ad_banner
އުޅޭނެ ތަނެއް ކުއްޔަށްހިފުން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

2 ނޮވެންބަރު 2025

ޢިބާރާތްކުރާން ދަސްވެްޖެ ނަމަ، ދޮގުނަހަދައި ވެސް ބޭނުންވާ ކަނަކަން ހާސިލުކުރެވިދާނެއެވެ.

މީހަކު އޭނާއާއި އޭނާގެ އާއިލާ އުޅޭނެ ތަނެއް ކުއްޔަށް ލިބޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް، އޭނައަށް ވާނޭ ގޮތެއް ނުވިއެވެ. ސަބަބަކީ އޭނަގެ އާއިލާ ބޮޑުކަމެވެ. އޭނަގެ، އަށް ދަރީން ތިބިކަމެވެ.

ދެން، އެއް ދުވަހަކު، އޭނާގެ އަންހެނުން ގާތު ބުންޏެވެ: ކަނބުލޭގެ ހަގު ހަތް ކުދީން ގޮވައިގެން ގަބުރުސްތާނަށް، ނިޔާވެފައިވާ ކަނބުލޭގެ ބައްޕައަށް، ޒިޔާރަތްކޮށްލާން ދާށެވެ.

މިހެން، ބުނެފައި ދޮށީ ދަރިފުޅު ގޮވައިގެން ތަނެއް ލިބޭތޯ ނިކުތެވެ. ދެން، އެންމެ ފުރަތަމަ ބެލި ގެއިން ވެސް ސުއާލުކުރީ ކިތައް ކުދީން ތިބިތޯއެވެ. ޖަވާބުގައި ކުދީންގެ ބައްޕަ ބުންޏެވެ. ހަތް ކުދިންނާއި އެ ކުދީންގެ މަންމަ ވެސް ވަނީ ގަބުރުސްތާނުގައެވެ. މިހާރު މި ތިބީ އަހަންނާއި އަހަރުމެންގެ އަށް ވަނަ ދަރިފުޅެވެ.

ދެން، ގޭގެ ވެރި ފަރާތުން، އެ ބައްޕަގެ މައްޗަށް ހަމްދަރުދީވެ، އެ ގެ އޭނައަށް ކުއްޔަދޭން ނިންމައި އެ ކަމާ ބެހޭ އެއްބަސްވުންތަކުގައި ސޮއިކުރިއެވެ.

އެ ކަން ނިންމައިފައި ދިޔަ މަގުމަތީގައި ދަރިފުޅު ގާތު ބައްޕަ ބުންޏެވެ: ދަރިފުޅާއެވެ! ދޮގު ނުހެއްޖަސް، ބޭނުންކުރާންޖެހޭ ބަސްތަކާއި އިބާރާތްކުރާންޖެހޭ ގޮތް އެނގިއްޖެ ނަމަ، ބޭނުންވާ ކަންތައް ވެސް ވެދޭ ނޫންހެއްޔެވެ! ދެން، ދަރިފުޅު ވެސް ބައްޕައާ އެއްބަސްވެ [ލައްބައޭ] ބުންޏެވެ.

ކޮންމެއަކަސް، އެ ދަރިފުޅު ބޮޑުވެ، ފަހުން ވަރަށް ހުނަރުވެރި އަދި މަޝްހޫރު ސިޔާސީވެރިއަކަށްވިއެވެ.

ކޮމެންޓު
ކޮމެންޓުތައް
އިބްރާހީމް
2 ނޮވެންބަރު 2025 05:36
ވަރަށްވެސް ޚިދުމަތްތެރި ވާހަކައެއް،