ad_banner
ފުރުސަތު ނަގައިނުލާ!

ޝާއިޢުކުރީ: ފަރަގު މީޑިއާ

29 އޮކްޓޯބަރު 2023

.

ޢަބްދުﷲ ޢަފީފު، އަލިދޯދި، ތިނަދޫ

ގަހެއް ހައްދާ ހިތުން ހުއްޓައި، ގެޔާ ގާތުން  ލިބުނު ބިންކޮޅު

    ފިހެންދެން ގޮސް އިރުގެ ހޫނުން ނުބާއްވާށޭ ނެތަސް ފަސްކަޅު

ކުރާށޭ ދެން ތަނުގެ އިންވަކި ކުރަން ބޭނުން ބިމުގެ އެކިއެކި

    ތުރާލެއް  ގެއްލުމެއް  ލިބިދާނެޔޭ  ހީކޮށް  ނުވާށެ  ދެކޮޅު

އަވަސް ގޮތަކުން އެތާ އިންދާނެ މުޑުވަށް ވެސް ޖެހޭ ހޯދާން

    ދުވަސް މާޒީވެގެން  ދާ އިރު، ނުހުންނާށޭ ބަލާން  ކޮޅުކޮޅު

ފަހުންއިންދާން ފަހުންހައްދާން ފަހުންފެންދޭންކަމަށް ހުއްޓަސް

    ގަހުން މޭވާ  ލިބޭނޭހެ  އުމީދެއްގައި  ކުރާ  ތިޔަ  މޮޅު

ބިމަށް ކާނާ އަޅައި ފެންދީ، މަރައި ފަނިފަކުސަ ގެއްލުންދޭ

    ބިމަށް ހޭހަން ކުރާން ވާނޭ ހެދޭއިރު ގަސްތަކެއް ވި ޅަނދޮޅު

ނަގައިނުމެލާ!  ސިކުންތެއް ވެސް އެއީ  ފާއިތުވެދާ ވަގުތޭ

    ހިނގާއިރު، ކޮންމެ ފިޔަވަޅަކީ ކަމަށް ވިސްނާށެ ފަހު ފިޔަވަޅު

މި ދުނިޔޭގައި ކުރާ ޢަމަލެއް، ކުރާން ވާނެޔެ މިހެން ވިސްނައި

    ނިދުނު މީހާ، ނުހޭލެވި އޮވެ މަރުވެ  ބައްދަލު ކުރޭ ކަށްވަޅު

____________________________

ކޮމެންޓު