އަސްމާ އަބޫބަކުރު
27 ސެޕްޓެންބަރު 2026
(2026 ސެޕްޓެންބަރު 20ވަނަ ދުވަހާ ގުޅޭ)
[އިބްރާހީމް! ސަލާމަތްވޭ! އަހަރެން ދޫކޮށްލައިފައިދޭ!] މަރިޔަމް ކަރުނައިން ފުރިފައިވާ ދެލޮލުން ބަލައިލުމާ އެކު ހަޅޭއްލަވައިގަތެވެ.
އިބްރާހީމް އެނބުރި އަންނާން އުޅުނެވެ. ނަމަވެސް ނާއިލް ސިއްރު މަގުގެ ތެރެއިން ނިކުމެ އިބްރާހީމްގެ ގަމީހުގައި ހިފައި އެތެރެއަށް ދަމައިގަތެވެ.
[އިބްރާހީމް. މިހާރު ދިޔައިމާ ކަލޭ ހައްޔަރުވާނީ! މަރިޔަމް ސަލާމަތްކުރާން ބޭނުން ނަމަ ފުރަތަމަ ކަލޭ މިނިވަންކަންމަތީ ހުންނާންޖެހޭނެ!] ނާއިލް ބުންޏެވެ. އިބްރާހީމްގެ ހިތް ކުދިކުދިވިއެވެ. އަމިއްލަ އަނބިމީހާ އަނދިރި އަނދަވަޅަކަށް ދޫކޮށްލައިފައި، އޭނާއަށް މަޖުބޫރުވީ ސިއްރު މަގުން ފިރުކެމުން ކުރިއަށްދާށެވެ.
ބިންގަރާހުގެ ތެރޭގައިވާ ދުންތައް ފިލައިދިޔައިރު، މަރިޔަމް އިނީ ބިމުގައި އިށީނދެ ދެކަކޫ ގަޔާ ބޮނޑިކޮށްލައިގެން ރޮވިފައެވެ. އެ ވަގުތު ފުލުހުންގެ ޓީމެއް އައިސް މަރްޔަމް އަތުގައި ބިޑިއަޅުވައިފިއެވެ. އޮފިސަރު އަމްޖަދު ބަރު ފިޔަވަޅުތަކެއްގައި މަރިޔަމްގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ އަތުގައި ޝާހިދުގެ އަތުން އަތުލި މާސްކު އޮތެވެ.
[ކޮބާ ކަލޭގެ ފިރިމީހާ؟ ކޮބާ އިބްރާހީމް ނަސީމް؟] އަމްޖަދު މަރިޔަމްގެ ދަތްދޮޅީގައި ހިފައި މައްޗަށް ހިއްލައިލިއެވެ.
[އަހަންނަކަށް ނޭނގެ! އަހަރެން ދަންނަ އިބްރާހީމެއް މި ތަނަކު ނެތް!" މަރިޔަމް އަމްޖަދުގެ މޫނަށް ކުޅުޖެހިއެވެ.
އަމްޖަދު ރުޅިއައިސް ރަތްވެ، މަރިޔަމްގެ ކޯތާފަތްމަތީގައި ބާރަށް ޖެހިއެވެ.
[ރާޒީ! މި އަންހެނާ ވަގުތުން ފުލުސް އޮފީހަށް ގެންދޭ! އޭނާގެ ފިރިމީހާ އަމިއްލައަށް އައިސް އަހަރެމެންނާ ހަވާލުނުވަނީސް، އޭނާއަށް މި ޖަލުން ސަލާމަތެއް ނުވެވޭނެ. އަދި އޭނާއަށް އެހީވި އޮފިސަރު ނާއިލް ފެނުނުތަނަކުން ޝޫޓްކުރާން އަމުރުކުރޭ!]
ވަލުތެރޭގައިވާ ބޯގަސްތަކުގެ ތެރެއިން މަރްޔަމް ދަމައިފައި ގެންގޮސް ފުލުހުންގެ ޖިޕަށް އެރުވިއެވެ. ވިހި އަހަރު ކުރީގެ ސިއްރުގެ ތެރެއަށް އެއްވެސް ކުށެއް ނެތް މައުސޫމް އަންހެނަކު ކުށްވެރިއެއްގެ ގޮތުގައި ބެދުނީއެވެ. އަމްޖަދުގެ ގޮތް ރާޒީއަށް ނޭނގެނީ ކަމެއް ނުވަތަ ފައިސާގެ ދަހިވެތިކަމުގައި ކަމެއް ނޭނގެއެވެ. އަމްޖަދު އަންގާ ކޮންމެ ކަމެއް ކުރާން ރާޒީ ހުންނަނީ ތައްޔާރަށެވެ. އެ ކަން ކުރަނީ ގައުމީ ވާޖިބު އަދާކުރުމުގެ ގޮތުންކަމެއް އަމްޖަދު ބުނާތީ ކުރަނީ ކަމެއް ނޭނގެއެވެ.
