ad_banner
އަރްމީނިއާގެ ހަރުބަސްކޮޅެއް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

4 ޑިސެންބަރު 2025

އަރްމޭނިއާ

1. މާ ގިނައިން ކަލޭ ވާހަކަދައްކާ ނަމަ، ކަލެއަށް ދަސްވާ އެއްޗެހި މަދުވާނެއެވެ.

2. ހަންޖަރަކުން ކޮށްލެވޭ ޒަޚަމް ފަސޭހަވާނެއެވެ. ނަމަވެސް، ދުލުން ކޮށްލެވޭ ޒަޚަމް، ދުވަހެއްގާ ވެސް ފަސޭހައެއް ނުވާނެއެވެ.

3. ސިންގާއެއްގެ ނިގުލަށް ވުމަށް ވުރެން، ހިންޏެއްގެ ބޮލަށްވުން ރަނގަޅެވެ.

4. އަބަދުވެސް، ހެއްވާ ވާހަކައެއްގެ ގޮތުގައި، ތެދު ބަސް ބުނާށެވެ.

5. އިލްމުވެރިކަމާއި ހިކުމަތްތެރިކަން އެކުލެވިގެން ވަނީ ހަމައެކަނި ތުނބުޅީގައިކަމަށްވާ ނަމަ، ހުރިހައި ބަކަރިއެއް ވީހީ ނަބީބޭކަލުންނަށެވެ!

6. އެއްވެސް ކުށެއް ނެތް ރަހުމަތްތެރިއަކު ހޯދާން އުޅޭ މީހަކަށް ރަހުމަތްތެރިއަކު ނުލިބޭނެއެވެ.

7. ކޮންމެ މީހަކަށް ވެސް ތިން ކަންފަތް ލިބިގެންވެއެވެ. އޭގެ ތެރެއިން ދެ ކަންފަތް ލެއްވިފައި ވަނީ އޭނާގެ ބޮލުގައެވެ. ތިންވަނަ ކަންފަތް ލެއްވިފައިވަނީ އޭނާގެ ހިތުގައެވެ.

8. ރައްޔިތުންގެ އަޑު ބޮޑު ބަޑީގެ އުންޑައިގެ އަޑަށް ވުރެ ވެސް ގަދައެވެ.

9. ފެން، އެ ދަތުރުކުރާނޭ މަގު ހޯދާނެއެވެ.

10. ނަސޭހަތަކީ އެ ލިބޭ މީހާއަށް ވަރަށް ވެސް އަގު ބޮޑު ހަދިޔާއަކަށް ވެދާނެއެވެ.

11. ކަނޑުމަތީގައި ތޫފާނެއް ލައިގަނެގެން އުޅޭ އިރު، ކަނޑު ދަތުރުކުރާ މޮޅެތި މީހުންނަކީ ކޮބައިކަން އެނގޭނެއެވެ.

12. މީހެއްގެ މާލީ ހާލަތު ކުރިއެރުމުން، ކުއްލިއަކަށް، އޭނާގެ ގޭގެ ތަނބުތައް އޮރިހެން ހީވާން ފަށައެވެ.

13. ވިލާގަނޑުގެ ބިއްދޮށުގައި އަބަދަކު އިރެއް ނުހުންނާނެއެވެ.

14. އެކަކު ވެސް، ފަގީރަކަށް އެއްޗެއް ނުދީފާނެއެވެ. ނަމަވެސް، އެންމެން ވެސް އޭނާއަށް ހެޔޮ ނަސޭހަތް ދޭނެއެވެ.

15. މުއްސަނިދަކަމެއް ކަލެއަށް ނުލިބުނު ނަމަ، މުއްސަނދި އަވައްޓެރިއެއްގެ ގެއަކަށް ވާށެވެ.

16. ބަސްބަސް އެނގޭ އަދަދަށް ކަލެއަކީ ވެސް ތަފާތު އެތައް މީހެކެވެ.

17. ލަދު ހަޔާތެއް ނެތް މީހާގެ ކިބައިން މާތްﷲގެ ވަޖުފުޅު އަނބުރައިލައްވައެވެ.

18. ތަނަކަށް ވަނުމުގެ ކުރީން، އެ ތަނަކުން ނިކުންނާނީ ކިހިނެއްކަން ވިސްނާން ޖެހެއެވެ.

19. މުއްސަނޖަކު މަރުވުމުން، މުޅި ދުނިޔެއަށް އެ ކަން އެނގެއެވެ. ނަމަވެސް، ފަގީރަކު މަރުވުމުން އެކަކަށް ވެސް އެ ކަމެއް ނޭނގެއެވެ.

20. ބުލްބުލެއް ބަންދުކުރެވިފައި އިނީ ރަނުގެ ކޮއްޓެއްގައި ކަމުގައި ވިޔަސް، ޖަންގައްޔަށް ދެވޭނެ ދުވަހެއްގެ ހުވަފެން އެ ބުލްބުލް ދެކެމުން ދެއެވެ.

21. ބަހާރު މޫސުމުން އަންނަނީ އެންމެ މަލަކާއިގެންނެއް ނޫނެވެ.

22. ފެންގަޑެއްގެ ތެރެއަށް ވެއްޓިއްޖެ މީހާ، ދެން، ވާރޭ ދެކެ ބިރެއް ނުގަންނާނެއެވެ.

23. ދޫނި ދޫނި ހިފެނީ އޮށްކޮޅެއް ބޭނުންކޮށްގެންނެވެ. އިންސާނުން ހިފެނީ ފައިސާ ބޭނުންކޮށްގެންނެވެ.

24. ގެނބެމުންދާ މީހާ، ހިކި ދަޅިގަނޑެއްގައި ވިޔަސް ހިފޭތޯ ބަލާނެއެވެ.

25. ކަލެއަށް ކަނޑާން ލިބޭނީ ކަލޭ އިންދި ގޮވާމެކެވެ.

ކޮމެންޓު