Advertisement

އަވައްޓެރި އިންޑިއާއިން ތެޔޮ ފެނުމަކީ ދިވެހީންނަށް ވެސް ލިބުނު އުފާވެރި ޚަބަރެކެވެ. ފެނިއްޖެއެވެ.

09 Jan 2024 | 01:14
އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ޕެޓްރޯލިއަމް، މރ. ހަރްދީޕް ޕޫރީ (ފޮޓޯ: އިކޮނޮމިކް ޓައިމްސް)

ރަނގަޅު އެކުވެރީންނަކީ އެކުވެރީންނަށް ހެޔޮގޮތް ވުން އެދޭ އަދި އެކުވެރިޔާއަށް ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއްގައި ބައިވެރިވާ މީހާއެވެ. ގައުމެއްގެ ހައިސިއްޔަތުން ވެސް މި ކަން އޮންނާނީ މިހެންނެވެ. ދިވެހީންގެ އެންމެ ކައިރީގައި އޮންނަ އަވައްޓެރި އެކުވެރި ގައުމުކަމަށްވާ އިންޑިއާއިން ކުރޫޑް އޮއިލް (ސާފުނުކުރާ ތެޔޮ) ފެނިއްޖެކަމުގެ އުފާވެރި ޚަބަރު އަޅުގަނޑުމެންނަށް ލިބުނީ ރޭ ވަރަށް ދަންވެފައިވަނިކޮށެވެ. އިންޑިއާގެ ދައުލަތުގެ ތެޔޮ ކުންފުނިކަމަށްވާ އޯއެންޖީސީއިން 2016ގައި ތެޔޮ ހޯދާން ފެށި މަސައްކަތް 2017ގައި ފުރިހަމަކުރެވިފައި ވިޔަސް ފާހަގަކޮށްލެވޭ ފަދަ ލަސްވުމެއް ކޮވިޑްގެ ސަބަބުން ވަނީ އެ މަސައްކަތަށް އައިސްފައެވެ. އެހެންނަމަވެސް އިންޑިއާގެ ބޭ އޮފް ބެންގާލްގެ ގޯދާވަރީ ކަނޑުގެ އަޑިން ގޮނޑުދޮށާ ތިރީސްކިލޯމީޓާރުގެ ދުރުން އިއްޔެ މި ވަނީ ތެޔޮ ފެނިފައިކަމަށް އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ޕެޓްރޯލިއަމް، މރ. ހަރްދީޕް ޕޫރީ އިޢުލާނުކޮށްފައެވެ.

ހަރްދީޕް ޕޫރީއާ ޙަވާލާދީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފެނިފައިވާ 26 ތެޔޮވަޅުގެ ތެރެއިން ހަތަރު ވަޅަކުން މިހާރު ވެސް ވަނީ ތެޔޮ އުފައްދާން ފަށައިފައެވެ. މިނިސްޓަރ ނިމުތުކޮށްފައިވާ ގޮތުގައި މޭ މަހާއި ޖޫންމަސް ހާތާނގައި ދުވާލެއްގެ މައްޗަށް 45 ހާސް ފީފާ ތެޔޮ އުފެއްދޭނެއެވެ.

މިއީ ދިވެހިރާއްޖެއަށް ލިބުނު ވަރަށް އުފާވެރި ޚަބަރަކަށް ވާނެއެވެ. އަވައްޓެރި ގައުމަކުން ތެޔޮ ފެނުމަކީ ކުރިމަގުގައި ދިވެހިރާއްޖެއަށް ވެސް އަގުހެޔޮކޮށް ތެޔޮ ގަތުމުގެ ފުރުޞަތު އޮތް ކަމެކެވެ. އަދި މުދަލާއި ތަކެތީގެ އަގު އިންޑިއާގައި ހެޔޮވުމުގެ ފުރުޞަތު މި ކަމުން ފަހިވާނެތީ، ދިވެހިރާއްޖެއަށް އެތެރެކުރާ ތަކެތީގެ އަގު ހެޔޮވުމުގެ ސަބަބުން ދިވެހި ބާޒާރުގެ އަގުތައް ވެސް ދަށަށް ދިޔުމަކީ އަޅުގަނޑުމެންގެ އުންމީދެވެ. މި އުފާވެރި މުނާސަބަތުގައި "ފަރަގު" މީޑިއާގެ ފަރާތުން އިންޑިއާއަށް ތަހުނިޔާ ފޮނުވަމެވެ.

(މައުލޫމާތު: ދި އިކޮނޮމިކް ޓައިމްސް)

________________

Advertisement

ކޮމެންޓް
މަރީ
ގެރި ތެޔޮތަ؟
11 Jan 2024
ހީލަތެއް
އަޅުގަނޑު ޝުކުރު ދަންނަވާނީ ﷲއަށް. މިހައިތަނަށް ބަލާއިރު އިންޑިއާގެ ފަރާތުން އެއްޗެއްދީފައި އޭގެ ހަގުނަ ރާއްޖެއިން ފޭރިފައި ވެއެވެ.
12 Jan 2024