މަރިޔަމްގެ ބަޔާން
ފުލުހުންގެ މަރުކަޒުގެ އެންމެ އެކަހެރި ފިނި ތަޙުގީގު ކޮޓަރީގެ ތެރެއަށް ވެރިވެފައި އޮތީ ބިރުވެރި ހިމޭންކަމެކެވެ. މޭޒުގެ މެދަށް އަލިވާ ގޮތަށް ހުރި ބޮކީގެ ގަދަ ހުދު އަލިކަން ސީދާ އަމާޒުވެފައި ހުރީ މަރިޔަމްގެ މޫނަށެވެ. އޭނާގެ ދެލޮލުން ކަރުނައިގެ އޮހުން ވަނީ ހުސްވެފައެވެ. ނަމަވެސް އެ މޫނުމަތީން ފާޅުވަނީ ހިތްވަރާއި ނުގުޑާ ފަދަ ސާބިތުކަމެކެވެ. އޭނާގެ ކުރިމަތީގައި، މޭޒުގެ އަނެއްކޮޅުގައި އިށީނދެގެން އިނީ އޮފިސަރު އަމްޖަދެވެ. އޭނާގެ އަތުގައިވާ ރެކޯޑަރު ދިއްލިފައި އޮތެވެ.
"މަރިޔަމް. އަހަރެން ކަލެއަށް އެންމެ ފަހު ފުރުސަތު މި ދެނީ." އަމްޖަދު ކުރަކި އަޑަކުން ބުންޏެވެ.
[ކަލޭގެ ފިރިމީހާ އިބްރާހީމް ނަސީމްއަކީ މީގެ ވިހި އަހަރު ކުރީން މީހަކު މަރައިލައިފައިވާ ނުރައްކާތެރި ކުށްވެރިއެއް. އޭނާ ފިލައިގެން އުޅޭ ތަން ވަގުތުން ކިޔައިދީ. އެހެން ނޫނީ ކަލޭގެ މުޅި ޢުމުރު ހޭދަކުރާން ޖެހޭނީ މި އަނދިރި ޖަލުގައި."
މަރިޔަމް ފުން ނޭވާއެއްލުމަށް ފަހު، ސީދާ އަމްޖަދުގެ ދެލޮލަށް ބަލައިލިއެވެ.
[އަހަރެން ބަޔާން ދޭނަން. އެކަމަކު އަހަރެން ދޭނީ އަހަރެން ދަންނަ ޙަގީގީ ބަޔާން.] މަރިޔަމްގެ އަޑުގައި އެއްވެސް ޖެހިލުމެއް ނެތެވެ.
[އަހަރެން ކައިވެނިކުރީ އާދަމް ކިޔާ މީހަކާ. އޭނާއަކީ ހިތްހެޔޮ، ތެދުވެރި މަސްވެރިއެއް. އޭނާގެ އަސްލު ނަމަކީ އިބްރާހީމްކަން އަހަންނަށް އެނގުނީ މާ ފަހުން.]
އަމްޖަދު މަލާމާތުގެ ހިނިތުންވުމަކާ އެކު ބޯޖަހައިލިއެވެ.
[އެހެންވީމާ އޭނާ ކަލެއަށް އޮޅުވައިލީ ދޯ؟ އޭނާގެ ކުށްވެރި މާޒީ ފޮރުވާން.]
[ނޫން!] މަރިޔަމް ބާރަށް ބުންޏެވެ.
[އޭނާ ފިލައިގެން އުޅުނީ އޭނާއަކީ ކުށްވެރިއަކަށް ވެގެނެއްނޫން. އޭނާ ފިލާން މަޖުބޫރުވީ މި ރަށުގެ ފުލުހުންގެ އިސްވެރިޔާ. ކަލޭ... އަމްޖަދު. އަމިއްލައަށް ކުރި ކުށް އޭނާގެ ބޮލުގައި އަޅުވަފައިވަނީ. ކަލޭ އަމިއްލައަށް އޭނާއަށް މާސްކު ދީފައި ފިލާން ނަސޭހަތްދިނީ ކަލޭގެ ސިއްރު ފޮރުވަން!]
