Advertisement

އަގެއް ނެތް ކާވެނި

.

ކަމެއް ކުރުމަށް ތިމާ އުޅެގެން ހަމެއް ދާއިރު އެކަން ނުވެގެން

    ދަމެއް ފާއިތުވަނީ އޮވެގެން، ކަމެއް ވެސް މި އުޅެނީ ނުވެގެން

ހިތީ ތަންމަތި އަރާމު ކަމަށް މަތީ އުޅެލުން ފަސޭހަ ކަމަށް

    ނެތީ އެނގި އެއް ކަމެއް ކުރުމަށް، މުތީތައް ގެއްލެނީ އޮވެގެން

ނެތަސް ހުނަރެއް ތިމާގައިގައި އޮތަސް އާދެވި ލިބުނު ވައިގައި

    އެތަން އެވަނީ އެހާ ދުރުގައި، ހިތަށް އެރިހާ ގޮތެއް ނުވެގެން

ދިމާކުރުމީ ދިމިޤްރާޠީ، ޙިމާޔަތަކީ ކުރުން ޤައިދީ

    ތިމާ ނޫން އެކަކުވެސް ނެތަތީ އިމާމުންތައް ދަނީ ނެތިގެން

ކަމެއް ނުވިނަމަ އެބައިމީހުން ކަމެއް ވީނަމަ މަގޭ މޮޅުކަން

    ދަމެއްދަމަކުން ޖަހާ ވަޒަނުން ހަމޭ އެ ދަނީ ގޮތެއް ނެތިގެން

ކޮބާ އިންސާފު ހަމަހަމަކަން ތަބާވާ ފަތްފުށެއް ވާކަން،

    އޮބާމާއެއް ކަމަށް ވީކަން، ވަބާއެއް ޢާއްމުވީ ފެށިގެން

ކިޔާ ނަމަކަށް ކުރިން ސުވަރުގެ، ހިޔާކަން އެންމެނަށް ލިބުމުގެ…

    ނިޔާ އަނިޔާ އަކަށް ހެދުމުގެ، ޚިޔާލަށް އަދު ދަނީ ގެނބިގެން

ނުކޮށް ތިބިއިރު ކުރީން ޝާދީ، ނިކަން ރަތުރަން ފުރައި ވާދީ

    އެކަށް ފަޅިފަޅިވެގެން ފަސްދީ، ދުކޭ ލިބެނީ ހަފުސް ވެވިގެން

ހަގީގަތް އޮންނަނީ އޮތްތާ ދަގީގުކަމަށް ކުރިން ހިތިތާ

    މަގީ އަދު ކަށިކުނބުރު މަގުތާ!! ހަގީގަތް އަދު ދަނީ އޮޅިގެން

ދެނެއް ބޭނުންނުވޭ އެއްދާން، ކަނެއްގައިނަމަ ވިޔަސް އެނދުދާން

    ދެނެއް ބޭނުން ނުވޭ ހައިޖާން، ޙަޔާތް ދާ އިރު، އޮޔާލެވިގެން

މިއަދު މި މޮހައިލަނީ ގޮށްތައް، މިއަދު ޖެހިހާ އެ މަގުލަސްތައް

   މިއަށް ވުރެ މާރަނގަޅު ގޮތްތައް، ހުރީމާ އަދު އެ ގޮތް ފެނިގެން

Advertisement

ކޮމެންޓް