ad_banner
ޤުރްއާނީ ސުމޭކީ ތަރުތީބު (3)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

12 ނޮވެންބަރު 2025

މުޅި ޤުރުއާނަކީ މުޢުޖިޒާތެކެވެ.

( 2025 ނޮވެންބަރު 5ގެ ޢަދަދާ ގުޅޭ)

م އަކީ އަލިފުބާ ތަރުތީބުގައި 24 ވަނަ އަކުރެވެ. ކީރިތި ޤުރްއާނުގައި  ހަތެއް ތަކުރާރުވެފައިވަނީ 24 ފަހަރުއެވެ.

މި ތިން އާޔަތަށް ބަލަމާ ހިނގާށެވެ! މި އާޔަތްތައް ފެށިފައިވާ އަކުރުތަކަކީ (هـ - وم)

-    މި ތިން އާޔަތުގައި هـ ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ.

-    މި ތިން އާޔަތުގައި و ތަކުރާރުވެފައިވަނީ 25 ފަހަރުއެވެ.

-    މި ތިން އާޔަތުގައި م ތަކުރާރުވެފައިވަނީ 46 ފަހަރުއެވެ.

-    މި ތިން އާޔަތް ފެށިފައިވާ ތިން އަކުރު ތަކުރާރުވެފައިވާ ޖުމްލައަކީ 89 އެވެ.އެއީ ފުރައަދަދުގެ ތަރުތީބުން 24ވަނަ އަދަދެވެ.

އެހެން މަގަކުން ލައިފައި ވެސް މި އާދެވުނީ ހަމަ 24އަށެވެ.

އިތުރަށް އަޖައިބުވާން ޖެހޭ

މި ތިން އާޔަތަށް އަލުން ބަލައިލަމާ ހިނގާށެވެ. މި ތިން އާޔަތް ފެށިފައިވާ އަކުރުތަކަކީ(هـ - و- م)އެވެ.

- އަލިފުބާ އަކުރުތަކުގެ ތަރުތީބުން هـ އަކީ 26 ވަނަ އަކުރެވެ.

- އަލިފުބާ އަކުރުތަކުގެ ތަރުތީބުން و  އަކީ 27 ވަނަ އަކުރެވެ.

- އަލިފުބާ އަކުރުތަކުގެ ތަރުތީބުން م އަކީ 24  ވަނަ އަކުރެވެ.

މި ތިން އަކުރުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައަކީ 77 އެވެ.

އަދަދު 77 އާ މެދު ވިސްނައިލާށެވެ! އަޅުގަނޑު އިތުރަށް ކޮމެންޓެއް ނުކުރާނަމެވެ.

އިތުރަށް ކަށަވަރުކޮށްލުން

-    ކީރިތި ޤުރްއާނުގައި 20 އާޔަތެއްގައި އަދަދު ހަތެއް  24 ފަހަރު ތަކުރާރުވެފައިވެއެވެ. 

-    މި އާޔަތްތަކުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައަކީ 1058 އެވެ. އެއީ 23 × 23 × 2 އެވެ.

-    م ގެ އަލިފުބާ ތަރުތީބުގެ ވަނައަކީ 24 އެވެ.

-     سورة البقرة ގެ އިސްވެ ބަޔާންކުޅަ ތިން އާޔަތުގައި م ތަކުރާރުވެފައިވަނީ 46 ފަހަރުއެވެ. އެއީ  23 × 2 އެވެ.

سورة يوسف ގެ އާޔަތަށް ދަމާހިނގާށެވެ! އެއީ އެ ސޫރަތުގެ 46 ވަނަ އާޔަތެވެ.

