ad_banner
ޣައްޒާގައި އިސްރާއީލާއި އެމެރިކާއިން ހިންގާ ޢުދުވާނަށް ޢަރަބި ބާރުތަކުން އިނާމުދިނުން

އަބާ މުޙަންމަދު

17 މޭ 2025

ގަލފުގެ 3 ބާރުން ޓުރަންޕަށް ކީ ވަރަށް ހޫނު މަރުހަބާއެކެވެ.

ޣައްޒާގެ ރައްޔިތުން މަރައި ހުސްކޮށް ޣައްޒާގެ ފޭރިގަނެ، އެ ބިމަށް ވެރިވެގަންނަން ޓުރަންޕު ކުރާ މަސައްކަތަށް ގަލްފުގެ ބޮޑެތި ގައުމުތަކުން ތާއީދުކުރާކަން ޓުރަންޕު މެދުއިރުމައްޗަށް ކުރި ދަތުރުން ދުނިޔެއަށް ވަނީ ހާމަކޮށްފައެވެ.

ޣައްޒާ ފޭރިގަނެ، އެ ބިމަށް ވެރިވެގަންނަން ބޭނުންވާކަން ޓުރަންޕު ފުރަތަމަ ހާމަކުރީ މި ދިޔަ ފެބުރުވަރީ މަހުގެ ތެރޭގައެވެ. އޭނާ ބުނެފައި ވަނީ، ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ މީހުން ރެފިއުޖީންނަށް ހަދައި، ގެދޮރު ނެތިކޮށްލާނެކަމުގައެވެ. އަދި، ޣައްޒާ ފަތުރުވެރިކަމަށް ތަރައްޤީކޮށް، އެ ތަނުން މާލީ މަންފާ ހޯދަން ބޭނުންވާ ކަމުގައެވެ. ޓުރަންޕުގެ އެ ތަސައްވުރަށް ފަލަސްޠީނުގެ އިތުރުން ޢަރަބި ޤައުމުތަކާއި އދ.ގެ ފާޑުކިޔުމާ އޭރު އަމާޒުއަމާޒުވިއެވެ.

ފަލަސްޠީނުގެ ޣައްޒާ ފޭރިގަނެ، އެއީ އެމެރިކާގެ މިލްކަކަށް ހެދުމުގެ ތަސައްވުރު ރައީސް ޑޮނަލްޑް ޓުރަންޕު ގަލަފަށް ކުރި ދަތުރުގައި އަނެއްކާ ވަނީ އާކޮށްފައެވެ. އޭނާ މި މޭރުމުން ވާހަކަދައްކައިފައި ވަނީ ޤަޠަރުގައި ބޭއްވި ވިޔަފާރިއާ ގުޅޭ ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އޭނާ ޤަޠަރަށް ދިޔައީ ގަލްފުގެ ތިން ޤައުމަކަށް ކުރި ދަތުރުގައެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން އިސްރާއީލުން ޣައްޒާގެ ރައްޔިތުން ޝަހީދުކޮށް ހުސްކޮށް މުޅި ޣައްޒާގެ ބިނާރު ފުނޑުފުނޑުކޮށްލީ އެމެރިކާގެ ފުރިހަމަތާއީދާއި މަދަދާ އެކީގައެވެ. އެމެރިކާ ބޭނުން ނަމަ، އެ ކަން ހުއްޓުވޭނެއެވެ. އޭނާ ވެރިކަމަށް އައީ ވެސް އޭނާއަށް ރައީސްކަން ލިބިއްޖެ ނަމަ، ޣައްޒާގައި ހިންގާ ޢުދުވާނު 24 ގަޑިއިުގެ ތެރޭގައި ހުއްޓުވާނެކަމުގެ ވަޢުދުގެ ސަބަބުން އެމެރިކާގެ މުސްލިމުންގެ ފުރިހަމަ ތާއީދާއެކުގައެވެ.

ނަމަވެސް މި އަނިޔާވެރި ޢުދުވާނުތައް ހިންގަމުން ދަނިކޮށް ޓުރަންޕު މެދުއިރުމައްޗަށް ދިޔުމުން އޭނާއަށް ވަނީ ސުޢޫދީ ޢަރަބިއްޔާއާއި ޤަތަރާއި އޫއޭއީން އާދަޔާ ޚިލާފު ހޫނު މަރުޙަބާއެއް ކިޔައި އެތައް ބިލިއަން ފައިސާއެއްގެ ވުނަތައް އެމެރިކާއާ އެކު ކުރާން އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

އެމެރިކާގައި 600 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށް ނިންމާފައިވާކަން ސަޢޫދީ ސަރުކާރުން ހާމަކުރިތާ އެއް ދުވަސް ފަހުން އެމެރިކާގެ ކުންފުނިތަކާ އެކު 90 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަން ސަޢޫދީ ޢަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، ސަޢޫދީ އަރާމްކޯއިން ވެސް ހާމަކުރިއެވެ.

އެމެރިކާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަމުންދާކަން ހާމަކޮށް ދެ ޤައުމުގެ ދެމެދުގައި 200 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ.

ޤަޠަރުން ވެސް ވަނީ ބޯއިން ޖެޓާއި ހަތިޔާރަށް އެތައް ބިލިޔަން ޑޮލަރުގެ ވުނަތައް ކުރުމަށް ޓަކައި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަން މީޑިއާއިން ވަނީ ހާމަވެފައެވެ.

ޓުރަންޕަށް މަރުޙަބާ ކިޔައިފައިވަނީ އާދަޔާ ޚިލާފު ފުރިހަމަކަމަކާ އެކީގައެވެ. ހަނގުރާމަމަތީ ޖެޓުތަކުން ސަލާމަތީ ކަންކަން ބަލަހައްޓައި ޖަމަލުގެ ޕެރޭޑުތައް ބާއްވައިގެން ރައްދޫލައިގެ މަރުޙަބާއިންނެވެ.

މި ކަންކަމުން ދޭހަވީ މުސްލިމުންގެ ބޮޑެތި ބޭރުތަކުން ވެސް އިސްރާއީލާއި އެމެރިކާއިން ޣައްޒާގައި ހިނގާ ޢުދުވާނަށް ތާއީދުކުރާ ކަމެވެ. މުސްލިމުންގެ މުގައްދަސު ޙަރަންފުޅަކާ ދެކޮޅަށް ޔަހޫދީން މި ހިންގާ ޢުދުވާނަށް ޢަރަބި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ތާއީދުކުރާކަން ނޫންކަމެއް ޓުރަންޕުގެ ގަލްޕު ދަތުރުން އަޅުގަނޑަކަށް ދޭހައެއް ނުވިއެވެ.

ކޮމެންޓު