ad_banner
ޖަލާލަތުގެ އިސްމުފުޅުގެ އަކުރުތަކުގެ އަޖައިބުވަންތަކަން (3)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

3 ޑިސެންބަރު 2025

ﷲގެ މަތިވެރި އިސްމުފުޅު

(2025 ނޮވެންބަރު 26ގެ އަދަދާ ގުޅޭ)

 އަލުން ވިސްނާލަމާ!

ލަފުޒުލްޖަލާލަތި "اللَّه" ގެ އަކުރުތައް މުޤައްޠަޢާތުގެ އަކުރުތަކުގެ ތެރޭގައި ތަކުރާރުވެފައިވާ ގޮތަށާއި ލާމު ތަކުރަރުނުކޮށް އަލިފުބާ ތަރުތީބުގެ ޖުމްލަ ތިރީގައިވާ ތާވަލުގައި މި ވަނީއެވެ.

ﷲގެ އަކުރުތައް މުޤައްޠަޢާތު އަކުރުތަކުގެ ތެރޭގައި ތަކުރާރުވެފައިވާ ޢަދަދު އަލިފުބާގެ ތަރުތީބު ޖުމުލަ
ا 13 1 14
ل 13 23 36
هـ 2 26 28
ޖުމުލަ 28 50 78

28 އަކީ އަލިފުބާގެ އަކުރުތަކުގެ ޖުމްލައެވެ.

ދެ އަދަދުގެ ޖުމްލައަކީ  = 28 + 50 = 78 އެވެ.  އެއީ ކީރިތި ޤުރްއާނުގައި އައިސްފައިވާ މުޤައްޠަޢާތު އަކުރުތަކުގެ ޖުމްލައެވެ.

ހަމައެފަދައިން އެއީ  ކީރިތި ޤުރްއާނުން ބާވައިލެއްވި ފުރަތަމަ ފަސް އާޔަތުގެ (سورة العلق ގެ ފުރަތަމަ ފަސް އާޔަތް) އަކުރުތަކުގެ އަދަދު ވެސްމެއެވެ.

މުޤައްޠަޢާތު އަކުރުތަކުން ފެށިފައިވާ ސޫރަތްތަކުގެ ތެރެއިން ލަފުޒުލްޖަލާލަތި " " އައިސްފައިވަނީ 28 ސޫރަތެއްގައެވެ.

ލަފްޒުލްޖަލާލަތި " " ގެ އަކުރުތައް ކީރިތި ޤުރްއާނުގައި ތަކުރާރުވެފައިވާ ގޮތާމެދު އިތުރަށް ވިސްނާލަމާ ހިނގާށެވެ!

"اللَّه" މި މަތިވެރި އިސްމުފުޅުގެ ތިން އަކުރު  މުޅި ޤުރްއާނުގައި ފާޅުކަން ބޮޑު ގޮތަކަށް ވާރިދުވެފައި ވެއެވެ.

މިސާލަކަށް ސޫރަތުލްފާތިޙާ ނަގަމާ ހިނގާށެވެ. މިއީ ކީރިތި ޤުރްއާނުގެ ފުރަތަމަ ސޫރަތެވެ. މި ސޫރަތުގައި އަލިފު 26 ފަހަރު، ލާމު 22 ފަހަރު، ހާ ފަސް ފަހަރު ތަކުރާރުވެފައި ވެއެވެ. މިއީ މިއަދު އިމްލާ ގަވައިދާ އެއް ގޮތަށް ލިޔުނީމައެވެ. ދެން ޢުޘްމާނީ ރަސްމަށް ބަލަމާ ހިނގާށެވެ.

ޢުޘްމާނީ ރަސްމު

 މި ގޮތަށް ލިޔުމުން އަލިފު ތަކުރާރުވެފައިވަނީ 22 ފަހަރުއެވެ. ލާމު ތަކުރާރުވެފައިވަނީ 22 ފަހަރުއެވެ. ހާ ތަކުރާރުވެފައިވަނީ ފަސް ފަހަރުއެވެ.