މި އާޔަތަކީ: يُوسُفُ أَيُّهَا الصِّدِّيقُ أَفْتِنَا فِي سَبْعِ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعِ سُنْبُلَاتٍ خُضْرٍ وَأُخَرَ يَابِسَاتٍ لَعَلِّي أَرْجِعُ إِلَى النَّاسِ لَعَلَّهُمْ يَعْلَمُونَ  -  يوسف : 46

މި އާޔަތުގައި އަދަދު 7 ތިންފަހަރު ތަކުރާރުވެފައިވެއެވެ. މި އާޔަތުގެ އަކުރުތަކުގެ އަދަދަކީ 96 އެވެ. އެއީ 24 × 4 އެވެ.މި އާޔަތުގައި އަކުރުތަކުގައި ހުރި ނުކުތާތަކުގެ ޖުމްލައަކީ 49 އެވެ.އެއީ  7 × 7 އެވެ.

މި އާޔަތް ފެށުނީ (يوسف) މި ނަމުންނެވެ.

-    މި އާޔަތުގައި ي ތަކުރާރުވެފައި ވަނީ 8 ފަހަރުއެވެ.

-    މި އާޔަތުގައި و  ތަކުރާރުވެފައި ވަނީ 4 ފަހަރުއެވެ.

-    މި އާޔަތުގައި س  ތަކުރާރުވެފައި ވަނީ 8 ފަހަރުއެވެ.  

-    މި އާޔަތުގައި ف  ތަކުރާރުވެފައި ވަނީ 4 ފަހަރުއެވެ.

-    (يوسف)  މި ނަމުގެ އަކުރުތައް މި އާޔަތުގައި 24 ފަހަރ ތަކުރާރުވެފައިވެއެވެ.

 (يوسف)  މި ނަމުގެ ހަތަރު އަކުރު ތަކުރާރުވެފައިވާ ބައްޓަމަށް ބަލައިލަމާ ހިނގާށެވެ!

-    މި އާޔަތުގައި ي ތަކުރާރުވެފައި ވަނީ 8 ފަހަރުއެވެ. އެއީ 4+4  އެވެ.

-    މި އާޔަތުގައި و  ތަކުރާރުވެފައި ވަނީ 4 ފަހަރުއެވެ.

-    މި އާޔަތުގައި س  ތަކުރާރުވެފައި ވަނީ 8 ފަހަރުއެވެ. އެއީ 4 + 4

-    މި އާޔަތުގައި ف  ތަކުރާރުވެފައި ވަނީ 4 ފަހަރުއެވެ.

4 ގެ ބައްޓަމުން ގެތިފައިވާ ގޮތް ކިހާ ނަލަތޯއެވެ؟ ކީއްވެގެންތޯއެވެ. ޔޫސުފުގެފާނަކީ 4 ގެ ނިޒާމާ ގުޅުންހުރި ރަސޫލެކެވެ. އެކަލޭގެފާނުގެ ބަފާކަލުންނަކީ ނަބީބޭކަލެކެވެ. އެކަލޭގެފާނުގެ ކާފާފުޅަކީ ނަބީބޭކަލެކެވެ. އެކަލޭގެފާނުގެ ބަފައިފުށުގެ މުނިކާފާފުޅަކީ ނަބީބޭކަލެކެވެ.އެކަލޭގެފާނަކީ :يُوسُف بن يَعْقُوب بن إِسْحَاق بن إبراهيم!

ނަބީބޭކަލުންގެ މި ޠާހިރު ނަސްލު ޔޫސުފުގެފާނަށް ނޫން އެހެން އެއްވެސް  ރަސޫލުބޭކަލަކަށް ލިބިވަޑައިގަތްފައެއް ނުވެއެވެ. މިއީ މުޅިން އެހެން މައުޟޫޢެކެވެ. 

