާބަށް ގެންދާން ފުރުޞަތު ލިބިފައެވެ. ވައިބަރުގައެއް ނޫނެވެ. ކަނޑިއާ އައްޑަނައަކުންނޫނެވެ.  ޑްރޯން އާއި އެންމެ ޒަމާނީ ހަތިޔާރުން [ކޮމްބައިންޑް މިލިޓަރީ މެތަޑް]ތައް ބޭނުންކޮށްގެންނެވެ. ނައިޓް ވިޒަންއާއި ސްނައިޕަރާއި ޑެލްޓާ އެއަރު ފޯހާއި ގްރައުންޑް އެންޑް ސީ ކޯޑިނޭޝަން ސެޓެލައިޓުން ގުޅުވައިލައިގެން ކުރާ ހަނގުރާމައެވެ. ދިވެހީންނަކީ ކޮން ބަޔެއްކަން ދައްކައިލާން މި އޮތީ ފުރުޞަތު ލިބިފައެވެ. ތިޔަ ބޭފުޅުން ހަނގުރާމަޔަށް ތައްޔާރުތޯއެވެ؟ އަޅުގަނޑު އަޅުގަނޑުގެ ޢާއިލާއާއި ޤައުމު ދިފާޢުކުރާން ތައްޔާރެވެ. ތިޔަ ބޭފުޅުންގެ ގޮތް ނިންމަވާނީ ތިޔަ ބޭފުޅުންނެވެ.

ފަހަރެއްގައި، މޮރިސަސްއާއި ރާއްޖެއާ ދެމެދު ކުރެވޭން މި އުޅޭ ހަނގުރާމައަށް ފަހު [ބޮސްނިޔާ ހަނގުރާމަޔަށް ފަހު ކޮސޮވޯ އުފަންވި ގޮތަށް ރިޕަބްލިކް އޮފް ސުވަލްދީބު ކިޔާ ޤައުމެއް ވެސް އުފަންވެދާނެއެވެ.  ގޮތް ނިންމަވާނީ ތިޔަ ބޭފުޅުންނެވެ.

ކޮމެންޓު