ތަހުގީގު ކޮޓަރީގެ ބޭރުގައި، ބިއްލޫރިގަނޑުގެ ފުރަގަހުގައި ތިބި ތަހުގީގު ޓީމުގެ އެހެން ފުލުހުންގެ މެދުގައި ކުއްލި ސިހުމެއް އުފެދުނެވެ. އެ މީހުން އެކަކު އަނެކަކަށް ބަލައިލިއެވެ. އަމްޖަދުގެ މޫނުގެ ކުލަވަރު ކުއްލިއަކަށް ރަތްވެ، އޭނާ މޭޒުމަތީގައި ބާރަށް އަތްޖެހިއެވެ.
[ހުއްޓައިލާ! މިއީ ކަލޭ ހަދާ ފޭކު ވާހަކަތަކެއް!] އަމްޖަދު ކޮޅަށް ތެދުވިއެވެ.
[މިއީ ހަގީގަތް! އޭނާގެ ބިންގަރާހުގައި ހުރި ހުރިހާ ސިއްރު ލިޔުންތަކަކުން އަހަންނަށް އެ ކަން ޔަގީންވި. ކަލޭ މީގެ ވިހި އަހަރު ކުރީން އެ ވިޔާފާރިވެރިޔާ މަރާލީ ރަށުގެ ބިންތަކެއްގެ މައްސަލައިގައި. އަހަރެންގެ ފިރިމީހާގެ ދުލުން އެ ހުރިހާ ވާހަކައެއް ވަނީ މިހާރު ރެކޯޑުކުރެވިފައި. ކަލެއަށް އެ ހެކިތަކެއް ނައްތައެއްނުލެވޭނެ!] މަރިޔަމް ޖޯޝާ އެކު އޭނާގެ ބަޔާން ކުރިއަށް ގެންދިޔައެވެ.
އަމްޖަދު އަވަސްއަވަހަށް ރެކޯޑަރު ނިއްވައިލިއެވެ. ބޭރުގައި ތިބި ފުލުހުންނަށް ނުދެއްކުމަށް ޓަކައި ގަދަކަމުން ހަމަހިމޭންވެލިއެވެ. އޭނާ މަރިޔަމްގެ ކައިރިއަށް ގޮސް، މަޑުމަޑުން ބުންޏެވެ.
[މަރިޔަމް... ކަލޭ ތި ދިން ބަޔާނުގެ އެއްވެސް ލިޔުމެއް މި ކޮޓަރިން ބޭރަކަށް ނުދާނެ. އަދި ކަލޭގެ ފިރިމީހާގެ އަތުގައި އޮތް ރެކޯޑިންގްއެއް ވިޔަސް، އޭގެ ބޭނުންކުރާނެ ފުރުސަތެއް އަހަރެން ނުދޭނަން.]
އަމްޖަދު ކޮޓަރީން ނިކުމެ ދޮރު ބާރަށް ލައްޕައިލިއެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ މަރިޔަމް ބަޔާން ދެމުންދިޔަ އިރު، ތަހުގީގު ކޮޓަރީގެ މައި ސިސްޓަމްގެ ތެރެއިން އެ މުޅި އޯޑިއޯ ފުލުހުންގެ މައި ސާވަރަށް ސިއްރުން ރެކޯޑުވަމުންދިޔަކަމެވެ. އެއީ އޮފިސަރު ނާއިލް ބިންގަރާހަށް ދިއުމުގެ ކުރީން ފުލުހުންގެ ސިސްޓަމަށް ރެކޯޑްކުރާން ކުރިކަމެކެވެ.
މަރިޔަމްގެ މި ހިތްވަރުގަދަ ބަޔާނާ އެކު އަމްޖަދަކީ ދެ މޫނުގެ ވެރިއެއްކަން ހުރިހައި ފުލުހުންނަށް އެނގި ޔަގީންވެއްޖެއެވެ. ކުށެއްނެތް މައުސޫމް މީހެއްގެ ބޮލުގައި ދޮގު ބަދުނާމް އަޅުވައިގެން އަމްޖަދު އެތައް ދުވަހެއް އޭނާގެ މުޅި ދިރިއުޅުން އަލިފާންގަނޑަކަށް ހެދީއެވެ. އޭނާ އުމުރު ހޭދަކުރަމުން އެ ދަނީ އަމިއްލައަށް ކުށްވެރިއެއްގެ ގޮތުގައި ހުރެގެންނެވެ.