ދެން އޮތް  7 އައިސްފައިވާ އާޔަތް އޮތީ سورة الكهف ގެ 22ވަނަ އާޔަތުގައެވެ. އެއީ

سَيَقُولُونَ ثَلَاثَةٌ رَابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَيْبِ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ قُلْ رَبِّي أَعْلَمُ بِعِدَّتِهِمْ مَا يَعْلَمُهُمْ إِلَّا قَلِيلٌ فَلَا تُمَارِ فِيهِمْ إِلَّا مِرَاءً ظَاهِرًا وَلَا تَسْتَفْتِ فِيهِمْ مِنْهُمْ أَحَدًا  - الكهف : 22 - އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ތިންމީހުންނެވެ. އެއުރެންކުރެ ހަތަރުވަނައަކީ އެއުރެންގެ ކުއްތާއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ފަސްމީހުންނެވެ. އެއުރެންގެ ހަވަނައަކީ އެއުރެންގެ ކުއްތާއެވެ. ހީއަކަށް غيب ގެ ވާހަކަ ދައްކަނީއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ހަތްމީހުންނެވެ. އެއުރެންގެ އަށްވަނައަކީ އެއުރެންގެ ކުއްތާއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ عدد ދެނެވޮޑިގަތުންބޮޑީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. މަދުބަޔަކަށްމެނުވީ އެއުރެންގެ عدد އެއް ނޭނގެތެވެ. ފަހެ، ފާޅުވެގެންވާ جدل އަކުން މެނުވީ، އެއުރެންނާ ދޭތެރޭގައި ކަލޭގެފާނު جدل ނުކުރައްވާށެވެ! އަދި އެއުރެންނާ ދޭތެރޭގައި އެ جدل ކުރާ މީހުންކުރެ އެކަކާވެސް ކަލޭގެފާނު سؤال ނުކުރައްވާށެވެ!

-    މި އާޔަތުގައި (سَبْعَةٌ) މި އޮތީ މި އާޔަތުގެ ފެށޭކޮޅުން 12 ވަނައަށެވެ.

-    މި އާޔަތުގެ  ނިމޭ ކޮޅުންނަމަ އެ ކަލިމަ މި އޮތީ 22 ވަނައަށެވެ.

-    12 އަކީ މުޞްޙަފުގައި سورة يوسفގެ ތަރުތީބީ ވަނައެވެ.

-    22 އަކީ سورة يوسف ގެ އެ އާޔަތުގެ ކަލިމަތަކުގެ އަދަދެވެ.

ކީރިތި ޤުރްއާނުގެ އަދަދީ ހަނދާނުގެ މަތިވެރިކަން ކިހައި ބޮޑުތޯއެވެ؟ 

އަދަދު [44]އާ މެދު ވިސްނައިލަމާތޯއެވެ؟ އެއީ 22+22 އެވެ.

މި ދެ އާޔަތަކީ:

-    لَهَا سَبْعَةُ أَبْوَابٍ لِكُلِّ بَابٍ مِنْهُمْ جُزْءٌ مَقْسُومٌ  -  الحجر :44

-    تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَنْ فِيهِنَّ وَإِنْ مِنْ شَيْءٍ إِلَّا يُسَبِّحُ بِحَمْدَهِ وَلَكِنْ لَا تَفْقَهُونَ تَسْبِيحَهُمْ إِنَّهُ كَانَ حَلِيمًا غَفُورًا  -  الإسراء :44

ފުރަތަމަ އާޔަތުގައި 7 އައިސްފައި ވަނީ (سَبْعَةُ)  މި ޞީޣާގައެވެ. ދެވަނަ އާޔަތުގައި 7 އައިސްފައިވަނީ (السَّبْعُ) މި ޞީޣާގައެވެ.

-    މި ދެ އާޔަތުގައި (سَبْعَةُ) ގެ އަކުރުތައް ތަކުރާރުވެފައިވަނީ 20 ފަހަރުއެވެ.

-    މި ދެ އާޔަތުގައި  (السَّبْعُ) ގެ އަކުރުތައް ތަކުރާރުވެފައިވަނީ 48 ފަހަރުއެވެ. އެއީ  24 + 24

ކީރިތި ޤުރްއާނުގައި އަދަދު [ހަތެއް]  20 އާޔަތެއްގައި 24 ފަހަރު ތަކުރާރުވެފައި ވެއެވެ.