އިތުރު މިސާލެއް: ކީރިތި ޤުރްއާނުގެ އެންމެ ފަހު ސޫރަތް  الناسގައި އަލިފު ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ. ލާމު ތަކުރާރުވެފައިވަނީ 12 ފަހަރުއެވެ. ހާ ތަކުރާރުވެފައިވަނީ 1 ފަހަރުއެވެ.

ތިންވަނަ މިސާލު: ކީރިތި ޤުރްއާނުގެ އެންމެ މާތް އާޔަތަކީ އާޔަތުލްކުރްސީއެވެ. މި ކަމުގައި އެއްވެސް ދެބަސްވުމެއް ނެތެވެ. ކައު ރަސޫލާ rގެ ޞައްޙަ ބަސްފުޅުން އެކަން އެނގޭތީއެވެ. މި އާޔަތުގައި އަލިފު ތަކުރާރުވެފައިވަނީ 39 ފަހަރުއެވެ. ލާމު ތަކުރާރުވެފައިވަނީ 25 ފަހަރުއެވެ. ހާ ތަކުރާރުވެފައިވަނީ 14 ފަހަރުއެވެ.

لا إله إلَّا اللَّه

މިއީ ވުޖޫދުގައިވާ އެންމެ މަތިވެރި ކަލިމައެވެ.

މާތް ﷲ އާދަމުގެފާނު ޚަލްޤުކުރެއްވީ މި ކަލިމަފުޅަށް ޓަކައެވެ.

މާތް ﷲ އިންސީންނާއި ޖިންނީން އުފެއްދެވީ މި ކަލިމަފުޅަށް ޓަކައެވެ.

ﷲ ޢައްޒަ ވަ ޖައްލަ ރަސޫލުބޭކަލުން ފޮނުއްވީ މި ކަލިމަފުޅަށް ޓަކައެވެ.

އެކަލާނގެ ފޮތްތައް ބާވައިލެއްވީ މި ކަލިމަފުޅަށް ޓަކައެވެ.

އުޞޫލުތަކުގެ އަޞްލަކީ މި ކަލިމަފުޅެވެ.

ޢަމަލުތައް ޤަބޫލުފުޅު ކުރެއްވުމުގެ ވަށަލައަކީ މި ކަލިމަފުޅެވެ.

ޢަމަލުތައް ވަޒަންކުރައްވާ ބައްލަވާނީ މި ކަލިމަފުޅުންނެވެ.

ސަވާބުގެ ގޮވެއްޗާއި ޢަޒާބުގެ ގޮވެތި އުފެއްދެވީ މި ކަލިމަފުޅަށް ޓަކައެވެ.

އެއީ އެންމެ މާތް ޒިކުރެވެ.

އެއީ މީޒާނުގައި އެންމެ ބަރު ކަލިމައެވެ.

އެއީ ނަބިއްޔާ مُحمَّد - صلى الله عليه وسلّم އާއި އެކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން ވިދާޅުވި އެންމެ މާތް ބަސްފުޅެވެ.

އެއީ ތަޤްވާވެރިކަމާއި އިޚްލާޞްތެރިކަމާއި ތައުޙީދުގެ ކަލިމައެވެ. އެއީ ޙައްޤު ބަސްފުޅު

لا إله إلَّا اللَّه" ގެ ހެކިވެރިޔާއެވެ.

لا إله إلَّا اللَّهގައި އޮތީ ތިން އަކުރެވެ. އެއީ  إ އާއި لـ  އާއި ه އެވެ. އެއީ ލަފްޒުލްޖަލާލަތި []ގެ އަކުރުތަކެވެ.

·     މި ކަލިމައިގައި އަލިފު ތަކުރާރުވެފައިވަނީ ފަސް ފަހަރުއެވެ.

·     ލާމު ތަކުރާރުވެފައިވަނީ ފަސް ފަހަރުއެވެ.

·     ހާ ތަކުރާރުވެފައިވަނީ ދެ ފަހަރުއެވެ.  

(ނުނިމޭ)

ކޮމެންޓު