ސިއްރު ފޭކު މަގު
ބިންގަރާހުގެ އަޑީގައި އޮތް ހަނި ކަނު އަނދިރި ކޫދު މަގުގެ ތެރެއިން ފިރުކެމުންދިޔަ އިބްރާހީމާއި، ނާއިލް އަދި ޝާހިދުގެ ނޭވާ ހުރީ ކުރުވެފައެވެ. ފަހަތުން އިވެމުންދިޔަ މަރިޔަމްގެ ހަޅޭކުގެ އަޑާއި ފުލުހުންގެ ހަރުކަށި ހަރަކާތްތަކުގެ އަޑުތައް މަޑުމަޑުން ފޭދެމުން ގޮސް، މުޅި މަގަށް ވެރިވީ ފިނި ހިމޭންކަމެކެވެ. އިބްރާހީމްގެ ހިތް ވަނީ ކަރުނައިން ފުރިފައެވެ. އަމިއްލަ އަނބިމީހާ އަމްޖަދުގެ އަނިޔާވެރި އަތްދަށަށް ދޫކޮށްލާން ޖެހުމަކީ އޭނާގެ ފުރާނަ ހަށިގަނޑުން ވަކިވުން ފަދަ ވޭނީ ކަމެކެވެ.
[އިބްރާހީމް... މަޑުކުރޭ!] ނާއިލް ކުއްލިއަކަށް އިބްރާހީމްގެ ފައިގައި ހިފާ ހުއްޓުވިއެވެ.
[އަމްޖަދަކީ މަކަރުވެރިއެއް. އޭނާއަށް މި ސިއްރު މަގު ފެނުމަކީ ދާދި ގާތްކަމެއް. އޭނާ މި މަގުގެ އަނެއްކޮޅަށް ފުލުހުން ފޮނުވާނެ.]
[އަހަރެމެން ދެން ހަދާނީ ކިހިނެއް؟ މި މަގުން ފަސްއެނބުރި ދާނެ ދިމާއެއް ވެސް ނެތް.] ޝާހިދު ބޮލުގައި އަތްއަޅައިލައިގެން އޮވެ ބުންޏެވެ. އޭނާގެ ބޮލުން އޮހެމުންދިޔަ ލޭގެ އަސަރުން މުޅި ހަށިގަނޑު ވަނީ ވަރުބަލިވެފައެވެ.
އިބްރާހީމް ފަނޑު އަލީގެ ތެރެއިން ނާއިލްގެ މޫނަށް ބަލައިލިއެވެ. އޭނާގެ މޫނު މައްޗަށް ވެރިވީ ކޮންމެސް ވަރެއްގެ ސާބިތުކަމެކެވެ.
[ނާއިލް... އަހަރެން މިއީ ވިހި އަހަރު ވަންދެން ފިލައިގެން އުޅުނު ޖާސޫސެއް. އަހަރެން ހަމައެކަނި މި މަގު ހަދާފައި ދޫކޮށްލީއެއް ނޫން. މިއީ އަސްލު މަގެއް ނޫން. މިއީ... ސިއްރު ފޭކް މަގެއް."
ނާއިލާއި ޝާހިދު ހައިރާންވެފައި އިބްރާހީމަށް ބަލައިލިއެވެ.
[މި މަގުން ކުރިއަށް ގޮސް ނިކުމެވޭނީ ޖަންގަލީގެ މެދަށް. އެ ތަނަކީ އަމްޖަދަށް ވަރަށް ފަސޭހައިން ހޯދޭނެ ތަނެއް.] އިބްރާހީމް މަގުގެ ވެލި ފާރުގެ އެއްދިމާއެއްގައި އަތް ހާކާލަމުން ބުންޏެވެ.
[އެކަމަކު މި މަގުގެ މެދުން، އަޑިއަށް ދާނެ މުޅިން އެހެން ސިއްރު މަގެއް އަހަރެން ހެދިން. އެ މަގު ދާނީ ސީދާ ރަށުގެ ބާ ލައިޓްހައުސްގެ އަޑިއަށް. އަމްޖަދު ހީކުރާނީ އަހަރެމެން މި ދަނީ ރަށުން ފިލަން ކަމަށް. އޭނާ މުޅި ވަލުތެރެއާއި އަތިރިމަތި ހޯދާ އިރު، އަހަރެމެން ތިބޭނީ އޭނާގެ ލޮލުގެ ކުރިމަތީގައި، ލައިޓްހައުސްގެ އަޑީގައި.]