ސުމޭކުގެ ޒަމާނުގައި ޤުރްއާނުގެ މި ސުމޭކީ ބަހާ މެދު ވިސްނައިނުލާނަންހެއްޔެވެ! 

ނިންމައިލުން

މި އަންނަ ދެ އާޔަތާ މެދު ވިސްނައިލަމާހެއްޔެވެ؟

-    وَلَقَدْ آتَيْنَاكَ سَبْعًا مِنَ الْمَثَانِي وَالْقُرْآنَ الْعَظِيمَالحجر:87  - ހަމަކަށަވަރުން، ތަކުރާރުކޮށްކިޔެވޭ ހަތް آية އާއި، މާތްކަން ބޮޑުވެގެންވާ قرآن، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވީމެވެ.

-    وَلَوْ أَنَّمَا فِي الْأَرْضِ مِنْ شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِنْ بَعْدِهِ سَبْعَةُ أَبْحُرٍ مَا نَفِدَتْ كَلِمَاتُ اللَّهِ إِنَّ اللَّهَ عَزِيزٌ حَكِيمٌ  -  لقمان :27 - އަދި ހަމަކަށަވަރުން، ބިމުގައިވާހާ ގަސްގަހާގެއްސަކީ، قلم ތަކެއްކަމުގައި ވެފައި، އަދި ކަނޑު (ދެލިކަމުގައިވެފައި) އޭގެފަހަށް ހަތްކަނޑު އެއާއެކުވިޔަސް، اللَّه ގެ كلمة ފުޅުތައް (އެއިން ލިޔެ) ހުހެއް ނުވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.

މި ދެ އާޔަތުގައިވާ 7 އާ މެދު ވިސްނައިލަމާތޯއެވެ؟

ފުރަތަމަ އާޔަތަކީ ކީރިތި ޤުރްއާނާ ބެހޭ ވާހަކައެވެ.ދެވަނަ އާޔަތަކީ ﷲގެ ކަލިމަފުޅުތަކާ ބެހޭ ވާހަކައެވެ.

-    މި ދެ އާޔަތުގެ ތަރުތީބީ ވަނައިގެ ޖުމުލައަކީ 114 އެވެ.

-    މި ދެ އާޔަތުގެ އަކުރުތަކުގެ އަދަދަކީ 114 އެވެ.

-    ފުރަތަމަ އާޔަތް ނިމިފައި ވަނީ (وَالْقُرْآنَ الْعَظِيمَ) އަށެވެ.

-    މި ދެ އާޔަތުގައި (وَالْقُرْآنَ) ގެ އަކުރުތައް ތަކުރާރުވެފައިވަނީ 56 ފަހަރުއެވެ.

-    މި ދެ އާޔަތުގައި (الْعَظِيمَ) ގެ އަކުރުތައް ތަކުރާރުވެފައި ވަނީ 58 ފަހަރުއެވެ.

-    މީގެ  މާނައަކީ (وَالْقُرْآنَ الْعَظِيمَ) ގެ އަކުރުތައް މި ދެ އާޔަތުގައި ތަކުރާރުވެފައިވަނީ 114 ފަހަރު އެވެ. މިއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ޢަދަދެވެ.

ދެން ދެވަނަ އާޔަތުގައި އައިސްފައިވާ  (كَلِمَاتُ اللَّهِ) އަށް ވިސްނައިލާ ބަލާށެވެ!

ފުރަތަމަ ލަފުޒަކީ (كَلِمَات) އެވެ.

-    އަލިފުބާ ތަރުތީބުގައި ك ގެ ވަނައަކީ 22 އެވެ. ތަކުރާރުވެފައިވަނީ 3 ފަހަރުއެވެ.

-    އަލިފުބާ ތަރުތީބުގައި ل  ގެ ވަނައަކީ 23 އެވެ. ތަކުރާރުވެފައިވަނީ 13 ފަހަރުއެވެ.

-    އަލިފުބާ ތަރުތީބުގައި م ގެ ވަނައަކީ 24 އެވެ. ތަކުރާރުވެފައިވަނީ 11 ފަހަރުއެވެ.

-    އަލިފުބާ ތަރުތީބުގައި ا  ގެ ވަނައަކީ 1 އެވެ. ތަކުރާރުވެފައިވަނީ 21 ފަހަރުއެވެ.

-    އަލިފުބާ ތަރުތީބުގައި ت ގެ ވަނައަކީ 3އެވެ. ތަކުރާރުވެފައިވަނީ 3 ފަހަރުއެވެ.

-    މި އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ވަނަތަކުގެ ޖުމްލައަކީ 73 އެވެ. މި އަކުރުތައް މި ދެ އާޔަތުގައި ތަކުރާރުވެފައިވަނީ 51  ފަހަރުއެވެ.

ދެން ލަފުޡުލްޖަލާލަތި ( ﷲ )ގެ އަކުރުތަކާމެދު ވިސްނާލަމާހިނގާށެވެ!

-    އަލިފުބާ ތަރުތީބުގައި ا ގެ ވަނައަކީ 1 އެވެ. މި ދެ އާޔަތުގައި ތަކުރާރުވެފައިވަނީ 21 ފަހަރުއެވެ.

-    އަލިފުބާ ތަރުތީބުގައި ل  ގެ ވަނައަކީ 23 އެވެ. މި ދެ އާޔަތުގައި ތަކުރާރުވެފައިވަނީ 13 ފަހަރުއެވެ.

-    އަލިފުބާ ތަރުތީބުގައި ل  ގެ ވަނައަކީ 23 އެވެ. މި ދެ އާޔަތުގައި ތަކުރާރުވެފައިވަނީ 13 ފަހަރުއެވެ.

-    އަލިފުބާ ތަރުތީބުގައި هـ   ގެ ވަނައަކީ 26 އެވެ. މި ދެ އާޔަތުގައި ތަކުރާރުވެފައިވަނީ 4 ފަހަރުއެވެ.

-    ވީމާ ލަފްޡުލްޖަލާލަތި (الله) ގެ އަލިފުބާ ތަރުތީބުގެ ވަނަތަކުގެ ޖުމްލައަކީ  73 އެވެ. މި ދެ އާޔަތުގައި މި އަކުރުތައް ތަކުރާރުވެފައިވަނީ 51 ފަހަރުއެވެ.

މިއިން އެނގެނީ ކީރިތި ޤުރްއާނުގެ ކޮންމެ އަކުރެއް އެ އޮތް ތަނެއްގައި މި އޮތީ  ﷲތަޢާލާގެ ޙަކީމުވަންތަ ތަދްބީރުގެ ދަށުންކަމެވެ. އެއިން އެއްވެސް އަކުރެއް އިސްފަހެއް ނުކުރެވޭނެއެވެ.

އިންސީންނާއި ޖިންނީން ކީރިތި ޤުރްއާނުގެ އަކުރުތަކުން އެންމެ އަކުރެއް އޮތް ތަން ބަދަލުކުރާން އުޅުނަސް އެ ކަމެއް ނުކުރެވޭނެތެވެ. ކީރިތި ޤުރްއާނުގެ އަކުރުތަކަކީ ވަކި ގައުބުރިތަކެއްނޫނެވެ. އެހެނަސް އެއީ ފުރިހަމަ ސުމޭކު ނިޒާމެއް ދަށުން ﷲ އަތުރުއްވަވައިފައިވާ ﷲގެ ވަޙީބަސްފުޅުތަކުގެ ޢުންޞުރުތަކެވެ. ބަދަލެއް ގެނެސްފި ނަމަ ﷲގެ މި މީޒާން ގެއްލިގެންދާނެތެވެ. ތަވާޒުނުކުރައްވައިފައިވާ ގޮތަށް ލޮޅުންއަރާނެތެވެ.  (ނިމުނީ)

ކޮމެންޓު