އިބްރާހީމް ވެލި ފާރުގައި ހުރި ބާ ލަކުޑި ފިލައެއްގެ ބޯލްޓް އަނބުރާލިއެވެ. ކުއްލިއަކަށް ބިމުގެ ބައެއް ތިރިއަށް ހުޅުވި، އަޑިއަށްދާނެ ކުޑަކުޑަ ސިއްރު ހަރުފަތްތަކެއް ފާޅުވިއެވެ. އެއީ ހަމައެކަނި އެކަކަށް ފޭބޭނެ ވަރުގެ ހަނި ދޮރެކެވެ.
[އަވަހަށް ފައިބާ!] އިބްރާހީމް ބުންޏެވެ.
އެ ތިން މީހުން އެ ސިއްރު މަގަށް ފޭބުމަށް ފަހު، އިބްރާހީމް އަލުން އެ ފިލާގަނޑު ކުރީގެ ގޮތަށް ބަންދުކުރިއެވެ. އެތެރެއިން ތަންޑް އެޅުވުމުން އެދޮރު ހުރިކަން ބޭރަކަށް ނޭނގެއެވެ. އެއަށްފަހު އެ މީހުން ބިމުގެ އަޑިން ލައިޓްހައުސްއާ ދިމާއަށް ދަތުރު ފެށިއެވެ.
އޭގެ ފަނަރަ މިނެޓުފަހެވެ. އަމްޖަދުގެ އަމުރަށް ރާޒީއާއި އޭނާގެ ފުލުހުންގެ ޓީމު ބިންގަރާހުން ފެށުނު ފުރަތަމަ ސިއްރު މަގުގެ ތެރެއަށް ވަދެގެން އައެވެ. އެ މީހުން ހީކުރީ އިބްރާހީމްމެން ތިބީ އެ މަގުގެ ކުރިމަތީގައި ކަމަށެވެ. އެ މީހުން ދުވެފައި ގޮސް ނިކުތީ ޖަންގަލީގެ މެދަށެވެ. ނަމަވެސް އެ ތަނުން އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ.
[ކޮމާންޑަރު! އެ މީހުން ސިއްރު މަގުން ނިކުމެގެން ޖަންގަލީގެ ތެރެއަށް ފިލައިފި!] ރާޒީ ވޯކީޓޯކީން އަމްޖަދަށް ގޮވައިލިއެވެ.
އަމްޖަދު ދަތްކުނޑިވިކައިލިއެވެ.
[މުޅި ޖަންގަލީގައި ހުޅުޖަހައިގެންވިޔަސް އެ މީހުން ހޯދާ. އެ މީހުންގެ އަތުގައި އެ އޮތް ރެކޯޑަރާ އެކު މި ރަށުން ފުރައިގެން ގޮސްގެން ނުވާނެ!] އަމްޖަދު ހުރީ ހަމައިގައެއް ނޫނެވެ. އެހައި ވެސް ރުޅިގަދައެވެ.
އަމްޖަދަށް ނޭނގުނު ކަމަކީ، އޭނާގެ ހުރިހާ ފުލުހުން ޖަންގަލީގެ ތެރޭގައި އެކަކު އަނެކަކަށް ހޫނު ބަހުގެ ޙަމަލާތައް ދެމުން ގެންދިޔައިރު އިބްރާހީމާއި ނާއިލް އަދި ޝާހިދު ވަނީ މުޅިން އެހެން މިސްރާބަކުން ގޮސް، ރަށުގެ މުސްކުޅި ލައިޓްހައުސްގެ އަޑީގައިވާ ސިއްރު ތަނަށް ވަދެ ހަމަޖެހިފައެވެ. އެއީ ވިހި އަހަރު ކުރިން މުޅި ހާދިސާ ފެށުނު، އަދި މިއަދު މި ހާދިސާ ނިމިގެންދާނެ ތަނެވެ. އެ ކަމަށް ނާއިލްގެ ޓީމުގެ އެންމެން ތިބީ ތައްޔާރުވެގެންނެވެ. (ނުނިމޭ)